މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
500 ހައުސިން ޔުނިޓް މަޝްރޫއުގެ ދަށުން ހަނިމާދޫގައި އަޅަނީ 9 އަދި 10 ބުރީގެ 5 ޓަވަރު، ތިމާވެށީގެ ކަންބޮޑުވުން ހިއްސާކުރަން ފުރުސަތު 📍 ހދ. ހަނިމާދޫ

500 ހައުސިން ޔުނިޓް މަޝްރޫއުގެ ދަށުން ހަނިމާދޫގައި އަޅަނީ 9 އަދި 10 ބުރީގެ 5 ޓަވަރު، ތިމާވެށީގެ ކަންބޮޑުވުން ހިއްސާކުރަން ފުރުސަތު

ހދ. ހަނިމާދޫގައި ސަރުކާރުން އަޅަން ނިންމާފައިވާ 500 ހައުސިން ޔުނިޓާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި ތިމާވެށީގެ ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މި މަޝްރޫއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 57 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަޝްރޫޢުއެކެވެ. ހަނިމާދޫ ކައުންސިލުން ބުނީ މި މަޝްރޫއާ ގުޅޭ ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ އީއައިއޭ ރިޕޯޓް އެކުލަވައިލުމުގެ މަސ...

ޔުމްނާ ޢަލީ
ތިން ޖީލު އެކުގައި: ޕެންޝަން އޮފީހުގެ ހިނގާލުމާއި އާއިލީ ހަވީރު ހަނިމާދޫގައި ބާއްވައިފި 📍 ހދ. ހަނިމާދޫ

ތިން ޖީލު އެކުގައި: ޕެންޝަން އޮފީހުގެ ހިނގާލުމާއި އާއިލީ ހަވީރު ހަނިމާދޫގައި ބާއްވައިފި

ޕެންޝަން އޮފީހުން ސިލްސިލާކޮށް ބާއްވަމުން އަންނަ “ތްރީ ޖެނެރޭޝަން ވޯކް” (3ޖެން ވޯކް) ގެ ހަތަރުވަނަ ހިނގާލުމާއި އާއިލީ ހަވީރު ހދ. ހަނިމާދޫގައި ބާއްވައިފިއެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުން އަދި ދޮށީއުމުރުގެ މީހުން ހިމެނޭހެން، ތިން ޖީލެއްގެ މީހުން ބައިވެރިކޮށް މުޅި އާއިލާއަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގެ އެންމެ ޚާއްޞަ އަދި މުހިންމު އެއް ބަޔަކީ، އެއް އާއިލާއެއްގެ ތިން ޖީލުގެ މެންބަރުން އެކުއެކީގައި ކުރިއަށްގެންދިޔަ އެއް ކިލޯމީޓަރުގެ ރަމްޒީ ހިނގާލުމެވެ. މި […]

ޔުމްނާ ޢަލީ
ޕެންޝަންގެ މުހިންމު މަޢުލޫމާތުތައް ދިނުމަށް ހަނިމާދޫގައި ޚާއްޞަ ސެޝަނެއް މާދަމާ ރޭ 📍 ހދ. ހަނިމާދޫ

ޕެންޝަންގެ މުހިންމު މަޢުލޫމާތުތައް ދިނުމަށް ހަނިމާދޫގައި ޚާއްޞަ ސެޝަނެއް މާދަމާ ރޭ

ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ މެދުގައި ޕެންޝަން ނިޒާމަށް ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ހަނިމާދޫގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްޞަކޮށްގެން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ޕެންޝަން އޮފީހުން ތައްޔާރުވެއްޖެއެވެ. ޕެންޝަން އޮފީހުން ބުނީ، މި ސެޝަން ކުރިއަށްދާނީ މާދަމާ، 15 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:00 ގައި، ހަނިމާދޫ އިޖުތިމާޢީ މަރުކަޒުގައި ކަމަށެވެ. މި ބައްދަލުވުމަކީ އެ ރަށުގައި ވަޒީފާ އަދާކުރާ ފަރާތްތަކަ...

ޔުމްނާ ޢަލީ
މުސްތަޤުބަލުގެ ކެރިއަރަށް ތައްޔާރުވާން ހަނިމާދޫ ސްކޫލު ދަރިވަރުންނަށް ޕެންޝަން އޮފީހުގެ އެހީތެރިކަން 📍 ހދ. ހަނިމާދޫ

މުސްތަޤުބަލުގެ ކެރިއަރަށް ތައްޔާރުވާން ހަނިމާދޫ ސްކޫލު ދަރިވަރުންނަށް ޕެންޝަން އޮފީހުގެ އެހީތެރިކަން

ހދ. ހަނިމާދޫ ސްކޫލުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން މާލީ ހޭލުންތެރިކަމާއި، ކެރިއަރ ބައްޓަންކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ދެ ސެޝަނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށް ޕެންޝަން އޮފީހުން މިއަދު ބުނެފިއެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ޕެންޝަން އޮފީހުގެ “ކެރިއަރ ކޮމްޕަސް” އަދި “ޑޯނަޓްސް އެންޑް ފައިނޭންސް” ޕްރޮގްރާމްތަކުގެ ތެރެއިންނެވެ. މި ސެޝަންތަކުގެ މައިގަނޑު އަމާޒަކީ ދަރިވަރުންގެ ޕްރޮފެޝަނަލް ހުނަރުތައް ތަރައްޤީކުރުމާއި، އަމިއްލަ މާލީ ކަންކަން ހަރުދަނާ އަދި ދެމެހ...

ޔުމްނާ ޢަލީ
ހަނިމާދޫން 2000 އަކަފޫޓްގެ 300 ގޯތި ދޫކުރަން ކައުންސިލުން ފާސްކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫން 2000 އަކަފޫޓްގެ 300 ގޯތި ދޫކުރަން ކައުންސިލުން ފާސްކޮށްފި

ހދ. ހަނިމާދޫ އިން 2000 އަކަފޫޓްގެ 300 ގޯތި ދޫކުރަން އެރަށު ކައުންސިލުން މިއަދު ފާސްކޮށްފިއެވެ. މިގޮތަށް ފާސްކުރީ މިއަދު އޮތް ހަނިމާދޫ ކައުންސިލްގެ ފަސް ވަނަ ދައުރުގެ 18 ވަނަ ބައްދަލުވުމުގައެވެ. ހަނިމާދޫ ކައުންސިލުން ‘’ތިލަދުން’’ އަށް މައުލޫމާތު ދިންގޮތުގައި ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި އެރަށުން 2000 އަކަފޫޓްގެ 300 ގޯތި ދޫކުރަން ފާސްކުރުމުގެ އިތުރުން ގޯތިތައް ދޫކުރުމުގެ އުސޫލުވެސް ވަނީ ފާސްކޮށްފައެވެ. ހަނިމާދޫ ކައުންސިލުން ބުނީ، ކައުންސިލްގެ މި ނިންމުމާއެކު ހަނިމާދޫން ގޯތި ދޫކުރާނެގޮތުގ...

ޔުމްނާ ޢަލީ
ހަނިމާދޫ ގޭބިސީތަކުގެ ކަރަންޓު ޚަރަދު ކުޑަކުރަން ''މަގޭ ފުރާޅު'' ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު 📍 ހދ. ހަނިމާދޫ

ހަނިމާދޫ ގޭބިސީތަކުގެ ކަރަންޓު ޚަރަދު ކުޑަކުރަން ''މަގޭ ފުރާޅު'' ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު

ހދ. ހަނިމާދޫ ކައުންސިލްގެ ސްމާޓް އައިލެންޑް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ “މަގޭ ފުރާޅު” އޮފް ގްރިޑް ސޯލާ އެނާރޖީ އިނީޝިއޭޓިވް ޤާއިމްކުރުމުގެ އުސޫލު އާންމުކޮށް، އެ މަޝްރޫޢުގައި ބައިވެރިވުމުގެ ފުރުޞަތު އެ ރަށުގެ ގޭބިސީތަކަށް ހުޅުވާލައިފިއެވެ. މަގޭ ފުރާޅު އޮފް ގްރިޑް ސޯލާ ޖެހުމުގެ އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ސްކީމަކީ ރައްޔިތުންގެ ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމުގެ މުހިންމު މަޤްޞަދުގައި އެކުލަވާލައިފައިވާ އުޞޫލެކެވެ. މީގެއިތުރުން، ތިމާވެށި ރައްކާތެރިކުރުމާއި، ސާފު ހަކަތައަށް ރަ...

ފާތިމަތު ސަޙާ
ދިއްދޫ މެޗަށް ތައްޔާރުވާން ނިއުގެ ފުރަތަމަ ފަރިތަކުރުން ހަނިމާދޫގައި ބާއްވައިފި 📍 ހއ. ދިއްދޫ

ދިއްދޫ މެޗަށް ތައްޔާރުވާން ނިއުގެ ފުރަތަމަ ފަރިތަކުރުން ހަނިމާދޫގައި ބާއްވައިފި

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ ފުޓުބޯޅަ ޓީމާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ތައްޔާރުވުމުގެ ގޮތުން، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ފަރިތަކުރުން އިއްޔެ ހދ. ހަނިމާދޫގައި ބާއްވައިފިއެވެ. މި މެޗަކީ ލީގުގައި ނޯތު ޗެމްޕިއަން ދިއްދޫ ޓީމު އަމިއްލަ ރަށުގައި ކުޅޭ ފުރަތަމަ މެޗަށް ވުމާއެކު، އެ ޓީމުން ވެސް ދަނީ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ދިއްދޫއާ ދެކޮޅަށް ކުޅޭ މެޗަށް ނިއުރޭޑިއަންޓުގެ ޓީމު ވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ދިއްދޫއަށް […]

ޝިއުނާ އާދަމް
ނައިވާދޫއިން ހަނިމާދޫކޮޅަށް 6 ލަނޑު ޖަހައިފި 📍 ހދ. ނައިވާދޫ

ނައިވާދޫއިން ހަނިމާދޫކޮޅަށް 6 ލަނޑު ޖަހައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގެ ފަހު މެޗުގައި ނައިވާދޫން ހަނިމާދޫ ކޮޅަށް 6 ލަނޑު ޖަހައި އަތޮޅު ފައިނަލުން ބަލިވުމުގެ ބަދަލު ހިފައިފިއެވެ. ރޭ ފަހު މެޗަށް ނުކުތް އިރުވެސް ނައިވާދޫ އޮތީ މެޗަކުން ބަލިނުވެ ތާވަލުގެ އެއްވަނާގައި ފައިނަލް ކަށަވަރުކޮށްގެންނެވެ. މި މުބާރާތުގެ ހދ. އަތޮޅު ބުރުގައި ނައިވާދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދި ހަނިމާދޫ ފަހު މެޗަށް ނުކުތީ […]

ޝިއުނާ އާދަމް
ތިން ޖީލު އެކުގައި، ޕެންޝަން އޮފީހުގެ ''3ޖެން ވޯކް'' މިމަހު ހަނިމާދޫގައި 📍 ހދ. ހަނިމާދޫ

ތިން ޖީލު އެކުގައި، ޕެންޝަން އޮފީހުގެ ''3ޖެން ވޯކް'' މިމަހު ހަނިމާދޫގައި

ޕެންޝަން އޮފީހުން ސިލްސިލާކޮށް ބާއްވަމުން އަންނަ “ތްރީ ޖެނެރޭޝަން ވޯކް” (3ޖެން ވޯކް) ގެ ހަތަރުވަނަ އެޑިޝަން، މި މަހުގެ 17 ވަނަ ދުވަހު ހދ. ހަނިމާދޫގައި ބޭއްވުމަށް ނިންމައިފިއެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުން އަދި ދޮށީއުމުރުގެ މީހުން ހިމެނޭހެން، މުޅި އާއިލާއަށް ހާއްސަކޮށްގެން ބާއްވާ ހިނގާލުމެކެވެ. މި ހަރަކާތަކީ ދުޅަހެޔޮކަމާއި މާލީ ރައްކާތެރިކަން އިތުރުކުރުމާއެކު، ފަހަށް ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުން އަދި ރިޓަޔާމަންޓަށް ތައްޔާރުވުމުގެ މުހިންމުކަމާމެދު އާއިލާގެ ހުރިހާ މެންބަރުންގެ މެދ...

ޔުމްނާ ޢަލީ
އިހަވަންދޫ އަތުން ނައިވައިދޫ މޮޅުވެއްޖެ، ފިއްލަދޫ ހޯދި މޮޅާއެކު ހަނިމާދޫ އަށް ހިތްދަތި ނިމުމެއް 📍 ހއ. ފިއްލަދޫ

އިހަވަންދޫ އަތުން ނައިވައިދޫ މޮޅުވެއްޖެ، ފިއްލަދޫ ހޯދި މޮޅާއެކު ހަނިމާދޫ އަށް ހިތްދަތި ނިމުމެއް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ  “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ނޯތު ޒޯން 1” ގެ މިއަދު ކުޅުނު މެޗުތަކުން ނައިވާދޫއާއި އިހަވަންދޫ ބައްދަލު ކުރި މެޗުން ނައިވާދޫ މޮޅުވެފައިވާއިރު، ފިއްލަދޫ އަދި ހަނިމާދޫ ކުޅުނު މެޗުން ފިއްލަދޫ ކުރި ހޯދައި ހަނިމާދޫ އަށް ފައިނަލްގެ ދޮރު އެއްކޮށް ބަންދުވެއްޖެއެވެ. ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މެޗުގައި ނައިވާދޫ ވަނީ، އިހަވަންދޫގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. މި މެޗުގައި ނައިވާދޫގެ […]

ފާތިމަތު ސަޙާ
ހަނިމާދޫ ބަލިކޮށް އިހަވަންދޫ އިން ފެށުން ރަނގަޅުކޮށްފި، ކަނޑިތީމާއި ފިއްލަދޫ އެއްވަރު 📍 ހއ. ފިއްލަދޫ

ހަނިމާދޫ ބަލިކޮށް އިހަވަންދޫ އިން ފެށުން ރަނގަޅުކޮށްފި، ކަނޑިތީމާއި ފިއްލަދޫ އެއްވަރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގެ އަންގާރަ ދުވަހުގެ މެޗުތަކުގައި ހަނިމާދޫ އަތުން އިހަވަންދޫ މޮޅުވިއިރު، ކަނޑިތީމާއި ފިއްލަދޫގެ މެޗު އެއްވަރުވެއްޖެއެވެ. އަންގާރަ ދުވަހު ފުރަތަމަ މެޗުގައި ހަނިމާދޫ އާއި އިހަވަންދޫގެ ކުރިމަތިލުމުގައި އިހަވަންދޫ މޮޅުވީ 2-1 ލަނޑުންނެވެ. މި މެޗުގައި ހަނިމާދޫ އަށް ލަނޑުޖަހައިދިނީ މުހައްމަދު ތިލްހާމްއެވެ. އިހަވަންދޫ އަށް ލަނޑުތައް ޖަހައިދިނީ އިބްރާހިމް ހާމިދު އަދި އަހްމަދު ޒައިން ހުސައިންއ...

ޔުމްނާ ޢަލީ
ނިހާލްގެ ހެޓްރިކާއެކު ކަނޑިތީމުގެ ފެށުން ވަރުގަދަ، ނައިވައިދޫއިން ފިއްލަދޫ ކޮޅަށް 8 ލަނޑު ޖަހައިފި 📍 ހއ. ފިއްލަދޫ

ނިހާލްގެ ހެޓްރިކާއެކު ކަނޑިތީމުގެ ފެށުން ވަރުގަދަ، ނައިވައިދޫއިން ފިއްލަދޫ ކޮޅަށް 8 ލަނޑު ޖަހައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގެ މެޗުތަކުން، ހދ. ނައިވައިދޫއާއި ށ. ކަނޑިތީމު ކުރި ހޯދައިފިއެވެ. ނައިވައިދޫގައި ކުރިއަށް ދާ މި މުބާރާތް ފެށުމުގެ ގޮތުން، އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ހއ. ފިއްލަދޫގެ މައްޗަށް ނައިވައިދޫ ކުރި ހޯދީ 8-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޙާޞިލްކޮށްފައިވަނީ ނައިވައިދޫގެ މުޙައްމަދު ޝާއިނެވެ. ފިއްލަދޫއަށް […]

ފާތިމަތު ސަޙާ
ހަނިމާދޫގައި ހިންގާ ބަށި ބޯޅަ އޮފިޝަލުންނާއި ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ހިންގާ ބަށި ބޯޅަ އޮފިޝަލުންނާއި ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު

ހދ. ހަނިމާދޫގައި ހިންގާ ބަށި ބޯލް އޮފިޝަލުންނާއި ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. މިއީ ބޯޅަ ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އާއި ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ގުޅިގެން، ބާއްވާ ވޯކް ޝޮޕެކެވެ. ހަނިމާދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ވޯކްޝޮޕަކީ ބަށި ބޯޅައިގެ ދާއިރާއިން ފަންނީ އޮފިޝަލުންނާއި ޤާބިލު ކޯޗުން ތަމްރީނުކޮށް، އެ ކުޅިވަރު އިތުރަށް ކުރިއެރުވުމުގެ މަޤްޞަދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ...

ފާތިމަތު ސަޙާ
މުރައިދޫ ވެޓެރަންސް ވޮލީ 2026: ތަށި ބާރަށަށް، އެންމެ މޮޅު ކުޅުންތެރިޔަކީ ޝުއައިބް 📍 ހއ. ބާރަށް

މުރައިދޫ ވެޓެރަންސް ވޮލީ 2026: ތަށި ބާރަށަށް، އެންމެ މޮޅު ކުޅުންތެރިޔަކީ ޝުއައިބް

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ޗެމްޕިއަންކަން ހއ. ބާރަށުން ހޯދައިފިއެވެ. ބާރަށުން މި މުބާރާތުގެ ތަށި އުފުލާލީ ރޭ ކުޅުނު ފައިނަލްގައި ސީދާ ތިން ސެޓުން ހަނިމާދޫ ބަލިކޮށްގެންނެވެ. މި މެޗުގައި ބާރަށް ސެޓްތައް ގެންދިޔައީ 25-19، 25-12 އަދި 25-17 އިންނެވެ. މުބާރާތުގެއެންމެ މޮޅު 6 ކުޅުންތެރިން ހަސަން ޒިޔާޒު، ޖޯޒީ ނަންބަރު 3، […]

ޔުމްނާ ޢަލީ
27 ވަނަ އަހަރީ ދުވަހާ އެކު ހަނިމާދޫ ސިއްހީ މަރުކަޒުގައި އަލްޓްރާ ސައުންޑް ޚިދުމަތް ފަށައިފި 📍 ހދ. ހަނިމާދޫ

27 ވަނަ އަހަރީ ދުވަހާ އެކު ހަނިމާދޫ ސިއްހީ މަރުކަޒުގައި އަލްޓްރާ ސައުންޑް ޚިދުމަތް ފަށައިފި

ހދ. ހަނިމާދޫ ޞިއްޙީ މަރުކަޒަށް 27 އަހަރު ފުރުމާއެކު، އެ މަރުކަޒުގައި އަލްޓްރާ ސައުންޑް ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ)ގެ  ރައީސާ އައިޝަތު ޢީސާ އާއި އެ މަރުކަޒުގެ ޚިދުމަތުގައި ފޫޅުމާއެއްގެ ގޮތުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު، ޝަރަފުވެރިކަމާއެކު، ޚިދުމަތުން ވަކިވެވަޑައިގެން ހުންނެވި، މަރިޔަމް މޫސާއެވެ. އެ ރަށު ޞިއްޙީމަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި، ސީނިއާ އެޑްމިނިސްޓ...

ފާތިމަތު ސަޙާ