މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
އުތީމުން ޙާފިޡަކަށް ވާ ކޮންމެ ކުއްޖަކަށް ކައުންސިލުން 50،000 ރުފިޔާގެ އިނާމެއް 📍 ހއ. އުތީމު

އުތީމުން ޙާފިޡަކަށް ވާ ކޮންމެ ކުއްޖަކަށް ކައުންސިލުން 50،000 ރުފިޔާގެ އިނާމެއް

ހއ. އުތީމުން ޙާފިޡަކަށް ވާ ކޮންމެ ކުއްޖަކަށް ކައުންސިލްގެ ފަރާތުން 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މިކަމާ ގުޅޭގޮތުން އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު “ތިލަދުން” އަށް ވިދާޅުވީ، ކައުންސިލްގެ އަމާޒަކީ ޤުރްއާނަށް އަޙުލުވެރި މުޖުތަމަޢެއް ބިނާކުރުން ކަމަށާއި، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ރަށުގައި ޙާފިޡުން އުފެއްދުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގޮތުން ކީރިތި ޤުރްއާނާ ބެހޭ […]

ފާތިމަތު ސަޙާ
އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފު އައިހަމް އަށް، އެންމެ މޮޅު ދެވަނަ ރީޖަނަލް ކްލަބަކަށް ދިއްދޫ 📍 ހއ. ދިއްދޫ

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފު އައިހަމް އަށް، އެންމެ މޮޅު ދެވަނަ ރީޖަނަލް ކްލަބަކަށް ދިއްދޫ

ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހއ. އުތީމަށް ނިސްބަތްވާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަހުމަދު އައިހަމް ހޯދައި، އެންމެ މޮޅު ރީޖަނަލް ކްލަބުގެ ދެވަނަ މަގާމު ހއ. ދިއްދޫ ސްޕޯޓްސް ކްލަބުން ހާސިލުކޮށްފިއެވެ. މި އެވޯޑުތައް ހަވާލުކޮށްފައި ވަނީ ހުޅުމާލޭގެ މެންހެޓަން ގްރޭންޑް ހޮޓަލުގައި ބޭއްވި އެފްއޭއެމް އެވޯޑްސް 2026 ގެ ހަފުލާގައެވެ. އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފު ހޯދި އައިހަމް […]

އަޙްމަދު ވަހީދު
އެންމެ މޮޅު ރެފްރީއަކަށް ސިނާން 📍 ހއ. ވަށަފަރު

އެންމެ މޮޅު ރެފްރީއަކަށް ސިނާން

ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ރެފްރީގެ އެވޯޑް ހއ. ވަށަފަރަށް ނިސްބަތްވާ ސިނާން ހުސައިން ހޯދައިފިއެވެ. ހުޅުމާލޭގެ މެންހެޓަން ގްރޭންޑް ހޮޓަލުގައި ބޭއްވި އެފްއޭއެމް އެވޯޑްސް 2026 ގެ ހަފުލާގައި، ސިނާން މި އެވޯޑާއި ހަވާލުވެފައިވާއިރު، އެންމެ މޮޅު ރެފްރީގެ މަގާމު އޭނާ ހޯދާފައިވަނީ ޖާވިޒު މުހައްމަދާއި ޝާތިރު އަބްދުﷲ އާ ވާދަކޮށްގެންނެވެ. މި ހަފުލާގައި ފާއިތުވި ސީޒަނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް ހއ. އަތޮޅަށް ނިސްބަތްވާ ކުޅުންެތެރިއެކެވެ. އެ […]

ޝިއުނާ އާދަމް
ހޫނުމިން މައްޗަށް ގޮސް ބާރަށު ކަނޑޫފަލުން ގިނަ އަދަދެއްގެ މަސް މަރުވެއްޖެ 📍 ހއ. ބާރަށް

ހޫނުމިން މައްޗަށް ގޮސް ބާރަށު ކަނޑޫފަލުން ގިނަ އަދަދެއްގެ މަސް މަރުވެއްޖެ

ހއ. ބާރަށު ދެކުނު ކަނޑޫފަލުގައި މަރުވެފައިވާ މަސްތައް ނަގައި ވަޅުލުމުގެ މަސައްކަތުގައި ބައިވެރިވުމަށް އެ ރަށު ކައުންސިލުން ރައްޔިތުންގެ ކިބައިން އެދިއްޖެއެވެ. ބާރަށު ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، އެ ސަރަޙައްދުން ގިނަ ޢަދަދަކަށް މަސް މަރުވާން މެދުވެރިވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހޫނުމިން އިންތިހާއަށް މައްޗަށް ގޮސް، ކަނޑޫފަލުގެ ފެންގަނޑު ހިނދުމުގެ ސަބަބުންނެވެ. އެހެންކަމުން، މަރުވެފައިވާ މަސްތައް ނަގައި، ވަޅުލުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ގައި ފެށުމަށް ހަމަ...

ފާތިމަތު ސަޙާ
ދިއްދޫއިން ނިއު އަށް ކުލަގަދަ ސަގާފީ މަރުހަބާއެއް، ފުރިހަމަ މެހެމާންދާރީއަށް ޝުކުރު 📍 ހއ. ދިއްދޫ

ދިއްދޫއިން ނިއު އަށް ކުލަގަދަ ސަގާފީ މަރުހަބާއެއް، ފުރިހަމަ މެހެމާންދާރީއަށް ޝުކުރު

ދިވެހި ޕްރިމިއާ ލީގުގައި ނޯތު ޗެމްޕިއަން ހއ. ދިއްދޫ ފުޓުބޯޅަ ޓީމު ރަށުގައި ކުޅޭ ފުރަތަމަ މެޗަށް ތައްޔާރުވެފައިވާއިރު، އެ ރަށާއި ދެކޮޅަށް ކުޅުމަށް ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ، ތާރީޚީ ކްލަބް އެރަށަށް ރޭ ދިޔުމުން ކީ ހޫނު މަރުޙަބާއަށް އެ ކްލަބުން ޝުކުރު އަދާކޮށްފިއެވެ. އުތުރުގައި ކުޅޭ މި ތާރީޚީ މެޗަށް ނިއުގެ ޓީމު ރޭ ވަނީ ދިއްދޫ އަށް ގޮސްފައެވެ. ނިއުއިން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ދިވެހި ޕްރިމިއާ ލީގުގައި […]

ޝިއުނާ އާދަމް
އިހަވަންދޫ އަށް ބައި ގޯލަކުން ހިތްދަތި ނިމުމެއް، ނައިވާދޫ ތަށި އުފުލާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ އަށް ބައި ގޯލަކުން ހިތްދަތި ނިމުމެއް، ނައިވާދޫ ތަށި އުފުލާލައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1ގެ ޗެމްޕިއަންކަން ހދ. ނައިވާދޫ ހޯދާފައެވެ. މި މުބާރާތުގެ ފައިނަލް މެޗުގައި ނައިވާދޫ އާއި އިހަވަންދޫގެ ކުރިމަތިލުން ނިމުނީ 2-1 ގެ ނަތީޖާއަކުން ނައިވާދޫ މޮޅުވެގެންނެވެ. މި މެޗުގައި ނައިވާދޫ އަށް ލަނޑުޖަހައިދިނީ މުހައްމަދު އަސްލަމް (މޯންޑޭ) އެވެ. އަނެއް ލަނޑަކީ އިހަވަންދޫގެ އިބްރާހީމް ހާމިދު އަތުން ވަތް ބައި ގޯލެކެވެ. އިހަވަންދޫގެ ލަނޑު ޖަހައިދިނީ އަހްމަދު […]

ފާތިމަތު ސަޙާ
އުތީމުގައި އޮންނަ ފިޓްނަސް ވޯކްޝޮޕްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި 📍 ހއ. އުތީމު

އުތީމުގައި އޮންނަ ފިޓްނަސް ވޯކްޝޮޕްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

ހއ. އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފިޓްނަސް ވޯކްޝޮޕްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) އާއި ޝޭޕް ފިޓްނަސް ސެންޓަރ އަދި ފިސަޕް އިންޓަރނޭޝަނަލް ގުޅިގެން، ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ. މި ކޯހުގެތެރެއިން، ޚާއްޞަކޮށް ދާއިމީ ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން، ޞިއްޙަތާއި ކަސްރަތާ ގުޅޭ މުހިންމު މަޢުލޫމާތުތައް ޙިއްޞާކުރެވޭނެ ކަމަށް އެ ކައުންސިލުން މައުލޫމާތުދެއްވައެވެ. މި ކ...

ފާތިމަތު ސަޙާ
މުދައްރިސުންގެ ދުވަހުގެ ހަދިޔާއަކަށް ދިއްދޫ ބެލެނިވެރިންގެ ފަރާތުން ހިތްގައިމު ސްޓާފް ލައުންޖެއް 📍 ހއ. ދިއްދޫ

މުދައްރިސުންގެ ދުވަހުގެ ހަދިޔާއަކަށް ދިއްދޫ ބެލެނިވެރިންގެ ފަރާތުން ހިތްގައިމު ސްޓާފް ލައުންޖެއް

މުދައްރިސުންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްޞަކޮށްގެން އެ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ހިތްގައިމު “ސްޓާފް ލައުންޖެއް” ހަދިޔާކޮށްފިއެވެ. މިއީ މުދައްރިސުންނާއި އިދާރީ މުވައްޒަފުންނަށް އަރާމު، ހިތްފަސޭހަ މަސައްކަތުގެ މާހައުލެއް ޤާއިމުކޮށްދިނުމުގެ މަޤުޞަދުގައި ބެލެނިވެރިން އިސްނަގައިގެން ތައްޔާރުކުރި ތަނެކެވެ. ސްކޫލުގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަދިޔާކުރި މި ސްޓާފް ލައުންޖުގައި ސައި ކޮޓަރިއެއްގެ އިތުރުން، ބޭ...

ފާތިމަތު ސަޙާ
ތަކަންދޫ ކައުންސިލުން އެ ރަށު ޝަހީދުޢަލީ ތަކުރުފާނު ސްކޫލަށް ޑަސްބިން ހަދިޔާ ކޮށްފި 📍 ހއ. ތަކަންދޫ

ތަކަންދޫ ކައުންސިލުން އެ ރަށު ޝަހީދުޢަލީ ތަކުރުފާނު ސްކޫލަށް ޑަސްބިން ހަދިޔާ ކޮށްފި

ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްގެ ދަށުން ހއ. ތަކަންދޫ ކައުންސިލުން އެ ރަށު ޝަހީދުޢަލީ ތަކުރުފާނު ސްކޫލަށް ޑަސްބިން ހަދިޔާ ކޮށްފިއެވެ. ކައުންސިލްގެ އިތުރުން ތަކަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) އިން ވެސް އެ ސްކޫލަށް ޑަސްބިން ހަދިޔާ ކޮށްފައިވެއެވެ. ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބަލަހައްޓަނީ ކައުންސިލާއި އތމ ކޮމިޓީ ގުޅިގެން ކަމަށްވާތީ، އެ ކޮމިޓީއަށް ކައުންސިލުން 10 ޑަސްބިން ހަދިޔާކޮށްފައިވާ ކަމަށް ވެސް އެ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.. އެ ރަށުގެ އަތިިރިމ...

ފާތިމަތު ސަޙާ
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް އުލިގަމުގައި ހުޅުވައިފި

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް އުލިގަމުގައި ހުޅުވައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްޞަ މަޝްރޫޢުގެ ދަށުން، ހއ. އުލިގަމުގައި އެ މަރުކަޒުގެ ގޮފި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިކަމަށްޓަކައި އުލިގަމުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ރަށު ގޮފި ހުޅުއްވައިދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު ޢަބްދުލްޣަފޫރު އަޙްމަދާއި، ހއ. އުލިގަމު ކައުންސިލުގެ ރައީސް އަލްފާޟިލް އަސަދުﷲ މުޙައްމަދެވެ. މި ރަސ...

އަލީ އާދިލް
ކެލާގައި ގަހުގެ ނާސަރީއެއް ޤާއިމުކުރާނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާގައި ގަހުގެ ނާސަރީއެއް ޤާއިމުކުރާނެ ފަރާތެއް ހޯދަނީ

ހއ. ކެލާގައި ގަހުގެ ނާސަރީއެއް ޤާއިމުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކެލާ ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި މި މަސައްކަތް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މަސައްކަތް ކޮންޓްރެކްޓް އުޞޫލުން އެ ޕްރޮޖެކްޓް ނަގާ ފަރާތުގެ އަމިއްލަ ތަކެތީގައެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު 05 އޮކްޓޫބަރު 2026 އިން ފެށިގެން 11 އޮކްޓޫބަރު 2026 ގެ ނިޔަލަށ...

ފާތިމަތު ސަޙާ
ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. ބާރަށް

ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހއ. ބާރަށު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “ޔުނިޓީ ކަޕް 5 ވަނަ ފުޓްސަލް މުބާރާތް 2026” ގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ. މިކަމާ ގުޅިގެން، ބާރަށު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މިއީ ދެ ޖިންސަށް ވަކިން ޚާއްސަކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެވިފައިވަނީ ބާރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކްލަބު ޖަމްޢިއްޔާތަކާއި، ޖަމާޢަތްތަކުގެ އިތުރުން އެ ރަށުގެ އަމިއްލަ ފަރާތްތަކަށް...

ފާތިމަތު ސަޙާ
ކަނޑިތީމާއި އެއްވަރުވެ އިހަވަންދޫ ފައިނަލަށް 📍 ހއ. އިހަވަންދޫ

ކަނޑިތީމާއި އެއްވަރުވެ އިހަވަންދޫ ފައިނަލަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގެ ފައިނަލްގެ ދެވަަނަ ޖާގަ ހއ. އަތޮޅު ޗެމްޕިއަން އިހަވަންދޫއަށް ކަށަވަރުވެއްޖެއެވެ. މިއަދު ހަވީރު ނައިވާދޫގައި ކުޅުނުމެޗަށް ކަނޑިތީމާއި އިހަވަންދޫ ނުކުތްއިރު ދެ ޓީމަށް ވެސް ފައިނަލްގެ ދޮރު ހުރީ ހުޅުވިފައެވެ. އިހަވަންދޫ އަށް މެޗު އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވެން އޮތްއިރު ކަނޑިތީމަށް އޮތީ މޮޅުވާން މަޖުބޫރުވެފައެވެ. އެއީ މެޗަށް ނުކުތްއިރު އިހަވަންދޫ ހަ […]

ޔުމްނާ ޢަލީ
ތަކަންދޫގެ އަންހެން ވޮލީ ކުރިއަރުވަން ޚާއްޞަ ވޮލީ ކޭމްޕެއް، ކައުންސިލްގެ ކުޅިވަރު ފެސްޓިވަލް ޑިސެމްބަރުގައި 📍 ހއ. ތަކަންދޫ

ތަކަންދޫގެ އަންހެން ވޮލީ ކުރިއަރުވަން ޚާއްޞަ ވޮލީ ކޭމްޕެއް، ކައުންސިލްގެ ކުޅިވަރު ފެސްޓިވަލް ޑިސެމްބަރުގައި

ހއ. ތަކަންދޫގައި އަންހެނުންނަށް ޚާއްޞަ ވޮލީ ކޯޗިން ކޭމްޕެއް ފަށައިފިއެވެ. މިއީ  ތަކަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ) އިން އިސްނަގައިގެން، ތަކަންދޫ ކައުންސިލް އާ ތަކަންދޫ ޕޮލިސް އާ ގުޅިގެން ކުރިއަށް ގެންދާ މި ކޭމްޕް ފަށާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. ޖުމްލަ 12 ބައިވެރިން ހިމެނޭ މި ކޭމްޕް ކުރިއަށް ގެންގޮސްދެއްވަނީ ޕޮލިހުންކަމުގައި އެ ކައުންސިލުން މައުލޫމާތު ދެއްވައެވެ. ތަކަންދޫ ކައުންސިލްގެ ރައީސް ޢަބްދުއްރައްޒާޤް މި ނޫހަށް މައުލޫމާތު ދެއްވަމުން […]

ފާތިމަތު ސަޙާ
ހޯރަފުށީގައި ކޭމްބްރިޖް އިންޓަރނޭޝަނަލް ސްކޫލެއް ހިންގާނެ ފަރާތެއް ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ކޭމްބްރިޖް އިންޓަރނޭޝަނަލް ސްކޫލެއް ހިންގާނެ ފަރާތެއް ހޯދަނީ

ހއ. ހޯރަފުށީގައި ކޭމްބްރިޖް އިންޓަރނޭޝަނަލް ސްކޫލެއް ހިންގާނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާނުކޮށްފިއެވެ. ހޯރަފުށީ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނީ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމުގައި ރަޖިސްޓަރީވުމުގެ ފުރުޞަތު މިހާރު ހުޅުވާލައިފައިވާކަމަށެވެ. ބީލަމުގައި ރަޖިސްޓަރީވުމުގެ އެންމެ ފަހު ތާރީޚަކީ 11 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ސުންގަޑި ހަމަވުމުގެ ކުރިން އެ ކައުންސިލްގެ އިޢުލާނުގައިވާ އޮންލައިން ފޯމު މެދުވެރ...

ފާތިމަތު ސަޙާ