ހއ. ބާރަށު ދެކުނު ކަނޑޫފަލުގައި މަރުވެފައިވާ މަސްތައް ނަގައި ވަޅުލުމުގެ މަސައްކަތުގައި ބައިވެރިވުމަށް އެ ރަށު ކައުންސިލުން ރައްޔިތުންގެ ކިބައިން އެދިއްޖެއެވެ.
ބާރަށު ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، އެ ސަރަޙައްދުން ގިނަ ޢަދަދަކަށް މަސް މަރުވާން މެދުވެރިވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހޫނުމިން އިންތިހާއަށް މައްޗަށް ގޮސް، ކަނޑޫފަލުގެ ފެންގަނޑު ހިނދުމުގެ ސަބަބުންނެވެ.
އެހެންކަމުން، މަރުވެފައިވާ މަސްތައް ނަގައި، ވަޅުލުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ގައި ފެށުމަށް ހަމަޖެހިފައިވާކަމަށް އެ ކައުންސިލުން މައުލޫމާތު ދެއްވައެވެ.
މި މަސައްކަތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެ ދުވަހުގެ ހެނދުނު ދެކުނު ކޮށި މަގު ސަރަޙައްދުގެ ކަނޑޫފާ ކައިރިއަށް ވަޑައިގެންދެއްވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!