Skip to main content
Topic Archive

#ބާރަށު ކައުންސިލް

47 Stories filed
ކުޑަކުދިންގެ ޙައްޤުތަކާއި ޢަދުލުގެ ޤާނޫނަށް ހޭލުންތެރިކުރުވަން ބާރަށުގައި ޚާއްޞަ ޕްރޮގްރާމެއް
News

ކުޑަކުދިންގެ ޙައްޤުތަކާއި ޢަދުލުގެ ޤާނޫނަށް ހޭލުންތެރިކުރުވަން ބާރަށުގައި ޚާއްޞަ ޕްރޮގްރާމެއް

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އަހުލުވެރިކުރުވުމަށާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި ބާރަށު ކައުންސިލް ގުޅިގެން އެ ރަށުގައި ޚާއްޞަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

ބާރަށުގެ އައު މަގުތައް ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ސީދާކުރަނީ، ކުޅުދުއްފުށީ ސިޓީގެ ބޮޑު އެހީތެރިކަމެއް!
Thiladhunmathi News

ބާރަށުގެ އައު މަގުތައް ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ސީދާކުރަނީ، ކުޅުދުއްފުށީ ސިޓީގެ ބޮޑު އެހީތެރިކަމެއް!

ހއ. ބާރަށުގައި އަލަށް ހަދަމުން އަންނަ މަގުތައް، އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ސީދާކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރިއަށް ގެންދަން ފަށައިފިއެވެ. މި މަސައްކަތާ ގުޅޭގޮތުން ބާރަށު ކައުންސިލުން ބުނީ، މިއީ ރަށުގެ މަގުތައް ތަރައްޤީކުރުމަށް ރޭވިފައިވާ ޕްލޭނާ އެއްގޮތަށް މަގުތަކުގެ ފުޅާމިނާއި ސީދާމިން ކަށަވަރުކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އެ ރަށުގައި އަލަށް ހަދާ މަގުތައް ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ތ...

ބާރަށު ކަނޑޫފަލަކުން މަރުވެފައި ހުރި 1،000 އެއްހާ މަސް ނަގައި ވަޅުލައިފި
Thiladhunmathi News

ބާރަށު ކަނޑޫފަލަކުން މަރުވެފައި ހުރި 1،000 އެއްހާ މަސް ނަގައި ވަޅުލައިފި

ހއ. ބާރަށު ކަނޑޫފަލެއްގައި މަރުވެފައި ހުރި ގާތްގަނޑަކަށް 1،000 މަސް ނަގައި ރައްކާތެރިކަމާއެކު ވަޅުލައިފިއެވެ. މި މަސައްކަތަކީ ބާރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) އަދި އެ ރަށު ސިއްޙީ މަރުކަޒާއި އާންމު ރައްޔިތުން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިއީ އެ ރަށުގެ އެންމެ ކަނޑޫފަލަކުން ނެގުނު އަދަދު ކަމަށާއި، އަދިވެސް އިތުރު ކަނޑޫފާތައް ސާފުނުކުރެވި އޮތް ކަމަށް ކައުންސިލުން މައުލޫމާތު ދެއްވައެވެ. މި މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ކައުންސިލ...

ދިއްދޫ ޓީމަށް ސަޕޯޓްކުރަން ބާރަށުން ދާން ބޭނުންވާ މީހުންނަށް ޚާއްސަ ދަތުރެއް
Thiladhunmathi News

ދިއްދޫ ޓީމަށް ސަޕޯޓްކުރަން ބާރަށުން ދާން ބޭނުންވާ މީހުންނަށް ޚާއްސަ ދަތުރެއް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫ ކުޅޭ ފުރަތަމަ ހޯމް މެޗުގައި، އެ ޓީމަށް ހިތްވަރުދީ ސަޕޯޓުކުރުމަށް ދާން ބޭނުންވާ ބާރަށު ރައްޔިތުންނަށް ޚާއްސަ ފެރީ ދަތުރެއް ހަމަޖައްސައިފިއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ދިއްދޫގައެވެ. ބާރަށު ކައުންސިލުން ހާމަކުރި ގޮތުގައި، ދިއްދޫ ޓީމަށް ސަޕޯޓްކުރަން ދާ މީހުންނަށް ޚާއްޞަކޮށްފައިވަނީ ހއ. އަތޮޅު ފެރީއެވެ. އަދި މި ފެރީން ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނީ، 105 މީހުންގެ ޖާގަ ފުރެންދެން ކަމަށްވެސް އެ ކައުންސިލުން […]

ހޫނުމިން މައްޗަށް ގޮސް ބާރަށު ކަނޑޫފަލުން ގިނަ އަދަދެއްގެ މަސް މަރުވެއްޖެ
Thiladhunmathi News

ހޫނުމިން މައްޗަށް ގޮސް ބާރަށު ކަނޑޫފަލުން ގިނަ އަދަދެއްގެ މަސް މަރުވެއްޖެ

ހއ. ބާރަށު ދެކުނު ކަނޑޫފަލުގައި މަރުވެފައިވާ މަސްތައް ނަގައި ވަޅުލުމުގެ މަސައްކަތުގައި ބައިވެރިވުމަށް އެ ރަށު ކައުންސިލުން ރައްޔިތުންގެ ކިބައިން އެދިއްޖެއެވެ. ބާރަށު ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، އެ ސަރަޙައްދުން ގިނަ ޢަދަދަކަށް މަސް މަރުވާން މެދުވެރިވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހޫނުމިން އިންތިހާއަށް މައްޗަށް ގޮސް، ކަނޑޫފަލުގެ ފެންގަނޑު ހިނދުމުގެ ސަބަބުންނެވެ. އެހެންކަމުން، މަރުވެފައިވާ މަސްތައް ނަގައި، ވަޅުލުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ގައި ފެށުމަށް ހަމަ...

ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހއ. ބާރަށު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “ޔުނިޓީ ކަޕް 5 ވަނަ ފުޓްސަލް މުބާރާތް 2026” ގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ. މިކަމާ ގުޅިގެން، ބާރަށު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މިއީ ދެ ޖިންސަށް ވަކިން ޚާއްސަކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެވިފައިވަނީ ބާރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކްލަބު ޖަމްޢިއްޔާތަކާއި، ޖަމާޢަތްތަކުގެ އިތުރުން އެ ރަށުގެ އަމިއްލަ ފަރާތްތަކަށް...

ބޮޑުތަކުރުފާނުގެ ތާރީޚާ ގުޅިފައިވާ ބާރަށު އާސާރީ ތަންތަން ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމަކާއި ގާތަށް
Thiladhunmathi News

ބޮޑުތަކުރުފާނުގެ ތާރީޚާ ގުޅިފައިވާ ބާރަށު އާސާރީ ތަންތަން ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމަކާއި ގާތަށް

ހއ. ބާރަށުގައި ކުރިއަށް ގެންދާ، އާސާރީ ތަރިކަ ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތަފްޞީލް އެ ކައުންސިލުން ޢާންމުކޮށްފިއެވެ. އެ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، އެރަށު ކަޅުއޮއްފުންމި މަގުގެ، “ބޯޓުޔާޑު” ބޯޑަރު އެޅުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް ދާއިރު، އެ މަޝްރޫޢުގެ ޖުމްލަ މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ޕޯޗުގީޒުންނާ ދެކޮޅަށް ހަނގުރާމަކުރެއްވުމަށް ބޮޑުތަކުރުފާނު ބެންނެވި މަޝްހޫރު ނަވު “ކަޅުއޮއްފުންމި” ބެންނެވީ ބާރަށުގައެވެ. ޕޯޗުގީޒުންނަށް...

ބާރަށުގައި ވެސް ބެލެނިވެރިއަކާ ނުލައި ރޭގަނޑު 9:00 ގެ ފަހުން ކުދިން ބޭރުގައި އުޅުން މަނާކޮށްފި
Thiladhunmathi News

ބާރަށުގައި ވެސް ބެލެނިވެރިއަކާ ނުލައި ރޭގަނޑު 9:00 ގެ ފަހުން ކުދިން ބޭރުގައި އުޅުން މަނާކޮށްފި

ބެލެނިވެރިއަކާ ނުވަތަ ބަލަދުވެރި ފަރާތަކާ ނުލައި، އެއްވެސް ބޭނުމެއްނެތި ރޭގަނޑު 9:00 ގެ ފަހުން ޢުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި ސްކޫލް ދަރިވަރުން ރަށުތެރޭގައި އުޅުން ހއ. ބާރަށު ކައުންސިލުން މަނާކޮށްފިއެވެ. ބާރަށު ކައުންސިލުން ކުރި އިޢުލާނެއްގައި ބުނީ، 24 ސެޕްޓެމްބަރ 2026 ވީ ބުރާސްފަތި ދުވަހުން ފެށިގެން ދުރާލާ އެއްވެސް ބޭނުމެއްނެތި 18 އަހަރުން ދަށުގެ ކުދިންނާއި ސްކޫލް ކުދިން ރޭގަނޑު 9:00 ގެ ފަހުން ބެލެނިވެރި ފަރާތެއް، ނުވަތަ އެކުއްޖެއްގެ ބަލަދުވެރި ފަރާތަކާއެކު […]

ބާރަށުގެ މަގުތަކަށް އުނދަގޫވާ ގޮތަށް ހުރި ތަކެތި ނަގަން އަންގައިފި
Thiladhunmathi News

ބާރަށުގެ މަގުތަކަށް އުނދަގޫވާ ގޮތަށް ހުރި ތަކެތި ނަގަން އަންގައިފި

ހއ. ބާރަށުގެ މަގުތަކާއި ގޯޅިތަކަށް އުނދަގޫވާ ގޮތަށް ހުރި ތަކެތި ނަގައި، މަގުތައް ސާފުކުރުމަށް އެ ރަށު ކައުންސިލުން އަންގައިފިއެވެ. ބާރަށު ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އެ ރަށުން މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކާއި، އެ ގޯތިތައް ހިމެނޭ މަގުތަކާއި ގޯޅިތަކަށް އުނދަގޫވާ ގޮތަށް ހުރި ތަކެތި ނެގުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި މަގުތަކުގައި ޖަހާފައިވާ މަގުބައްތިތަކާއި، އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި، މަގުމަތިން ހިނގާބިގާވެ އުޅޭ މީހުންނަށް އުނދަގޫވާ ގޮތަށް ހުރި ވެ...

ބާރަށު ރުއްތަކަށް ޖެހޭ ބަލި ކޮންޓްރޯލްކޮށް ރައްކާތެރިކުރުމަށް ޚާއްޞަ މަސައްކަތްތަކެއް
Thiladhunmathi News

ބާރަށު ރުއްތަކަށް ޖެހޭ ބަލި ކޮންޓްރޯލްކޮށް ރައްކާތެރިކުރުމަށް ޚާއްޞަ މަސައްކަތްތަކެއް

ހއ. ބާރަށު ރުއްތަކަށް ޖެހޭ ބަލިން ރުއްތައް ރައްކާތެރިކުރުމުގެ ގޮތުން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ފޯރުކޮށްދީފައިވާ ބޭސް އެރަށު ގޭބިސީތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން ބާރަށުގެ ގަސްރުކަށް ދިމާވެފައިވާ ބަލީގެ މައްސަލަ ދަނޑުވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމގެ ްސަމާލު ކަމަށް ގެނެސް އެކަމަށް އަވަސް ހައްލެއް ހޯއްދުމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ބާރަށު ކައުންސިލް ރައީސް ވަނީ ޖޫން 15 ގައި ވަޒީރު ޝިޔާމާއެކު […]

ޗައިނާ ސަފީރު ބާރަށަށް ޒިޔާރަތްކުރުމަށް ދައުވަތު
Raajje

ޗައިނާ ސަފީރު ބާރަށަށް ޒިޔާރަތްކުރުމަށް ދައުވަތު

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮން ޝިއަންހު ހއ. ބާރަށަށް ޒިޔާރަތެއް ކުރެއްވުމަށް އެރަށު ކައުންސިލުން ރަސްމީކޮށް ދައުވަތު އަރުވައިފިއެވެ. މި ދައުވަތު އަރުވާފައިވަނީ ބާރަށު ކައުންސިލްގެ ރައީސް އަލީ ސަމީމް، ޗައިނާ ސަފީރާއެކު ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. ބާރަށު ކައުންސިލްގެ ރައީސް އަލީ ސަމީމް ވިދާޅުވީ، ޗައިނާ ސަފީރާއެކު ބޭއްވުނު މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުމުގައި ސަފީރު ވަނީ ބާރަށުގެ ރައްޔިތުންނަށް ހެޔޮއެދުންތައ...

ބާރަށު ކައުންސިލް ރައީސްގެ ގޮނޑިވެސް ޕީއެންސީ އަށް
Thiladhunmathi News

ބާރަށު ކައުންސިލް ރައީސްގެ ގޮނޑިވެސް ޕީއެންސީ އަށް

ހއ. ބާރަށު ކައުންސިލްގެ ރައީސްކަމުގެ ގޮނޑި އެ މަގާމަށް ވާދަކުރި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓަށް ކަށަވަރުވެފައިކަން ބާރަށު ދާއިރާ އަކަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު ހާމަކުރަށްވައިފިއެވެ. ލަވައެއްގެ ތަންކޮޅެއް ލިޔުއްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާޢު ވަނީ ޢަލީ ޝަމީމަށް މަރުޙަބާ ކިޔާފައެވެ. ”މަރުޙަބާ ބާރަށު ކައުންސިލްގެ އިންތިޚާބީ ރައީސް ޢަލީ ޝަމީމް (އަލިބެ)، މާތްﷲގެ ވާގިފުޅާއެކު ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި...

ތިލައުތުރު އެވޯޑް: އެންމެ ހިންގުންތެރި ރަށު ކައުންސިލްގެ އެވޯޑް މޮޅަދޫ ކައުންސިލަށް
Thiladhunmathi News

ތިލައުތުރު އެވޯޑް: އެންމެ ހިންގުންތެރި ރަށު ކައުންސިލްގެ އެވޯޑް މޮޅަދޫ ކައުންސިލަށް

ހއ. އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑްގެ “ތިލައުތުރު އެވޯޑް 2025″ގައި އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކުގެ ބައިން އެއްވަނަ ހޯދައިގެން އެންމެ ހިންގުތެރި ކައުންސިލްގެ އެވޯޑު ހއ. މޮޅަދޫ ކައުންސިލް ހޯދައިފިއެވެ. މި އެވޯޑު ދިނުމުގެ ހަފުލާ އޮތީ ރޭ ހއ.އަތޮޅުގެ ވެރިރަށް ދިއްދޫގައެވެ. “ތިލައުތުރު އެވޯޑް 2025″ގައި އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކުގެ ބައިން އެއްވަނަ މޮޅަދޫ ރަށު ކައުންސިލް ހޯދިއިރު، ދެވަނަ ހޯދީ ބާރަށު ކައުންސިލުންނެވެ. އަދި ތިން ވަނަ އަށް […]

ބާރަށު ފާލަންމަތީގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުމަށް ކައުންސިލުން އެދިއްޖެ
Thiladhunmathi News

ބާރަށު ފާލަންމަތީގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުމަށް ކައުންސިލުން އެދިއްޖެ

ހއ. ބާރަށުގެ ފާލަންމަތީގައި އަމިއްލަ ފަރާތްތަކުން ބަހައްޓާފައިވާ ތަކެތި ނެގުމަށް ބާރަށު ކައުންސިލުން އެދިއްޖެއެވެ. ބާރަށު ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ، ރަށުގެ ފާލަންމަތީގައި އަމިއްލަ ފަރާތްތަކުން އެއްޗެހި ބަހައްޓާފައިވާކަމަށް އިދާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މި ތަކެތި ނެގުމަށް ރައްޔިތުންގެ ފަރާތުން ކުރިންވެސް އެދިފައިވާކަމަށެވެ. އެހެންނަމަވެސް، ބައެއް ތަކެތި ނަގައިފައިނުވާކަމަށާއި އިތުރަށް ތަކެތި ބަހައްޓާފައިވާކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އެގޮތުން، މިހ...

ބާރަށް ރަމްޒުކޮށްދޭ މޮނިއުމެންޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ބާރަށް ރަމްޒުކޮށްދޭ މޮނިއުމެންޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ބާރަށް ރަމްޒުކޮށްދޭ މޮނިއުމެންޓެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މި މޮނިއުމެންޓް ފަރުމާކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކަށާއި، ކުންފުނިތަކަށާއި، ޕާޓްނާޝިޕްތަކަށާއި، ކްލަބް ޖަމިއްޔާތަކަށާއި، ކުޅިވަރު ޓީމްތަކަށާއި ގްރޫޕްތަކަށާއި އަމިއްލަ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. ބާރަށް ރަމްޒުކޮށްދޭ މޮނިއުމެންޓެއް ފަރުމާކުރުމުގެ މަގުސަދުތަކުގެ ތެރޭގައި...