Skip to main content
Topic Archive

#ބާރަށު ކައުންސިލް

47 Stories filed
ބާރަށު ކައުންސިލް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސޫރިޔާ ސްޕޯޓްސްއަށާއި ސްޕާކްލް އަށް
Thiladhunmathi News

ބާރަށު ކައުންސިލް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސޫރިޔާ ސްޕޯޓްސްއަށާއި ސްޕާކްލް އަށް

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބޭއްވި ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ސޫރިޔާ ސްޕޯޓްސް ކްލަބް އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ސްޕާކްލް އިން ހޯދައިފިއެވެ. ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅެފައިވަނީ ރޭގައެވެ. ފައިނަލް މެޗުގައި ބައްދަލުކޮށްފައި ވަނީ ސޫރިޔާ ސްޕޯޓްސް ކްލަބާއި އޭލިއަންސް ސްޕޯޓްސް ކަލްބެވެ. ވާދަވެރި ފައިނަލް މެޗެއް ފެނިގެންދިޔައިރު، ސޫރިޔާއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފަސްސެޓް ކުޅެގެންނެވެ. މެޗުގެ ސެޓ...

ބާރަށު ކައުންސިލް ވޮލީބޯޅަ މުބާރާތް ޑިސެމްބަރ 1 ވަނަ ދުވަހު ފަށަނީ
Thiladhunmathi News

ބާރަށު ކައުންސިލް ވޮލީބޯޅަ މުބާރާތް ޑިސެމްބަރ 1 ވަނަ ދުވަހު ފަށަނީ

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތް އަންނަ ޑިސެމްބަރ މަހުގެ އެއްވަނަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ. ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި ވަނީ ތިން ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ސޫރިޔާ ސްޕޯޓްސް، އޭލިއަންސް ސްޕޯޓްސް އަދި ވިއޯރާ ސްޕޯޓްސް ކްލަބެވެ. މި މުބާރާތުގެ އަންހެން ޑިވިޝަންގައި ހަތަރު ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އައިރިސް، ވިއޯރާ ސްޕަރ ކްއީންސް، އޭލިއަންސް ކަނބަލުން އަދި […]

ބާރަށު ކައުންސިލް މުވައްޒަފުން މީޑިއާގެ މަސައްކަތްތަކަށް އަހުލުވެރި ކުރުމަށް ހާއްސަ ޕްރޮގްރާމެއް
Thiladhunmathi News

ބާރަށު ކައުންސިލް މުވައްޒަފުން މީޑިއާގެ މަސައްކަތްތަކަށް އަހުލުވެރި ކުރުމަށް ހާއްސަ ޕްރޮގްރާމެއް

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ މުވައްޒަފުން މީޑިއާގެ މަސައްކަތްތަކަށް އަހުލުވެރި ކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް ހިންގުމަށް އެ ކައުންސިލާއި، އެ ރަށުގައި ފޮޓޯ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ މުހައްމަދު ނަޒީހުއާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ޕްރޮގްރާމްގެ ދަށުން ސޯޝަލް މީޑިއާގައި ބޭނުންކުރާ ޕޯސްޓަރ ޑިޒައިން ކުރާނެ ގޮތުގެ އިތުރުން ފޮޓޯ ނެގުމުގެ ހުނަރުތައް ދަސްކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ބާރަށު ކައުންސިލްގެ ރައީސް...

ބާރަށުގައި ބާއްވާ ކޭކު އެޅުމާއި ކޭކު ޑިޒައިން ކޯހުގައި ބައިވެރިވާން ހުޅުވާލައިފި
Raajje

ބާރަށުގައި ބާއްވާ ކޭކު އެޅުމާއި ކޭކު ޑިޒައިން ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ބާއްވާ ކޭކު އެޅުމާއި ކޭކު ޑިޒައިން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމުގެ ސްކޫލް ކުދިންނަށް ވެސް ދިނުމަށް ނިންމާފައިވާއިރު، ގްރޭޑް ފަހަކުން މަތީގެ ދެ ޖިންސްގެ ކުދިންނަށް ވެސް ބައިވެރިވެވޭނެއެވެ. ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. މި ކޯހަކީ އެ ރަށު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ […]

ބާރަށު އޮފީސްތަކުގެ ދެވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ބާރަށު އޮފީސްތަކުގެ ދެވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުގެ އޮފީސްތަކުގެ ދެވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދަން ރާވާފައި ވަނީ އަންހެން ބަޔާއި ފިރިހެންބައި ހިމެނޭހެންނެވެ. ކޮންމެ އޮފީހަކުން އަންހެން އަދި ފިރިހެން ޓީމް ބައިވެރި ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ އޮފީސްތަކުން އެކަމަށް ފުރިހަމަ ކުރަންޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ […]

މަސްވެރިންގެ ދުވަހު ބާއްވާ، ބާރަށު ކައުންސިލް މަސް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި
Raajje

މަސްވެރިންގެ ދުވަހު ބާއްވާ، ބާރަށު ކައުންސިލް މަސް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން މި އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން އެ ރަށުގައި ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަސްރޭސް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ އިޖުތިމާއީ އެއްބައިވަންތަކަން އިތުރު ކުރުމާއި، މަސްވެރިކަމުގެ ރޫހު އާލާކޮށް ދިރުވައި އަދި މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމެވެ. މި މަސްރޭހުގައި 18 އަހަރުން މަތީގެ ދެ ޖިންސްގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި ވާއިރ...

ބާރަށުގައި ސިޓީ ހޮޓާ އެޅުމަށް، 71832 ސްކެއާ މީޓަރު ބިމެއް ދޫކުރަނީ
Thiladhunmathi News

ބާރަށުގައި ސިޓީ ހޮޓާ އެޅުމަށް، 71832 ސްކެއާ މީޓަރު ބިމެއް ދޫކުރަނީ

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން ސިޓީ ހޮޓާ ހެދުމަށް 71832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ބައްތިރީސް) ސްކެއާ މީޓަރ ބިމެއް ދޫކުރަން ނިންމައި އެ ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ބިމުގައި ސިޓީ ހޮޓާ ވިޔަފާރި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 27 ވަނަ ދުވަހު (މާދަމާ) 11:00 ގައި ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބައްދަލުވުމެއް ބޭއްވުމަށް އެ ކައުންސިލުން ނިންމާފައިވާއިރު، މައުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ވެސް ބީލަށް ހުށަހެޅުމުގ...

ބާރަށުގައި ބާއްވާ ނިއަމި ކޯހުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ބާރަށުގައި ބާއްވާ ނިއަމި ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ނިއަމި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ބާރަށު ކައުންސިލާއި އެ ރަށު ސައުދީމަންޒިލް / އިބްރާހިމް ޝުޖާއު، ގުޅިގެން އެ ރަށު ރައްޔިތުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ކޯހެކެވެ. މި ކޯހުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ 18 އަހަރު ފުރިފައިވުމާއި، ލިޔަންކިޔަން އެނގުމާއިއެކު އެއްކޮށް ކަނޑާ ގުނަކުރަން އެނގުމެވެ. ކޯހުގެ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. މި ކޯހުގެ ހުރިހާ ހަރަދެއް ހަމަޖަ...

ޤައުމީ ދުވަސް ފާހަގަކުރުމަށް ބާރަށުގައި ހާއްސަ ހަރަކާތްތަކެއް
Thiladhunmathi News

ޤައުމީ ދުވަސް ފާހަގަކުރުމަށް ބާރަށުގައި ހާއްސަ ހަރަކާތްތަކެއް

މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ހއ. ބާރަށުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މިހަރަކާތްތަކާއި ގުޅޭގޮތުން ‘ތިލަދުން’ އަށް މައުލޫމާތު ހިއްސާ ކުރައްވަމުން ހއ. އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީގް ވިދާޅުވީ މި ހަރަކާތްތައް ފަށާފައިވަނީ އިއްޔެ ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތާއި އެކުގައި ކަމަށެވެ. އަދި އިއްޔެ ހެނދުނު 10 ޖެހިއިރު ދުވަހާއި ގުޅިގެން ހާއްސަ ޖަލްސާ އެއް ބާއްވަފައިވާ ކަމަށެވެ. މޫސުން ހުރިގޮތުން ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރައްވާ...

ބާރަށުން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރަން ނިންމައިފި
Thiladhunmathi News

ބާރަށުން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރަން ނިންމައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރަން ނިންމައި އެކަމާއި ގުޅޭ އުސޫލް އާންމުކޮށްފިއެވެ. ސިޔާސީ ޕާޓީތަކަށް ބާރަށުން ބިން ދޫކުރުމުގެ އުޞޫލުގެ ދަށުން ދޫކުރުމަށް ނިންމާފައި ވަނީ 1000 އަކަފޫޓަށް ވުރެ ކުޑަނޫން އަދި 2000 އަކަފޫޓަށްވުރެ ބޮޑު ނޫން ބިމެވެ. ބިން ދޫކުރާނީ ގިނަވެގެން 15 އަހަރުގެ މުއްދަތަށެވެ. އުސޫލުގައި ބުނެފައިވާގޮތުން ބާރަށުން ސިޔާސީ ޕާޓީއަކަށް ބިން ލިބޭނީ އެ ޕާޓީއެއްގައި 25000 (ފަންސަވީސް ހާސް) މެމްބަރުން ހަމަވާނަމައެވެ. މީގެ އިތުރުން ބާރަށުގައި […]

ބާރަށުގައި ކުރިއަށް ގެންދިޔަ ސްވިމިން އިންސްޓްރަކްޓަރ ތަމްރީން ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

ބާރަށުގައި ކުރިއަށް ގެންދިޔަ ސްވިމިން އިންސްޓްރަކްޓަރ ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ކުރިއަށް ގެންދިޔަ ސްވިމިން އިންސްޓްރަކްޓަރ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި މަހުގެ 03 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ބާރަށު ކައުންސިލާއި ސްވިމިން އެސޯސިއޭޝަނާއި ބާރަށު ޕޮލިސްޓޭޝަން އަދި ބާރަށު ސްކޫލް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފުރިހަމަކޮށް ސްވިމިން އިންސްޓްރަކްޓަރުންގެ ގޮތުގައި 12 ބައިވެރިން ސެޓްފިކެޓް ހާސިލް ކޮށްފައެވެ. މި ޕްރޮގްރާމްގައި ފަތަން ދަ...

ތެލުގެ ވިޔަފާރިއަށް ބާރަށުން ބިން ދޫކުރަނީ
Thiladhunmathi News

ތެލުގެ ވިޔަފާރިއަށް ބާރަށުން ބިން ދޫކުރަނީ

ތެލުގެ ވިޔަފާރި ކުރުމަށް ތިލަދުންމަތީ އުތުރުބުރީ ބާރަށުން ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައި، ބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. ބާރަށުގައި ތެލުގެ ވިޔަފާރި ކުރުމަށް އެ ރަށުގެ ސިނާއީ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2000 (ދެހާސް) އަކަފޫޓުގެ އެއް ބިމެވެ. ތެލުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން، މި މަހުގެ 9 ވަނަ ދުވަހުގެ 11:00 ގެ ކުރިން، ބީލަމުގައި ރަޖިސްޓަރީވުމަށް […]

ބާރަށުގެ އެކި ސަރަހައްދުތަކުގައި ދީނީ މެސެޖް ފޯރުކޮށްދޭ ޝިއާރު ބޯޑުތައް ހަރުކޮށްފި
Thiladhunmathi News

ބާރަށުގެ އެކި ސަރަހައްދުތަކުގައި ދީނީ މެސެޖް ފޯރުކޮށްދޭ ޝިއާރު ބޯޑުތައް ހަރުކޮށްފި

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިސްނަގައިގެން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ދީނީ މެސެޖް ފޯރުކޮށްދޭ ޝިއާރު ބޯޑުތައް ހަރުކޮށްފިއެވެ. ކައުންސިލު ޚަރަދުގައި ބޯޑު ހަދައި، ބާރަށުގެ 20 ސަރަހައްދެއްގައި މި ބޯޑުތައް ވަނީ ހަރުކޮށްފައެވެ. މި ބޯޑުތައް ހަރުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ބާރަށު ފެނަކަ ބްރާންޗްގެ މުވައްޒަފުންނެވެ. މިކަމާއި ގުޅޭގޮތިން “ތިލަދުން” އާއި ވާހަކަފުޅު ދައްކަވަމުން ބާރަށު ކައުންސިލުގެ ރައީސް ޞައްފަތު މުޙައްމަދު ވިދާޅުވެފައި ވަނީ ރަށުގެ އެކި ސަރަހ...

ބާރަށު ކައުންސިލުގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފި
Thiladhunmathi News

ބާރަށު ކައުންސިލުގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފި

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފިއެވެ. ބާރަށު ކައުންސިލުގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފައި ވަނީ އެކަމަށްޓަކައި މި މަހު 19 ވީ ބުރާސްފަތި ދުވަހުގެ ރޭ އެ ކައުންސިލުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. އެ ހަފްލާގައި ވަނީ ލޯގޯގެ އިތުރުން އެ ކައުންސިލުގެ ދިދައާއި، ސްޓާފް ކާޑާއި ލެޓަހެޑުގެ އިތުރުން ޔުނީފޯމް ވެސް އިފްތިތާހް ކޮށްފައެވެ. އެ ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގެ ރައީސް […]

ބާރަށުގައި ނިއުގެ ފުޓްބޯޅަ އެކަޑަމީއެއް، ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ބާރަށުގައި ނިއުގެ ފުޓްބޯޅަ އެކަޑަމީއެއް، ބައިވެރިވާން ހުޅުވާލައިފި

ހއ. ބާރަށުގައި ފުޓްބޯޅަ އެކަޑަމީ އެއް ހިންގަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފި އެވެ. ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ އިން ވިދާޅުވީ މިއީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބްގެ ފަރާތުން ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްގީ ކުރުމުގެ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ފުޓްބޯޅައަށް މޮޅު، ކުޅަދާނަ ދަރިންތަކެއް އުފެއްދުމުގެ މަތިވެރި މަގުސަދުގައި، ހިންގާ އެކަޑަމީއެއް ކަމަށެވެ. އެ ކުލަބްގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުތަކުއި ފުޓްބޯޅަ އެކަޑަމީ ހިންގުމަށް އެއްމެ ފުރަތަމަ ފަށާ ރަށްތަކުގެ ތ...