ހއ. ބާރަށު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ޔުނިޓީ ކަޕް 5 ވަނަ ފުޓްސަލް މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.
މިކަމާ ގުޅިގެން، ބާރަށު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މިއީ ދެ ޖިންސަށް ވަކިން ޚާއްސަކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެވިފައިވަނީ ބާރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކްލަބު ޖަމްޢިއްޔާތަކާއި، ޖަމާޢަތްތަކުގެ އިތުރުން އެ ރަށުގެ އަމިއްލަ ފަރާތްތަކަށް ކަމަށް ވެސް އެ އިޢުލާނުގައި އޮތެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 15 އޮކްޓޯބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ. އަދި ބައިވެރިވާ ޓީމުތަކުގެ ޓީމް ލިސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ 25 އޮކްޓޯބަރު 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 އެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ޓީމް ލިސްޓު ކައުންސިލްގެ ރަސްމީ އީމެއިލް info@baarah.gov.mv މެދުވެރިކޮށް ނުވަތަ ކައުންސިލް އިދާރާއަށް ހާޟިރުވެ ހުށަހެޅޭނެ ކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، މުބާރާތުގެ ޤަވާޢިދާއި ބައިވެރިވާން އެދޭ ފޯމު ކައުންސިލް އިދާރާއިންނާއި، ކައުންސިލްގެ ވެބްސައިޓް ކަމަށްވާ www.baarah.gov.mv އިން ލިބެން ހުންނާނެކަމަށް ވެސް މަޢުލޫމާތު ދީފައިވެއެވެ.
މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 15 ނޮވެމްބަރު 2026 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 20:30ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!