ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްގެ ދަށުން ހއ. ތަކަންދޫ ކައުންސިލުން އެ ރަށު ޝަހީދުޢަލީ ތަކުރުފާނު ސްކޫލަށް ޑަސްބިން ހަދިޔާ ކޮށްފިއެވެ.

ކައުންސިލްގެ އިތުރުން ތަކަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) އިން ވެސް އެ ސްކޫލަށް ޑަސްބިން ހަދިޔާ ކޮށްފައިވެއެވެ.

Ad
rt

ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބަލަހައްޓަނީ ކައުންސިލާއި އތމ ކޮމިޓީ ގުޅިގެން ކަމަށްވާތީ، އެ ކޮމިޓީއަށް ކައުންސިލުން 10 ޑަސްބިން ހަދިޔާކޮށްފައިވާ ކަމަށް ވެސް އެ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ..

އެ ރަށުގެ އަތިިރިމަތީ ކުދިން ކުޅެން އުޅޭ ސަރަހައްދުތަކާއި، ޕިކްނިކް ދާ ސަރަޙައްދާއި ރަށުގެ ކުޅި އަދި ބަދަރު ސަރަޙައްދުގެ އިތުރުން، ކުޅިވަރުކުޅޭ މައިދާންތަކުގައި ވެސް މި ޑަސްބިންތައް ބެހެއްޓިފައި ހުންނާނެކަމަށް ކައުންސިލުން ބުނެއެވެ.

ތަކަންދޫ ކައުންސިލްގެ ރައީސް ޢަބްދުއްރައްޒާޤް "ތިލަދުން"އަށް ވިދާޅުވީ އިޖްތިމާޢީ ސަރަހައްދުތަކުގައި ބެހެއްޓިފައި ހުންނަ ޑަސްބިންތައް ސާފުކޮށް، ބަލަހައްޓަނީ ކައުންސިލާއި އތމ ކޮމިޓީގެ މުވައްޒަފުންކަމަށެވެ.

މީގެ އިތުރުން ކޮންމެ އަހަރަކު އެއް ފަހަރު ޑަސްބިންތައް އާ ކުރުމުގެ މަސައްކަތް ވެސް ކައުންސިލުން ކުރިއަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.