📍 ހއ. ހޯރަފުށި
ހޯރަފުށީގެ ކަރަންޓު ކެޕޭސިޓީ 3.3 މެގަވޮޓަށް؛ އައު ޖަނަރޭޓަރުން ޚިދުމަތް ދޭން ފަށައިފި
ހއ. ހޯރަފުށީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެ ރަށުގައި އަލަށް ބެހެއްޓި 1 މެގަވޮޓް (1000 ކިލޯވޮޓް) ގެ ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް، ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. މިއާއެކު އެ ރަށުގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީ ވަނީ އިތުރުވެގެން ގޮސްފައެވެ. އައު ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް ބޭނުންކުރަން ފެށުމާއެކު ހޯރަފުށީގެ އިންސްޓޯލްޑް ކެޕޭސިޓީ މިހާރު ވަނީ 3.3 މެގަވޮޓަށް މަތިވެފައެވެ. މި އައު ޖެންސެޓް ގެނައުމުގެ ކުރިން އެ ރަށުގެ އިންޖީނުގޭގައި ކަރަންޓު […]