ހއ. އުތީމުގައި ބެލެނިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
އުތީމު ކައުންސިލުން ބުނިގޮތުގައި މިއީ އެ ކައުންސިލާއި ދިވެހި ފުލުހުން ގުޅިގެން ބާއްވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ބާއްވަން ތާވަލުކޮށްފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ހަވީރު 16:00 ގައެވެ.
އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި ބާއްވާ މި ޕްރޮގްރާމަށް އުތީމުގެ 18 އަހަރުން މަތީ ހުރިހާ ބެލެނިވެރިންނަށް ކައުންސިލުން ވަނީ ދައުވަތު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!