ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް ދިޔަ ނަމަވެސް، ކްރިސްޓިއާނޯ ރޮނާލްޑޯ ބޭނުންވެއްޖެ ނަމަ އަލުން އެނބުރި ޓީމާ ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ޖޯޖް ޖީސަސް ބުނެފިއެވެ. އުމުރުން 41 އަހަރުގެ ތަރިއާ ގުޅޭގޮތުން ކޯޗު މިހެން ބުނެފައި ވަނީ، ޔޫއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުން ޕޯޗުގަލް ޖާގަ ކަށަވަރުކުރި މެޗަށް ފަހު އާދީއްތަ ދުވަހު ވާހަކަދައްކަމުންނެވެ. ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުން އަރައި 2-1 އިން މޮޅުވެ، […]
އަޙްމަދު ވަހީދު
ޔުއެފާ ނޭޝަންސް ލީގުގައި ގްރީސްއާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވެ، މާޔޫސްކަމާއެކު ޖަރުމަނުން މުބާރާތުގެ މެޗުތައް ނިންމާލައިފިއެވެ. ވޭތުވެދިޔަ ހަފުތާ ބަންދުގައި ގްރީސް އަތުން ހައިރާންކުރުވަނިވި ބައްޔަކާ ކުރިމަތިލާން ޖެހުމަށްފަހު، މި މެޗަށް ޖަރުމަނު ނުކުތީ އެ ބަލީގެ ބަދަލުހިފުމުގެ އުންމީދުގައެވެ. ނަމަވެސް އެ ހަފުތާގެ ކުރީކޮޅު ސާބިއާ އަތުން މޮޅުވި މެޗުގައި ދެއްކި ފަދަ މޮޅު ކުޅުމެއް ކޯޗު ޔާގެން ކްލޮޕްގެ ޓީމަށް މި މެޗުގައި ދެއްކޭ ގޮތެއް ނުވިއެވެ. ސާބިއާ އަތުން […]
އަޙްމަދު ވަހީދު
ދުނިޔެއާއި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ކުޅުނު މެޗުގައި ނޯވޭގެ މައްޗަށް 2-1 އިން ކުރިހޯދައި، ޔޫއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުން ޕޯޗުގަލް އާދީއްތަ ދުވަހު ޖާގަ ހޯދައިފިއެވެ. މިއާއެކު، އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ވެފައިވަނީ މި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ޓީމަށެވެ. ގްރޫޕް އޭ4 ގައި ހިމެނޭ ޕޯޗުގަލް، ކޯޗު ޖޯޖް ޖީސަސްގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުން މޮޅުވެ، އެ ޓީމު ވަނީ ގްރޫޕުގައި ކުޅުނު […]
އަޙްމަދު ވަހީދު
ޔޫއެފާ ނޭޝަންސް ލީގުގައި އިސްރާއީލާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުގެ ކުރިން، އަޔަލެންޑް ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން އަނެއްކާވެސް އަތުގައި ކަޅު ބޭންޑް އަޅައި، އިސްރާއީލުގެ ގައުމީ ސަލާމް ކިޔަމުންދިޔަ ވަގުތު އިސްދަށަށް ޖަހައިގެން ތިބެ އިހުތިޖާޖުކޮށްފިއެވެ. އާދީއްތަ ދުވަހު ކުޅުނު މި މެޗުގެ ކުރިން އަޔަލެންޑުގެ ކެޕްޓަން ވަނީ އިސްރާއީލުގެ ކެޕްޓަނާ ސަލާމްކުރުމަށް ވެސް ދެކޮޅު ހަދާފައެވެ. ސާބިއާގެ ބަކާ ޓޮޕޯލާގައި ކުޅުނު މި މެޗުގައި އަޔަލެންޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ނުކުތް ކީޕަރު […]
އަޙްމަދު ވަހީދު
ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައިވާ އުސޫލު މުޅިން ބަދަލުކޮށް، އޭޝިއާ ސަރަޙައްދުގައި މުޅިން އައު މުބާރާތެއްގެ ގޮތުގައި “ނޭޝަންސް ލީގު” ތަޢާރަފުކުރުމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ރާވަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މިފަދަ މުބާރާތެއް ބޭއްވުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، 2030 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު މި މުބާރާތް ބޭއްވުމަށް ހުށަހަޅާފައިވާ ޑްރާފްޓް ޕްލޭންގެ މަޢުލޫމާތު ކުޅިވަރު ޚަބ...
އަޙްމަދު ވަހީދު
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ރޭ ފެނިގެންދިޔަ މޮޅު ކުޅުމާއެކު، ބުރުކީނާ ފާސޯގެ މައްޗަށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އާޖެންޓީނާ ފުރިހަމަ ކާމިޔާބީއެއް ހޯދައިފިއެވެ. އަމިއްލަ ދަނޑު ކަމަށްވާ އެސްޓާޑިއޯ މޮނިއުމެންޓަލްގައި ކުޅުނު މި މެޗުގައި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން ވަނީ ހަމަލާތަކުން ފުރިގެންވި މޮޅު ކުޅުމެއް އެ ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ދައްކާލައިފައެވެ. މިއީ ބައިނަލްއަގުވާމީ މި ބްރޭކުގައި އާޖެންޓީނާ ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗެވެ. މި ބްރޭކުގެ ފުރަތަމަ މެޗުގައި ބޮލ...
އަޙްމަދު ވަހީދު
ޔުއެފާ ނޭޝަންސް ލީގުގައި ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ޗެކިއާގެ މައްޗަށް 3-1 އިން ހޯދި މޮޅާއެކު، ބަލިނުވެ ސްޕެއިނުން ޖެހިޖެހިގެން 40 މެޗު ހަމަކޮށްފިއެވެ. މި މެޗުގައި ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ވަނީ މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ހިތްގައިމު ލަނޑެއް ޖަހައި، ކުރީކޮޅު ލަނޑު ޖެހުމުގެ ސިލްސިލާ ދަމަހައްޓައިފައެވެ. މެޗުގެ ހަވަނަ މިނެޓުގައި ޔަމާލް މި ލަނޑު ކާމިޔާބުކުރީ ކަނާތްފަރާތު އަރިމަތިން އެތެރެއަށް ވަދެ، ވާތު ފައިން ފޮނުވާލި ބާރު އަދި […]
އަޙްމަދު ވަހީދު
މެޗެއްގެ ފުރަތަމަ އެގާރައިގައި ނުހިމެނޭކަން އެނގުމުން ސްކޮޑް ދޫކޮށް ދިޔަ ނަމަވެސް، ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އަބަދުވެސް އެ ގައުމުގެ ފުޓްބޯޅައިގެ އެންމެ ބޮޑު ރަމްޒު ކަމަށް ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް ބުނެފިއެވެ. އޭނާ މިހެން ބުނީ ނޭޝަންސް ލީގުގައި ނޯވޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ގައުމީ ޓީމާއި ސަޕޯޓަރުންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަށް ގޮވާލަމުންނެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯ ޕޯޗުގަލް ސްކޮޑް ދޫކޮށް ދިޔަކަން ހާމަކުރީ މިދިޔަ ބުދަ ދުވަހުއެވެ. އޭނާ […]
އަޙްމަދު ވަހީދު
ޔުއެފާ ނޭޝަންސް ލީގުގައި އިޒްރޭލާ ދެކޮޅަށް ކުޅޭ ފުޓްބޯޅަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަލަސްތީނުގެ މައްސަލައިގައި އަޔަލެންޑުން ގެންގުޅޭ ވިސްނުމާ ގުޅުވައިގެން އިޒްރޭލުގެ ނޫސްވެރިން އެ ގައުމުގެ ކޯޗު ހެއިމިރ ހަލްގްރިމްސަންއަށް ބަހުގެ ހަމަލާތަކެއް ދިނުމުން ބައްދަލުވުން ހޫނުވެ، ކުއްލި ގޮތަކަށް މެދުކަނޑާލައިފިއެވެ. މި މެޗާ ދެކޮޅަށް ސިޔާސީ ގޮތުންނާއި އާންމުންގެ މެދުގައި ބޮޑެތި އިހުތިޖާޖުތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި ބޭއްވި މި ޕްރެސް ކޮންފަރެންސް ހޫނުވީ އިޒްރޭލު މީޑިއާގެ ފަރާ...
އަޙްމަދު ވަހީދު
ޔުއެފާ ނޭޝަންސް ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ކްރޮއޭޝިއާގެ މައްޗަށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި، ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅޭ އިންގްލެންޑުން ވަރުގަދަ ކުޅުމެއް ދައްކައިފިއެވެ. ކްރޮއޭޝިއާގެ ރިޔޭކާގައި ކުޅުނު މި މެޗުގައި ކެޕްޓަން ހެރީ ކޭން އަދި ބުކާޔޯ ސަކާ ކުރެ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، މިއީ އެ ޓީމުން ނޭޝަންސް ލީގު ގްރޫޕްގައި ކުޅުނު ތިން މެޗުގެ ތެރެއިން ހޯދި ދެވަނަ މޮޅެވެ. […]
އަޙްމަދު ވަހީދު
ބްރެޒިލްއާ ދެކޮޅަށް ކުޅުނު މެޗުން އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމު 4-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، މެޗު ނިމުމާ އެކު އިންޑިއާގެ ގާތްގަނޑަކަށް ހުރިހާ ކުޅުންތެރިންހެން ވަނީ ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާއާ އެކު ފޮޓޯ ނެގުމަށް އޭނާގެ ފަހަތުން ގޮސްފައެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރެއް ކަމަށްވާ ބްރެޒިލްގެ ކުޅުންތެރިން ފެނުނީ މުޅި މެޗުގައި ވެސް ވަރަށް ޕްރޮފެޝަނަލް ކޮށެވެ. މެޗު ނިމުމަށް ފަހު ދެ ޓީމުގެ ކުޅުންތެރިން އެކަކު އަނެކަކާ ސަލާމްކޮށް ގިނަ އަދަދެއްގެ […]
ޔުމްނާ ޢަލީ
ޗައިނާގެ ޗޮންގްޗިންގް ލޮންގްޒިންގް ސްޓޭޑިއަމްގައި ހުކުރު ދުވަހު ކުޅުނު އެކުވެރިކަމުގެ މެޗުގައި، އެ ގައުމުގެ އަމިއްލަ ދަނޑުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޗައިނާ ބަލިކޮށް ފަލަސްތީނުގެ ގައުމީ ޓީމުން ބޮޑު މޮޅެއް ހޯދައިފިއެވެ. މި ކާމިޔާބީއާއެކު ފަލަސްތީނުން ވަނީ ޗައިނާގައި ކުރިއަށްގެންދިޔަ “ފިދާއީ” ތަމްރީނު ކޭމްޕް ނިންމާލައި، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ކުރިއަށް އޮތް ބޮޑެތި މުބާރާތްތަކަށް ވަރުގަދައަށް ތައްޔާރުވެފައިވާކަން ސާބިތުކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ފަލަސްތީނ...
ނާޒިމާ އަލީ
ވައަތު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން، ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ފޯވާޑް ފެރާން ޓޮރެސް ބާކީކޮށްފިއެވެ. އޭނާގެ ބަދަލުގައި ސްޕެއިންގެ ސްކޮޑަށް ނަގާފައިވަނީ ރެއާލް މެޑްރިޑްގެ ޒުވާން ފޯވާޑް ކާލޮސް އެސްޕީއެވެ. ދުނިޔޭގެ ޗެމްޕިއަން ސްޕެއިނުން މި އިންޓަނޭޝަނަލް ބްރޭކުގައި ނޭޝަންސް ލީގުގައި ކުރިއަށް އޮތް މެޗުތަކުގައި ބައްދަލުކުރާނީ ޗެކް ރިޕަބްލިކް އަދި ކްރޮއޭޝިއާއާއެވެ. ނަމަވެސް ފައިގެ ކުޑަހުޅުގައި ރިއްސާތީ ޓޮރެސް ސްކޮޑުން ވަކިވުމާ ގުޅިގެން، މި ދެ މެޗުގައި އޭނާއަށް ނުކުޅެވ...
އަޙްމަދު ވަހީދު
އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅޭ އެންމެ ފަހު މެޗުގައި ބައިވެރިވުމަށްޓަކައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ހުކުރު ދުވަހު އެނބުރި ގައުމަށް ހިނގައްޖެއެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ފަހު ފަހަރަށް މެސީ ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު ބުއެނޮސް އައިރިސްގައި ބެނިންއާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗުގައެވެ. މި މެޗާ ގުޅޭގޮތުން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން (އޭއެފްއޭ) ބުނީ، […]
އަޙްމަދު ވަހީދު
ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭ1 ގައި ފްރާންސްގެ ސްޓޭޑް ޑި ފްރާންސްގައި ކުޅުނު ފޯރިގަދަ މެޗުން، 10 ކުޅުންތެރިންނަށް މަދުވި ފްރާންސާއި އިޓަލީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ. ފްރާންސްގެ ކޯޗުކަމާ ހަވާލުވި ފަހުން ޒައިނުއްދީން ޒިދާން އަމިއްލަ ގައުމުގައި ކޯޗުކޮށްދިން ފުރަތަމަ މެޗުގައި ފްރާންސުން ލީޑު ނަގާފައިވަނިކޮށް، އިޓަލީން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއާއެކު ޒިދާންގެ އިރުޝާދުގެ ދަށުން ޖެހިޖެހިގެން ތިންވަނަ މޮޅު ހޯދުމަށް ފްރާންސް ކުރި އުއްމީދުތަކަށް […]
އަޙްމަދު ވަހީދު