ޔޫރޯ 2020ގެ ކޮލިފިކޭޝަންސްގައި ރޭވެސް ވަނީ ގިނަ މެޗްތަކެއް ކުޅެފައެވެ. ގުރޫޕް ސީގައި ރޭ ކުޅުނު ދެމެޗް ޖަރުމަން އަދި ނެދަލޭންޑްސް ވަނީ ކާމިޔާބުކޮށްފައެވެ. ޖަރުމަންއިން ނޯތު އަޔަރލެންޑް ބަލިކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މިމެޗްގެ ގޯލްތައް ފެނިގެން ދިޔައީ މެޗްގެ ފަހު ހާފްގައެވެ. މެޗްގެ ފުރަތަމަ ގޯލް 48 ވަނަ މިނިޓްގައި ޖަރުމަނަށް ކާމިޔާބުކޮށްދިނީ ހެލްސްޓެންބާގް އެވެ. ޖަރުމަންގެ ދެވަނަ ގޯލް މެޗްގެ ފަހު މިނިޓްގައި ކާމިޔާބު ކޮށްދިނީ ފާއިތުވި ސީޒަންގައި ބަޔާން މިއުނިކްގެ […]
އަޙްމަދު އަސްފާން
ޔޫރޯ 2020 ގެ ކޮލިފިކޭޝަންގައި ރޭ ސްޕެއިން ވަނީ ފަރޯ އައިލެންޑްސްގެ މައްޗައް ފަސޭހަކަމާއިއެކު ކުރިހޯދާ ގުރޫޕް އެފްގެ އެއްވަނައިގައި ލީޑު ފުޅާކޮށްފައެވެ. ސްޕެެއިން ރޭ މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. ސްޕެއިންގެ ގޯލްތައް ކާމިޔާބުކޮށްދިނީ ރޮޑްރިގޯ އަދި ޕާކޯ އެވެ. ކޮންމެ ކުޅުންތެރިއަކުވެސް ރޭގެ މެޗްގައި ވަނީ ދެ ގޯލް ކާމިޔާބުކޮށްދީފައެވެ. ފުރަތަމަ ދެގޯލް ރޮޑްރިގޯ ކަމިޔާބުކޮށްދިނީ 13 އަދި 50 ވަނަ މިނިޓްގައެވެ. ޕާކޯގެ ގޯލްތައް ފެނިގެން ދިޔައީ މެޗްގެ ފުރިހަމަ ވަގުތު ހަމަވެގެން ދިން […]
އަޙްމަދު އަސްފާން
ޗައިނާއާއި ދެކޮޅަށް މާދަމާރޭ ކުޅޭމެޗްގެ ސްކޮޑްގައި ދަގަނޑޭ ހިމެނި ނަމަވެސް މެޗްގައި ނުފެނިދާނެ ކަމުގެ އިޝާރާތެއް ގައުމީ ކޯޗް ދީފިއެވެ. މާދަމާގެ މެޗްގެ ކުރިން މިއަދު އޮތް ޕްރީ މެޗް ކޮންފަރެންސަގައި ކޯޗުވަނީ އަލުން ދަގަނޑޭ ޓީމުގައި ހިމެނި ސަބަބާ ގުޅޭގޮތުން ވާހަކަދައްކާފައެވެ. ދޮޅު އަހަރަށްފަހު ދަގަނޑޭ ޓީމްގައި ހިމެނީ ގުއަމް މެޗަށްފަހު ކޯޗަށް ގުޅާ މާފަށް އެދުމުން ކަމަށެވެ. ” ގުއަމް މެޗަށްފަހު އަޝްފާގް އަހަރެންނަށް ގުޅާ މަރުހަބާކީ، އަދި އޭނާއަށް ކުރެވުނު ކުށަށް އަހަރެން ގާތުން […]
އަޙްމަދު އަސްފާން
ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ރޭ ޗައިނާ، ރާއްޖެ އާއި ދެކޮޅަށް ނިކުންނައިރު އެއްވެސް ބަހަނާއެއް ނެތް ކަމަށާއި ބޭނުންވަނީ މި މެޗުން ތިން ޕޮއިންޓް ހޯދުން ކަމަށް ޗައިނާގެ ކޯޗް މާސެލޯ ލިއްޕީ ބުނެފި އެވެ. މިއީ މި ފަހަރުގެ ކޮލިފައިންގައި ޗައިނާ ކުޅޭ ފުރަތަމަ މެޗް އަދި މިއީ ވަރަށް މުހިންމު މެޗެއް. އަހަރުމެންގެ މިއޮތީ ވަރަށް ބޮޑު އަމާޒެއް ކަނޑައަޅާފަ އެއީ، ކޮލިފައިންގެ އަނެއް ބުރަށް ދިއުން. އެހެންކަމުން އެކަން ހާސިލުކުރުމަށް މެޗުން މޮޅުވެ […]
އިބްރާހިމް އަސްވާޤް
ހޮނިހިރު ދުވަހުގެރޭ އިރާކޮޅު ހުރިހާ ދިވެހިންނަށް ލިބުނު ޚަބަރަކީ މުޅިރާއްޖެ ކަހަލަގޮތަކަށް އެޚަބަރަކަށް މީގެ ދޮޅުއަހަރެެއްހާ ދުވަހުންފެށިގެން އިންތިޒާރު ކުރަމުން އައި އެންމެންގެ ދަގަނޑޭ ޤައުމީ ޓީމަށް ނެގި ވާހަކައެވެ. މީސް މީޑިއާގައި އެންމެން އެއްވާނަކަށް ދައްކަމުން ދިޔައީ ދަގަނޑޭ ޓީމްގައި ހިމެނިވާހަކައެވެ. ފާއިތުވި ދޮޅު އަހަރުން ފެށިގެން ހުރިހާ ދިވެހިން ކަހަލަ ގޮތަކަށް ދައްކަމުން އައީ އެއްވާހަކައެކެވެ. ދަގަނޑޭ އަކީ ޤައުމީ ޓީމުގައި ކޮންމެހެންވެސް ހުންނަންޖެހޭ ކުޅުންތެރިއެއްކަމެވެ. ގިނަ ބަޔަކަށް ދ...
އަޙްމަދު އަސްފާން
ޔޫރޯ 2020 ގެ ކޮލިފިކޭޝަންސްގައި ގުރޫޕް އޭގައި އިންގްލަންޑް އާއި ބަލްގޭރިއާ ބައްލުކުރިމެޗް 4-0 ގެ ބޮޑު ތަފާތަކުން އިންގްލަންޑް ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗްގައި ޓޮޓެންހަމްގެ ސްޓްރައިކަރ ހެރީ ކޭން ވަނީ އިންގްލަންޑަށް ހެޓްރިކް ހަދައިފައެވެ. އިންގްލަންޑްގެ އަނެއް ގޯލް ކާމިޔާބުކޮށްދިނީ މެންޗެސްޓަރ ސިޓީގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަހީމް ސްޓާލިންއެވެ. މެޗްގެ ފުރަތަމަ ގޯލް އިންގްލަންޑްއަަށް 24 ވަނަ މިނިޓްގައި ސްޓަލިން ތަނަވަސްކޮށްދިން ފުރުސަތަކުން ކޭން ކާމިޔާބުކޮށްދިންއިރު ކޭނ...
އަޙްމަދު އަސްފާން
ޔޫރޯ ކޮލިފިކޭޝަންސްގެ ގްރޫޕް ބީގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ވަނީ ސާބިއާ 4-2 ނާތީޖާއަކުން މޮޅުވެފައެވެ. މެޗްގެ ފުރަތަމަ ގޯލް މެޗް ގެ 42 ވަނަ މިނިޓްގައި ކާމިޔާބްކޮށްދިނީ ޕޯޗުގަލްގެ ވިލިއަމް ކަރްވާލިއޯއެވެ. ޕޯޗުގަލްގެ ދެވަނަ ގޯލް 58 ވަނަ މިނިޓްގައި ގުއިޑިޒް ކާމިޔާބްކޮށްދިންއިރު ބަލްގޭރިއާގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ 68 ވަނަ މިނިޓްގައި ނިކޯލާ މިލެންކޮވިޗްގެ ފަރާތުންނެވެ. ބަލްގޭރިއާގެ ގޯލަށްފަހު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރު ހޯދާފައިވާ ޔުވެންޓަސްއަށް ކުޅެމުން […]
އަޙްމަދު އަސްފާން
ޔޫރޯ 2020 ގެ ކޮލިފިކޭޝަންގައި ރޭ ނެދަލެންޑްސްއާއި ޖަރުމަނުގެ ކުރިމަތިލުން ކާމިޔާބުކުރިީ ނެދަލެންޑްސްއިންނެވެ. ގްރޫޕް ސީ ގައި ހިމެނޭ ޖަރުމަން އަދި ނެދަލެންޑްސް ބައްދަލުކުރި މެޗް ނެދަލެންޑްސްއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. ޖަރުމަނުގައި ކުޅުނު މިމެޗްގައި ފުރަތަމަ ލީޑް ނަގައި ފުރަތަމަ ހާފް ނިންމާލީ ޖަރުމަނު ކުރީގައިއޮވެގެންނެވެ. މެޗްގެ 9 ވަނަ މިނިޓްގައި ފުރަތަމަ ގޯލް ޖަރުމަނަށް ކާމިޔާބުކޮށްދިނީ ބަޔާންމިއުނިކަަށް ކުޅެމުންއަންނަ ސާޖް ގްނޭބްރީއެވެ. ޖަރުމަނުގެ ދެވަނަ ގޯލް 73 ވަނަ މިނިޓްގައި...
އަޙްމަދު އަސްފާން
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިތިޒާމްކޮށްގެން މިހާރު ކުރިއަށްދާ ދިރާގު ޔޫތްލީގު 2019 ގެ 14 އަހަރުން ދަށުގެ އުމުރުފުރާގައި ރޭވެސް ވަނީ ދެމެޗް ކުޅެފައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރީ ހުޅުމާލެ ސްޕޯޓްސް ސްކޫލާއި އާލީ ޓަޗް ފުޓްބޯލް އެކަޑެމީއެވެ. މިމެޗް ނިމުނީ 2-2 އެއްވަރު ވެގެންނެވެ. އާލީ ޓަޗް ފުޓްބޯލް އެކެޑަމީ ކުޅުނު ހަތަރު މެޗްގެ ތެރެއިން ކާމިޔާބްކުރެވުނީ ހުޅުމާލޭ ސްޕޯޓްސް އެކެޑެމީއާއި ބައްދަލުކުރި މެޗްއިންނެވެ. ހުޅުމާލެ ސްޕޯޓްސް ސްކުލް ވަނީ ކުޅުނު ހަތަރު މެޗްގެ […]
އަޙްމަދު އަސްފާން
ޔޫރޯ 2020 ގެ ކޮލިފިކޭޝަންގައި ރޭ ކުޅުނު މެޗްތަކުން ސްޕެއިން އަދި އިޓަލީވެސް މޮޅުވެއްޖެއެވެ. ރުމޭނިއާ އާއި ވާދަކޮށް ސްޕެއިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ސްޕެއިންގެ ގޯލްތައް ކާމިޔާބު ކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޮސް އާއި ޕަކޯއެވެ. ސާޖިއޯ ރާމޯސްގެ ގޯލަކީ ސްޕެއިންގެ ޑެނީ ސަބާޔޯސް އަށްކުރި ފައުލްއަކާއި ގުޅިގެން ލިބުނު ޕެނެލްޓީއަކުން ކާމިޔާބްކޮށްދިން ގޯލެކެވެ. މިއީ ޔޫރޯ ކޮލިފިކޭޝަންގައި ސާޖިއޯރާމޮސް ކުޅުނު ފަސްމެޗްގައި ޖެހި ހަތަރުވަނަ ގޯލެވެ. ރޮމޭނިއާގެ ހަމައެކަނި ގޯލް މެޗްގެ 59 […]
އަޙްމަދު އަސްފާން
2022 ވަނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ގެ ޕްރިލިމިނަރީ ކޮލިފިކޭޝަން އަދި 2023 ވަނަ އަހަރު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް ޕްރިލިމިނަރީ ކޮލިފިކޭޝަން ގައި ދިވެހިރާއްޖޭގެ ސީނިއަރ ފުޓުބޯޅަ ޓީމް ގުއާމް އާއި ދެކޮޅައް މިއަދު ހެނދުނު ކުޅުނު މެޗް ރާއްޖެއިން ކާމިޔާބް ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗްގެ ހަމައެކަނި ގޯލް މެޗްގެ ފުރަތަމަ ހާފްގެ 26 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. ޒުވާން […]
އަޙްމަދު އަސްފާން
2022 ވަނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ގެ ޕްރިލިމިނަރީ ކޮލިފިކޭޝަން އަދި 2023 ވަނަ އަހަރު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް ޕްރިލިމިނަރީ ކޮލިފިކޭޝަން ގައި ދިވެހިރާއްޖޭގެ ސީނިއަރ ފުޓުބޯޅަ ޓީމް ގުއަމް އާއި ދެކޮޅައް މާދަމާ ހެނދުނު ނުކުންނާނެއެވެ. ދެމުބާރާތުގެ ޕްރިލިމިނަރީ ކޮލިފިކޭޝަން ބޭއްވުމަށް އޭސިއަން ފުޓްބޯލް ފެޑެރޭޝަންސް (އޭ.އެފް.ސީ) އިން ނިންމާފައިވަނީ އެއް ކޮލިފިކޭޝަންއެްގެގޮތުގައެވެ. މިމެޗަށް ތައްޔާރުވުމުގެގޮތުންނާއި ގުއަމް އަށް ދިއުމަށް ބޭނުންވާ އ...
އަޙްމަދު އަސްފާން
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްގެ ސާމާނު ސަޕްލައިކޮށްދިނުމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއެކު ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މައުރޫފް އަހްމަދުއެވެ. އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމްކުރާ މި ޖިމްތަކުގެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ސްޕޯޓްސް ކޯޕަރޭޝަނުން ނިންމަން...
ޔުމްނާ ޢަލީ
“ކުއަންޓަމް” ފިހާރައިން ހދ. ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ވެޓެރަންސް ފުޓްސަލް ކަޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދޮށީ އުމުރުގެ ފަރާތްތަކަށް ޚާއްޞަ ކޮށްގެން ބާއްވަމުން އަންނަ މި މުބާރާތް، މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އިތުރު ބޮޑު ބަދަލަކާއެކުކަމަށް ކުއަންޓަމް އިން ހާމަކޮށްފައިވެއެވެ. އެގޮތުން މުބާރާތް ވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މި ދެ ކެޓަގަރީއަކީ 40 އަހަރު ދަށް އަދި 40 އަހަރުން މަތީގެ ކެޓަގަރީއެވެ. ކުއަނ...
Thiladhun
2002 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ފަރާތުން ރާއްޖޭގެ ޤައުމީ ސާފިންޓީމް ވޯލްޑް ސާފިން ގޭމްސްގައި ބައިވެރިވެއްޖެއެވެ. މިމަހުގެ 7 ން 15 ގެ ނިޔަލަށް ޖާޕާނުގެ މިޔަޒާކީގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ސާފިން ގޭމްސް 2019 ގައި ބައިވެރިވާ ދިވެހި ޓީމްގައި ހިމެނެނީ މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަލީ އަހްސަން، ސާފިން އެސޯސިއޭޝަންގެ ކޮންޓެސްޓް ޑިރެކްޓަރ އަހުމަދު ރިފާއީ އަބްދުއްސައްތާރު، ޓީމް ގެ މޭނޭޖަރ ނަހްޝަލް ނާސިރު، […]
އަޙްމަދު އަސްފާން