ޗައިނާއާއި ދެކޮޅަށް މާދަމާރޭ ކުޅޭމެޗްގެ ސްކޮޑްގައި ދަގަނޑޭ ހިމެނި ނަމަވެސް މެޗްގައި ނުފެނިދާނެ ކަމުގެ އިޝާރާތެއް ގައުމީ ކޯޗް ދީފިއެވެ. މާދަމާގެ މެޗްގެ ކުރިން މިއަދު އޮތް ޕްރީ މެޗް ކޮންފަރެންސަގައި ކޯޗުވަނީ އަލުން ދަގަނޑޭ ޓީމުގައި ހިމެނި ސަބަބާ ގުޅޭގޮތުން ވާހަކަދައްކާފައެވެ.

ދޮޅު އަހަރަށްފަހު ދަގަނޑޭ ޓީމްގައި ހިމެނީ ގުއަމް މެޗަށްފަހު ކޯޗަށް ގުޅާ މާފަށް އެދުމުން ކަމަށެވެ.

Ad
rt

” ގުއަމް މެޗަށްފަހު އަޝްފާގް އަހަރެންނަށް ގުޅާ މަރުހަބާކީ، އަދި އޭނާއަށް ކުރެވުނު ކުށަށް އަހަރެން ގާތުން މާފަށް އެދުނު. އަހަރެން އެކޯލްގެ އިންތިޒާރުގަ ހުންނަތާ މިހާރު ދޮޅު އަހަރު ވެއްޖެ. “

ކޯޗު އިތުރަށް ބުނެފައި ވަނީ ދަގަނޑޭ ގައުމީ ޓީމަށް މެޗެއް ނުކުޅޭތާ ދޮޅުއަހަރު ވެއްޖެ ކަމަށާއި ނަމަވެސް އޭނައަކީ ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިއާ ކަމާމެދު ޝައްކެއްނެތްކަަަމަށެވެ. ދަގަނޑޭ ނުލާވެސް ގިނަ މެޗްތަކެއް ކުޅެ ކާމިޔާބީތަކެއް ހޯދިކަންވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަމާއި ގުއަމް މެޗުން މޮޅުވީވެސް ދަގަނޑޭ ނެތި ކަމަށެވެ. ދަގަނޑޭ އެންމެފަހުން ގައުމީޓިމަށް ކުޅުނު އިރާ މިހަރުގެ ހާލަތާއި ވަރަށް ތަފާތު ކަމަށެވެ. އެހެންކަމުން ދަގަނޑޭ އަށް ވަގުތު ދޭންޖެހޭ ކަމަށާއި އޭނާ ޓީމުގައި ހިމަނާނީ ލަސްލަހުން ކަމަަށެވެ.

ހުރިހާ ދިވެހިންގެ އުންމީދަކީ މާދަމާގެ މެޗުން ދަގަނޑޭ ފެނިގެން ދިއުމެވެ. ބަލަން ތިބެމާ ހިނގާށެވެ. ޗައިނާއާއި ދެކޮޅަށް ރާއްޖެ ކުޅޭ މެޗް ފަށާނީ މާދަމާރޭގެ 8:30 ގައެވެ.