މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,839 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 21 ވަނަ ޞަފްޙާ

ބޭރުގެ ހަމަލާއަކުން ރާއްޖެ ދިފާޢުކުރަން ވެސް ސިފައިން ތިބީ ތައްޔާރީ ހާލަތުގައި: ވަޒީރު

ބޭރުގެ ހަމަލާއަކުން ރާއްޖެ ދިފާޢުކުރަން ވެސް ސިފައިން ތިބީ ތައްޔާރީ ހާލަތުގައި: ވަޒީރު

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ބެލެހެއްޓުމަށާއި، ބޭރުގެ ފަރާތަކުން ދީފާނެ ހަމަލާއަކަށް ނުވަތަ އެފަދަ ހާލަތަކަށް ދިވެހި އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ރޭ ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ވުޒާރާތަކުން ހިންގަމުންދާ މަޝްރޫއުތަކާއި މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ “އަހާ” ފޯރަމްގެ އަށްވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު މިހެން ވިދާޅުވީ...

ޔުމްނާ ޢަލީ
ހައިވޭގައި ސައިކަލުމަތީ އޮށޯވެގެން ދުއްވައި ފުލުހުންގެ ކާރުގައި ޖެއްސި މީހާ ހައްޔަރު: 44،000ރ. ގެ ޖޫރިމަނާ ވެސް ނުދައްކާ

ހައިވޭގައި ސައިކަލުމަތީ އޮށޯވެގެން ދުއްވައި ފުލުހުންގެ ކާރުގައި ޖެއްސި މީހާ ހައްޔަރު: 44،000ރ. ގެ ޖޫރިމަނާ ވެސް ނުދައްކާ

މަސްތުގެ ހާލަތުގައި ހުރެ، ހައިވޭގައި ސައިކަލުމަތީ އޮށޯވެގެން ނުރައްކާތެރިކޮށް ދުއްވުމަށްފަހު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން އުޅުމުގެ ތެރޭގައި ފުލުހުންގެ ކާރުގައި ޖެއްސި ޒުވާނަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރި މަގުމަތީގައެވެ. ފުލުހުންގެ ޚިދުމަތުން މީސްމީޑިއާގައި އާންމުކުރި މައުލޫމާތުގައި ބުނީ، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވައި ފުލުހުންގެ ވެހިކަލެއްގައި ޖެއްސި މި މައްސަލައާ ގުޅިގ...

ޝިއުނާ އާދަމް
އީގަލް ހިލްސްއާ އެކު ފުރިހަމަ އެއްބަސްވުމެއް ހަދާނީ ރިއަލްއެސްޓޭޓް ޤާނޫނުގެ ދަށުން: އޭޖީ

އީގަލް ހިލްސްއާ އެކު ފުރިހަމަ އެއްބަސްވުމެއް ހަދާނީ ރިއަލްއެސްޓޭޓް ޤާނޫނުގެ ދަށުން: އޭޖީ

ދިވެހިރާއްޖޭގެ ސަރުކާރާއި، އީމާރް ޕްރޮޕަޓީޒްގެ ބާނީ އަދި އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން އަލައްބާރު ގުޅިގެން ރަސްމާލޭގައި ތަރައްގީކުރާ “މާލްދީވްސް ވޯޓަރފްރަންޓް އެންޑް މެރީނާ” މަޝްރޫޢުއާ ގުޅިގެން ފުރިހަމަ އެއްބަސްވުމެއް ޤާއިމުކުރާނީ އަލަށް އެކުލަވާލާ ރިއަލް އެސްޓޭޓް ޤާނޫނާއި މިހާރު ޢަމަލުކުރަމުންދާ އެހެނިހެން ޤާނޫނުތަކުގެ ތެރެއިން މަޝްވަރާތައް ކުރުމަށްފަހު ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ވުޒާރާތަކުން ހިންގަމުންދާ މަޝްރޫއުތަކާއި މަސައްކަތްތަކުގެ މައުލޫމާތު ރައ...

ޔުމްނާ ޢަލީ
ޓްރެފިކް ބާރުބޮޑުވާ ގަޑިތަކަށާއި ސްކޫލް ކުދިންނަށް ޚާއްސަ ބަސްތަކެއް ތަޢާރަފްކުރަނީ

ޓްރެފިކް ބާރުބޮޑުވާ ގަޑިތަކަށާއި ސްކޫލް ކުދިންނަށް ޚާއްސަ ބަސްތަކެއް ތަޢާރަފްކުރަނީ

ޓްރެފިކް ބާރުބޮޑުވާ ވަގުތުތަކަށް ޚާއްސަކޮށްގެން ދަތުރުކުރާނެ ބަސްތަކާއި، ސްކޫލް ކުދިންނަށް ޚާއްސަ “ސްކޫލް ފްރެންޑްލީ” ބަސްތަކެއް ތަޢާރަފްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ، ވުޒާރާތަކުން ހިންގަމުންދާ މަޝްރޫއުތަކާއި މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ “އަހާ” ފޯރަމްގެ އަށްވަނަ ބައްދަލުވުމުގައި މިރޭ ވާހަކަ ދައްކަވަމ...

ޔުމްނާ ޢަލީ
ހުރުމާއި ކެއުން ހިލޭ: މަނިޔަފުށީގައި ހިންގާ މެރިކަލްޗަރ ތަމްރީނަށް ކުރިމަތިލުމުގެ ފުރުސަތު

ހުރުމާއި ކެއުން ހިލޭ: މަނިޔަފުށީގައި ހިންގާ މެރިކަލްޗަރ ތަމްރީނަށް ކުރިމަތިލުމުގެ ފުރުސަތު

2026 ވަނަ އަހަރުގެ 4 ވަނަ “މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރުތައް ދަސްކޮށްދީ، މި ދާއިރާއިން މީހުން ބިނާކުރުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް  ގުޅިގެން، ވޯލްޑް ބޭންކުގެ އެހީގައި ހިންގާ “ޓްރާންސްފޯމް ޕްރޮޖެކްޓް” ގެ ދަށުން ކުރިއަށްގެންދާ ތަމްރީނު ކ...

ފާތިމަތު ސަޙާ
ބުޅަލުގެ އާބާދީ ކޮންޓްރޯލްކޮށް ވެލްފެއާ ކަށަވަރުކުރަން "ޕްރޮޖެކްޓް ބައޯކަލޯ" އިފްތިތާހުކޮށްފި

ބުޅަލުގެ އާބާދީ ކޮންޓްރޯލްކޮށް ވެލްފެއާ ކަށަވަރުކުރަން "ޕްރޮޖެކްޓް ބައޯކަލޯ" އިފްތިތާހުކޮށްފި

މަގުމަތީގައި އުޅޭ ބުޅަލުގެ އާބާދީ އިތުރުވަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށާއި، އާންމު ސަރަހައްދުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އަމާޒުކޮށްގެން ހިންގާ ގައުމީ ފެންވަރުގެ މަޝްރޫއު “ޕްރޮޖެކްޓް ބައޯކަލޯ” މިއަދު ހުޅުމާލޭގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. “ރައްކާތެރި، ސާފުތާހިރު އަދި އޯގާތެރި މުޖުތަމައެއް” މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި، ޖަނަވާރުންގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކާއި މަދަނީ ޖަ...

ޝިއުނާ އާދަމް
ތިން ޖީލު އެކުގައި، ޕެންޝަން އޮފީހުގެ ''3ޖެން ވޯކް'' މިމަހު ހަނިމާދޫގައި

ތިން ޖީލު އެކުގައި، ޕެންޝަން އޮފީހުގެ ''3ޖެން ވޯކް'' މިމަހު ހަނިމާދޫގައި

ޕެންޝަން އޮފީހުން ސިލްސިލާކޮށް ބާއްވަމުން އަންނަ “ތްރީ ޖެނެރޭޝަން ވޯކް” (3ޖެން ވޯކް) ގެ ހަތަރުވަނަ އެޑިޝަން، މި މަހުގެ 17 ވަނަ ދުވަހު ހދ. ހަނިމާދޫގައި ބޭއްވުމަށް ނިންމައިފިއެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުން އަދި ދޮށީއުމުރުގެ މީހުން ހިމެނޭހެން، މުޅި އާއިލާއަށް ހާއްސަކޮށްގެން ބާއްވާ ހިނގާލުމެކެވެ. މި ހަރަކާތަކީ ދުޅަހެޔޮކަމާއި މާލީ ރައްކާތެރިކަން އިތުރުކުރުމާއެކު، ފަހަށް ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުން އަދި ރިޓަޔާމަންޓަށް ތައްޔާރުވުމުގެ މުހިންމުކަމާމެދު އާއިލާގެ ހުރިހާ މެންބަރުންގެ މެދ...

ޔުމްނާ ޢަލީ
ފުލުހުންގެ އައު ތަރުޖަމާނަކަށް އިންސްޕެކްޓަރ އަޙްމަދު ޝިޔާމް ހަމަޖައްސައިފި

ފުލުހުންގެ އައު ތަރުޖަމާނަކަށް އިންސްޕެކްޓަރ އަޙްމަދު ޝިޔާމް ހަމަޖައްސައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް، ހަމަޖައްސަވައިފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި ޝިޔާމް މި މަގާމަށް ހަމަޖެއްސެވީ މިއަދު (4 އޮކްޓޫބަރު 2026) އިން ފެށިގެން ކަމަށެވެ. އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް މި މަގާމާ ހަވާލުވެވަޑައިގަތީ، މީގެ ކުރިން ތަރުޖަމާނުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފްގެ ބަދަލުގައެވެ.  

ޔުމްނާ ޢަލީ
ޝައްކުވެގެން ބަލައިފާސްކުރިއިރު އަތުން ފެނުނީ 57 ގްރާމްގެ މަސްތުވާތަކެތި

ޝައްކުވެގެން ބަލައިފާސްކުރިއިރު އަތުން ފެނުނީ 57 ގްރާމްގެ މަސްތުވާތަކެތި

ހުޅުމާލެ ފޭސް 1 ގައި ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް، އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރި ޒުވާނެއްގެ އަތުން 57 ގްރާމްގެ މަސްތުވާތަކެތި ފެނިގެން އޭނާ ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން، ރެއަރ، މުޙައްމަދު ޖައުޝް ޝުޖާޢު (22އ) އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މި އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ކަމަށެވެ. އެގޮތުން އޭނާ ހައްޔަރުކުރީ ހުޅުމާލެ […]

ޝިއުނާ އާދަމް
2040 ގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި ދަސްވެނީންގެ ދައުރު ބޮޑު: ނައިބު ރައީސް

2040 ގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި ދަސްވެނީންގެ ދައުރު ބޮޑު: ނައިބު ރައީސް

ދަސްވެނީންނަށް ލިބިފައިވާ ޢިލްމާއި ހުނަރުގެ އަލީގައި ޤައުމަށް ބޭނުންތެރި ދާއިރާތަކަށް އީޖާދީ ވިސްނުންތައް ހޯއްދަވައިދެއްވުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ރޭ ބޭއްވި ވިލާ ކޮލެޖުގެ “ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026” ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދިޔުމަކީ އެންމެހާ ދިވެހި ރައްޔިތުންގެވެ...

ޔުމްނާ ޢަލީ
މާލޭ ގެއަކުން 1،700 އަށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ދެ ބިދޭސީން އަތުލައިގެންފި

މާލޭ ގެއަކުން 1،700 އަށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ދެ ބިދޭސީން އަތުލައިގެންފި

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ދެ ބިދޭސީއަކު، 1،700 އަށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރުމާއި، މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ ޕެރުމަލް މަޔަވަން އަދި ސްރީލަންކާއަށް ނ...

ޝިއުނާ އާދަމް
ކުރީގެ އެސްޖީ ޝަމްޢޫން ޙަމީދު އެޗްއާރްސީއެމްގެ މެންބަރުކަމަށް

ކުރީގެ އެސްޖީ ޝަމްޢޫން ޙަމީދު އެޗްއާރްސީއެމްގެ މެންބަރުކަމަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމުގެ މަޤާމަށް، އެ ކޮމިޝަނުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ހ. މީނާޒް، ޝަމްޢޫން ޙަމީދު، މިއަދު ޢައްޔަންކުރައްވައިފިއެވެ. މި މަޤާމަށް ޝަމްޢޫން ޢައްޔަން ކުރެއްވުމަށްޓަކައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވަވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ޝަމްޢޫން ޙަމީދު ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ. ޝަމްޢޫން ޙަމީދަށް އެޗްއާރް...

ޔުމްނާ ޢަލީ
''ބޮޑު ބަދަލު'' ގަރާރާއި ޗެއާޕާސަނަށް ދިން ބާރުތަކާއެކު އެމްޑީޕީގެ 5 ވަނަ ކޮންގްރެސް ނިންމާލައިފި

''ބޮޑު ބަދަލު'' ގަރާރާއި ޗެއާޕާސަނަށް ދިން ބާރުތަކާއެކު އެމްޑީޕީގެ 5 ވަނަ ކޮންގްރެސް ނިންމާލައިފި

ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔަކީ ވަކި ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން ހިމެނޭ ގޮތަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އެކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލާއި އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުށަހެޅުއްވި “ބޮޑު ބަދަލު” ސިޔާސަތާއި ގުޅޭ ގަރާރު ފާސްކޮށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަސްވަނަ ކޮންގްރެސް ރޭ ނިންމާލައިފި އެވެ. މި […]

ޔުމްނާ ޢަލީ
ރައީސްގެ މަގާމު އުވާލުމަށްފަހު ބާއްވާ އެމްޑީޕީގެ ފުރަތަމަ އިންތިހާބު ނޮވެމްބަރު 27 ގައި

ރައީސްގެ މަގާމު އުވާލުމަށްފަހު ބާއްވާ އެމްޑީޕީގެ ފުރަތަމަ އިންތިހާބު ނޮވެމްބަރު 27 ގައި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބު މިއަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ރަސްމީކޮށް ނިންމައި އިއުލާނު ކޮށްފިއެވެ. މިއީ އެ ޕާޓީގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޕާޓީގެ ރައީސްގެ މަގާމު އުވާލި ފަހުން ބާއްވާ ފުރަތަމަ ގައުމީ މަޖިލީހުގެ އިންތިހާބެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު އަންނަ ނޮވެމްބަރު މަހުގެ 27 ގައި ބާއްވާނެކަން ރަސްމީކޮށް އިއުލާނު ކުރެއްވީ “އެމްޑީޕީ ކޮންގްރެސް 2026” ނިންމުމުގެ ރަސްމިއްޔާތުގައި […]

ޔުމްނާ ޢަލީ
ފައްޔާޟުގެ ހުށަހެޅުން ފާސްކޮށްފި؛ އެމްޑީޕީގެ އެންމެ ބާރުގަދަ މަގާމަކަށް ދެން ޗެއާޕާސަން

ފައްޔާޟުގެ ހުށަހެޅުން ފާސްކޮށްފި؛ އެމްޑީޕީގެ އެންމެ ބާރުގަދަ މަގާމަކަށް ދެން ޗެއާޕާސަން

އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމު އުވާލައި، އެ ޕާޓީގެ އެންމެ އިސް މަގާމުގެ ގޮތުގައި ޗެއާޕާސަންގެ މަގާމު ހަމަޖެއްސުމަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހެޅި އިސްލާހުތައް ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފިއެވެ. އަސާސީ ގަވާއިދަށް މި ބަދަލުތައް ގެނައުމަށް ހުށަހެޅުއްވީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޟު އިސްމާއީލެވެ. މާލޭ ސިޓީ ކައުންސިލުގެ ހޯލުގައި ކުރިއަށްދިޔަ އެމްޑީޕީގެ ކޮންގްރެސްގައި އެ އިސްލާހުތަކާ މެދު ބަހުސްކުރުމަށް ފަހު ނެގި ވޯޓުގައި، ފައްޔާޟު ހުށަހެޅުއްވި އިސްލާހުތައް ފާސްކުރަން 54...

އަލީ އާދިލް