މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,460 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 960 ވަނަ ޞަފްޙާ

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީ ދޭން، އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީ ދޭން، އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި

މީޑިއާތަކުގެ މާލީ ގާބިލުކަމަށް ވަކި ފަރާތަށް ބަރޯސާވުން ނައްތާލުމަށްޓަކައި ގާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ އިންސައްތައެއްގެ ފައިސާ އެލޮކޭޓްކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ. ރިޔާސީ އިންތިހާބަށް އެ ޕާޓީން ހެދި “ހެޔޮވެރިކަން” މެނިފެސްޓޯގައި ވަނީ، މީޑިއާތަކަށް ދޫކުރާ ފައިސާ ދޫކުރެވެނީ ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކުންކަން ކަށަވަރުކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލްތަކާއި އެއްގޮތަށް އޮންނަ ރޭޓ...

އަލީ އާދިލް
ކަނޑިތީމުގެ ކުނި މެނޭޖް ކުރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނަން: މުޢިއްޒު

ކަނޑިތީމުގެ ކުނި މެނޭޖް ކުރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނަން: މުޢިއްޒު

ކަނޑިތީމުގެ ކުނި މެނޭޖް ކުރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ ށ. އަދި ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ށ. ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެރަށަށް ވެސް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެންމެބޮޑު އެއް މައްސަލަ ކަމަށްވާ ކުނި މެނޭޖް ކުރުމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށާއި...

މުޙައްމަދު އަފްރާޙް
ގާސިމްގެ ވައުދު: ހުރިހާ ކްލާސް ރޫމެއް އޭސީކޮށް، ސްމާޓް ބޯޑެއް ހަރު ކުރުން!

ގާސިމްގެ ވައުދު: ހުރިހާ ކްލާސް ރޫމެއް އޭސީކޮށް، ސްމާޓް ބޯޑެއް ހަރު ކުރުން!

ވެރިކަމަށް ވަޑައިގެންފި ނަމަ، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހުރި ކްލާސް ރޫމެއް އޭސީކޮށް، ސްމާޓް ބޯޑް ހަރުކޮށް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ނ. ހެނބަދޫގައި ވައުދުވެވަޑައިގެންފިއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުގައި ހެނބަދޫގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ސްކޫލްތަކުގައި ހުރި ކޮމްޕިއުޓަރު ލެބްތައް […]

މުޙައްމަދު
ޑްރަގް މައްސަލައެއްގައި ކުރީގެ ގާޒީއަކު 15 އަހަރަށް ޖަލަށް

ޑްރަގް މައްސަލައެއްގައި ކުރީގެ ގާޒީއަކު 15 އަހަރަށް ޖަލަށް

ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ޑްރަގް މައްސަލައެއްގައި 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. އޭނާގެ މައްޗަށް ދައުވާ އުފުލީ ފަނޑިޔާރު ކަމުގައި ހުއްޓާ 2016 ވަނަ އަހަރުގެ ތެެރޭގައި ސައިކަލެއްގައި ދުއްވާފައިދަނިކޮށް ހުއްޓުވުމުން އޭނާގެ އެއްލާލި ރަބަރު ޕެކެޓެއްގައި ޑައިމޯފިން ހުރިކަން ތަހުލީލުން ހާމަވުމުންނެވެ. އެ މައްސަލާގައި އޭނާ އޭރު ހައްޔަރުކުރި ނަމަވެސް ފަހުން ދޫކޮށްލި އެވެ. އޭނާގެ މައްޗަށް ދައުވާ ކުރިއަށް ގެންގޮސްފައިވަނީ ކްރިމިނަލް ކޯ...

ޔުމްނާ ޢަލީ
ޅޮހީގެ ސާފް ޕޮއިންޓު އިތުރަށް ތަރައްގީކޮށް ފަތުރުވެރިކަމުގެ މަންޒިލަކަށް ހަދާނަން: އިލްޔާސް

ޅޮހީގެ ސާފް ޕޮއިންޓު އިތުރަށް ތަރައްގީކޮށް ފަތުރުވެރިކަމުގެ މަންޒިލަކަށް ހަދާނަން: އިލްޔާސް

ނ. ޅޮހީގައި އޮންނަ ސާފް ޕޮއިންޓު އިތުރަށް ތަރައްގީކޮށް އެ ރަށަށް ސާފުކުރަން އަންނަ ފަތުރުވެރިންނަށް އެއީ އެދާއިރާގެ ހިދުމަތްތައް ލިބޭނެ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރިވިގެންދާނެ ކަމަށް ޑިމޮކްރެޓުންގެ ކެންޑިޑޭޓު އިލްޔާސް ލަބީބު ވައުދުވެވަޑައިގެންފިއެވެ. އެ ޕާޓީގެ ރިޔާސީ ކެމްޕޭނުގައި އެރަށަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ އެ ސާފް ޕޮއިންޓަކީ ރާއްޖޭގައި ވެސް މަޝްހޫރު އަދި ފަތުރުވެރިންގެ މެދުގައިވެސް މަގުބޫލު ތަނެއް ކަމަށެވެ. އެހެންވެ، އެ ސާފް ޕޮއިންޓުގައި ސާފްކުރަ...

މުޙައްމަދު އަފްރާޙް
މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމަށް ހުރަހެއް ނޯންނާނެ: ގާސިމް

މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމަށް ހުރަހެއް ނޯންނާނެ: ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި ސްކޫލްތަކުގެ އަންހެން ޓީޗަރުން މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ނ. ހެނބަދޫގައި ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި ގާސިމް ވަޑައިގަތީ ހެނބަދޫއަށެވެ. ހެނބަދޫން ގާސިމަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. އެމަނިކުފާނަށް މަރުހަބާ ދަންނަވަން [...

މުޙައްމަދު
ހިރިމަރަދޫއަށް މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް އެރަށު ނެރުމައްޗަށް އަރައިފި

ހިރިމަރަދޫއަށް މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް އެރަށު ނެރުމައްޗަށް އަރައިފި

ހދ. ހިރިމަރަދޫއަށް މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް އެރަށު ނެރުމައްޗަށް އަރައިފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މިއީ މާލެއިން ފުރައިގެން ހދ. ހިރިމަރަދޫއަށް މުދާ ހިފައިގެން ދަތުރުކުރި “ހޮރިޒިއާ3” ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އަދި އެ ދޯނި ހިރިމަރަދޫ ނެރުގެ ކަނާތު ފައިކަށްޓަށް އުރި ދިޔަވާން ފެށުމުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފފައިވާ ކަމަށެވެ. ހިރިމަރަދޫ އިން ވާހަކަ ދެއްކި މީހަކު ބުނީ އެ ދޯނި އެރަށުގެ ނެރުމައްޗަށް […]

މުޙައްމަދު އަފްރާޙް
ބޮޑުދަތުރު ޑޮކިއުމަންޓްރީ ބުރާސްފަތި ދުވަހު ދައްކަނީ

ބޮޑުދަތުރު ޑޮކިއުމަންޓްރީ ބުރާސްފަތި ދުވަހު ދައްކަނީ

ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ އެންމެބޮޑު އެއް ހާދިސާގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ “ބޮޑުދަތުރު” ޑޮކިއުމަންޓްރީ އަންނަ ބުރާސްފަތި ދުވަހު “ތިލަދުން” އިން ގެނެސްދޭން ނިންމައިފިއެވެ. ގާތްގަނޑަކަށް އެއް ގަޑިއިރަށް ދެމިގެންދާ މި ޑޮކިއުމަންޓްރީ ތިލަދުންގެ މީސްމީޑިޔާ މަންސަތަކުން ދައްކާނީ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖަހާއިރުއެވެ. އެގޮތުން ތިލަދުން އޮންލައިންގެ ފޭސްބުކް ޕޭޖުންނާއި، ޔޫޓިއުބް ޗެނަލްއިން ދައްކާނެއެވެ. މީގެ 80 އަހަރު ކުރިން ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަތީބު އިސްވެހުރެ،...

ތިލަދުން
އެމްއެންޕީގެ ވެރިކަމެއްގައި ކަރަންޓުގެ ފުރަތަމަ 100 ޔުނިޓު ހިލޭ ކުރާނަން: ނާޒިމް

އެމްއެންޕީގެ ވެރިކަމެއްގައި ކަރަންޓުގެ ފުރަތަމަ 100 ޔުނިޓު ހިލޭ ކުރާނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ކަރަންޓުގެ ފުރަތަމަ 100 ޔުނިޓު ހިލޭ ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ އައްޑޫސިޓީ ފޭދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެ ސިޓީގައި ވެސް ކަރަންޓާއި ފެން ބިލު ދެއްކުމަށް ދަތިި ނުވަތަ އެ ބިލުތައް ދެއްކޭނެ މާލީ ތަނަވަސްކަން ނެތް ފަރާތްތައް އެބަތިބި ކަމަށާއި އެހެންވެ، ފެން ބިލުން ވެސް ފުރަތަމަ […]

މުޙައްމަދު އަފްރާޙް
ގާސިމަށް ހެނބަދޫން ވަރަށް ހޫނު މަރުހަބާއެއް!

ގާސިމަށް ހެނބަދޫން ވަރަށް ހޫނު މަރުހަބާއެއް!

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅު މިއަދު ފައްޓަވައިފިއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ ނ. ހެނބަދުއަށެވެ. އެ ރަށުން ގާސިމަށް މަރުހަބާ ދެންނެވުމަށް ވަރަށް ގިނަ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. ހެނބަދޫގެ އިތުރުން މިއަދު ނ.ކެނދިކުޅުދޫ، ނ. މާޅެންދޫ، ނ.ލަންދޫ އަދި ނ.މާފަރަށް […]

މުޙައްމަދު
ޑރ. މުއިއްޒު މިއަދު ށ. އަދި ނ. އަތޮޅަށް

ޑރ. މުއިއްޒު މިއަދު ށ. އަދި ނ. އަތޮޅަށް

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރުތައް ށ. އަދި ނ. އަތޮޅަށް މިއަދު ފައްޓަވާނެކަން ހާމަކޮށްފިއެވެ. މުއިއްޒުގެ ތަރުޖަމާން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ވިދާޅުވީ އައްޑޫ ސިޓީއަށާް ކުރެއްވި ދަތުރަށްފަހު މުއިއްޒު ރޭގެ ވަގުތެއްގައި މާލެ ވަޑައިގެންފައިވާ ކަމަށާއި ށ. އަދި ނ. އަތޮޅަށް މިއަދު ފުރާވަޑައިގަންނަވާނެ ކަމަށެވެ. މި ދަތުރުގައި އެ އަތޮޅުގެ […]

މުޙައްމަދު އަފްރާޙް
އެމްޑީޕީގެ މެނިފެސްޓޯގައި ރަމަޟާން މަހުގެ ފަހު 10 ދުވަހު ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތް ކުރުން ހިމަނައިފި

އެމްޑީޕީގެ މެނިފެސްޓޯގައި ރަމަޟާން މަހުގެ ފަހު 10 ދުވަހު ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތް ކުރުން ހިމަނައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެނިފެސްޓޯގައި ރަމަޟާން މަހުގެ ފަހު 10 ދުވަހު ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތް ކުރުން ހިމަނައިފިއެވެ. މިކަން ހާމަކުރީ “އުފާވެރި އަމާންރާއްޖެ” ގެ ނަމުގައި ހިންގަމުންދާ ރައީސް ސާލިހު ގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ބ. ދަރަވަންދޫގައި ބޭއްވި ޖަލްސާގައެވެ. އެ ޕާޓީގެ މެނިފެސްޓޯގެ “ހެޔޮވެރިކަން” ބައިގެ ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާކުރުންގެ ދަށުން ވަނީ ދައުލަތުގެ ހިންގުން ވަރުގަދަކުރުމުގެ ބައެއް ހިމަނާފައެވެ. އެބަ...

މުޙައްމަދު އަފްރާޙް
ސަންދާނު އަހަންމައިދީ ނިޔާވެއްޖެ

ސަންދާނު އަހަންމައިދީ ނިޔާވެއްޖެ

އަހުމަދު އިބްރާހިމް ދީދީ ނުވަތަ އާންމުނަމުން ނަމަ، ސަންދާނު އަހަންމައިދީ ނިޔާވެއްޖެއެވެ. އޭނާ ނިޔާވީ ބަލިވެ އުޅުއްވާތާ ދުވަސްކޮޅެއް ފަހުން އުމުރުން 72 އަހަރުގައެވެ. އަހަންމައިދީ އަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ބިރު ކަނޑާލައި މިނިވަން ނޫސްވެރިކަމެއް އުފަން ކުރުމަށް ނެރުނު އިންޓަނެޓް މަޖައްލާ ‘ސަންދާން’ ގެ އެއް ބާނީއެވެ. ދިވެހި ދައުލަތާ ދެކޮޅަށް މަސައްކަތް ކުރުމުގެ ކުށުގައި 2002 ވަނަ އަހަރު، އޭނާ ވަނީ އުމުރަށް ޖަލަށް ވެސް ލާފައެވެ. އުމުރަށް ޖަލަށް ލުމަކީ […]

މުޙައްމަދު އަފްރާޙް
ސިލްސިލާ ވާހަކަ: ޝިކާޔަތު (47)

ސިލްސިލާ ވާހަކަ: ޝިކާޔަތު (47)

ކުރީގެ އަދަދާއިގުޅޭ، ” އަހަރެން ކިޔަވައިގެން ވަޒީފާއަށް ދާންވީތަ؟” ޔަޝްމީގެ ސުވާލުން ހާރޫން އިސްޖަހާލިއެވެ. އެވަގުތު ލިފްޓްގެ ދޮރުވެސް ހުޅުވިއްޖެއެވެ. އެހެންކަމުން ޔަޝްމީގެ ސުވާލަށް ޖަވާބެއް ނުދީ ހާރޫން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ފަހަތުން ޔަޝްމީވެސް ދިޔައީ އަވަސް ފިޔަވަޅު ތަކެއްގައެވެ. ” ވަރަށް ވަރުބަލިދޯ” ސޯފާގޮނޑިމަތީގައި ކޮތަޅުތައް ބަހައްޓަމުން ހާރޫން ވާހަކަ ދެއްކީ ވަރުބަލިކަމާއެކުއެވެ. ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ދިނުމެއްނެތި ޔަޝްމީ ބޭނުންވީ މީގެ ކުޑަ އިރުކޮޅެއް ކުރިން ހާރޫން...

ސަލާމާ ޢަބްދުލް ޢަލީމް
ހުޅުމާލޭގައި ޓޫރިސްޓް ބީޗެއް ހަދަން އެއްބަސްވުމެއް

ހުޅުމާލޭގައި ޓޫރިސްޓް ބީޗެއް ހަދަން އެއްބަސްވުމެއް

ހުޅުމާލޭގައި ޓޫރިސްޓް ބީޗެއް ހެދުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އާބަންކޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އިއްޔެ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ފާތިމަތު ނިލްފާއެެވެ. އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅު...

އަޙްމަދު ވަހީދު
ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކުން ހިންގާ ހައުސިން މަޝްރޫއުތަކުގެ މައުލޫމާތު ބަލައިލެވޭ ޕޯޓަލެއް

ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކުން ހިންގާ ހައުސިން މަޝްރޫއުތަކުގެ މައުލޫމާތު ބަލައިލެވޭ ޕޯޓަލެއް

ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކުން ހިންގާ ހައުސިން މަޝްރޫއުތަކުގެ މައުލޫމާތު ފަސޭހައިން ބަލައިލެވޭ ޕޯޓަލެއް އާބަންކޯއިން އިފްތިތާހުކޮށްފިއެވެ. “ޕްރައިވެޓް ހައުސިން އިންފޮމޭޝަން ޕޯޓަލް”ގެ ނަމުގައި ތައާރަފުކުރި މި ޕޯޓަލް އިފްތިތާހުކޮށްފައި ވަނީ ވިނަރެސް ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ. މިއީ އަމިއްލަ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުގެ ސައްހަކަން ކަށަވަރުކޮށް، މަޝްރޫއުތަކާ ބެހޭ މުހިންމު މައުލޫމާތު ބަލައިލެވޭނެ ފަސޭހަގޮތެއް ހަމަޖައްސައިދިނުންކަމަށް...

އަޙްމަދު ވަހީދު
މައުންޓަށް އަނިޔާވެ ކުޅުމާއި ދުރަށް

މައުންޓަށް އަނިޔާވެ ކުޅުމާއި ދުރަށް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ މިޑްފީލްޑަރ މޭސަން މައުންޓަށް އަނިޔާވެ ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ. އުމުރުން 24 އަހަރުގެ މައުންޓަށް އަނިޔާވެފައި ވަނީ ހަފްތާ މިދިޔަ ވީކް އެންޑްގައި ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކޮށް 2-0 ގެ ނަތީޖާއިން ޔުނައިޓެޑް ބަލިވިމެޗުގައެވެ. ޔުނައިޓެޑުން ހާމަކޮށްފައިވާ ގޮތުގައި މައުންޓްގެ އަނިޔާ ސީރިއަސްއެއް ނޫނެވެ. ނަމަވެސް އަނިޔާގެ ސަބަބުން މައުންޓަށް ދެ މެޗު ގެއްލޭނެއެވެ. އެއީ މި ހަފްތާ ބަންދުގައި ނޮޓިންހަމް ފޮރެސްޓާއި ބައްދަލުކުރާ މެޗާއި އަން...

އިބްރާހިމް ޚަލީލް
ގާސިމަށް ވޯޓެއް ދޭށޭ ބުނުމުގެ ފުރިހަމަ ޝަރަފް އެބައޮތް: ނިހާން

ގާސިމަށް ވޯޓެއް ދޭށޭ ބުނުމުގެ ފުރިހަމަ ޝަރަފް އެބައޮތް: ނިހާން

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރައްޔިތުން ކައިރި އަށް ގޮސް، ވޯޓެއް ދޭށޭ ވިދާޅުވުމުގެ ފުރިހަމަ ޝަރަފް އެބައޮތް ކަމަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. އަތޮޅާއި ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހދ. ފިނޭގައި ޖޭޕީން ބޭއްވި ޖަލްސާގައި ނިހާން ވިދާޅުވީ […]

މުޙައްމަދު