ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި ހދ. ހަނިމާދޫ އެއާޕޯޓުގައި ހިނގާނީ ދިވެހި ދައުލަތުގެ ބާރު ކަމަށާއި ހަނިމާދޫގައި ސިފައިންނަށް ނުތިބެވޭނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ހދ. ހިރިމަރަދޫގައި މިއަދު ވިދާޅުވެއްޖެއެވެ. އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. އަތޮޅާއި ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހިރިމަރަދޫގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގެންފި […]
މުޙައްމަދު
ފްރާންސް ލީގުގެ ރެނެސްއަށް ކުޅެމުންއައި ބެލްޖިއަމްގެ ވިންގަރ ޖެރެމީ ޑޮކޫ މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފިއެވެ. އުމުރުން 21 އަހަރުގެ ޑޮކޫ ސިޓީއަށް ސޮއި ކޮށްފައި މިވަނީ 60 މިލިއަން ޔޫރޯގެ ޓްރާންސްފާފީއެއްގެ ދަށުންނެވެ. ޑޮކޫ ރެނެސްއަށް ކުޅެދިން 92 މެޗުގައި ވަނީ 12 ލަނޑު ޖަހާފައެވެ. ޑޮކޫއަކީ ސިޓީން މި ޓްރާންސްފާގައި ސޮއި ހޯދި ތިންވަނަ ކުޅުންތެރިޔާއެވެ. ސިޓީން ވަނީ މީގެ ކުރިން ޗެލްސީއަށް ކުޅެމުންއައި ކޮރޭޝިއާގެ މިޑްފީލްޑަރ ކޮވެސިޗްގެ އިތުރުން ޖަރުމަނުގެ އާރުބީ ލައިޕްޒިގަށް ކުޅެމުންއައި […]
އިބްރާހިމް ޚަލީލް
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބޭރު ގައުމަކުން ނުވަތަ ބައެއްގެ އަތުން ފައިސާއެއް ހޯދާފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ހދ. ފިނޭގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ އެއް ބަޔަކު ބޭނުން ވާނީ ﷲ ގެ މަގުގައި އިހްލާސްތެރިކަމާ އެކުގައި މަސައްކަތްކޮށްގެން […]
މުޙައްމަދު
ދިވެހިންގެ މިނިވަންކަމަށްވުރެ އިސްކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ވެރިކަމާއި ހަވާލުވުމަށްފަހު، މިނިވަންކަމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ސާބިތުކަމާއިއެކު ކުރައްވާނެ ކަމަށެވެ. އަދި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަކީ ދިވެހި ރައްޔިތުންގެ ވާޖިބެއް ކަމަށެވެ. ޗާގޮސް މައްސަލައަށް އިޝާރާތް ކުރައްވާ...
މުޙައްމަދު އަފްރާޙް
ދަ ޑިމޮކްރެޓްސް ގައި ހުންނެވުމަށްފަހު އަލުން އަނބުރާ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ގުޅުމަށް ހެދި ޑީލަކީ އެއް ބިލިއަނަށް ވުރެ މަތީގެ ޑީލެއް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. މި ބަދަލުގެ ސަބަބުން ލިބޭ މިންވަރު އެއް ބިލިއަނަށް ވުރެ މަތިވާނެކަން ހާމަކުރައްވާ ކުޅުދުއްފުށީ އެމްޑީޕީ މެމްބަރުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ ކުނި މެނޭޖުކުރުމުގެ މައްސަލައަކީ އެ […]
މުޙައްމަދު އަފްރާޙް
މޫނު ބުރުގާ އަޅާ މުދައްރިސުން ކިޔަވައިދޭ އިރު، ސްޓާފް ކާޑު އަޅައިގެން ހުރުމަށާއި މޫނު ފެންނަ ގޮތަށް ހުންނަން ޖެހޭ ގޮތަށް މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލަށް އިސްލާހު ގެނެސްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލުގެ 9 ވަނަ މާއްދާގެ (ކ) އަށް ގެނައި އިސްލާހު ގެޒެޓް ކޮށްފައިވާ ކަމަށެވެ. އެ އިސްލާހުގައި ވަނީ އުމުރުން 10 އަހަރުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭ މޫނުބުރުގާ އަޅާ މުދައްރިސުން، މޫނު ހާމަކުރުމަށް […]
މުޙައްމަދު އަފްރާޙް
މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ މައިބަދާގެ އޮޕަރޭޝަނެއްކޮށް ކުޑަ ދުވަސްކޮޅަކަށް ޓީމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ. އުމުރުން 52 އަހަރުގެ ގާޑިއޯލާގެ މައިބަދައަށް ތަދުވާތީ އޭނާ ވަނީ، އޭނާގެ އުފަން ސިޓީ ކަމަށްވާ ބާސެލޯނާއަށް ދަތުރުކޮށް މިހާރު އޮޕަރޭޝަން ކޮށްފައެވެ. ސިޓީން ބުނެފައިވަނީ ގާޑިއޯލާގެ އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. މި އޮޕަރޭޝަނުން ރިކަވާވެގެން ގާޑިއޯލާ ސިޓީއާއި ގުޅޭނެކަމަށް ވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 4 ދުވަހުން ފެށިގެން 12 ދުވަހުގެ ނިޔަލަށް އޮންނަ އިންޓަނޭޝަނަލް ބްރޭކަށް […]
އިބްރާހިމް ޚަލީލް
ރާއްޖެ އަށް ކުރިމަތިވެފައިވާ ދަރަނީގެ އަނދަވަޅުން ސަލާމަތް ކުރެވޭނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވެރިކަމަށް ގެނެސްގެން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ހދ. ނެއްލައިދޫގައި މިއަދު ވިދާޅުވެއްޖެއެވެ. ނެއްލައިދޫގައި މިއަދު ބޭއްވި ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރައީސްއަކަށް ހުންނަ ބޭފުޅަކު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. ވެރިކަމަކީ ކޮންމެ މީހަކާ […]
މުޙައްމަދު
ވޯޓެއް ނުގަންނާނެ ކަމަށާއި ރިޝްވަތެއް ވެސް ނުދޭނެ ކަމަށާއި ރިޔާސީ އިންތިހާބު ރައީސް ސާލިހު އެއްބުރުން ނަގާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. ޖާބިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ވަރަށް ފޯރިއާ ޖޯޝާއެކު ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާއިރު، މަޖިލީހުގެ ޒިންމާ އުފުލަން ޖެހޭ ކަމަށެވެ. އަދި މަޖިލިސް އޮތީ ހަތަރުއަނގޮޅި އަކަށް ހުއްޓިފައި...
މުޙައްމަދު އަފްރާޙް
އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ރިސްކް އެލަވަންސް ބޮޑު ކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވައުދުވެވަޑައިގެންފިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް ވަނީ ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ކެމްޕެއިން ކުރައްވަމުންނެވެ. އެމަނިކުފާނުގެ އަމާޒަކީ ހދ. އަތޮޅާއި ށ. އަތޮޅުގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ގާތަށް ގޮސް، އެމީހުން ޝަކުވާތައް […]
މުޙައްމަދު
ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، ސިޓީ ހޮޓަލަކާއެކު ބ. މާޅޮހަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވައުދުފުޅުތަކެއް ވެވަޑައިގެންފިއެވެ. ބ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި މާޅޮހަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، އެ ރަށުގައި އައު ސިއްހީ މަރުކަޒަކާއި ސިޓީ ހޮޓަލެއް އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ...
މުޙައްމަދު އަފްރާޙް
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުލޮށްފާނެ ކަމަށާއި އެކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައިފިއެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތް ހާމަކުރައްވައި އެ އިދާރާ އިން ނެރުނު މޫސުމީ ބުލެޓިން ގައި ވިދާޅުވީ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރައްވާފައިވާއިރު،...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެއްވީ އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށާއި ބޭނުން ވަނީ ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރަން ކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުރިނބީ އަށް ވަޑައިގެން ސަޕޯޓަރުންނާއި ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ގައުމުގެ ހާލަތު ކިޔައިދެމުން އަންނަނީ ރައްޔިތުންގެ ނެތް އަމިއްލަ...
މުޙައްމަދު އަފްރާޙް
އަޅުގަނޑު ކުޑައިރު ރޭޑިއޯއިން ފޮނުވި ދީނީ ވަރަށް ގިނަ ޕްރޮގްރާމްތަކެއްގައި އެންމެ ގިނައިން އިވެމުންދިޔަ އެއް އަޑަކީ ށ. މަރޮށްޓަށް އުފަން މ. ރިހާބު ފަޟީލަތުއްޝައިޚު ޢުޘްމާނު ޢަބްދުﷲ ޢުމްރީގެ އަޑެވެ. “ފަރުޟު ޒަކާތް” ފަދަ ޕްރޮގްރާމްތަކަކީ އުޘްމާން ޢަބްދުﷲއަށްޚާއްޞަ ޕްރޮގްރާމެކޭ އޭރު އަޅުގަނޑަށް ހީވެފައި އޮތެވެ. އެ ސިލްސިލާ ޕްރޮގްރާމްގައި ޢުޘްމާން ޢަބްދުﷲގެ މަޑުމައިތިރި އަޑުން ދެއްވި ހެޔޮ ނަސޭހަތްތައް ގިނަ ބަޔަކަށް ވަރަށް ކަމުދިޔައެވެ. ރޭޑިއޯގެ އިތުރުން ޓީވީ މޯލްޑިވްސްއިން ފޮނުއްވި ދީނީ ގިނަ […]
ޢަބްދުﷲ ސަޢީދު
މަކަރާއި ހީލަތުގެ މައްސަލައެއްގެ ދިވެހި އަންހެނަކު ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާން ކޮށްފިއެވެ. އެ އިދާރާ އިން ވިދާޅުވީ ހޯދަނީ ކ. މާލެ / ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާ ކަމަށެވެ. އަދި އޭނާ ހޯދަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ. އުމުރުން 40 އަހަރުގެ ރިޔާސާ ހާޟިރުވާން ޖެހޭނީ އޮގަސްޓް 28 ވަނަ ދުވަހުގެ 11:30 އަށް ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ކަމަށާއި އޭނާ ހާޟިރުކުރަނީ […]
މުޙައްމަދު އަފްރާޙް
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް އަށް ހދ. ކުރިނބީން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެމަނިކުފާނު ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށަށް ވަޑައިގަތުމުން އެރަށުގެ ފައިއިނދޭ ފުރައިން ރައްޔިތުން ވަނީ ބަދަރު ސަރަހައްދަށް ޖަމާވެފައެވެ. އަދި ވަނީ ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާފައެވެ. ބޮޑު ތިލަދުންމަތީގެ ރަަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ޖުމްހޫރީ ކެންޑިޑޭޓު މިހައިތަނަށް ވަނީ ހދ އަދ...
މުޙައްމަދު އަފްރާޙް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު އާސެނަލުން ކާމިޔާބު ކޮށްފިއެވެ. ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ އާސެނަލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ކެޕްޓަން މާޓިން އޮޑެގާޑެވެ. މި ޕެނަލްޓީ އާސެނަލްއަށް ލިބިފައި ވަނީ ޕެލަސްގެ ކީޕަރު އާސެނަލްގެ އެންކެޓިއާއަށް ކުރި ފައުލަކާއި ގުޅިގެންނެވެ. […]
އިބްރާހިމް ޚަލީލް
ކުރީގެ އަދަދާއިގުޅޭ، ހިތަށް ވެރިވެފައިވާ ބިރުވެރިކަމާއިއެކު ބާރުބާރަށް ގޮސް ދޮރު ހުޅުވާލުމާއެކު ޔަޝްމީއަށް ފެނުނު މަންޒަރުން ދެކަންފަތުގައި އަތް އަޅައި ބާރަށް ހަޅޭއްލަވައި ގަނެވުނީ ރޮއިގަންނަމުންނެވެ. ” ޔަޝްމީ! އޭ! ޔަޝް…މީ ކިހިނެއްވީތަ ލޯބި؟” ޔަޝްމީގެ ގައިގައި ބާރަށް ހާރޫން ބައްދައިގަތެވެ. އަދި މަޑުމަޑުން ޔަޝްމީގެ ބޮލުގައި ފިރުމަމުން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ” ކިހިނެއްވީތަ؟ ހުވަފެނެއް ފެނުނީތަ؟” އޭރުވެސް ޔަޝްމީ ކޮންމެވެސް ވަރަކަށް ގިސްލާކަން ހާރޫންއަށް އެނގުނެވެ. އެހެންކަމުން އޭނާ...
ސަލާމާ ޢަބްދުލް ޢަލީމް