އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ބޭނުން ކުރަން ނިންމާފައިވާ ވޯޓު ކަރުދާސްތަކެއް ބޭރުވެފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުގައި ލ. ގަމަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ބޮޑު ޖަލްސާގައި އަދުރޭ ވިދާޅުވީ...
މުޙައްމަދު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރާއްޖެ އިން ބޭރުގައި ވޯޓުލުމަަށް ރަޖިސްޓްރީކުރި މީހުންގެ އަދަދު ދެ ގުނަ އިތުރުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމަށް 6،223 މީހުން ރީ-ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުގެ އިންތިހާބުގައި ރީ-ރަޖިސްޓްރީކޮށްފައި ވަނީ 3،327 މީހުންނެވެ. ވޯޓު ފޮށިތައް ބަހައްޓަން ހަމަޖައްސާފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) […]
މުޙައްމަދު
ގައުމިއްޔަތާއި، އަޚުލާގާއި، ތަރުބިއްޔަތު ދަސްކޮށްދިނުމަށް ވަކި މާއްދާއެއްގެ ގޮތުގައި މަންހަޖުގައި ހިމަނާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހުޅުމާލެގައި ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ތުއްތު ދަރީންގެ ހިތުގައި ގައުމީ ލޯބި އުފައްދަން ޖެހޭ ކަމަށާއި، ގައުމަށް ހަމަ ޖެހުން ގެނެވޭނީ މީހުންގެ ވިސްނުން ތަރައްގީ ކޮށްގެން ކަމަށެވެ. އަދި ގައުމިއްޔަތު މާއްދާއެއް ގޮތަށް މަންހަޖުގައި ހިމަނައިގެން ކުދިންނަށް ތަރުބިއްޔަތާއި އަޚުލާގު ދަސްކޮށްދޭނެ ކ...
އިސްމާއިލް މޫސާ
ރާއްޖެއިން އީރާނާއެކު އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފިއެވެ. ހަތް އަހަރަށްފަހު ރާއްޖޭން އީރާނާއެކު ގުޅުން ގާއިމުކޮށްފައިވަނީ އދ. ގެ އާންމު ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޚަލީލާއި އީރާނުގެ ފޮރިން މިނިސްޓަރު ޑރ. އާމިތު އަބްދުﷲ ހިޔަން އާއެކު ބޭއްވި ބައްދަލުވުމަށްފަހުއެވެ. މި ގުޅުން ބަދަހިކުރުމަށް ދެ ޤައުމުން ނިންމީ ދެ ޤައުމުގެ ރައްޔިތުންގެ ކުރިއެެރުމައްޓަކައި ކަމަށް ފޮރިން މިނިސްޓްރީން ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. އެ މިނިސް...
އަޙްމަދު ވަހީދު
އުރީދޫ މޯލްޑިވްސް އިން ހުޅުމާލޭގައި ތަަރައްގީކޮށްފައިވާ އެ ކުންފުނީގެ ހެޑްކުއާޓަ ހުޅުވައިފިއެވެ. ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އިމާރާތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމާއި އުރީދޫ ގްރޫޕުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަޒީޒް އަލް އުސްމާން ފަޚްރޫ އާއި އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ އަލް ކުވާރީ އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ޙަމާދީއެވެ. މި އިމާރާތުގައި އުުރީދޫ އެކްސްޕީރިއަންސް ސެންޓަރަކާއި ކްލަބް ޕްރިމިއާ ލައުންޖެއް ވަނ...
އަޙްމަދު ވަހީދު
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް މިރޭ ސޮއިކުރައްވައިފިއެވެ. މޫސާ ސިރާޖު ޕީޕީއެމާ ގުޅިވަޑައިގަތީ ލ. ގަމުގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ބޮޑު ޖަލްސާގައެވެ. އޭނާގެ މެންބާޝިޕް ފޯމާ ހަވާލުވެވަޑައިގެންނެވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި ދެ ޕާޓީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އެވެ. މިދިޔަ އޮގަސްޓު މަހު އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު، ސިރާޖު ގެންދ...
މުޙައްމަދު
ގައުމުގެ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަށް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގައި ތިނަދޫ ދެކުނު ދާއިރާ ކުރިން ތަމްސީލުކުރެއްވި މެންބަރު އަބްދުﷲ އަހްމަދު (އއަބުޅޯ) ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ. މިކަން ހާމަކުރައްވާ އޭނާގެ މީސްމީޑިއާގައި ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ފަސްގަޑުގެ މިނިވަންކަމާއި މި ފަޚުރުވެރި އުފާވެރިއަމާން ރާއްޖޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަކީ މާލީގޮތުން މިނިވަން ބަޔަކަށް ހައްދަވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އ...
މުޙައްމަދު އަފްރާޙް
ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ ކަމެއް ނުބާއްވަވާނެ ކަމަށާއި ވެރިކަމަށް ވަޑައިގަންނަވަނީ ސާފު ސަރުކާރެއް ގާއިމުކުރަން ކަމަށް އިިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ލ. އަތޮޅަށް ފެއްޓެވި ކެމްޕެއިން ދަތުރުގައި ލ. ގަމަށް ވަޑައިގެން ބޭއްވެވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރަން އެކުލަވާލާ ޓީމު ވާނީ އިހްލާސްތެރިކަމާ އެކީގައި...
މުޙައްމަދު
ރ އަތޮޅު އިފުރު އެއަޕޯޓާއެކު އެ ރަށުގައި ތަރައްގީ ކުރި “އިފުރު އައިލެންޑް މޯލްޑިވްސް” ރިސޯޓު ހުޅުވައިފިއެވެ. މިދިޔަ އަންގާރަ ދުވަހު ހުޅުވި މި ރިސޯޓަކީ ރާއްޖޭގައި އެއާޕޯޓަކާއެކު ތަރައްގީ ކުރި ދެ ވަނަ ރިސޯޓެވެ. އަދި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ 147 ވިލާ މި ރިސޯޓުގައި ހިމެނެއެވެ. އިފުރު އައިލެންޑް މޯލްޑިވްސްގައި ދުނިޔޭގެ އެކި ހިސާބުތަކުގެ ކެއުންތަކަށް ހާއްސަ ހަ ރެސްޓޯރެންޓަކާއި ހަތަރު ބާ އާއި ޓޫރިސްޓުންނަށް ހާއްސަ އެތައް ފެސިލިޓީއެއް ހިމެނެ އެވެ. އޭގެތެރޭގައި […]
އިސްމާއިލް މޫސާ
ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށް 300 ފްލެޓު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކޮށް ރާއްޖެޓީވީގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މިގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އުސޫލު ވަރަށް އަވަހަށް އާއްމު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ، މި ފުރުސަތުގެ ދަށުން ފަތުރުވެރިކަމުފ...
އަޙްމަދު ވަހީދު
ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޟީ އަހުމަދު ހައިލަމް ތާއީދު ކުރައްވަނީ ޕީއެންސީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ކަމަށް ވިދާޅުވެއްޖެއެވެ. އޭނާ މީސްމީޑިއާގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާދަތާއި އަމާންކަމަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ގޮންޖެހުންތައް ނައްތާލެވޭނީ މުއިއްޒު އަށް ކަމަށެވެ. އަދި ގައުމުގައި ހަމަޖެހުމާއި އަމާންކަން ގާއިމުކޮށް، މާތްވެގެންވާ އިސްލާމްދީނަށް މިގައުމުގައި ކުރިމަތިވަމުންދާ ފުރައްސާރަކުރުންތައް ހުއްޓުވައިދ...
މުޙައްމަދު އަފްރާޙް
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވެސް ތާއީދު އޮތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސާލިހަށް ކަމަށް އްޖޭގެ މަޝްހޫރު ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ. އުގައިލް ވިދާޅުވެފައިވަނީ އޭނާގެ ނަޒަރުގައި މިއީ ގައުމަށާއި ރައްޔިތުންނަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތް ކަމަށާއި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ މިހާރު ރާއްޖެގައި ސިޔާސީގޮތުން އޮތް އެންމެ ހަރުދަނާ އަދި ތަޖްރިބާކާރު ޕާޓީ ކަމަށެވެ. މީގެ އިތުރުން ޑިމޮކްރަސީގެ އުސޫލުތަކާއި […]
މުޙައްމަދު އަފްރާޙް
މަގުމަތިން މީހުންނާ ފޮށި ފުރައްސާރަ ކުރުން ބަލައިނުގަނެވޭ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހީމަށް ފުރައްސާރަ ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި އަލީ ޒާހިރު ވިދާޅުވެފައިވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިން ސްޓްރެޓަޖީ އަކީ މިއީ ކަމަށްވާ ނަމަ، އެއީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ. އަދި މިފަދަ ގޮތެއް ނެތް […]
މުޙައްމަދު އަފްރާޙް
ނަން އޮޅުވާލައިގެން ފުލުހުންނަށް މައުލޫމާތު ދިން މީހަކު ހަ މަހަށް ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މ. މެކާނޯގޭ މުހައްމަދު ޝާހީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދެ މައްސަލައެއްގެ ތުހުމަތުގައި ދެ ފަހަރެއްގެ މަތިން ފުލުހުން އޭނާގެ ނަން އޮޅުން ފިލުވަން ސުވާލު ކުރުމުން އޭނާ ދިނީ ނުބައި ނަމެކެވެ.. އެ މައްސަލާގައި އޭނާގެ މައްޗަށް ކުރި ޝަހްސު އޮޅުވާލުމުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޝަހްސު އޮޅުވާލި […]
ހުސައިން ހަބީބް
ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި އޮލިމްޕިކް ޑި މާސޭ ބައްދަލުކުރި މެޗުން ފަސޭހަކަމާއިއެކު ޕީއެސްޖީ މޮޅުވިއިރު، އެ ޓީމްގެ ކެޕްޓަން އެމްބާޕޭއަށް އަނިޔާވެއްޖެއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. މި މެޗުން މޮޅުވުމާއިއެކު ޕީއެސްޖީ ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. ޕީއެސްޖީއަށް 6 މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް ނީސް އަށް 6 މެޗުން ލިބިފައި ވަނީ 12 ޕޮއިންޓެވެ. މިވަގުތު […]
އިބްރާހިމް ޚަލީލް
ޔޫއެސް ޑޮަލަރު ނެގޭ އޭޓީއެމް މާލެ ފިޔަވައި އިތުރު ރަށްތަކަށް ފުޅާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ‘ތިލަދުން’ އާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުޅުދުއްފުށި ސިޓީގައިި ވާހަކަ ދައްކަވަމުން، ޑޮލަރު ނެގޭ އޭޓީއެމް އެއް ކޮންމެ ސިޓީއެއްގައި ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. މީގެ އިތުރުން މިއީ ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށާއި އާންމުންނަށް ވެސް މުހިންމު ކަމެއް ކަ...
މުޙައްމަދު އަފްރާޙް
އުތުރުތިލަފަޅު މަޝްރޫއު އާ ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަ ނުފެތުރުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރައްވައިފިއެވެ. އެ އިދާރާ އިން މިފަދައިން އިލްތިމާސް ކުރެއްވީ އުތުރުތިލަފަޅުގައި އެމްއެންޑީއެފުން ތަރައްގީ ކުރަމުންދާ 300 މީޓަރުގެ މަގަތު ފާލަމާއި 500 ޓަނުން ދަށުގެ އުޅަނދުފަހަރު މަރާމާތުކުރެވޭ ސްލިޕްވޭއާއި ރިޕެއަރ ފެސިލިޓީއާ ބެހޭގޮތުން އެކި މަންސަތަކުގައި ތަފާތު ވާހަކަތައް ދައްކަމުންދާތީއެވެ. އެމްއެންޑިއެފް އިން ވިދާޅުވީ އުތުރު ތިލަފަޅުގައި އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެމްއެން...
މުޙައްމަދު އަފްރާޙް
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުން ރެއާލް ބަލިވެއްޖެއެވެ. އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޑްރިޑް ޑާބީ މެޗުގައި ރެއާލުގެ މައްޗަށް އެތުލެޓިކޯއިން ކުރި ހޯދީ 3-1 ގެ ނަތީޖާއިންނެވެ. މިއީ ސީޒަންގައި ރެއާލް ބަލިވި ފުރަތަމަ ފަހަރެވެ. މި މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު ރެއާލަށް އޮތް ނަމަވެސް ބަލިވުމުން އެ ޓީމް ވަނީ ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ. މިވަގުތު އެއްވަނާގައި އޮތީ ހަ މެޗުން […]
އިބްރާހިމް ޚަލީލް