އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ. އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުން ސޯސަން ޖަގަހަގައިގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތަކާއި ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިބި މީހުންނަށްދޭ މުސާރައިގެ ކުރިއެރުން ދިނުމުގައި މަސައްކަތް ކުރައްވަނީ ހަމަހަމަކަމާ އެކީގައި ކަމަށެވެ. އެގޮތުން އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ޕައިލެޓުން...
މުޙައްމަދު
ދިވެހި ރާއްޖޭގެ މިނިވަންކަން އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި، މާލެ އަތޮޅު އުތުރު ތިލަފަޅުގައި ދިވެހިން ސިފައިންގެ ބާރެއް ނެތް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑީޑޭޓް ޑރ މުހަމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މާލޭގެ ގިރާވަރު ކޮމިއުނިޓީ ރައްޔިތުންނާއެކު މިރޭ އޮތް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މުއްއިޒު ވިދާޅުވީ މާލެ އަތޮޅު އުތުރު ތިލަފަޅުފައި ދިވެހި ސިފައިންގެ ބާރެތް ނެތްކަމަށާއި، އެތަނަށް ދިވެހި ސިފައިން ވެސް ދާންޖެހެނީ ހުއްދަ ނަގައިގެން ކަމަށެވެ. “ކިތަންމެ ވަރަކަށް އަޅުގަނޑ...
އިސްމާއިލް މޫސާ
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމްގެ ރަނިންމޭޓް އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމާއި ގިނަ އަދަދެއްގެ ކައުންސިލް މެމްބަރުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވައި ކެމްޕެއިނާ މިރޭ ގުޅިވަޑައިގެންފިއެވެ. ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމަވާފައިވާ ޖޭޕީގެ އިސް ބޭފުޅުންގެ ތެރޭގައި އަމީންގެ އިތުރުން ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު އާއި ކުރީގެ ހެލްތު މިނިސްޓަރު އަމީން އާއި ގާސިމްގެ އެޑްވައިޒަރ ޔަޝްފާ އަބުދުލްޣަނީ ގާސިމްގެ […]
މުޙައްމަދު
މާލޭގައި 20 އަހަރުވެފައިވާ މީހުންނަށް ގޯތި ދޫކުރާނީ އެމްއެންޑީއެފްގެ ޑޮކްޔާޑަކާއި ބަނދަރެއް ހެދުމުގެ މަސަކަތް ހިނގަމުން އަންނަ އުތުރު ތިލަފަޅުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. ސަރުކާރުން މިހާރު މާލޭގެ ރައްޔިތުންނަށް ދެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަން ދިނުމަށް ހުޅުވާލާފައިވާ ކަނ...
މުޙައްމަދު
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު ކަމުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާ އެކު އެ ޕާޓީގެ ގިނަ މެމްބަރުންތަކެއް، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް މިރޭ ތާއީދުކު ރައްވައިފި އެވެ. އެ ބޭފުޅުން ޕީޕީއެމާއި ގުޅިވަޑައިގެންފައި ވަނީ މިރޭ މާފަންނު، ގިރާވަރު ސަރަހައްދުގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައެވެ. ކުރީގެ އެކި ސަރުކާރުތަކުގައި އިސް މަގާމުތަކެއް ފުރުއްވި ޖިހާދު ވަނީ ޕީޕީއެމަށް ސޮއިކުރައްވައި އޭނާގެ […]
އަލީ އާދިލް
ދަ ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ ރަނިންމޭޓް ހުސެއިން އަމްރު ވާދަކުރެއްވުމަށް ނިންމަވައިފިއެވެ. ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލް ބައްދަލުވުމަށް ފަހު، އަމްރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބު އިއުލާނު ކުރުމުން ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް އާއި ވަގުތީ ޗެއާޕާސަން ވެސް ވަނީ އެ...
މުޙައްމަދު
އުރީދޫ ކްލަބް ޕްރިމިއާ މެމްބަރަކަށް ވެގެން ފަހުގެ އައިފޯނެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތުގެ ދަށުން އުރީދޫ މޯލްޑިވްސް އިން ހަދިޔާ ކުރަން ނިންމާފައިވަނީ އައިފޯން 15 ޕްރޯ މެކްސް ފޯނެކެވެ. އުރީދޫ ކްލަބް ޕްރިމިއާ މެމްބަރަކަށް ވާން ބޭނުންވާ ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް ޕްލޭން 1000 އަދި އެއަށްވުރެ ބޮޑުކުރުމުން މެމްބަރަކަށް ވެވޭނެއެވެ. މިއާއެކު އުރީދޫގެ ހާއްސަ ފައިދާތައް އެ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި އޮފާ އުރީދޫއިން ހުޅުވާލާފައިވަނީ 30 ނޮވެމްބަރުގެ ނިޔަލަށެވެ. މި އޮފާގައި...
އަޙްމަދު ވަހީދު
ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވީ މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ޖަރުމަނު ވިލާތުން ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން ސެޕްޓެންބަރު 16 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނިފައިވާ ކަމަށާއި ފ...
މުޙައްމަދު އަފްރާޙް
ރާއްޖޭގައި އޮންނަން ފެންނަ ނިޒާމާ ގުޅޭގޮތުން ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރައްވާފައި ވަނީ އަންނަ މަހުގެ 29 ގައި ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުއާދު ވިދާޅުވީ މަޖިލީހުން ހުށައެޅި ގަރާރުގައި އޮކްޓޫބަރު 30ގެ ކުރިން ނިޒާމީ ވޯޓެއް ނެގަން ބަޔާން ކުރާ އިރު، އީސީގެ މެމްބަރުންގެ ވިސްނުމުގައި ހުރީ އޮކްޓޯބަރު 29 ގައި ވޯޓު […]
މުޙައްމަދު
ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ކުރިއަށް ގެންދިޔުމަށް ދެފަރާތުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެ އެކަމަށްޓަކައި އަތޮޅު ކައުންސިލުގައި ބޭއްވި ބައްދަލުވުމުގައެވެ. މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރީ، އެ ކުލަބުގެ ފަރާތުން މުބާރާތަށް ކަނޑައަޅާފައިވާ އިންޗާޖް މުހައްމަދު ސައީދުއެވެ. އަތޮޅު ކައުންސިލުގެ ފަރާތުން މ...
އިބްރާހިމް ޚަލީލް
ހުޅުމާލެގައި “އާބަން ގްލައިޑް” ގެ ނަމުގައި އީސްކޫޓާ ތައާރަފްކޮށްފިއެވެ. އާބަންކޯއިން ތައާރަފު ކޮށްފައިވާ މި ހިދުމަތް އަންނަ އާދިއްތަ ދުވަހުންފެށިގެން އާންމުނަށް ހުޅުވާލާނެއެވެ. މިއީ ތިމާވެއްޓާ ރައްޓެހި މާހައުލެއް ބިނާކޮށް މީހުން ޝައުގުވެރި ކުރުވަނިވި ކަމެއް ކުރުމުގެ ބޭނުމުގައި ތައާރަފުކޮށްފައިވާ ހިދުމަތެކެވެ. އީ ސްކޫޓަރު ލިބެން ހުންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަދާފައިވާ އާބަން ގްލައިޑް ސެންޓަރުންނެވެ. އެތަނުގައި ވަނީ ހަތަރު އީސްކޫޓަރު ބަހައްޓާފައެވެ. މިސްކޫޓަރުތައް ދުއްވަން ބޭނުންނާ ފަރާތް...
އަޙްމަދު ވަހީދު
އިންޑިއާއާ ގުޅުވައި ހަގީގަތާ ހިލާފު ދޮގު ވާހަކަ ފަތުރައި އެ ގައުމާއި ރައްޔިތުންނާ މެދުގައި ނަފްރަތު އުފައްދަން ކުރާ މަސައްކަތް ބެލުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިރޭ ގޮވާލައިފިއެވެ. ރާއްޖެއާ އެންމެ ގާތް ގުޅުމެއް އުފެދިފައި އޮތް އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަންގެ އޮފިޝަލުންނާއި ރާއްޖޭގައި ސުލްހަވެރިކަމާއެކު ދިރިއުޅެމުންދާ އިންޑިއާގެ ބިދޭސީންނަށް ފުރައްސާރަ ކުރުމާއި ބިރު ދެއްކުމުގެ މަގްސަދުގައި ދޮގު ރިޕޯޓުތައް ފެތުރުމުގެ ކެމްޕެއިނެއް ހިންގަމުން ގެންދ...
މުޙައްމަދު
މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ފަސް އަހަރު ދުވަހުގެ ތެރޭގައި ހދ. ކުޅުދުއްފުށީގައި 2،000 ހައުސިން ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުޅުދުއްފުއްޓަށް ސިޓީއެއ...
މުޙައްމަދު
ސިންގަޕޫރަށް ބޭސްފަރުވާއަށް ވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިރޭ ރާއްޖެ ވަޑައިގެންފިއެވެ. ޑޮކްޓަރުންގެ ލަފައާ އެކު އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުއްދައާއެކު އަދީބު ބޭސްފަރުވާ އަށް ވަޑައިގެންނެވީ މިދިޔަ ޖުލައި 12 ގައެވެ. ރާއްޖެ އިން ބޭރުގައި ހުންނެވުމުގެ ހުއްދަ އެންމެ ފުރަތަމަ އަދީބަށް ދިނީ 10 ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުން ދިން މުއްދަތު ވެސް ހަމަވެ ފަހުން ވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް އިތުރު ކޮށްދީފައެވެ. […]
މުޙައްމަދު
ސިޔާސީ ގޮތުން ނިންމަވާ ނިންމެވުން މާދަމާ ހާމަކުރައްވާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. އަލީ ވަހީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދިވެހިން އެންމެ ކަންބޮޑުވީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމާ ގުޅޭ ގޮތުން ކަމަށެވެ. އަދި ރައްޔިތުންގެ ގިނަ ބައެއްގެ ކަންބޮޑުވުމަކީ ވެސް އެއީ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. “ކަމުގެ ހަގީގަތް ޓައިމްލައިނާ އެކު ބަލައިފިން. އިރާދަފުޅުން މާދަމާ އަޅުގަނޑު ނިންމާ ނިންމުން ހާމަކުރާނަން،” އަލީ […]
މުޙައްމަދު
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިލިމާލޭގެ ގޭގެއަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ. މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ރައީސްގެ އެންމެ ބޮޑު އަމާޒަކަށްވެފައި އޮތީ މާލެ ސަރަހައްދެވެ. ފުރަތަމަ ބުރުގައި އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގެންނެވި ނަމަވެސް ދެވަނަ ބުރުގައި އަދި ރަށްތަކަކަށް ވަޑައިގަންނަވަން ނުފައްޓަވައެވެ. އެކަމަކު، އެމަނިކުފާނު އެންމެ ފަހުން ވިދާޅުވެފައި ވަނީ ކެމްޕެއިންގެ ފަހު ދުވަސްތަކުގައ...
މުޙައްމަދު
އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކޮށް، ހދ. އަތޮޅު ކައުންސިލް ރައީސް، މުޙައްމަދު ސިރާޖު އިދިކޮޅު ކޯލިޝަންގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކޮށްފި އެވެ. ޝިޔާންޓޭ ޕީޕީއެމަށް ސޮއިކޮށް ފޯމު ހަވާލު ކުރީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޢިއްޒު ރޭ ހދ އަތޮޅުގެ ވެރިރަށް ކުޅުދުއްފުށި ސިޓީގައި ބޭއްވެވި ކެމްޕޭން ޖަލްސާގައެވެ. މި ފޯމާއި އިދިކޮޅު ކޯލިޝަންގެ ފަރާތުން ހަވާލުވެލެއްވީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުޢިއްޒާއި ޕީއެންސީގެ ރައީސް އަބުދުއްރަޙީމް […]
އަލީ އާދިލް
ގޭގައި ދިރިއުޅުން ބައްޓަން ނުކުރެވޭ ނުވަތަ އަޅާލުން ނުލިބޭ އަދި އަޅާލުން ހޯދަން އުނދަގޫ އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ރަނގަޅު ފެންވަރެއްގެ “އޯލްޑް އޭޖް ހޯމް” އެއް ޤާއިމް ކޮށްދެއްވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ “އާސްކް މުޢިއްޒު” ޕްރޮގްރާމްގައި ބައިވެރިވި އިސްރަށްވެއްސެއްގެ ޝަކުވާއަށް ޖަވާބު ދެއްވަމުންނެވެ. ސުވާލުކުރި އިސްރައްވެއްސަކު ސުވާލުކުރީ ބޭނުންވަނީ އުމުރުން ދުވަސްވެފަތިބޭ މީހުނާ ރައްޓެހިކޮށް ގާ...
އަލީ އާދިލް