މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,460 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 934 ވަނަ ޞަފްޙާ

މާލޭ މީހުންނަށް ގޯތި ދޭން ހުޅުމާލެ ފަޅު ހިއްކަން ފަށައިފި

މާލޭ މީހުންނަށް ގޯތި ދޭން ހުޅުމާލެ ފަޅު ހިއްކަން ފަށައިފި

ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކަން މިއަދު ފަށައިފިއެވެ. އާބަންކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ދަށުން އެތަނަށް 63 ހެކްޓަރުގެ ބިން އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހުޅުމާލެ އިން ހިއްކަނީ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާ ގުޅުވާލާ ބްރިޖުގެ ހުޅަނގު އުތުރުކޮޅުގައި އޮންނަ ފަޅެވެ. އެ ފަޅު ހިއްކުމާއެކު، ފަރުކޮޅުފުއްޓާ ގުޅިގެންދާނެއެވެ. ހުޅުމާލޭގެ ކަންކަން ބަލަހައްޓަމުން އަންނަ އާބަންކޯ އިން ބުނީ މި މަޝްރޫއާ އެކީގައި މާލޭގެ […]

މުޙައްމަދު
ގޮއިދޫ ފަޅުގައި ރިސޯޓެއް ހަދައިދިނުމަށް މުއިއްޒުގެ ވައުދުވެވަޑައިގެންފި

ގޮއިދޫ ފަޅުގައި ރިސޯޓެއް ހަދައިދިނުމަށް މުއިއްޒުގެ ވައުދުވެވަޑައިގެންފި

ބ. ގޮއިދޫ ފަޅުގައި ރިސޯޓެއް ހައްދަަވައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ. ކެމްޕެއިން ދަތުރުގައި އެރަށަށް ވަޑައިގެން ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ގޮއިދޫ ކޯރުގަނޑު ސަރަހައްދުގައި އިކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަށް ވެސް ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން އެކަމުގެ ނަފާ ރައްޔިތުންނަަށް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށާއި ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ކުރަން ޖެހޭ ހުރިހައި ކަމެއް ފަހި ކޮށްދީ، ސީޕްލޭން ޖ...

މުޙައްމަދު އަފްރާޙް
ވެރިކަން ކުރާނީ އެއްވެސް ރައްޔިތެއް ތަފާތުނުކޮށް: މުޢިއްޒު

ވެރިކަން ކުރާނީ އެއްވެސް ރައްޔިތެއް ތަފާތުނުކޮށް: މުޢިއްޒު

ވެރިކަމަށް ވަޑައިގަންނަވަނީ ހުރިހާ ރައްޔިތުންނަށް ހަމަމަކަމާއިއެކު ވެރިކަން ކޮށްދެއްވުމަށް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރިޔާސީ ކެމްޕޭންގައި މިއަދު މެންދުރުފަހު ހިތާދޫ އަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕޭން ބައްދަލުވުމުގައި މުޢިއްޒު ވަނީ، އެރަށު ކައުންސިލްގެ ރައީސް އިސްވެ ހުންނަވާ އެމަނިކުފާނަށް ތާއީދުކުރައްވަން ނިންމެވުމާއި ގުޅިގެން ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާ ކަމަށް ވިދާޅުވެފައެވެ. “އަޅުގަނޑުމެން ވެރިކަމަށް އަންނަނީ ހުރިހާ ރައްޔިތު...

ޔުމްނާ ޢަލީ
އޮޑެގާޑް ކޮންޓްރެކްޓް އައުކޮށްފި

އޮޑެގާޑް ކޮންޓްރެކްޓް އައުކޮށްފި

އާސެނަލްއަށް ކުޅެމުން އަންނަ ނޯވޭގެ މިޑްފީލްޑަރ މާޓިން އޮޑެގާޑް، އާސެނަލްއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އައުކޮށްފިއެވެ. އުމުރުން 24 އަހަރުގެ އޮޑެގާޑް ވަނީ އިތުރު ފަސް އަހަރު އެ ޓީމްގައި މަޑުކުރަން ނިންމާ ކޮންޓްރެކްޓް އައުކޮށްފައެވެ. އައު ކޮންޓްރެކްޓްގެ ދަށުން 2027-28 ވަނަ ސީޒަންގެ ނިޔަލަށް އޭނާ އާސެނަލްގައި މަޑުކުރާނެއެވެ. އޮޑެގާޑަކީ 2021 ވަނަ އަހަރި ޖަނަވަރީ މަހު ލޯން އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ރެއާލް މެޑްރިޑުން އާސެނަލްއާއި ގުޅުނު ކުޅުންތެރިއެކެވެ. ނަމަވެސް އާސެނަލުން ވަނީ އެ އަހަރުގ...

އިބްރާހިމް ޚަލީލް
''ރިޝްވަތު ޙަރާމް، ރިޝްވަތު ދޭ މީހާ އާއި ހިފާ މީހާއަށް މާތްﷲ ލަޢުނަތްލެއްވި''

''ރިޝްވަތު ޙަރާމް، ރިޝްވަތު ދޭ މީހާ އާއި ހިފާ މީހާއަށް މާތްﷲ ލަޢުނަތްލެއްވި''

ރިޝްވަތު ދޭ މީހާ އާއި ރިޝްވަތު ހިފާ މީހާއަށް މާތްﷲ ވަނީ ލަޢުނަތްލައްވާފައިކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ޚުތުބާގެ މަޢުލޫއަކީ ”ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމުގެ ނުބައިކަން” މިއެވެ. މިއަދުގެ ޚުތުބާގައި ހަނދާންކޮށްދީފައިވާގޮތުގައި، މުޅި ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން އެންމެ ފިލުވާލަން އުނދަގޫ އެއް ވަބާ އަކީ ރިޝްވަތުގެ ވަބާއެވެ. ބައެއް މުޖުތަމައުތަކުގައި ރިޝްވަަަތުގެ ވަބާ ވަރަށް ބޮޑަށް ޢާންމުވެފައިވާއިރު، ބައެއް މުޖުތަމައުތަކުގައި ރި...

ޔުމްނާ ޢަލީ
ކޮންމެ އަތޮޅެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔެވޭނެ ގޮތް ހަދައިދޭނަން: މުޢިއްޒު

ކޮންމެ އަތޮޅެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔެވޭނެ ގޮތް ހަދައިދޭނަން: މުޢިއްޒު

ކޮންމެ އަތޮޅެއްގައި މައި އެއް ސްކޫލްގައި މާލޭއާ އެއް ފެންވަރަށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔެވޭނެ ގޮތް ހަދައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި އިއްޔެ ބ. ކެންދޫގައި ބޭއްވި ކެމްޕޭން ހަރަކާތުގައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާ ޢާއިލާތަކަށް ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޚާއްސަ ވަޒީފާތަކެއް ހަމަޖައްސައި ދެއްވި ކަމަށެވެ....

ޔުމްނާ ޢަލީ
ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރިޔަސް ބިލް ބޮޑުނުވާނެ ގޮތަށް ފްލެޓް ރޭޓެއް ހަދަނީ

ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރިޔަސް ބިލް ބޮޑުނުވާނެ ގޮތަށް ފްލެޓް ރޭޓެއް ހަދަނީ

ކަރަންޓް ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ބިލް ބޮޑުނުވާނެ ގޮތަކަށް ފްލެޓް ރޭޓެއް ކަނޑައަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ނިންމަވައިފިއެވެ. ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިންގައި ހުވަދޫ އެމްޑީޕީ ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ގޭގެއަށް ވަޑައިގަތުމުން އަންނަ އެއް ޝަކުވާއަކީ ލިބޭ އާމްދަނީން ކުއްޔާއި ކަރަންޓު ބިލްތައް ދައްކާފައި ކެއުމުގެ ކަންކަން ހަމަނުޖެހޭ ވާހަކަ ކަމަށެވެ. އަދި ކަރަންޓު ބިލް ދެއްކުމުގައި ލުޔެއް...

މުޙައްމަދު
ގާސިމްގެ ސްޕެޝަލް އެންވޯއީ އަކަށް ހުންނެވި އިލްހާމް އެމްޑީޕީއަށް

ގާސިމްގެ ސްޕެޝަލް އެންވޯއީ އަކަށް ހުންނެވި އިލްހާމް އެމްޑީޕީއަށް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީގެ މަގާމުގައި ހުންނެވި އިލްހާމް އަހުމަދު ރޭ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކޮށްފިއެވެ. އިލްހާމް އެމްޑީޕީއަށް ސޮއި ކުރެއްވީ ރޭ މާވެޔޮ މަގުގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހުވަދޫ ކެންޕޭނު ޖަލްސާގައެވެ. އިލްހާމް އެމްޑީޕީ އަށް ސޮއިކުރެއްވި ފޯމު އަރުވާފައި ވަނީ ރައީސް ޞާލިޙްގެ އަތްޕުޅަށެވެ. އެމްޑީޕީ އަށް ސޮއިކުރެއްވުމުގެ ކުރިން […]

ޔުމްނާ ޢަލީ
ފަހުގެ އައިފޯނުތައް އުރީދޫއިން ޕްރީ އޯޑަރަށް

ފަހުގެ އައިފޯނުތައް އުރީދޫއިން ޕްރީ އޯޑަރަށް

ފަހުގެ އައިފޯނުތައް އުރީދޫ މޯލްޑިވްސް އިން ޕްރީ އޯޑަރަށަ ހުޅުވައިފިއެވެ. އެ ކުންފުނިން މި ފުރުސަތު ހުޅުވާލީ ރޭ ދަންވަރު 12:01 އިން ފެށިގެންނެވެ. އެގޮތުން އެޕަލް އިން ނެރެފަވާ އައިފޯން 15، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އުރީދޫ މޯލްޑިވްސް އިން މޫލީ މެދުވެރިކޮށް ޕްރީ އޯޑާ ކުރެވޭނެއެވެ. އައިފޯން 15 އަދި އައިފޯން 15 ޕްލަސް ފަރުމާކުރެވިފައިވަނީ އޭ16 ބަޔޮނިކް ޗިޕް އަދި ޔޫއެސްބީ-ސީ ޗާޖިންގް ޕޯޓް ހިމެނޭހެންނެވެ. […]

އަޙްމަދު ވަހީދު
ޔޫރޮޕާ ލީގް: ފަހަތުން އަރައި ލިވަޕޫލުން ލަސްކް ލިންޒް ބަލިކޮށްފި

ޔޫރޮޕާ ލީގް: ފަހަތުން އަރައި ލިވަޕޫލުން ލަސްކް ލިންޒް ބަލިކޮށްފި

ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް އީގައި ރޭ ލިވަޕޫލާއި އޮސްޓްރިއާގެ ލަސްކް ލިންޒް ބައްދަލުކުރި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ލަސްކް ލިންޒް އިންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި އެ ޓީމްގެ މިޑްފީލްޑަރ ފްލޯރިއަން ފްލެކާ، ލިވަޕޫލުގެ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާ ގޯލުގެ ދުރުކަނަށް […]

އިބްރާހިމް ޚަލީލް
ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް 7،000ރ. ގެ އިނާޔަތެއް ދޭން ރައީސް ނިންމަވައިފި

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް 7،000ރ. ގެ އިނާޔަތެއް ދޭން ރައީސް ނިންމަވައިފި

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް 7000ރ. ގެ އެލަވަންސެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ނިންމަވައިފިއެވެ. މާލޭގައި ހުންނަ އެމްޑީޕީ ހުވަދޫ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހިލޭ ޑިގްރީ އާއި ސްކޮލަޝިޕްތަކާއި ރަށްރަށުގެ ސްކޫލްތަކުގެ އުމްރާނީ ތަރައްގީ އާއި ރަނގަޅު ޓީޗަރުންނާއި ޕްރިންސިޕަލުން ހޯދުމަށްޓަކައި ވަރަށް ގިނަ މަސައް...

މުޙައްމަދު
އުންމީދު އާ ކުރަމުން، އުމަރު ނިންމީ ވަކިއަތަކަށް ނުޖެހެން

އުންމީދު އާ ކުރަމުން، އުމަރު ނިންމީ ވަކިއަތަކަށް ނުޖެހެން

ދިވެހި ރާއްޖެ އާ މިސްރާބަކަށް ގެންގޮސްދޭނެ ކަމުގެ އުންމީދު އާކޮށް، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން އުމަރު ނަސީރު ނިންމަވައިފިއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނިންމަފައިވާ ގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އޭނާގެ ޓީމުގެ މިސްރާބަކީ ތަފާތުކަމަށާއި، ރާއްޖޭގައި ސިޔާސީ އާ ފިކުރެއް އުފައްދާފައިވާ ކަމަށެވެ. އަދި ސިޔާސީ މަސައްކަތް ހުއްޓާނުލާ، އާ މިސްރަބަކާށް ގެންގޮސް މުޅި ގައުމު ބަދަލު ކުރައްވަނެ ކަމަށް އުމަރު ވިދާޅުވިއެވެ. “އިރާދަކ...

އިސްމާއިލް މޫސާ
65 އަހަރު ވުމުން ދޭ އެލަވެންސް 7،000ރ.އަށް ބޮޑުކޮށްފި

65 އަހަރު ވުމުން ދޭ އެލަވެންސް 7،000ރ.އަށް ބޮޑުކޮށްފި

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ސަރުކާރުން ދޭ ބޭސިކް ޕެންޝަން 5،000ރ. އިން 7،000ރ.އަށް ބޮޑުކުރަން ނިންމަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އެކަން އިއުލާނުކުރައްވައިފި އެވެ. މި އެލަވަންސަށް ބަދަލު ގެންވާނެ ކަމަށް އިޢުލާންކުރެއްވީ، މިރޭ މާވެޔޮ މަގުގައި ހުންނަ ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން ނެވެ. ރައީސް ވިދާޅުވީ، މި ވޭތުވެދިޔަ 5 އަހަަރު ވެސް މިހާރުވެސް ގެންދަވަނީ ރާއްޖެއަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރައްވަމަށް ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އުޅުއްވި […]

އަލީ އާދިލް
މުސާރައަށް ހެޔޮބަދަލުތަކެއް ގެނެސްދޭނީ، 5 އަހަރަށް ބަހާލައިގެން: ޑރ. މުޢިއްޒު

މުސާރައަށް ހެޔޮބަދަލުތަކެއް ގެނެސްދޭނީ، 5 އަހަރަށް ބަހާލައިގެން: ޑރ. މުޢިއްޒު

ވެރިކަމަށް އިންތިޚާބުވެވަޑައިގެންފިނަމަ 5 އަހަރަށް ބަހާލައިގެން މިނިވަން މުއައްސަސާ ތަކާއި، ސަރުކާރުގެ މުވައްޒުން އަދި ހުރިހާ ފަރާތްތަކެއްގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ. ފުލުހުންނާ ސިފައިންގެ މުސާރަ ދެގުނަ ކުރާނެ ވާހަކަ ޑރ. މުޢިއްޒު ވިދާޅުވެފައިވުމުން “އާސްކް މުޢިއްޒު” ޕްރޮގްރާމްގައި އާންމުންގެ މީހަކު ވަނީ އެ ދެ މުއައްސަސާގެ މުސާރަ ދެގުނަ ކުރާނެ ވާހަކަ ޑރ. މުޢިއްޒު ވިދާޅުވި އިރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު...

އަލީ އާދިލް
ބީއެމްއެލުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފި

ބީއެމްއެލުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފިއެވެ. މި ކޭމްޕް، އެ ބޭންކުން ބާއްވާފައިވަނީ މޯލްޑިވްސް ބްލަޑް ސާވިސަސްއާ ގުޅިގެންނެވެ. މި ކޭމްޕުގައި 46 މުވައްޒަފަކު ލޭ ހަދިޔާކުރިއެވެ. ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމު ބޭނުމުގައި ބީއެމްއެލްއިން ދަނީ ކޮންމެ ތިން މަހަކުން އެއް ފަހަރު ލޭ ހަދިޔާކުރުމަށް ކޭމްޕުތައް ބާއްވަމުންނެވެ. މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި މި ކޭމްޕުން […]

އަޙްމަދު ވަހީދު
މާއްޓޭ އިންޓަ ސްކޫލް ޖޫނިއަ ފުޓްބޯޅަ ފިއެސްޓާ ކާމިޔާބު ކަމާއިއެކު ނިންމާލައިފި

މާއްޓޭ އިންޓަ ސްކޫލް ޖޫނިއަ ފުޓްބޯޅަ ފިއެސްޓާ ކާމިޔާބު ކަމާއިއެކު ނިންމާލައިފި

މާއްޓޭ ސްޕޯޓްސް އެކަޑަމީއާއި ހިރަފުސް ސްޕޯޓްސް ކުލަބް ގުޅިގެން ކުރިއަށް ގެންދިޔަ “އިންޓަ ސްކޫލް ޖޫނިއާ ފުޓްބޯޅަ ފިއެސްޓާ 2023” ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. ކުޅުދުއްފުށީ ފުޓްސަލް އެރީނާގައި މިމަހު 15 ވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ފިއެސްޓާގައި ކުޅުދުއްފުށީ ސިޓީގެ ތިން ސްކޫލް ކަމަށްވާ އަފީފުއްދީން ސްކޫލާއި، ޖަލާލުއްދީން ސްކޫލުގެ އިތުރުން ހދ.އޭއީސީގެ ކީސްޓޭޖް 1، 2 އިން ކޮންމެ ކީ ސްޓޭޖަކުން ދެ ޓީމް ވަނީ ބައިވެރިވެފައެވެ. […]

އިބްރާހިމް ޚަލީލް
ވަރިވާން ދިޔަ މީހަކަށް ގުޅި ކުޅުދުއްފުށީ މެޖިސްޓްރޭޓް އެހެން މައްސަލައެއްގައި ސަސްޕެންޑްކޮށްފި

ވަރިވާން ދިޔަ މީހަކަށް ގުޅި ކުޅުދުއްފުށީ މެޖިސްޓްރޭޓް އެހެން މައްސަލައެއްގައި ސަސްޕެންޑްކޮށްފި

ވަރިވާން ދިޔަ އަންހެނަކަށް ގުޅި ކަމަށް މައްސަލާގައި މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައިވާ ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް އެހެން މައްސަލައެއްގައި ސަސްޕެންޑްކޮށްފި އެވެ. އިސް މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ފޮނުވާފައި އޮތީ ވަރިވާން ދިޔަ އަންހެނަކަށް ގުޅައި މެސެޖްކުރި މައްސަލައެއްގަ އެވެ.  ޖޭއެސްސީން ބުނީ ކުރީގެ މައްސަލާގައި އޭނާ ސަސްޕެންޑްކުރި މުއްދަތު ނިމުމަކަށް އައި ނަމަވެސް އެ ކޮމިޝަނުން ބަލަމުންދާ އެހެން މައްސަލައަ...

ޔުމްނާ ޢަލީ
އަނިޔާ އިއާދަވިޔަ ނުދޭން ކަމަށް ވިދާޅުވެ އިލްހާމްގެ ތާއީދު ރައީސަށް

އަނިޔާ އިއާދަވިޔަ ނުދޭން ކަމަށް ވިދާޅުވެ އިލްހާމްގެ ތާއީދު ރައީސަށް

އިދިކޮޅު ޕީޕީއެމްގެ ތެރޭގައި އޮތީ އަނިޔާވެރިކަމާއި ބަދަލު ހިފުމުގެ ރޫހެއް ކަމަށް ވިދާޅުވެ، އަނިޔާވެރިކަން އިއާދަވިޔަ ނުދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު މިއަދު ނިންމަވައިފިއެވެ. ރައީސް ސޯލިހްއާ އެކީގައި ހުންނެވި ފޮޓޯއަކާ އެކީގައި އިލްހާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމު މިއަދު މިއޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލު ހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ އަދި […...

މުޙައްމަދު