އިނގިރޭސި ލީގް ކަޕް (ކަރަބޯ ކަޕް) ހަތަރުވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ވާދަކުރަން ޖެހިއްޖެއެވެ. މިދިޔަ ސީޒަންގައި ލީގު ކަޕް ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިން ފައިނަލުގައި ނިއުކާސަލް ބަލިކޮށްގެންނެވެ. ވުމާއިއެކު މިއީ ބަދަލުފިހައި މުބާރާތުން ޔުނައިޓެޑް ކަޓުވާލަން ނިއުކާސަލަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. ނިއުކާސަލް ހަތަރުވަނަ ބުރަށް ކޮލިފައި ވެފައިވަނީ ވަރުގަދަ މެންޗެސްޓާ ސިޓީ ތިންވަނަ ބުރުގައި ކަޓުވާލުމަށް ފަހުއެވެ. ޔުނައިޓެޑުން ހަތަރުވަނަ ބުރުގައި އ...
އިބްރާހިމް ޚަލީލް
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރަނިންމޭޓު މާޒް ސަލީމް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކޮށް ކެމްޕެއިނާ ގުޅިވަޑައިގެންފިއެވެ. މި މަހުގެ 9 ވަނަ ދުވަހު، ބޭއްވި ރިޔާސީ އިންތިހާބުގައި ހަތަރު ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައި ވަނީ އުމަރު ނަސީރެވެ. އޭނާ އަށް 6،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އިރު، ދެން އިންތިހާބުގައި […]
މުޙައްމަދު
ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ވެރިކަމުގައި ހުންނަވާނެ ބޭފުޅެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މި ސެޕްޓެމްބަރު މަހުގެ 30 ވާ ހޮނިހިރު ދުވަހު ބާއްވާއިރު، މި ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވެސް ގެންދަވަނީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ތަފާތު އެކި ފޯމިއުލާތައް ބޭނުން ކުރައްވައިގެން ކެމްޕެއިން ކުރައްވަމުންނެވެ. ދެވަނަ ބުރުގައި ވާދަކުރައްވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެންމެ މަތީން ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުން […]
މުޙައްމަދު އަފްރާޙް
ކޮލަމްބޯއަށް ދަތުރު ކުރާ އުރީދޫ ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަ އޮފާއެއް އުރީދޫ މޯލްޑިވްސް އިން ތައާރަފު ކޮށްފިއެވެ. އެ ކުންފުނިން މި އޮފާ ތަައާރަފު ކޮށްފައިވަނީ ފިޓްސްއެއާ އާ ގުޅޮގިގެންނެވެ. އެގޮތުން މިގާރު އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ފިޓްސް އެއާއިން ކޮލަމްބޯއަށް ދެކޮޅު ޓިކެޓް 204 ޑޮލަރަށް ލިބޭނެއެވެ. މި ފެއާގައި ޓިކެޓް ނެގުމަށް އުރީދޫ އެޕް މެދުވެރިކޮށް ކްލަބް ޕްރިމިއާ ކާޑު ދެއްކުމުން ޓިކެޓް ލިބޭނެއެވެ. މިއީ ޗުއްޓީ ހޭދަކުރަން ކޮލަމްބޯއަށް ދާ […]
އަޙްމަދު ވަހީދު
ކައިވެނިކޮށްގެން އުޅުނުއިރު ފިރިމީހާއަށް އަނބިމީހާ ދިން ފައިސާ އާއި އެ ފައިސާ ހޯދަން އަންހެން މީހާ ކުރަންޖެހުނު ގާނޫނީ ހަރަދު އަނބުރާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ޏ. ފުވައްމުލަކު އަންހެނަކު ގދ. ތިނަދޫ ފިރިހެނަކާ 2016 ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނި ކޮށްގެން އުޅުނުއިރު ގިނަ އަދަދެއްގެ ފައިސާ ދިނުމުގެ އިތުރުން އޭނާ ބުނެގެން ލޯނެއް ވެސް ނަގައިދިނެވެ. ކައިވެނި ރޫޅުމަށްފަހު އެ ފައިސާ އަނބުރާ ނުދޭތީ އަންހެން […]
ހުސައިން ހަބީބް
“އިންޑިއާ ފަސްޓް ޕޮލިސީ” ބަހަކީ ރައީސް ޔާމީން އުފެއްދެވި ބަހެއް ކަމުގައި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސާލިހުގެ ކެމްޕެއިން ދަތުރުފުޅުގައި ގދ. ތިނަދޫ ސިޓީއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޝާހިދު ވިދާޅުވި “އިންޑިއާ ފަސްޓް ޕޮލިސީ” ބަސް އުފެއްދެވީ އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށާއި އެ ވާހަކަތައް ދަ...
މުޙައްމަދު އަފްރާޙް
މިއަހަރުގެ އޮކްޓޯބަރު 1 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ ސެޕްޓެންބަރު މަހުގެ 30 ވާ ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިހާބާއި ގުޅޭ އެކިއެކި މަސައްކަތްތަކުގައި ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ހަރަކާތްތެރިވާނެތީ ކަމަށެވެ. މީގެ އިތުރުން އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް އިލެކްޝަން ކޮމިޝ...
މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީ ސިޓީގައި އާރުޓީއެލް ބަހުގެ ޚިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ދޭން ފަށައިފިއެވެ.
ރޭ ބޭއްވި ހަފްލާއެއްގައި އެ ސިޓީގައި ބަހުގެ ޚިދުމަތް ފަށްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. އެމްޓީސީސީން ބުނި ގޮތުގައި އާރުޓީއެލްގެ އެހެން ޙިދުމަތާ އެެއްގޮތަށް މި ހިދުމަތް ކުޅުދުއްފުށި ސިޓީގައި ފަށައިގަންނާނީ ޓްރަޔަލް ދަތުރުތަކުންނެވެ. މި ދަތުރުތައް އެއް ހަފުތާގެ މުއްދަތަކަށް ކުރާނީ ހިލެއެވެ. ޓްރަ...
އަޙްމަދު ވަހީދު
އިނގިރޭސި ލީގް ކަޕް ތިންވަނަ ބުރުގައި ރޭ ލިވަޕޫލާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުން ލިވަޕޫލް ޖާގަ ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއިންނެވެ. ރޭ އެންފީލްޑްގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓުގައި ލެސްޓާއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ޔޫނުސް އަކުން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ކަސެ މެކްއަތީރްއެވެ. ލިވަޕޫލުން ފުރަތަމަ ހާފުގައި […]
އިބްރާހިމް ޚަލީލް
އިނގިރޭސި ލީގް ކަޕްގެ ތިންވަނަ ބުރުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެ މެންޗެސްޓާ ސިޓީ މުބާރާތުން ކަޓައިފިއެވެ. ރޭ ނިއުކާސަލުން ވަނީ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއިން ސިޓީ ބަލިކޮށްފައެވެ. މި މެޗަށް ނިއުކާސަލްއާއި ސިޓީން ވެސް ނުކުމެފައި ވަނީ އާންމުކޮށް ފުރަތަމަ އެގާރާގައި ހިމަނާ ބައެއް ކުޅުންތެރިން ފުރަތަމަ އެގާރާގައި ނުހިމަނައެވެ. މިގޮތުން ސިޓީން ނެރުނު ފުރަތަމަ އެގާރާގައި ހާލަންޑް ވެސް ހިމަނާފައި ނުވެއެވެ. ނިއުކާސަލްއަކީ މިދިޔަ ސީޒަންގެ ލީގް ކަޕްގެ ރަނަރަޕް […]
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ލަސް ޕަލްމާސް ބައްދަލުކުރި މެޗު، ރެއާލުން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މިދިޔަ ހަފްތާ ބަންދުގައި ރެއާލުން ލީގުގައި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވި މެޗުގައި ބޭނުންކުރި ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެން ރޭ މެޗު ރެއާލުން ފެށިއިރު، ރޭ ވަނީ ސީޒަންގައި ފުރަތަމަ ފަހަރަށް ބްރަހިމް ޑިއާޒްއާއި ފާލަންޑް މެންޑީ ފުރަތަމަ އެގާރާގައި ހިމަނާފައެވެ. […]
އިބްރާހިމް ޚަލީލް
ކުރީގެ އަދަދާއިގުޅޭ، ހެނދުނުގެ ހިތްގައިމު ވަގުތެވެ. ހޮޓެލުން ނިކުމެގެން އައިސް ރަހީލް ކާރަށް އެރުމާއެކު ބާރު ދުވެލީގައި ހޮޓެލްގެ ގޭޓުން ކާރު ނިކުމެއްޖެއެވެ. އެމަންޒަރު ބަލަން ދުރުގައި އޮތް ކާރުގައި އިން ހާރޫން އަވަސް އަވަހަށް ކާރުގެ ތެރެއިން ނިކުމެގެން ގޮސް އެ ހޮޓެލަށް ވަނެވެ. އެއަށްފަހު ރިސެޕްޝަނާ ދިމާލަށް ހިނގައިގަތީ އަވަސް ހިތަކައިގެންނެވެ. ނަމަވެސް އޭނާގެ އަވަސް ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އެއްވެސް ގެސްޓަކު އުޅޭ ކޮޓަރިއެއްގެ ނަންބަރު ރިސެޕްޝަނުން ނުދޭނެކަން ހަނދާން ވުމުންނެވެ. އެއާއިއެކު...
ސަލާމާ ޢަބްދުލް ޢަލީމް
ދެކުނުގެ ތިން ސިޓީ ކަމަށްވާ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ގދ. ތިނަދޫ ސިޓީގެ ދަތުރުފުޅުން ފެނިވަޑައިގަތީ އިންތިހާބުގެ ނަތީޖާއަށް ވަރަށް ބޮޑު ބަދަލެއް އަންނަ ތަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް މިއަދު އައްޑޫ، ފުވައްމުލައް އަދި ތިނަދޫ އަށް ވަޑައިގަތެވެ. ރައީސް ވަނީ އައްޑޫ އާއި ފުވައްމުލަކުގެ ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރައްވައިފައެވެ. އަދި ތިނަދޫން […]
މުޙައްމަދު
އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ޔަގީންކޮށްދޭނެ ކަމަށާއި، ފަސް އަހަރުގެ ދައުރު ނިމޭއިރު އެ ސިޓީގެ ކޮންމެ ރައްޔިތަކަށް ގެދޮރު ޔަގީން ވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރޭ އައްޑޫ ސިޓީ ހިތަދޫގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށާއި، އަމާޒަކީ ފަސް އަހަރުގެ ދައުރު ނިމޭއިރު އެ ސިޓީގެ ކޮންމެ ރައްޔިތަކަށް ވެސް ގެދޮރުގެ ޔަގީންކަ...
އިސްމާއިލް މޫސާ
އައްޑޫ ސިޓީގައި 6000 އެނދު ހާސިލްވާ މިންވަރަށް ޓޫރިޒަމް މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕެއިން ކުރެއްވުމަށް އެ ސިޓީ އަށް ވަޑައިގެން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށް އައްޑޫގެ ރައްޔިތުން އުންމީދު ކުރާ މަންޒަރު ހަގީގަތަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަންދެއްވާފައެވެ. އަދި އެ ސިޓީގެ ރައްޔިތުން އަބަދުވެސް އެދި...
މުޙައްމަދު އަފްރާޙް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޯލިޝަނާ ދުރަށްޖެހި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމި، ނިންމުން ރަނގަޅެއް ނޫންކަން ލަސްތަކެއްނުވެ އެކަން ފެންނިގެންދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ކެމްޕެއިންގައި އައްޑޫ ސިޓީ އަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ އުއްމީދަކީ އެމްޑީއޭ އަށް ހެޔޮ ރަނގަޅު މުސްތަގް ބަލަކަށް ކަމަށާއި އެކަމަކު އެ ޕާޓީގެ އެ ނިންމުވުން އަދި އެއީ ރަނގ...
މުޙައްމަދު އަފްރާޙް
ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ބޭނުންވަނީ ތިން ކަމެއް ކުރަން ކަމަށާއި އެކަންތައް ކުރެވިއްޖެނަމަ، އިންތިހާބު ކާމިޔާބުވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ދެކުނުގެ ތިން އަތޮޅަށް މިއަދު ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި އައްޑޫސިޓީ އަށް ވަޑައިގެން އެޕާޓީގެ މެމްބަރުންނާ ތާއީދުކުރައްވާ ފަރާތްތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ރަނގަޅަށް ނުކުރެވުނު...
މުޙައްމަދު އަފްރާޙް
ސެޕްޓެމްބަރު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕެއިން ކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސާލިހު، ދެކުނުގެ ތިން އަތޮޅަށް ފުރާވަޑައިގެންފިއެވެ. އެގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ އައްޑޫ ސިޓީއަށެވެ. އެ ސިޓީގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށްފަހު، ދެން ވަޑައިގަންނަވާނީ ފުވައްމުލައް ސިޓީއަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިންގެ ތެރެއިން އެމަނިކުފާނު ސިޓީއެއްގެ ދަރަޖަ ދެއްވި...
މުޙައްމަދު އަފްރާޙް