ގދ. ވާދޫ ވޯޓުފޮށި ފަޅާލި މީހާގެ ބަންދަށް 60 ދުވަސް ޖަހައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ވާދޫގައި ބެހެއްޓި ވޯޓު ފޮށްޓެއް ފަޅާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި ކަމަށާއި އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ މީހެއް ކަމަށެވެ. އޭނާގެ ބަންދަށް 60 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާ ރުޅިއައިސްފައިވަނީ އައިޑީކާޑު ނެތުމުގެ ސަބަބުން ވޯޓު ނުލެވިގެން ކަމަށް މައުލޫމާތު ލިބިފައިވާއިރު، އެރަށުގައި ބަހައްޓާފައި ހުރި […]
މުޙައްމަދު އަފްރާޙް
ދައުރުގެ ބާކީ މި އޮތް ދުވަސްތަކުގައިވެސް މެނިފެސްޓޯގެ ނުނިމި ހުރިކަންކަން ނިންމެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ވަޒީތުންގެ މަޖިލީހުގެ މެމްބަރުންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ރައީސް އޮފީހުގައި ކުރިއަަށްދިޔަ މި ބައްދަލުކުރެއްވުމުގައ ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެއްޓީމެއްގެ ގޮތުގައި މި ފަސް އަހަރު މަސައްކަތް ކުރައްވައިފައިވާކަން ފާހަގަކުރައްވައި، ރައީސް ވަ...
މުޙައްމަދު އަފްރާޙް
ޕީޕީއެމް ގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރައްވައިފިއެވެ. އެމަނިކުފާނު ގެއަށް މިއަދު ބަދަލުކުރައްވާފައިވާއިރު، ޔާމީން ގެއަށް ވަޑައިގެންނެވުމަށް ކާރުކޮޅުން ފައިބާ ވަޑައިގެންނެވުމުން އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. ޔާމީން މާލެ ގެންނެވީ ޖަލު ބަންދުން ގޭ ބަންދަށް ބަދަލު ކުރުމަށެވެ. އެމަނިކުފާނު ގެއަށް ބަދަލު ކުރެއްވުމުން އެކަމުގެ އުފަލުގައި ޔާމިނަށް ސަޕޯޓު ކުރަައްވާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ޔާމީންގެ ގެކޮޅު ކައިރިއަށް ޖަމާ...
މުޙައްމަދު އަފްރާޙް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އިންތިޚާބީ ރައީސް ޑރ. މުޢިއްޒު އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. އިއްޔެ އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އައު ދައުރަކަށް ރައީސް ކަމަށް ޑރ. މުޙައްމަދު އިންތިޚާބު ވެފައި ވަނީ ވޯޓުލީ މީހުންގެ 53.78 އިންސައްތަ ވޯޓު ހޯދައިގެންނެވެ. އެއީ، 126،499 ވޯޓެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 46.22 އިންސައްތަ ވޯޓެވެ. އެއީ 108،735 ވޯޓެވެ. ރިޔާސީ އައު ދައުރަކަށް ހުވާކުރުން އޮންނާނީ އަންނަ ނޮވެމްބަރު […]
ޔުމްނާ ޢަލީ
މިދަނޑިވަޅުގައި ނިޒާމީ ވޯޓެއް ނެގުމަކީ ގާނޫން އަސާސީގެ ރޫހާ ހިލާފުކަމެއް ކަމުގައު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މއިަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓުގައި މި އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާފައިވާކަން ފާހަގަ ކުރައްވާ ވިދާޅުވީ ރާއްޖޭގެ ޤާނޫން އަސާސީއާއި ޤާނޫންތަކާއި އެއްގޮތަށް ރިޔ...
މުޙައްމަދު އަފްރާޙް
ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ކުރިއަށް އޮތްދައުރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމް ހޯއްދެވި ޑރ.މުޙައްމަދު މުއިއްޒުއަށް ޗައިނާއިން ވެސް މަރުހަބާ ކިޔައިފިއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޖިންގ ވަނީ އިންތިހާބު ކާމިޔާބުކުރުމާއި ގުޅިގެން މުއިއްޒުއަށް މަރުހަބާ ވިދާޅުވެފައެވެ. ރިޔާސީ އިންތިހާބް ކާމިޔާބު ކުރެއްވުމާއި ގުޅުގެން އެންމެ ފުރަތަމަ މުއިއްޒުއަށް މަރުހަބާ ވިދާޅުވި ބޭފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަ...
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ވުލްވްސް ބައްދަލުކުރި މެޗު ވުލްވްސް ކާމިޔާބުކޮށް، ލީގުގައި ސިޓީ މައްޗަށް ކުރި ހޯދި ފުރަތަމަ ޓީމްގެ ޝަރަފް ވުލްވްސް އިން ހޯދައިފިއެވެ. ރޭ ވުލްވްސް އިން އަމިއްލަ ދަނޑުގައި ވަނި 2-1 ގެ ނަތީޖާއިން ސިޓީ ބަލިކޮށްފައެވެ. ލީގުގައި މިހާތަނަށް ސިޓީން ހަތް މެޗު ކުޅެފައިވާއިރު، އެ ހަތް މެޗުން ހޯދި 18 ޕޮއިންޓާއިއެކު، ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ސިޓީއެވެ. ދެވަނާގައި ހަތް މެޗުން 17 […]
އިބްރާހިމް ޚަލީލް
ރިޔާސީ އިންތިހާބާއި ގުޅިގެން އޮކްޓޯބަރު 2 ވަނަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ. މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސް އޮފީހުން މިއަދު ހެނދުނު ނެރުއްވި ދެންނެވުމެއް ގައެވެ. ރައީސް މިގޮތަށް ނިންމެވީ، ސެޕްޓެންބަރު މަހުގެ 30 ވީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާއި ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ޙަރަކާތްތެރިވި ސަރުކާރުގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަން ޖެހުނު އެންމެހައި މަސައްކަތް...
މުޙައްމަދު އަފްރާޙް
ލިވަޕޫލާއި ރެއާލް މެޑްރިޑާއި ބަޔާން މިއުނިކްގެ މެދުތެރޭ މޮޅަށް ކުޅުނު ސްޕެއިންގެ ކުރީގެ މިޑްފީލްޑަރ ޒަބީ އެލްންސޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބަޔާން ލެވަކޫސެން އިން ޖަރުމަނު ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެވަކޫސެން އިން ވަނީ ރޭ ޖަރުމަނު ލީގުގައި މެއިންޒްގެ މައްޗަށް 3-0 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. ލެވަކޫސެން އިން ލީގުގައި މިހާތަނަށް ހަ މެޗު ކުޅެފައިވާއިރު އެ ޓީމް އަދި […]
އިބްރާހިމް ޚަލީލް
ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ކުރިއަށް އޮތްދައުރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމް ހޯއްދެވި ޑރ.މުޙައްމަދު މުއިއްޒުއަށް އިންޑިއާގެ ބޮޑުވަޒީރު ނަރިންދުރަ މޯދީ މަރުހަބާ ވިދާޅުވެއްޖެއެވެ. މަރުހަބާ ވިދާޅުވެ އެކްސްގައި މޯދީ ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވަނީ އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ވަރުގަދަކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގައި ދެމި އޮންނާނެ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން އިއްޔެ ބާއްވާފަ...
އިބްރާހިމް ޚަލީލް
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ވީ އެންމެއަވަހަކަށް ގެއަށް ބަދަލުކޮށްދެއްވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ނަތީޖާ އާ ގުޅޭގޮތުން މިހާރު ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ އެއީ ރައީސް ސާލިހަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށާއި މިވަގު...
މުޙައްމަދު އަފްރާޙް
ސްޕެނިޝް ލަލީގާގައި މިރޭ ރެއާލް މެޑްރިޑާއި ޖިރޯނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ރެއާލް ޖެހިލައިފިއެވެ. މިރޭ ޖިރޯނާގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މި މެޗު ފަށައިގެން ފުރަތަމަ ފަސްވަރަކަށް މިނެޓް ޖިރޯނާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. އެ ވަގުތުތެރޭ ފުލުފުލުގައި ޖިރޯނާއިން ވަނީ ރެއާލުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ހުސް ދެ ފުރުޞަތު ތަނަވަސްކުރި ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ […]
އިބްރާހިމް ޚަލީލް
ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު މަރުހަބާ ދަންނަވައިފިއެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބުގައި ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެމަނިކުފާނާއެކު މަސައްކަތްކުރެއްވި އެމްޑީޕީއާއި އަދާލަތު ޕާޓީގެ މެންބަރުންނަށް ޝުކުރުދަންނަވާ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނަށް ވޯޓުދެއްވީ ހުރިހައި ރައްޔިތުންނަށް ވެސް ރައީ...
މުޙައްމަދު އަފްރާޙް
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ޕެލަސްއިން ކާމިޔާބު ކޮށްފިއެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި މިރޭ ކުޅުނު މެޗު ޕެލަސް އިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިންނެވެ. މީގެ ތިން ދުވަސް ކުރިން މި ދެ ޓީމް ވަނީ ކަރަބޯ ކަޕް ތިންވަނަ ބުރުގައި ވާދަ ކޮށްފައެވެ. އެ މެޗު ޔުނައިޓެޑުން ވަނީ 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. ނަމަވެސް މިރޭ މެޗުގައި މޮޅު ޑިފެންސިވް ގޭމެއް […]
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރެއް ކަމަށްވާ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ބަޔަކު މިއަދު ހަމަލާދީ ޒަހަމް ކޮށްލާފައިވާތީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެކަން ކުށްވެރިކުރައްވައިފިއެވެ. އެ އިދާރާ އިން ވިދާޅުވީ އެ ދެ މެމްބަރުންނަށް ބަޔަކު ހަމަލާދީ އަދިި މި ދެ ހާދިސާ ހިނގި ތަނުގައި ތިބި އާންމު ރައްޔިތުންނަށް ވެސް އެކިވަރުގެ ހަމަލާ ދީފައިވާކަން އެ ކޮމިޝަނުން […]
މުޙައްމަދު އަފްރާޙް
ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކުގެ ހަރަކާތްތައް އިތުރުވާކަމަށް ފެންނާތީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މާލެއާއި ރާއްޖޭގައި ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކުގެ ހަރަކާތްތައް އިތުރުވެފައިވާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން ސަލާމަތީ ފިޔަވަޅުތައް އަޅައި، އިންތިހާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ އިދާރާ އިން ކުރަންޖެހޭ މަސައްކަތް ކުރަމުން ދާކަމަށެވެ. މީގެ...
މުޙައްމަދު އަފްރާޙް
ގދ. ވާދޫގައި ބެހެއްޓި ވޯޓު ފޮށި ފަޅާލައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގދ. ވާދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލާން ދިޔަ މީހަކު ވޯޓު ފޮށި ފަޅާލި މައްސަލައެއް އެ އިދާރާއަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. މިއަދު ކުރިއަށް ދަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެވެ. މި ބުރުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް، އެމްޑީޕީގެ ކެންޑިޑޭޓް […]
ޔުމްނާ ޢަލީ
ރައްޔިތުން ގޮތެއް ނިންމަވައިފިނަމަ އެގޮތް ބަލައިގަންނަން ޖެހޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގައި ވޯޓުލައްވަން ޖާމަލުއްދީން ސްކޫލަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިންތިހާބެއް ނިމިގެން ދާއިރު ހުރިހާ އެންމެން އެއް ކެންޑިޑޭޓަކަށް ވޯޓެއް ނުލާނެ ކަމަށާއި އާންމުކޮށް އަންނަނީ ކުޑަ ތަފާތެއް ކަމުގައި ވިޔަސް އަބަދު ވެސް އިސްކުރަން ޖެހެނީ ގައުމީ ހަމަޖެހުން ކަމަށެވެ. މީގެ އިތުރުންކުރިއަށް އޮތް 5 އަހަރު ބަލަންވީ މިއަދު ރައްޔިތުން...
މުޙައްމަދު އަފްރާޙް