ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އަށް ހަމަލާދިންކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހައްޔަރުކޮށްފައިވަނީ 4 ދިވެހިން ކަމަށާއި އެއީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުން ތިން ފިރިހެނުން ކަމަށެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 27 އަހަރުގެ މީހާއާއި 24 އަހަރުގެ ދެމީހުންނަށް ވަނީ 60 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު، 24 އަހަރުގެ އެކަކގެ ބަންދަށް 30 […]
މުޙައްމަދު އަފްރާޙް
3 އަހަރު ކުރިން
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަލަށްލާން ކުރި ހުކުމަކަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ. ދ. ބަނޑިދޫ މީހެއްގެ މައްޗަށް އެ ހުކުމް އައީ 2019 ވަނަ އަހަރު އޭނާގެ އަނބިމީހާގެ ދައްތަގެ ދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލައިގަ އެވެ. އޭނާ 15 އަހަރަށް ޖަލަށް ލާން ހުކުމް ހުކުމްކުރީ ކްރިމިނަލް ކޯޓުންނެވެ. އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން މިދިޔަ ބުދަ ދުވަހު ހައި ކޯޓުން ކުރި ހުކުމުގައި ވަނީ […]
އަލީ އާދިލް
3 އަހަރު ކުރިން
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް، ޗައިނާގެ ރައީސް ޝީ ޖިންޕިން މަރުހަބާ ވިދާޅުވެއްޖެއެވެ. ޗައިނާ އިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޭންގް ލިޒިން މެދުވެރިކޮށް “އެކްސް”ގައި ކުރެއްވި ޕޯސްޓުގައި ޝީ ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަނީ ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ. އަދި އިހްލާސްތެރިކަމާ އެކުގައި ދެ ގައުމުން އެއް ގައުމު އަނެއް ގައުމަށް އިތުބާރުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އަދި ތަރައްގީގައި ބައިވެރިވުން އޮންނާނެ ކަމަށް ވިދާޅުވިއެވެ. ޝީގެ މެސެޖްގައި ވިދާޅުވީ [...
މުޙައްމަދު
3 އަހަރު ކުރިން
އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އާ މިއަދު ބައްދަލު ކުރައްވައިފިއެވެ. ނަޝީދުގެ ދައުވަތަކަށް މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ރައްޔިތުންގެ މަޖިލިހުގެ އިދާރާގައެވެ. މި ބައްދަލުވުމުގައި ނަޝީދުގެ އިތުރުން މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މުއިއްޒު މަޖިލިހުގެ އިދާރާ އަށް ވަޑައ...
މުޙައްމަދު
3 އަހަރު ކުރިން
ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އެމްޑީޕީއަކީ ޒިންމާދާރުކަމާ އެކީގައި ސަރުކާރު ޖަވާބުދާރީ ކުރުވާނެ ޕާޓީއަކަށް ވާނެ ކަމަށާއި އެކަަމަކު، ހުދުމުހުތާރު ކަން ތަހަންމަލް ނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ. Pres Elect @MMuizzu as you requested you can be rest assured we will be responsible in holding the gov accountable. I pray and hope that your promises for upholding […]
މުޙައްމަދު
3 އަހަރު ކުރިން
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ކަމަށް ނުދެއްނެވޭނެ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. މިއަދުގެ ޖަލްސާގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓެއް ނެގުމަށް މެންބަރުން ކުރައްވަމުން ގެންދަވާ ބަހުސްގެ ތެރެއިން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކޮށްފިނަމަ...
ޔުމްނާ ޢަލީ
3 އަހަރު ކުރިން
ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ނަގާ ވޯޓުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ތާއީދުކުރާނެ ނިޒާމެއް ކަނޑައެޅުމަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ. ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމްް ވަހީދު (ވައްޑެ) ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެކަމާއި ގުޅިގެން ބާއްވާ ގައުމީ މަޖިލިސް މިރޭ 8:30 ގައި އޮންނާނީ އިމާދުއްދީން ސްކޫލުގައި ކަމަށެވެ. އަދި މި މަޖިލިސް ކުރިއަށް ދާނީ […]
މުޙައްމަދު އަފްރާޙް
3 އަހަރު ކުރިން
ރާއްޖޭގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ނައިބުގެ މަގާމުގައި ހުންނެވި އަދި އިންތިހާބީ ނައިބު ރައީސް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެެ) ޕީއެންސީ އާ ރަސްމީކޮށް ސޮއި ކޮށްފިއެވެ. ޕީޕީއެމްގައި ހުންނެވި، އިންތިހާބީ ނައިބު ރައީސް ޕީއެންސީ އަށް ސޮއިކުރައްވައިފައިވާކަން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އަންގަވާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެކަން ހާމަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ...
މުޙައްމަދު އަފްރާޙް
3 އަހަރު ކުރިން
މިދަނޑިވަޅުގައި ކުރަންޖެހޭ ހަރަދުތައް ފިޔަވައި، އަލަށް ކަންކަން ނިންމައިގެން ހަރަދުނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގަވައިފިއެވެ. އެ ކޮމިޝަނުން މިގޮތަށް އަންގަވައި ބަޔާނެއް ނެރެފައި މިވަނީ ރިޔާސީ އިންތިހާބު ނިމި، ވެރިކަން ހިންގުމުގެ ބާރާއި އައު ސަރުކާރަކުން ހަވާލުވުމުގެ ވަގުތު ކައިރިވަމުންދާ ދަނޑިވވަޅުގައެވެ. އޭސީސީ އިން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ފަރާތްތަކުން ކުއްލި ކަންތައްތަކެއް ކުރުމަށް ނިންމަމުން ގެންދާކަމުގެ ގިނަ ޝަކުވާ...
މުޙައްމަދު އަފްރާޙް
3 އަހަރު ކުރިން
ރާއްޖޭގެ ދައުލަތުގެ ހިންގުމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތުގެ ތެރެއިން ގާނޫނު އަސާސީއަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހަޅުއްވި އިސްލާހްގެ ބިލް ބަލައިނުގަތުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވައިލައިފިއެވެ. ދަ ޑިމޮކްރެޓްސްގެ މެންބަރު އިންތި ވަނީ އޮކްޓޯބަރު 1 ވަނަ ދުވަހު، ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. އިންތި މި ބިލް ހުށަހެޅުއްވީ މި ބިލް ފާސްކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ ނަމަ އިތުރު ވޯޓަކަށް...
ޔުމްނާ ޢަލީ
3 އަހަރު ކުރިން
ކުޑަކުޑަ ރަށްރަށަށް ވެސް ވެފައިވާ ވައުދެއް އޮވެއްޖަނަމަ ފުއްދައުދެއްވާނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. މި ޔަގީންކަން އެމަނިކުފާނު ދެއްވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕީއެންސީ، ޕީޕީއެމް ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި އެމަނިކުފާނު ވިދާޅުވީ މި މަސައްކަތްތައް ކުރަން ކެބިނެޓުގައި ތިއްބަވާނީ ތަޢުލީމީ، ޤާބ...
މުޙައްމަދު އަފްރާޙް
3 އަހަރު ކުރިން
ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މިއަދު ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައިފއެވެ. އެ އިދާރާ އިން ނެރެފައިވާ މޫސުމީ ބުލެޓިން ގައި ވިދާޅުވެފައިވަނީ އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާކަމަށެވެ. މިއަދުގެ އިރު އޮއްސުމާއި ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރައްވާގޮތަށް ބަލައިލާ ނެރެފައިވާ ބުލެޓިންގައި އިތުރަށް ވަނީ އުތުރާއި މެދުރާއްޖެއަށް ވިއްސާރަނަމަވެސް ދެކުނުގެ...
މުޙައްމަދު އަފްރާޙް
3 އަހަރު ކުރިން
ކުރީގެ އަދަދާއިގުޅޭ، އެ އުފާވެރިކަން އެއްފަރާތްކޮށްލާފައި އަނެއްކާވެސް އޭނާގެ މޫނުމަތީގައި ކުރަހާލީ ޔަޝްމީގެ ސޫރައެވެ. ޔަޝްމީގާތު ރަސްމީކޮށް ކައިވެންޏަށް އެދުމަށްޓަކައި އޭނާވަނީ ކެތްމަދުވެފައެވެ. އެހެންކަމުން ފޯނުން ގަޑި ބަލައިލެވުނީވެސް ޔަޝްމީ ދެކިލުމަށް އެދި ހިތް ތެޅޭވަރު ބާރުވަމުންދާތީއެވެ. ކާރުން ފައިބައިގެން އައިސް އެންމެ ފުރަތަމަވެސް ރަހީލް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ދިގު ދަތުރަކަށްފަހު ތާޒާ ވެލައިގެން ނޫނީ ޔަޝްމީގާތަށް ދާން އޭނާ ބޭނުމެއް ނޫނެވެ. އަތުގައި އޮތް މާބޮނޑި އެނދުމަތީގައި ބޭއްވު...
ސަލާމާ ޢަބްދުލް ޢަލީމް
3 އަހަރު ކުރިން
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ފުލަމް ބައްދަލުކުރި މެޗު، ޗެލްސީން ކާމިޔާބު ކޮށްފިއެވެ. ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. ނަތީޖާތައް ދަށްވުމުގެ ސަބަބުން ޕްރެޝަރަށް ވެއްޓިފައިވާ ޗެލްސީއަށް މިއީ މުހިންމު މޮޅެކެވެ. މި ސީޒަންގައި މިހާތަނަށް ކުޅުނު 7 މެޗުގެ ތެރެއިން މިއީ އެ ޓީމް މޮޅުވި ދެވަނަ މެޗެވެ. މިވަގުތު ޗެލްސީ އޮތީ ޕޮއިންޓް ތާވަލުގެ 11 ވަނާގައެވެ. އެ ޓީމަށް 7 […]
އިބްރާހިމް ޚަލީލް
3 އަހަރު ކުރިން
މައުލޫމާތު އަޕްޑޭޓު ކުރުމަށް އެދި ފޭކު މެސެޖެއް ފޮނުވަމުންދާތީ ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފިއެވެ. އެ ބޭންކުން ބުނީ އެ މެސެޖަކީ މަކަރާއި ހީލަތުން ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދުމުގެ ބޭނުމުގައި ފޮނުވާ މެސެޖުތަކެއް ކަމަށެވެ. މި މެސެޖުތައް ފޮނުވަނީ ބީއެމްއެލްގެ ނަމުގައި ފޭކު ނަންބަރުތަކަކުންނެވެ. ބީއެމްއެލްގެ ނަމުގައި ފޮނުވާ މެސެޖުތަކުގައި ބުނެފައިވަނީ ބޭންކް އެކައުންޓު ހޯލްޑްކޮށްފައިވާ ކަމަށާއި މައުލޫމާތު އަޕްގްރޭޑް ކުރުމަށް ލިންކަކަށް ވަނުމަށެވެ. އެ ލިނ...
އަޙްމަދު ވަހީދު
3 އަހަރު ކުރިން
އަވަސް އަރުވާލައިގެން, އިންޓަރެސްޓް ބޮޑުކޮށް 300 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން އުޅޭ ކަމަށް ބުނެ “ދިޔަރެސް” ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރަކީ ހަގީގަތާ ޚިލާފު، ދޮގު ޚަބަރެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އިއްޔެ އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ “ރައްޔިތުންގެ ކުންފުނި” މި ސްލޯގަންގެ ދަށުން އެ ކުންފުނިން އަބަދުވެސް މަސައްކަތް ކޮށްފައިވާނީ ކުންފުނީގެ މަސްލަހަތު އިސްކޮށް، ދިވެހި ޤައުމާއި މުޖުތަމައަށް ޚިދުމަތް ކުރުމުގެ ރޫހުގައި ކ...
އަޙްމަދު ވަހީދު
3 އަހަރު ކުރިން
ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި، އެމަނިކުފާނުގެ މައްޗަށް ހިނގާނީ ހަމައެކަނި ރައްޔިތުންގެ ބާރުކަމަށް އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން ޕީޕީއެމް/ޕީއެންސީން ރޭ ވަނީ މާލޭގެ ސޯޝަލް ސެންޓަރުގައި ޖަލްސާއެއް ބާއްވާފައެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ބޭއްވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަން މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު އިންތިޚާބު ކުރީ ރައްޔިތުން ކަމަށާއި އަދި އެމަނިކުފާނަކީ ރައްޔިތުންގެ ޚާދިމެއް ކަމަށެވެ....
ޔުމްނާ ޢަލީ
3 އަހަރު ކުރިން
މި ފަސް އަހަރަކީ ބޮޑު ތިލަދުންމަތި ކަސްދޮޅުން ނައްޓާލެވުނު ފަސް އަހަރު ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ، އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. މި މެސެޖުގައި ޔާސިރު ވަނީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށާއި އިންތިޚާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަށް ތަހުނިޔާ ދަންނަވާފައެވެ. މީގެ އިތުރުން މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އަށް ޔާސިރު ވަނީ ހިތްވަރު ދެއްވާފައެވެ. ”ވޭތުވި […]
ޔުމްނާ ޢަލީ
3 އަހަރު ކުރިން