ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ރޭ ނަޕޯލީއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ނަޕޯލީންނެވެ. ނަޕޯލީއަށް 19 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ޑިފެންޑަރ އޮސްޓިގާޑެވެ. ނަޕޯލީން ލީޑު ނެގިތާ އަށް މިނެޓް ފަހުން ރެއާލުން ވަނީ ލަނޑުޖަހައި […]
އިބްރާހިމް ޚަލީލް
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއީ މަގާމަށް އިންތިހާބުވުމަށް ފަހު މުއިއްޒު ބައްދަލު ކުރެއްވި ފުރަތަމަ ބޭރުގެ ސަފީރެވެ. އެ ބައްދަލުވުން އޮތީ މުއިއްޒުގެ އަމިއްލަ ގެ މ. ދިމްޔާތުގައެވެ. އެ ބައްދަލުވުމުގައި މުއިއްޒުގެ އަރިހުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި، އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސް...
މުޙައްމަދު
މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލާގައި ތިން މީހެއްގެ ދައުވާކޮށް، ކޯޓަށް ފޮނުވައިފި އެވެ. މިދިޔަ މެއި މަހު ކެފޭއެއްގެ ތެރޭގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޒަރީރުގެ ބޮލަށް ހަމަލާދިން މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލާގައި މިދިޔަ ހަފުތާގައި ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވީ މއ. ނައިޓްވިލާ އިބްރާހިމް އަބްދުﷲ (ގައްބަރޭ) އާއި ތ. ކިނބިދޫ ދީފްރަމްގޭ އަހުމަދު އަވްޝަމާއި މ. ތާޖް މުލާއިމް މުހައްމަދު މައްޗަށް ކަމަށެވެ. […]
ހުސައިން ހަބީބް
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ ބަނދަރާއި ޑްރައިވިން ޓްރެކް ފެހިކުރުމުގެ ގޮތުން އެ ސަރަހައްދުތަކުގައި ބޮޑެތި ގަސް އިންދުމުގެ މަސައްކަތް ކައުންސިލުން ފަށައިފިއެވެ. ހަނިމާދޫ ފެހިކުރުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ކައުންސިލުން ފަށާފައި ވަނީ މިދިޔަ ޖޫން މަސް ތެރޭގައެވެ. މި ޕްރޮގްރާމްގެ ދަށުން ރަށުގެ މަގުތަކާއި އަދިވެސް އެހެނިހެން ބައެއްތަންތަނުގައި ގަސް އިންދުމުގެ ހަރަކާތް އެ ކައުންސިލުގެ މުވައްޒަފުން ނުކުމެ ދޭތެރެދޭތރެއިން އަންނަނީ ކުރިއަށް ގެންދަމުނ...
އިބްރާހިމް ޚަލީލް
މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް އަހްމަދު މަހްލޫފް ނުކުންނަވަން ނިންމަވައިފިކަން އިއުލާން ކުރައްވައިފިއެވެ. މަހްލޫފު މިކަން އިއުލާން ކުރައްވާފައިވަނީ ސޯޝަލް މީޑިއާގެ ޓްވިޓާގައެވެ. އެ ޓްވީޓުގައި އޭނާ ވިދާޅުވީ އަންނަ މަހުގެ 17 ވަނަ ދުވަހު ހުސްވާ މާލޭ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މާލޭގެ އެންމެހާ ރައްޔިތުން ތާއީދު ކޮށްދެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. “17 ނޮވެމްބަރު 2023 ވަނަ ދުވަހު ހުސްވާ މާލޭ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އަ...
މުޙައްމަދު އަފްރާޙް
ބަރުލަމާނީ ނިޒާމުގެ ވޯޓުގެ މައްސަލަ މަޑުޖައްސާލަން ނިންމަވާފައިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ މެދުގައި އާންމު ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގާ ގަރާރެއްގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ކަމުގެ މައުލޫމާތު އިއްޔެ އިންތިހާބީ ރައީސް ޑރ. މުހައްމ...
މުޙައްމަދު އަފްރާޙް
ކުރީގެ އަދަދާއިގުޅޭ، ޔަޝްމީ މަޑުމަޑުން ގޮސް ހާރޫންގާތު ހުއްޓުނެވެ. އަދި ހާރޫންގެ މޭގައި ބޯޖައްސާލީވެސް ރަހީލަށް ބަލަމުންނެވެ. އެއާއިއެކު ރުޅިގަދަވެފައި ހުރެ ރަހީލް ނިކުމެގެން ދިޔައެވެ. އެހިނދު ހާރޫން ޔަޝްމީގެ ގައިގައި ބައްދާލަމުން ނިތްކުރިއަށް ބޮސްދިނެވެ. *** ހަވީރުގެ ވަގުތެވެ. ޒޫނާ އިނީ ޖާވިދްގެ އިންތިޒާރުގައެވެ. އުނގުމަތީގައި ބާލީސް ބާއްވާލައިގެން އިނދެ އޭނާ ކެތްތެރިކަމެއް ނެތި ވަގުތު ގުނަމުން ދިޔައެވެ. ޒޫނާ އެހެން އިންނަތާ މާގިނައިރުތަކެއް ނުވެ ޖާވިދް އައިސް ދޮރު ހުޅުވާލިއެވެ. އަދި ވަރުބަލިކަ...
ސަލާމާ ޢަބްދުލް ޢަލީމް
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ފުރޮޅައިލަންްް ނުފެންނަކަމަށް އަދާލަތު ޕާޓީ (އޭޕީ)އިން ވެސް ރޭ ނިންމައިފިއެވެ. އަދާލަތުން ބުނީ، ބަރުލަމާނީ ނިޒާމަށް ތާޢީދު ނުކުރުމަށް، ރޭ ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އިއްތިފާޤުން ފާސްކޮށްފައިވާ ކަމަށެވެ. އަދާލަތުން މި ނިންމުން ނިންމިއިރު، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު އާންމު ވޯޓެއް ނަގާ ނަމަ، ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، ވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހު...
ޔުމްނާ ޢަލީ
އެއްގަމާއި ކަނޑުގެ އުޅަނދުތައް ދުއްވާއިރު މޫސުމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަ ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ. ޚާއްސަގޮތެއްގައި ހއ. އަތޮޅުން ފެށިގެން ރ. ބ. ދ. ވ. ފ. އދ. ޅ. އަތޮޅު ފަދަ އަތޮޅުތައް ހިމެނޭ ސަރަހައްދުތަކަށް މި ދުވަސްވަރު މޫސުން ގޯހެވެ. އަދި މާލެ ސަރަހައްދަށް ވެސް މޫސުން ގޯހެވެ. މޫސުމަށް ސަމާލުވުމަށްއެދި މިއަދު ފުލުހުން ނެރުއްވި ސަމާލުގެ މެސެޖުގައި ވަނީ އެއްގަމު […]
ޙުސައިން ޝަހުދީ
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވޯޓެއް ނަގާނަމަ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ތާއީދު ނުކުރަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފިއެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރަން އާންމު ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އަންގައި ރައްޔިތުންގެ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފައެވެ. މި ގަރާރަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ފުރޮޅާލުމަށް އިސްވެ މަސައްކަތްކުރާ ދަ ޑިމޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ މެންބަރު، ހުޅުދޫ...
ޔުމްނާ ޢަލީ
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު އިސްލާހުކޮށް ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ. މަކުނުދޫން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް އިސްލާޙް ގެނެސް އެރަށު ކައުންސިލުން އިއްޔެ ވަނީ އެ އިސްލާހާއެކު އެ އުސޫލު ޢާންމުކުރައްވާފައެވެ. މި އުސޫލުގެ ދަށުން އެރަށުން 2400 އަކަފޫޓުގެ 215 ބަންޑާރަ ގޯތި ދޫކުރަން ނިންމާފައިވާއިރު، އެރަށުން ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު މިއަދު (އޮކްޓޯބަރު 4 ވާ ބުދަ ދުވަހުގެ) މެންދުރު 12 […]
ޔުމްނާ ޢަލީ
އިންތިހާބީ ރައީސް ޑރ. މުހައްމަދު އުއްފައްދަވާ އާ ސަރުކާރަށް އެމްޑީޕީން އެއްބާރުލުން ދޭނެ ކަމަށާއި، އިދިކޮޅު ޕާޓީއެއްގެ އެ ޕާޓިން އެމްޑީޕީން ރަނގަޅު މަސައްކަތްތަކެއް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ ފަހުން އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި، ރައީސް ވިދާޅުވީ، ޑރ. މުއިއްޒުގެ ސަރުކާރުގެ ކުރީކޮޅު، ސަރުކާރު އެކުލަވާލަން ކުރަން ޖެހޭ ކަންކަމުގައި އެމްޑީޕީގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. […...
އިސްމާއިލް މޫސާ
ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރަން އާންމު ވޯޓަކަށް ގޮސްފިނަމަ، ރިޔާސީ ނިޒާމު ދަމަހައްޓަން އަމަލީ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ މެދު އެމްޑީޕީން ގޮތެއް ނިންމުމަށް މިރޭ ބޭއްވި ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ ނިޒާމާއި، ބަރުލަމާނީ ނިޒާމުގައި ވެސް ރަނގަޅާއި ގޯސް އެބަހުރި ކަމަށާއި، ނަމަވެސް ރާއްޖެއަށް އެންމެ...
އިސްމާއިލް މޫސާ
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް “އުރީދޫ ނޭޝަން ގޭމާސް ލޭންޑް” ގެ ޕާޓްނަރަކަށް އީ ސްޕޯޓްސް އޯގަނައިޒޭޝަނެއް ކަމަށްވާ އީ2އެސް ގޭމިން ހަމަޖައްސައިފިއެވެ. އުރީދޫ މޯލްޑިވްސް އިން އިއުލާންކޮށްފައިވާ ގޮތުގައި މި ފެސްޓިވަލް ކުރިއަށްދާނީ މި މަހުގެ 19، 20 އަދ 21ގައެވެ. އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގައި ހުރިހާ ވައްތަރެއްގެ ގޭމް ކުޅޭ ފަރާތްތަކަށް ވެސް އެކަށީގެންވާ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ ތެރޭގައި […]
އަޙްމަދު ވަހީދު
ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ދިވެހިން އާންމުކޮށް ގޮސް އުޅޭ މޯލްއެއްގައި ދިން ބަޑީގެ ހަމަލާގައި ދިވެއްސަކަށް އަނިޔާވިތޯ ބެލުމުގެ މަސައްކަތް ފަށައިފިއެވެ. ބެންކޮކުގެ މެދުތެރޭގައި ހުންނަ ސިއާމް ޕެރަގަން މޯލަށް ދިން ހަމަލާގައި ތިން މީހަކު މަރާލައި، ފަސް މީހަކު ވަނީ ޒަހަމްވެފައެވެ. ހަމަލާ ދިން ކަމުގެ ތުހުމަތުގައި 14 އަހަރުގެ ކުއްޖަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ މޯލް ތެރެއިންނެވެ. ބެންކޮކުގެ މެދުތެރޭގައި ހުންނަ ސިއާމް ޕެރަގަން އަކީ މުޅި އޭޝިއާގައި އެންމެ […]
މުޙައްމަދު
ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ބާއްވަން ޖެހޭ އިންތިހާބު މި މަހު ނެގުމުގެ ފުރުސަތެއް މިހާރު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވެއްޖެއެވެ. ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުން އިންތިހާބެއް ބޭއްވުމަށް މަދުވެގެން 45 ދުވަސް ބޭނުންވާ ކަމަށެވެ. ހަބީބް ވިދާޅުވި ގޮތުގައި އެއީ އިންތިހާބު އިއުލާން ކުރުމާއި ރަޖިސްޓްރީ އާންމުކޮށް ޝަކުވާ އަށް ހުށަހެޅުމާއި ރީ-ރަޖިސްޓްރ...
މުޙައްމަދު
ގައުމާއި ރައްޔިތުންގެ އަމާންކަން ކަށަވަރު ނުކޮށްދެވޭ ވަރުގެ ފަރާތެއް ކަމިޝަނާ އޮފް ޕޮލިސް (ސީޕީ) ގެ މަގާމަށް ނުލުމަށް ހޯމް މިނިސްޓާ އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ، އިންތިިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން އިލްތިމާސް ކުރައްވައިފިއެވެ. އޭނާ މިފަދައިން އެދިވަޑައިގެންނެވީ އިންތިހާބީ ރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޓެގް ކުރައްވައި، ކުރައްވާފައިވާ ޓްވީޓެއްގައެވެ. ހޯމް މިނިސްޓާ މިފަދައިން އިލްތިމާސް ކުރައްވާފައިވާއިރު، އިންތިހާބުގައި ޕީއެންސީ، ޕީޕީއެމް ކޯލިޝަނަށް ލިބުނު...
މުޙައްމަދު އަފްރާޙް
ދަ ޑިމޮކްރެޓްސް އާ އެކު އެއްވެސް ކަމެއްގައި އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އެމްޑީޕީ އިން މިހެން ބުނެފައި މިވަނީ ނިޒާމީ ވޯޓާ ގުޅޭ ކަންކަމާ މެދު ބަހުސް ކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވަހަކަފުޅަކާއި ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން ވަކި ކޮޅަކަށް ތާއީދު […]
މުޙައްމަދު އަފްރާޙް