ރާއްޖޭގައި މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވޯޓު ލައްވައިފިއެވެ. ރައީސް ވޯޓު ލައްވާފައިވަނީ ޅ. ހިންނަވަރު ރައްޔިތުން ވޯޓު ލުމަށް ޖަމާލުއްދީން ސުކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. އަސްލަމް ވޯޓު ލެއްވީ އައްޑޫ ހިތަދޫ ސްކޫލްގައި ބަހައްޓާފައިވާ 5 ނަންމަބަރު ފޮއްޓަށެވެ. މި އިންތިހާބުގެ ދެވަނަ ބުރުގަ...
މުޙައްމަދު އަފްރާޙް
މިއަދު ކުރިއަށްދާ ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ދެވަނަ ބުރުގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވޯޓު ލައްވައިފިއެވެ. އެމަނިކުފާނު ވޯޓު ލައްވާފައިވަނީ މާފުށީގައި ޖަލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި-2 އަށެވެ. ޔާމީން މިބުރުގައި ވޯޓު ލައްވާފައިފާއިރު، ފުރުތަމަ ބުރުގައި އެމަނިކުފާނު ވޯޓުލައްވާފައި ނުވެއެވެ. އެއީ ފުރަތަމަ ބުރުގައި އެ މަނިކުފާނު ވޯޓުލެއްވުމަށް ރީރެޖިސްޓާ ކުރައްވާފައި ނުވާތީއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8 ނ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ރަނިންމޭޓް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވޯޓު ލައްވައިފިއެވެ. އެމަނިކުފާނު ވޯޓު ލައްވާފައިވަނީ ތާޖުންދީން ސްކޫލުގައި ހުންނަ ވޯޓު ފޮއްޓަށެވެ. ސެންބެ ވޯޓުލައްވާފައި ވަނީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ފަރެސްމާތޮޑާ ދާއިރާގެ ފޮއްޓަށެވެ. އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހ...
މުޙައްމަދު އަފްރާޙް
ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި އަލް ތާއީ ބައްދަލުކުރި މެޗު ނަސްރުން ކާމިޔާބު ކޮށްފިއެވެ. ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ނަސްރުން ވަނީ 2-1 ގެ ނަތީޖާއިން ތާއީ ބަލިކޮށްފައެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ނަސްރުންނެވެ. މި ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ޓަލިސްކާއެވެ. ނަމަވެސް މެޗުގެ 79 ވަނަ މިނެޓުގައި ތާއީން އުފެއްދި ކައުންޓަ އެޓޭކެއްގައި ލަނޑުޖަހައި […]
އިބްރާހިމް ޚަލީލް
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވީ އަބޫދާބީ ފިޔަވައި، ވޯޓުފޮށި ބަހައްޓާފައިހުރި ހުރިހާ ގައުމެއްގައި ވޯޓުލުން މިހާރުފަށާފައިވާ ކަމަށެވެ. މި ބިރިގައި ވާދަ ކުރައްވަނީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެންމެގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުން ކަމަށްވާ ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު […]
މުޙައްމަދު އަފްރާޙް
ސްޕެނިޝް ލަލީގާގައި ރޭ ސެވިއްޔާއާއި ބާސެލޯނާ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ހޯދާފައެވެ. މިގޮތުން ބާސާގެ ޕޯޗުގަލް ފޯވާޑް ޖޯ ފެލިކްސްއަށް ސެވިއްޔާގެ އޭރިއާތެރެއިން ލިބުނު ހުސް ފުރުޞަތުގައި އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ފުރަތަމަ ހާފުގައި ސެވިއްޔާއަށް ލީޑު ނަގައިދޭން […]
އިބްރާހިމް ޚަލީލް
އަނިޔާގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ލިސަންޑްރޯ މާޓިނޭޒްއަށް ކުރިއަށް އޮތް ދެތިންމަހު ކުޅުމުގެ ތެރެއަށް ނާދެވޭނެ ކަމުގައި މެންޗެސްޓާ ޔުނައިޓެޑުން ބުނެފިއެވެ. އުމުރުން 25 އަހަރުގެ މާޓިނޭޒްގެ ފައިތިލައިގެ ކަށިކޮޅެއް ބިންދައިގެން ގޮސް އަނިޔާވެފައި ވަނީ މި އަހަރުގެ އޭޕްރިލް މަސް ތެރޭގައެވެ. އެ އަނިޔާގެ ސަބަބުން ނިމިދިޔަ ސީޒަންގެ ބާކީބައި އޭނާ ކުޅެފައިނުވެއެވެ. އަނިޔާއިން ސަލާމަތްވެ އޭނާ ކުޅުމުގެ ތެރެއަށް އައީ މި ސީޒަންގައެވެ. މިގޮތުން އޭނާ ވަނީ ޔުނައިޓެޑަށް މި ސީޒަންގައި […]
އިބްރާހިމް ޚަލީލް
އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ފަހުގެ އައިފޯނު ޕްރީއޯޑަރު ކުރި ކަސްޓަމަރުންނާ ފޯނު ހަވާލު ކުރަން ފަށައިފިއެވެ. އުރީދޫއިން މި ފޯނުތައް ހަވާލު ކުރަން ފެށީ ރޭ މެންދަމުން ފެށިގެންނެވެ. އެގޮތުން އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ކުރިއަށް ގެންދިޔަ މި ހާއްސަ ހަރަކާތުގައި ކިޔޫގައި ނުޖެހި ލައިވް މިއުޒިކާއެކު ހިތްގައިމު މާހައުލެއްގައި ފޯނާއި ހަވާލުވުމުގެ ތަޖުރިބާއެއް އެ ކުންފުނިން އުފައްދައިދިނެވެ. ޕްރީއޯޑަ ކުރި ކަސްޓަމަރުންގެ ތެރެއިން ފޯނާ ހަވާލުވުމަށް ނުދެވުނު ކަސްޓަމަރުންނަށް މޫލީ މެދުވެރިކޮށް މިހާރު...
އަޙްމަދު ވަހީދު
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުން އަދި ކޮމިއުނިޓީ ނަރސް ވޮލަންޓިއަރސް ގުޅިގެން ‘ބޮޑުތިލަދުންމަތި ނަރސިންގ ކޮންފަރެންސް’ ނަމުގައި ކުރިޔަށް ގެންދިޔަ ނާރސިންގ ކޮންފަރެންސް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. 58 ބައިވެރިންނާއިއެކު ކުރިޔަށް ގެންދެވުނު މި ކޮންފަރެންސް ކުރިޔަށް ގެންގޮސްފައިވަނީ 28 ސެޕްޓެމްބަރު 2023 ވީ ބުރާސްފަތި ދުވަހު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ކުޅުދުއްފުށި ސިޓީ ކެމްޕަސް ހޯލްގައެވެ. މިއީ ރާއްޖެތެރޭގައި ބޭއްވުނު ނަރުހުންގެ ފުރަތަމަ ކޮންފަރެންސެވެ. ‘ޓްރެންޑްސް އިން ނ...
އިބްރާހިމް އަސްވާޤް
ޚަބަރުފަތުރާ ހުރިހާ ވަސީލަތްތަކަކީ އަމާނާތްތެރި ވަސީލަތަކަށްވާންޖެހޭ ކަމަށާއި ހަމަޖެހުން އޮންނާނީ މީޑިއާގެ ދައުރު ޒިންމާދާރުކަމާއެކު އަދާކޮށްގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. ހުތުބާގައި ބުނީ މީޑިއާ ވާންޖެހޭނީ ތެދުވެރި ބިނާކުރަނިވި ބާރަކަށް ކަމަށާއި މީސްތަނުންނަށް ހަގީގަތް ބަޔާންކޮށްދޭ މާތް ރަސްކަލާނގެއަށް ބިރުވެރިވާ ފަރާތަކަށް ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އެއީ ދޮގު ޚަބަރުތައް ފަތުރައި މީހުން ހިތްތަކުގައި ބިރުވެރިކަން ވައްދާ ވަސީލަތަށް ވެގެން ނުވާނެ ކަމަށް ވެސް ބު...
މުޙައްމަދު އަފްރާޙް
އެމްޑީޕީގެ ސަރުކާރުން ބޭރު ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލުތައް ބަލާނީ ކުރިއަށް ދާންކަމަށާއި، ރާއްޖެ އަޅުވެތިވެކަމަށް ދާކަހަލަ ކަމެއް އޮތްނަމަ، އެކަން ބަދަލުކޮށް އެ މަޝްރޫއެއް ހުއްޓާނުލާ ކުރިއަށް ގެންދަވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ބުރާސްފަތި ދުވަހުގެ ރޭ ސަލްޓަން ޕާކުގައި ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުގައި ހުރި އަޑި ނޭނގޭ ކަންތައްތައް ބަލާ ރައްޔިތުނަށް ހިތްހަމަޖެހުން ގެނެސްދެއްވާނެ ކަމަށ...
އިސްމާއިލް މޫސާ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އަނިޔާވެރިކަމާއި ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ލީޑަރު ކަމަށް، ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓު، އަހުމަދު ސަލީމް (މާޒު ސަލީމް) ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބުރާސް ފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ސަލީމު ވިދާޅުވީ އަނިޔާވެރިކަން އިޔާދަކުރަން ބޭނުން ނުވާނަމަ އިންތިހާބުގައި މިސްޓޭކެއް ނުހެދުމަށާއި، އަނިޔާވެރިކަމާއި ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ލީޑަރަކީ ރައީސް ސޯލިހު ކަމަށެވެ....
އިސްމާއިލް މޫސާ
ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށް ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އަށް ވޯޓު ދެއްވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ރޭހުގައި ވާދަކުރެއްވި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު، ކުރީގެ ދިފާއީ ވަޒީރު މުހައްމަދު ނާޒިމް އިލްތިމާސް ކުރައްވައިފިއެވެ. ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާއިރު، އެންމެންގެ އިސްވާޖިބަކަށް ވާންވާނީ، ދިވެހި […]
މުޙައްމަދު އަފްރާޙް
ބ. ތުޅާދޫ ގައި މަސްކައްކަން ހަދާފައި ހުރި ތަނެއްގައި އަލިފާން ރޯވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ އެރަށު އިރުމަތީ ބަނދަރު ސަރަހައްދުގައި މަސްކެއްކުމަށް ހާއްސަކޮށްގެން ހަދާފައިވާ ތަނެއްގައެވެ. އަދި މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އެރަށުން ވާހަކަ ދެއްކި މީހަކު “ތިލަދުން” އަށް ބުނީ އެތަނަކީ ޕީޕީއެމް ޕީއެންސީ ތުޅާދޫ ދާއިރާގެ ނައިބު ރައީސް މުހައްމަދު އަތީފްގެ ތަނެއް ކަމަށާއި އަލިފާން ރޯވިކަން އެނގުނީ ފަތިހު 04:30 ހާއިރު ކަމަށެވެ. އެތަނުގައި އަލިފާން...
މުޙައްމަދު އަފްރާޙް
ޕީއެންސީގެ ވެރިކަމެއްގައި ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީ ގައި ކެންސަރަށް ފަރުވާ ހޯދޭނެ އިންތިޒާމް ގާއިމުކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. “މުއިއްޒު ރައްޔިތުންގެ ގާތަށް”ގެ ނަމުގައި ބޭއްވި ސުވާލާއި ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ އެ ދެ ސިޓީގައި ވެސް ކެންސަރަށް ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ. މީގެ އިތުރުން އައިޖީއެމްއެޗާއި، ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަ ކުރައްވާ ވިދާޅ...
މުޙައްމަދު އަފްރާޙް
ށ. ނޫމަރާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކޮށްފިއެވެ. މި މަސައްކަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ސައިޓް މޮބިލައިޒް ކުރީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން، 34،386 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އައު ހާބަ ބޭސިން ފުންކުރުމާއި، 5،076 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 2،920 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. މ...
އަޙްމަދު ވަހީދު
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލާ މީހުން ފާހަގަ ކުރުމުގެ ގޮތުން އަތުގެ އިނގިލީގައި ޖަހާ ނިޝާން، ވައަތު ކަށި އިނގިލީގައި ޖަހަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ. އެ ކޮމިޝަނުން ކުރިން ނިންމާފައި އޮތީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލާ މީހުންގެ ވައަތު މެދު އިނގިލީގައި ފާހަގަ ޖަހާ ގޮތަށެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް އެ ކޮމިޝަނުން މިރޭ ކޮށްފައިވާ ޓްވީޓްގައި ވަނީ މެދު އިނގިލީގައި ފާހަގަ ޖަހަން ނިންމާފައި އޮތް އޮތުން ބަދަލުކޮށް […]
އިބްރާހިމް ޚަލީލް
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގިނަ އަދަދެއްގެ ފަންނާނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމައިފިއެވެ. ރައީސް ސޯލިހުގެ ކެމްޕޭން އޮފީސް ހުންނަ ސޯލްޓް އޮފީސްގެ އިމާރާތުގައި ރައީސް ސޯލިހް ވަނީ ފިލްމީ ދާއިރާގެ ފަންނާނުންނާއި، މިއުޒީޝަނުންނާއި އާޓިސްޓުންނާއި ފޮޓޯގްރާފަރުންގެ ތެރެއިން ގިނަ ބަޔަކާ ބައްދަލު ކުރައްވައިފައެވެ. ރައީސަށް ތާއީދު ކުރި މަޝްހޫރު ފިލްމީ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، މަރިޔަަމް އައްޒަ، ޝީލާ ނަޖީބު، ރަވީ […]
މުޙައްމަދު