ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށް 300 ފްލެޓު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށް ރާއްޖެޓީވީގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މިގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އުސޫލު ވަރަށް އަވަހަށް އާއްމު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ad
rt

އަކްރަމް ވިދާޅުވީ، މި ފުރުސަތުގެ ދަށުން ފަތުރުވެރިކަމުފެ ދާއިރާގައި މަސައްކަތް ކުރާތާ 15 އަހަރު ވެފައިވާ ހުރިހާ މުވައްޒަފުންނަށް ފްލެޓަށް ކުރިމަތިލެވޭނެ ކަމަށެވެ.

މި ފްލެޓުތައް ދޭން ނިންމާފައިވަނީ ދާދި ފަހުން ރައީސް އިއުލާނު ކުރެއްވި 6000 ފްލެޓުގެ ތެރެއިންނެވެ.

ރިސޯޓު މުވައްޒަފުންގެ އިތުރުން ކުރީ ސަރުކާރުތަކުގައު އެއް ކޮޓަރީގެ ފްލެޓުތައް ލިބިފައިވާ ފަރާތްތަކަށްވެސް މި ސަރުކާރުން އަޅާ ފްލެޓުތަކަށް ކުރިމަތިލެވޭނެ ކަމަަށް އަކްރަމް ވަނީ ވިދާޅުވެފައެވެ.