އިޒްރޭލު ސިފައިން ފަލަސްތީނުގެ ގާޒާގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ، ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހދ.ނޮޅިވަރަމުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުން ދެ ލައްކަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. އެ ރަށު މުއައްސަސާތަކާއި ޖަމިއްޔާތަކާއި ޑަބްލިއުޑީސީ ގުޅިގެން އެ ރަށު ހުރިހާ އެންމެން ޝާމިލުވުމާއި ބައިވެރިވުމާއިއެކު ކުރިއަށް ގެންދިޔަ ހަރަކާތްތަކުން ވަނީ ފަލަސްތީނު ފަންޑަށް، 247626.50 (ދެލައްކަ ސާޅީސް ހަތްހާސް ހަސަތޭކަ ސައްބ...
އިބްރާހިމް ޚަލީލް
ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި، ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖާއި ދިވެހި ޤައުމީ ތަރިކަ ދިރާސާ މަރުކަޒު ގާއިމު ކުރުމުގެ މަސައްކަތް ފެށުން ހިމަނައިފިއެވެ. ރޭ ނެރުނު މި ޕްލޭންގައި ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖު ގާއިމުކުރުމުގެ މަސައްކަތް ފަށަން ހިމަނާފައި އޮތީ ފުރަތަމަ 14 ހަފުތާގެ ތެރޭގައެވެ. އަދި ދިވެހި ޤައުމީ ތަރިކަ ދިރާސާ މަރުކަޒު ގާއިމު ކުރުމުގެ މަސައްކަތް ފެށުން ހިމަނާފައި އޮތީ ފުރަތަމަ 9 ހަފުތާގެ ތެރޭގައެވެ. […]
ޔުމްނާ ޢަލީ
ފަލަސްތީންގެ ޣައްޒާގައިވާ ރައްޔިތުންނަށް އެހީވުމަށް މޯލްޑިވިއަން ރެޑް ކްރެެސެންޓުން ހުޅުވާފައިވާ ފަންޑަށް އެހީވުމުގެ ގޮތުން މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަސްލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ. އެމްޑަބްލިއުއެސްސީގެ ހެޑް އޮފީހުގެ ބޭރުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން ފައިސާގެ އެހީ ހަވާލުކޮށްދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހްއެވެ. ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލި ފަންޑު އެ ޖަމިއްޔާއިން ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ބައެއ...
އަޙްމަދު ވަހީދު
ހދ. ކުޅުދުއްފުށީ ސިޓީ އެއާޕޯޓު ފަސިންޖަރުންގެ ޓާމިނަލްގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައްފަށައި، މީހުން އުޅޭ ބޮޑެތި ރަށްތަކުގެ މަގު ހަދަން ފެށުންފަދަ ގިނަ އުމުރާނީ މަސައްކަތްތަކެއް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި ހިމަނައިފިއެވެ. ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާންމު ކުރެއްވި މި ޕްލޭންގައި މި މަސައްކަތް ފަށަން ހިމަނާފައި ވަނީ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައެވެ. މި ޕްލޭންގެ ގެދޮރުވެރިކަމާއި އުމުރާނީ ތ...
ޔުމްނާ ޢަލީ
މިޔަންމާގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގައި ހިންގާ ގަތުލުއާންމު ހުއްޓުވުމަށް، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްހުލުވާން ރާއްޖެ އިން ހުށަހަޅައިފިއެވެ. މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާ އިންސާނީ އަމަލުތަކާ ގުޅިގެން ގެމްބިއާ ސަރުކާރުން އައިސީޖޭ އަށް މައްސަލައެއް ހުށަހެޅީ ނޮވެމްބަރު 11، 2019 ގައެވެ. އެ މައްސަލައިގައ،ި މިޔަންމާގެ ރާކީން ސްޓޭޓްގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް 2016 ވަނަ އަހ...
މުޙައްމަދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ “ގެދޮރުވެރިޔާ” މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ 4،000 މީހުންގެ ދާއިމީ ލިސްޓާ އެއްގޮތަށް ފްލެޓު ދޫކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް މިރޭ އަންގައިފިއެވެ. އޭސީސީން އެގޮތަށް އެންގި އިރު، ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ކަމަށް ބުނެ، ހައުސިން މިނިސްޓްރީން ވަނީ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު […]
މުޙައްމަދު
ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތަކާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި ހިމަނައިފިއެވެ. މި ޕްލޭން އާންމުކުރެއްވީ މިރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ޕްލޭންގައި މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 4 ހަފުތާގެ ތެރޭގައި ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތަކާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުނ...
ޔުމްނާ ޢަލީ
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ދުވަހުގެ ޕްލޭން މިރޭ އިފްތިތާޙްކޮށްފިއެވެ. މާލޭގެ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި “ހަފުތާ 14″ ގެ ނަމުގައި ނެރުނު މި ޕްލޭންގައި ”މިނިވަންކަމާއި ސިޔާދަތު”ގެ ބައިގައި، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް ފެށުން ހިމަނާފަވެއެވެ. މިބައިގައި ދެވަނަ ކަމެއްގެ ގޮތުގައި ހިމަނާފައި ވަނީ، ނިމިދިޔަ ސަރުކާރުން އެހެން ޤައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާ...
ޔުމްނާ ޢަލީ
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އެއް ނައިބު ލީޑަރުކަމުގެ މަގާމުގައި ހުންނެވި އިގްބާލް އާދަމް އެ މަގާމުން އިސްތިއުފާ ދެއްވައި އެ ޕާޓީން ވަކިވެއްޖެއެވެ. އިގްބާލް މަގާމުން އިސްތިއުފާ ދެއްވައި ޖޭޕީން ވަކިވެފައިވާކަން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަޒްލީން އަހްމަދު ‘’ތިލަދުން’’ އަށް ކަށަވަރުކޮށް ދެއްވިއެވެ. އިގްބާލު ޖޭޕީގެ ނައިބު ލީޑަރުކަމުން އިސްތިއުފާ ދެއްވައި، އެ ޕާޓީން ވަކިވި ކަމުގެ ސިޓީ ޖޭޕީ އަށް ފޮނުވާފައި ވަނީ މިއަދު އެވެ. އިގްބާލް ޖޭޕީގެ ނައިބު ލީޑަރުކަމުން އިސްތިއުފާ […]
ޔުމްނާ ޢަލީ
ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުން އަހުމަދު މުހައްމަދުފުޅު އިސްތިއުފާ ދެއްވުމަށް ނިންމަވައިފިއެވެ. އަހުމަދު، ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ޖެނުއަރީ 21، 2020 ގައެވެ. އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ އިންސްޕެކްޓާ އޮފް ޕްރިޒްންސްގެ މަގާމުގައެވެ. އޭނާ ވަނީ ހިއުމަން ރައިޓްްސް ކޮމިޝަންގެ ޑިރެކްޓާ އޮފް ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ މަގާމު ވެސް އަދާކުރައްވައިފައެވެ. އަހުމަދު މީޑީއާތަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކޮމިޝަނާ އޮފް ޕްރި...
މުޙައްމަދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ “ގެދޮރުވެރިޔާ” ސްކީމްގެ ދަށުން 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށް، ފްލެޓުތައް ދޫކުރާ އަގުތައް އާންމުކޮށްފިއެވެ. ހައުސިން މިނިސްޓްރީން މިރޭ ގެޒެޓް ކުރި އިއުލާންގައި ބުނި ގޮތުގައި ދާއިމީ ލިސްޓު އެކުލަވާލީ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހުއެވެ. ލިސްޓަށް އައި ބަދަލާއެކު ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފްލެޓު ލިބޭ 76 އިން ފެށިގެން މަތިން […]
މުޙައްމަދު
ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބޭއްވި ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޓީމް ހަނިމާދޫއިން ހޯދައިފިއެވެ. ރޭ ވައިކަރަދޫ ވޮލީ ކޯޓުގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުށީ ކްލަބް ކޮރަލްސްއާއި ޓީމް ހަނިމާދޫއެވެ. މި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހަނިމާދޫއިންނެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ (25/14، 24/26، 25/20، 25/18) އިންނެވެ. ފައިނަލް މެޗުގެ މޮޅު […]
އިބްރާހިމް ޚަލީލް
ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ފުލުހުންގެ ޚިދުމަތުުން ޝަރަފުވެރިކަމާއެކު މިއަދު ރިޓަޔާ ކުރައްވައިފިއެވެ. ސީޕީ ހަމީދު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ މިއަދު ފުލުހުންގެ މަރުކަޒު އިސްކަންދަރު ބިލްޑިން ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި، ސީޕީ ހަމީދަށް ޝަރަފުގެ ހަނދާނީ ފިލާ، ރިޓަޔާމަންޓް ކާޑު އަދި ފުލުހުންގެ ދިދަ އަރުވާފައިވެއެވެ. ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާއެކު ރިޓަޔާކު...
ޔުމްނާ ޢަލީ
ހދ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 12,429,262.93 ރުފިޔާ އަށެވެ. މި މަޝްރޫޢު ހަވާލުކޮށްފައި 400 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ހދ. އަތޮޅު މަދަރުސާ ހުންނަނީ އެ އަތޮޅު ވަ...
ޔުމްނާ ޢަލީ
ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބޭއްވި ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ގެ އަންހެން ބައިގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ލައިކަން ހޯދައިފިއެވެ. މިއީ މި މުބާރާތް ލައިކަން އިން ވިދިވިދިގެން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އެ ޓީމް ވަނީ (2023 ،2022، 2021) މި ތިން އަހަރުގެ މުބާރާތުގެ ވެސް ޗެމްޕިއަންކަން ހޯދާފައެވެ. ފައިނަލް މެޗު އިއްޔެ ހަވީރު ވައިކަރަދޫގައި ކުޅެފައިވާއިރު، ފައިނަލުގައި ލައިކަންއާއި ވާދަކުރީ ޓީމް ހަނިމާދޫއެވެ. ލައިކަން އިން ވަނީ ތިން ސެޓް އެއް […]
އިބްރާހިމް ޚަލީލް
ފުލުހުންގެ ޚިދުމަތުގެ އޮފިސަރުންތަކަށް ދީފައި ވަނީ އޭޕްރީލް މަހުން ފެށިގެން އިއުލާނުކޮށް، ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް ކަމަށް އެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ އިސް ބޭފުޅުން ހިމެނޭ ގޮތަށް ގިނަ އަދަދެއް ފުލުހުންނަށް މަގާމުގެ ކުރިއެރުންދީފައިވާކަމަށް ޚަބަރު ފެތުރިފައިވާއިރު، އެއީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މިކަމާއި ނޫސްވެރިން ފުލުހުންގެ މީޑިއާ ގްރޫޕްގައި ކުރި ސުވާލުގެ ޖަވާބުގައި ފުލު...
ޔުމްނާ ޢަލީ
ށ. އަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކުން ރާވާ ހިންގާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމަށް، މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުޞަތުގެ ދަށުން، ޕްރޮޕޯސަލް ހުށަހެޅި ދެ ޖަމިއްޔާއަށް އެހީ ދީފިއެވެ. މިއީ އަތޮޅު ކައުންސިލުން ހިންގާ އެހީ ދިނުމުގެ ދެވަނަ ބުރެވެ. ކުރީ ފަހަރެކޭ އެއްގޮތައް މިފަހަރު ވެސް ތިން ޖަމިއްޔާ އަކަށް އެހީއަށް އެދި ފުރުސަތު ހުޅުވާލި ނަމަވެސް މިފަހަރު ޕްރޮޕޯސަލް ހުށަހަޅާފައި ވަނީ […]
ޙުސައިން ޝަހުދީ
”ކެޔޮކޭވަރު މާ ބޮޑަށް މިއެނގެނީ ބިތުފަންގި ނެގޭތީ” ކަމަށާއި، މި ސަރުކާރަށް ސަރުކާރުގެ ޚަރަދު ނުބެލެހެއްޓި ބަޖެޓު އޮތީ ހުސްކޮށްލާފައި ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ސަޕްލިމެންޓްރީގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ، ދައުލަތުގެ ފައިސާ ޚަރަދު ކުރުން އޮންނަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ މިންވަރަކަށް ފާސް ކުރާ ދުވަހަކ...
ޔުމްނާ ޢަލީ