މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,458 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 887 ވަނަ ޞަފްޙާ

ހައިކޯޓުގެ ފަނޑިޔާރުކަމަށް މާނިޢު އައްޔަނުކޮށްފި

ހައިކޯޓުގެ ފަނޑިޔާރުކަމަށް މާނިޢު އައްޔަނުކޮށްފި

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޢަބްދުލްމާނިޢު ޙުސައިން އިއްޔެ ޢައްޔަނު ކުރައްވައިފިއެވެ. ހއ. އިހަވަންދޫ އަށް ނިސްބަތްވެވަޑައިގަންނަވާ ޤާނޫނީވަކީލު އެ މަޤާމަށް އައްޔަނުކުރެއްވުމުގެ ކުރިން ފުރުއްވާފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ)ގެ މެންބަރު ކަމުގެ މަޤާމެވެ. މާނިޢު ޖޭއެސްސީން އިސްތިއުފާ ދެއްވީ މި މަހުގެ 12 ވަނަ ދުވަހުއެވެ. މާނިއު ޖޭއެސްސީގައި ފުރުއްވީ ވަކީލުންގެ ތެރެއިން އިންތިިޚާބު ކޮށްފައިވާ މެމްބަރުކަމެވެ. ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުން ބެ...

ޔުމްނާ ޢަލީ
މުޢިއްޒު ހުވާކުރުން މިއަދު ހަވީރު، އައު ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުން މިރޭ

މުޢިއްޒު ހުވާކުރުން މިއަދު ހަވީރު، އައު ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުން މިރޭ

މިއަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމާއި، ޙުސައިން މުޙައްމަދު ލަޠީފް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ޤާނޫނީ ހުވައި ކުރެއްވުން މިއަދު ހަވީރު ބާއްވަން ނިންމާފައިވާއިރު، އައު ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ޢައްޔަނު ކުރެއްވުމާއި ހުވާކުރެއްވުން މިރޭ އޮންނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ...

ޔުމްނާ ޢަލީ
ބީއެމްއެލް މުވައްޒަފުންނަށް ކެންސަރު ސްކްރީނިން ޕްރޮގްރާމެއް

ބީއެމްއެލް މުވައްޒަފުންނަށް ކެންސަރު ސްކްރީނިން ޕްރޮގްރާމެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުވައްޒަފުންނަށް ކެންސަރު ސްކްރީނިން ޕްރޮގްރާމެއް ބާއްވައިފިއެވެ. ބީއެމްއެލުން އެ ޕްރޮގްރާމް ބާއްވާފައިވަނީ އިއްޔެއެވެ. މި ޕްރޮގްރާމްގެ ތެރެއިން 100 އަށްވުރެ ގިނަ މުވައްޒަފުން ކެންސަރަށް ސްކްރީން ކުރި ކަމަށް ބޫއެމްލުން ބުންޏެވެ. މި ޕްރޮގްރާމުގައި ބީއެމްއެލްގެ މުވައްޒަފުން ވަނީ އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރަށް ސްކްރީން ކޮށްފައެވެ. ބީއެމްއެލުން ދަނީ އެ ބޭންކުގެ މުވައްޒަފުންނަށް ގަވާއިދުން ކެންސަރު ސްކްރީން ޕްރޮގްރާމް ބާއްވ...

އަޙްމަދު ވަހީދު
މާލެ ސިޓީ ކައުންސިލްގެ ދެ މެމްބަރަކު އިސްތިއުފާ ދެއްވައިފި

މާލެ ސިޓީ ކައުންސިލްގެ ދެ މެމްބަރަކު އިސްތިއުފާ ދެއްވައިފި

މާލެ ސިޓީ ކައުންސިލްގެ ދެ މެންބަރުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ސިޓީ ކައުންސިލްގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވާފައި ވަނީ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު (ހެރިންސް އައްޅޯ) އެވެ. އެނގިފައިވާ ގޮތުގައި އާ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަން މި ދެ ބޭފުޅުންނަށް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރަމީޒާއި އަބްދުﷲ އަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް އަރިސް ދެ ބޭފުޅުންނެވެ. […]

މުޙައްމަދު
ރައީސް ޞާލިޙް، ލަންކާގެ ރައީސް ރަނިލް އާ ބައްދަލުކުރައްވައިފި

ރައީސް ޞާލިޙް، ލަންކާގެ ރައީސް ރަނިލް އާ ބައްދަލުކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަވަށްޓެރި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާ ބައްދަލުކުރައްވައިފިއެވެ. މިރޭ ރައީސް އޮފީހުގައި ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙާއި ރައީސް ވިކްރަމަސިންހަ ވަނީ ސްރީލަންކާގެ މިހާރުގެ ޙާލަތާއި، ދާދިފަހުން ސްރީލަންކާއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން ޤައުމު މަޑުމަޑުން އަރައިގަންނަމުންދާ ގޮތާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައިކަމަށް ރައީސް އޮފީހުން މައުލޫމާތު ހާމަކުރައްވައެވެ. މީގެ އިތުރުން ސްރީލަންކާގެ އިޤ...

ޔުމްނާ ޢަލީ
ހިޔާ ސަރަހައްދު އިރުމަތީ ހުސް ބިމުގައި ހުރި ހަޓުތައް ނަގަން އަންގައިފި

ހިޔާ ސަރަހައްދު އިރުމަތީ ހުސް ބިމުގައި ހުރި ހަޓުތައް ނަގަން އަންގައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 12 ކައިރީ ބީޗް ސަރަހައްދަށްވާ ގޮތަށް އޮންނަ ހުސްބިމުގައި ހަދާފައިވާ ހަޓުތައް ނެގުމަށް އާބަންކޯއިން އަންގައިފިއެވެ. އެ ކުންފުނިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެ ތަކެތި ނަގާައި ސާފު ކުރަން ޖެހޭނެ ކަމަށެވެ. އެ މުއްދަތަށް އެތަންތަން ނުނަގާ ނަމަ، އާބަންކޯއިން އެތަކެތި ނަގައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ. އާބަންކޯއިން އެ ސަރަހައްދު […]

އަޙްމަދު ވަހީދު
ޕީޖީން ކޯޓުގެ ހުރުމަތް ކެނޑި މައްސަލަ ހައިކޯޓުން ނުބެލި

ޕީޖީން ކޯޓުގެ ހުރުމަތް ކެނޑި މައްސަލަ ހައިކޯޓުން ނުބެލި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުގެ ހުރުމަތް ކެނޑުމުން 10،000ރ. އިން ޖޫރިމަނާކުރި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ. ޕީޖީ އޮފީހުން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި, އެ އޮފީސް ޖޫރިމަނާ ކުރީ އެ ކޯޓުން ނެރުނު އަމުރަކަށް ޕީޖީ އޮފީހުން އަމަލު ނުކުރުމުންނެވެ. އެ ނިންމުން އިސްތިއުނާފް ކުރަން ޕީޖީ އޮފީހުން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ އިއްޔެ ނިންމެވީ ފޭދޫ ކޯޓުގެ ނިންމުމަކީ […]

ހުސައިން ހަބީބް
ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް އޮނިގަނޑު އެކުލަވާލައި، އެ އިދާރާތަކަށް ފޮނުވައިފި

ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް އޮނިގަނޑު އެކުލަވާލައި، އެ އިދާރާތަކަށް ފޮނުވައިފި

އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް، ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވާލައި އެ އިދާރާތަކަށް ފޮނުވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވައުދުފުޅާއެއްގޮތައް އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް، ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވައިލާފައިވާ ކަމަށެވެ. ޕޭ ކޮމިޝަނުން އެކުލަވައިލި މި އޮނިގަނޑު މިހާރު ފުލުހުންނާއި، ސިފައިންގެ މުއައްސަސާއ...

ޔުމްނާ ޢަލީ
ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި

ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި

މި 2023 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ދައުލަތުގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ 6.5 ބިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު މި ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައި ދެއްވީ މަމަހުގެ 14 ވަނަ ދުވަހުއެވެ. މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި މަޖިލީހަށް 6.5 ބިލިއަން ރުފިޔާ ހުށަހަޅާފައިވާއިރު، މި އަދަދަކީ މި […]

ޔުމްނާ ޢަލީ
''މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ޔާމީން ބައިވެރިވެވަޑައި ނުގަންނަވާނެ''

''މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ޔާމީން ބައިވެރިވެވަޑައި ނުގަންނަވާނެ''

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވަން މާދަމާ ބާއްވާ ރަސްމިއްޔާތުގައި ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ބައިވެރިވެވަޑައިނުގަންނަވަން ނިންމަވައިފިއެވެ. ޔާމީނަކީ އައު ސަރުކާރާއި ހަވާލުވާ ޕްރޮގްރެސިވް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ)ގެ ލީޑަރެވެ. މައުލޫމާތު ލިބޭގޮތުގައި މާދަމާ ހަވީރު އޮންނަ އައު ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައިނުގަންނަވަން ޔާމީން ވަނީ ނިންމަވާފައެވެ. ޑރ. މުޢިއްޒު ރައީސް ކަމުގެ ހުވާ ކުރެއް...

ޔުމްނާ ޢަލީ
އާ ސަރުކާރުގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ޚާއްޞަ ސިޔާސަތެއް ތައާރަފްކުރަނީ

އާ ސަރުކާރުގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ޚާއްޞަ ސިޔާސަތެއް ތައާރަފްކުރަނީ

ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ޚާއްޞަ ސިޔާސަތެއް ތައާރަފްކުރުމަށް މާދަމާ ހުވާކުރައްވާ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި ހިމަނައިފިއެވެ. އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭން، ”ހަފުތާ 14”ގެ ނަމުގައި އާންމު ކުރެއްވީ ރޭގައެވެ. މި ޕްލޭންގައި އިޤްތީޞާދާއި ތިމާވެށީގެ ދާއިރާއިން ވެސް ގިނަ ކަންތައްތަކެއް ހިމަނާފައިހުރިއިރު، މި ޕްލޭންގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް...

ޔުމްނާ ޢަލީ
އީސީގެ މެންބަރު ކަމަށް އިތުރު ދައުރަކަށް ނަޝާޠު ޢައްޔަން ކުރައްވައިފި

އީސީގެ މެންބަރު ކަމަށް އިތުރު ދައުރަކަށް ނަޝާޠު ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް ޢަލީ ނަޝާޠު ޢައްޔަން ކުރައްވައިފިއެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢަލީ ނަޝާޠު، މިއަދު ޢައްޔަން ކުރައްވާފައިވާއިރު، އޭނާ މެންބަރުކަމުގެ ހުވާ ކުރެއްވުމާއި އެ މަގާމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ނަޝާތަށް ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޒ...

ޔުމްނާ ޢަލީ
ކަސްޓަމްސް މުވައްޒަފުންގެ ފަރާތުން ފަލަސްޠީނަށް 200،000 ރުފިޔާ

ކަސްޓަމްސް މުވައްޒަފުންގެ ފަރާތުން ފަލަސްޠީނަށް 200،000 ރުފިޔާ

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންގެ ފަރާތުން ފަލަސްޠީނަށް އެހީވުމަށް 200،000 ރުފިޔާ މިއަދު ހަދިޔާކޮށްފިއެވެ. ކަސްޓަމްސް އިން ވިދާޅުވި ގޮތުގައި އެތަނުގެ މުވައްޒަފުންގެ ފަރާތުން ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އެހީވުމަށް 200،000 ރުފިޔާ މިހާރު ވަނީ ދިވެހި ރެޑްކްރެސެންޓާއި ހަވާލުކޮށްފައެވެ. މިއަދު ހެނދުނު ކަސްޓަމްސް ގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން ފަލަސްޠީނަށް ދޭ ރުފިޔާގެ ޗެކު ދިވެހި ރެޑްކްރެސެންޓާއި ހަވާލުކޮށްދެއްވާފައި ވަނީ އެތަނުގެ ޑެޕިއުޓީ ކޮމިޝަ...

ޔުމްނާ ޢަލީ
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ހއ. ދިއްދޫ މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ހއ. ދިއްދޫ މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ހއ. ދިއްދޫ މީހަކު ހޯދަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އޭނާ ހާޟިރުކުރަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޟިރު ކުރަން ބޭނުންވެ، ހާޟިރު ކުރެވިފައިނުވާތީ ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުންދަނީ ހއ. ދިއްދޫ / ޕެލަސް، އިބްރާހީމް ޝަފީޤް ކަމަށެވެ. އަދި އެއީ އުމުރުން 40 […]

މުޙައްމަދު އަފްރާޙް
ގޮތް ދޫކޮށް 4،000 ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް ހުއްޓާލައިފި

ގޮތް ދޫކޮށް 4،000 ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް ހުއްޓާލައިފި

މި ސަރުކާރުގެ “ގެދޮރުވެރިޔާ” ސްކީމްގެ ދަށުން 4،000 ފްލެޓު ލިބިފައިވާ މީހުންނަށް ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ހުއްޓާލައިފިއެވެ. ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދުން ފްލެޓު ދޫކުރުމަށްޓަކައި ސަރުކާރުން ހިންގާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށް ނުގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމ...

މުޙައްމަދު
އުތުރު ކޮރެއާއިން އައިއާރުބީއެމްގެ އާ ވައްތަރެއްގެ ސޮލިޑް ފިއުލް އިންޖީނެއް ޓެސްޓްކޮށްފި

އުތުރު ކޮރެއާއިން އައިއާރުބީއެމްގެ އާ ވައްތަރެއްގެ ސޮލިޑް ފިއުލް އިންޖީނެއް ޓެސްޓްކޮށްފި

މަނާކޮށްފައިވާ އިންޓަމީޑިއަޓް ރޭންޖް ބެލިސްޓިކް މިސައިލް (އައިއާރުބީއެމް) ގެ އާ ސޮލިޑް ފިއުލް އިންޖީނެއްގެ ސްޓޭޓިކް ޓެސްޓްތަކެއް އުތުރު ކޮރެއާއިން ކާމިޔާބުކަމާއެކު ކޮށްފިކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން ހާމަކޮށްފިއެވެ. އުތުރު ކޮރެއާގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާއިން މި ޓެސްޓުތައް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހޮނިހިރު އަދި އަންގާރަ ދުވަހުއެވެ. މި ޓެސްޓުތަކުގެ ސަބަބުން އައިއާރުބީއެމް ސިސްޓަމް އިތުރަށް ބާރު ސްޕީޑެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް އިތ...

މުޙައްމަދު
ހަފުތާ 14: އައިވީއެފް ފަރުވާ އާއި ބޯންމެރޯ ހެދުން ހިލޭ، ގެވެށި އަނިޔާ ހުއްޓުވުމަށް ހާއްސަ އިދާރާއެއް

ހަފުތާ 14: އައިވީއެފް ފަރުވާ އާއި ބޯންމެރޯ ހެދުން ހިލޭ، ގެވެށި އަނިޔާ ހުއްޓުވުމަށް ހާއްސަ އިދާރާއެއް

ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ ގޮތް ހެދުމާއެކު، އައިވީއެފް ފަރުވާ އާސަންދައިން ލިބޭނެ އިންތިޒާމު ހަމަަޖައްސައި، ގެވެށި އަނިޔާ ހުއްޓުވުމަށް ހާއްސަ އިދާރާއެއް ހަމަޖެއްސުމާއެކު ސިއްހީ ދުޅަހެޔޮކަމާއި އޯގާތެރި މުޖުތައު އަކަށް ބޭނުންވާނެ ގިނަ ކަންތައްތަކެއް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި ހިމަނައިފިއެވެ. ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ”ހަފްތާ 14”ގެ ނަމުގައި އާންމު ކުރެއްވި މި ޕްލޭންގައި ސިއްހީ ދުޅަހެޔޮކަމާއި އޯގާތ...

ޙުސައިން ޝަހުދީ
ނަތީޖާތައް ދައްވެ ޔޫނިއަން ބާލިންގެ ކޯޗް މަގާމުން ވަކިކޮށްފި

ނަތީޖާތައް ދައްވެ ޔޫނިއަން ބާލިންގެ ކޯޗް މަގާމުން ވަކިކޮށްފި

ޖަރުމަނު ލީގުގައި ވާދަކުރަމުން އަންނަ ޔޫނިއަން ބާލިންގެ ނަތީޖާތައް ދައްވެ، އެ ޓީމްގެ ކޯޗުގެ މަގާމުގައި ހުރި އާސް ފިޝާ އެ މަގާމުން ވަކިކޮށްފިއެވެ. ފިޝާގެ އިރުޝާދުގެ ދަށުން މި ސީޒަންގައި އެ ޓީމު ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ލީގުގައި 11 މެޗު ކުޅުނު އިރު މޮޅުވީ އެންމެ ދެ މެޗުންނެވެ. ހަ ޕޮއިންޓާއިއެކު މިވަގުތު އެ ޓީމް އޮތީ ތާވަލުގެ ފުލުގައެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް އެ ޓީމުން […]

އިބްރާހިމް ޚަލީލް