އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، އެމްފައިސާ އިން ބިލުތަކަށް ފައިސާ ދައްކައިގެން ފަހުގެ އައިފޯނެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ އެމްފައިސާ އިން ކުރިއަށްގެންދާ 6 މަސް ދުވަހުގެ ހާއްސަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނާއެކު އެމްފައިސާ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ދެ މަހަކުން އައިފޯން 15 ޕްރޯ މެކްސް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. ޔޫޓިލިޓީ ބިލް ދެއްކުމާއި މާޗަންޓް ޓްރާންސެކްޝަންތަކަށް ކޮންމެ މަހަކު 1،500 ރުފިޔާ އާއި އެއަށް ވުރެ […]
އަޙްމަދު ވަހީދު
ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ގެންދާ މީހުން އަތުން ޙައްޖަށް މީހުން ގެންދާ ބައެއް ކުންފުނިތަކުން ބޮޑު އަގުނަގާ މައްސަލަ ހައްލުކުރުމަށް ޢަމަލުކުރާނެ ގޮތަކާމެދު މަޝްވަރާފަށާފައިވާ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރައިގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ރޭގެ ”ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ކޯޓާ ދޭ ކުންފުނިތަކުން ހައްޖު ޖާގަ އަށް ބޮޑު އަގުގައި ފައިސާ ނަގާ މަ...
ޔުމްނާ ޢަލީ
ޔުއެފާ ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ބީގައި ރޭ ރިޕަބްލިކް އޮފް އަޔަލެންޑް ބަލިކޮށް ނެދަލެންޑްސް އިން ޔޫރޯއަށް ކޮލިފައި ވެއްޖެއެވެ. ރޭ ނެދަލެންޑްސްގެ ޖޯން ކްރައިފް އެރީނާގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑ 11 ވަނަ މިނެޓުގައި ސްޓެފަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ވުޓް ވެގްހޮސްޓެވެ. ނެދަލެޑްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި […]
އިބްރާހިމް ޚަލީލް
އެކުވެރިކަމުގެ މެޗުގައި ރޭ ތުރުކީން ޖަރުމަނު ބަލިކޮށްފިއެވެ. އަމިއްލަ ގައުމުގައި ޖަރުމަނު ތުރުކީއަތުން ބަލިވީ 3-2 ގެ ނަތީޖާއިންނެވެ. މިއީ މިދިޔަ ސެޕްޓެމްބަރ މަހު ޖަރުމަނުގެ ކޯޗްކަމާއި ހަވާލުވި ހޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން އެ ޓީމް ބަލިވި ފުރަތަމަ މެޗެވެ. މިހާތަނަށް އޭނާގެ އިރުޝާދުގެ ދަށުން ޖަރުމަނުން ވަނީ ތިން މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި އެމެރިކާއާއި ބައްދަލުކޮށް މޮޅުވިއިރު ދެވަނަ މެޗުގައި މެކްސިކޯއާއި ވީއެއްވަރެވެ. ތިންވަނަ މެޗުގައި ރޭ ވަނީ ބަލިވެފައެވެ. ނާގަލްސްމަންއާއި ޖަރު...
އިބްރާހިމް ޚަލީލް
މުލިއާގެ ރައީސްގެ ރަސްމީގެކޮޅަށް ހަމަޖެއްސުމަކީ ނަޝީދު ގައުމަށް ޖެއްސި މުސީބާތެއް ކަމަށާއި، އެތަން ބަހައްޓަންވީ ތަރިކައެއް ގޮތުގައި ކަމުގައި މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. މިހެންކަން ހިނގާފައިވާއިރު ރޮޒައިނާ ”އެކްސް”ގައި ވިދާޅުވީ، ތީމުގެ އަކީ ރާއްޖޭގެ ރައީސްކަން ކުރައްވާ ބޭފުޅުން ދިރިއުޅުއްވަން ރައީސް މައުމޫން ހެއްދެވި ތަނެއް ކަމަށެވެ. ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްފަހު، ތީމުގެ އޮފީހަަކަށް ބަދަލުކުރެއްވުމަށްފަހު، ރައީސްގެ ރަސްމީ ގެކ...
ޔުމްނާ ޢަލީ
އަޒުމަކީ ކުރިއަށް އޮތް 30 ދުވަސް ހަމަވުމުގެ ކުރިން ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުން ކަމަށާއި، މި މަޝްރޫޢު 8 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް އުންމީދު ކުރައްވާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ، މާފަންނު ގަޑި ބުރު އަލުން ތަރައްޤީކޮށް އިފްޠިތާޙް ކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ މާލޭ ސަރަހައްދުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް ކުރާނެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފ...
ޔުމްނާ ޢަލީ
ސަރުކާރުގެ ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަންތައް ހަމަޖައްސައިފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި، 17 ނޮވެންބަރު 2023 ވަނަ ދުވަހު ރިޔާސީ އައު ދައުރު ފެށުމާ ގުޅިގެން، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލުތަކާއެކު، ސަރުކާރުގެ ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަން ހަމަޖައްސަވައި، ރައީސް ޑރ. މުޢިއްޒު ވަނީ އެކަން ވުޒާރާތަކަށް އަންގަވާފައެވެ. މި ސަރުކާރުގައި ޖުމްލަ 22 ވުޒާރާއެއް ހިމެނޭއިރު، ވުޒާރާތަކަށް ދިވެހިބަހުން ކިޔަން ނަންތައް ހަމަޖައްސަވާފައިވާ ގޮތަކީ، މިނިސްޓްރީ އޮފް ޑިފެންސް –...
ޔުމްނާ ޢަލީ
މާލޭ ސިޓީގެ މާލޭގެ މާފަނުން ގަޑިބުރު ތަރައްޤީކޮށް ޒަމާނީ ބަދަލުތަކާއެކު ރޭ އަލުން ހުޅުވައިފިއެވެ. ރޭ އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި މާފަންނު ގަޑި ބުރު އަލުން ތަރައްޤީކޮށް އިފްޠިތާޙް ކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި މަސައްކަތަކީ ރައީސް މުޢިއްޒު މާލެ ސިޓީގެ މޭޔަރު ކަމުގެ މަޤާމުގައި ހުންނެވިއިރު ފައްޓަވާފައިވާ މަޝްރޫޢެކެވެ. މިއީ އެމަނިކުފާނު އިސްވެ ހުންނަވައި އެކުލަވާލެއްވި މާލެ ސިޓީ ކައުންސިލްގެ ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މަސައްކަތެކެވެ. ގަޑިބުރ...
ޔުމްނާ ޢަލީ
ޔުއެފާ ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ބީގައި ރޭ ފްރާންސާއި ޖިބްރާލްޓާ ބައްދަލުކުރި މެޗު، 14-0 ގެ ނަތީޖާއިން ފްރާންސް ކާމިޔާބު ކޮށްފިއެވެ. މިއީ ބައިނަލްއަގުވާމީ މެޗެއްގައި ފްރާންސުން ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ. މި މެޗަށް ނުކުތްއިރު ވެސް ފްރާންސް އޮތީ އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯއަށް ކޮލިފައިވެފައެވެ. ނަމަވެސް އެ ޓީމުން މި މެޗުގެ ފުރަތަމަ އެގާރާގައި ވަނީ އެމްބާޕޭއާއި ގްރިޒްމަން އަދި ކިންގްސްލީ ކޮމަން ފަދަ ކުޅުންތެރިން ހިމަނާފައެވެ. އަމިއްލަ […]
އިބްރާހިމް ޚަލީލް
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގްރޫޕް (ޕީޖީ) ލީޑަރުކަމަށް ތިން ބޭފުޅަކު ކުރިމަތި ލައިފިއެވެ. އެމްޑީޕީއިން ބުނީ ހުސްވެފައިވާ އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބު 23 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ އޮންނާނެ ކަމަށެވެ. މި އިންތިޚާބު ބާއްވަން ނިންމާފައި ވަނީ، އެ ދުވަހުގެ 14:00 ން 16:00 އަށެވެ. މި އިންތިޚާބު ބާއްވަން ނިންމާފައި ވަނީ، އެމް.ޑީ.ޕީ އޮފީހުގެ ޖަލްސާކުރާ މާލަމުގައި (ގ. ނިއުޝާ / 3ވަނަ ފަންގިފިލާ) […]
ޔުމްނާ ޢަލީ
ޓްރާންސްފޯމަރެއްގައި ރޯވެ ހުޅުމާލޭ ފޭސް2 ގެ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯއިން ވިދާޅުވީ، ހުޅުމާލޭގެ ހިޔާ ޓަވަރުތައް ހުންނަ ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. މި ހާދިސާ ހިނގުމާއި ގުޅިގެން ކަރަންޓުގެ ހިދުމަތް މެދު ކެނޑުނު ޓަވަރުތަކުގެ ތެރެެއިން 3 ވަނަ ޓަވަރު ފިޔަވާ އެހެން ހުރިހާ ޓަވަރަކަށް މިހާރު ވަނީ ކަރަންޓު ދެވިފައި ކަމަށް އެކުންފުނިން ވިދާޅުވެއެވެ. ’’3 ވަނަ ޓަވަރަށް ކަރަންޓު ދިނުމަށްޓަކައި ކުރަންޖެހޭ މަސައ...
ޔުމްނާ ޢަލީ
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދިނުމަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި، މިކަމަށް އެދިވަޑައިގަތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ މިނިސްޓރަ އޮފް އަރތް ސައިންސެސް، ހިޒް އެކްސެލެންސީ މިސްޓަރ ކިރެން ރިޖިޖޫ އާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދިނުމަށް ރައީސް މުޢިއްޒު މިއަދު އެދިވަޑައިގެންފައިވާއިރު މިއީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއ...
ޔުމްނާ ޢަލީ
ސަރުކާރުގެ މުއައްސަސާތަކުގައި ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބަހައްޓާ ގޮތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި، ރައީސް މުޢިއްޒު ނިންމަވާފައި ވަނީ މިއަދުން މިގޮތަށް ޢަމަލުކުރުމަށެވެ. ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބެހެއްޓުމާ ބެހޭގޮތުން، ރައީސް މުޢިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައި ވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއ...
ޔުމްނާ ޢަލީ
ފަލަސްތީނުގެ ޣައްޒާގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް، ޝިފާ ހޮސްޕިޓަލުގައި ތިބި އެންމެން ނުކުންނަން އިސްރާއީލުން އިންޒާރު ދީފިއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޝިފާ ހޮސްޕިޓަލްގެ ތެރޭގައި ޒަހަމްވެގެންނާއި ބަލިވެގެން ގެނެސް ތިބި މީހުންގެ އަދަދު 650 އަށް ވުރެ މައްޗަށް އަރައެވެ. އަދި ރެފިއުޖީންގެ ގޮތުގައި ހޮސްޕިޓަލުގެ ތެރޭގައި އާއި ގޯތިތެރޭގައި ހިޔާވަހިކަން ހޯދަމުން އަންނަ މީހުންގެ އަދަދު 7،000 އަށް ވުރެ މައްޗަށް އަރައެވެ. އިސްރާއީލް ސިފައިން އެއްގަމު މަގުން ޣައްޒާ އަށް އަރައި […]
މުޙައްމަދު
އައްޑޫގެ ފަޅު ރަށަކަށް ދަތުރު ގޮސް އުޅެނިކޮށް ވެއްޓުނު ޒުވާނަކު ނިޔާވެއްޖެއެވެ. އެ ހާދިސާގައި ނިޔާވެފައި ވަނީ ހިތަދު އަށް އުފަން އަހުމަދު މުހައްމަދު 29، އެވެ. ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ އެރުއްހެރާ އަށް ދަތުރުގޮސް އުޅުނު މީހަކު ހާލު ދެރަވެގެން ކޯސްޓްގާޑްގެ އެހީތެރިކަމާއެކު ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު 12:55 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. “މި މީހާ ސިއްހީ މަރުކަޒަށް […]
މުޙައްމަދު
ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން މާސްޓާސް ހާސިލްކޮށްފައިވާ ފަރާތްތަކަށް ބޭރުގެ ޔުނިވާސިޓީއަކުން ޕީއެޗްޑީ ހާސިލްކުރުމުގެ މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން، އިސްލާމީ އިލްމުގެ ދާއިރާއަކުން މާސްޓާސް ހާސިލްކޮށްފައިވާ ފަރާތްތަކަށް ބޭރުގެ ޔުނިވަސިޓީއަކުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޝްރޫއެއް ވަރަށް އަވަ...
މުޙައްމަދު
ޢާންމުކޮށް މާލޭގެ ވިޔަފާރިވެރިންގެ މިސްކިތަށް ފަތިސްނަމާދަށް ޖަމާއަތަށް އަރާމީހުންނަށް އެއީ އާ މަންޒަރެއްނޫނެވެ. ސަބަބަކީ އިއްޔެ ހުވާކުރައްވައި، ރާއްޖޭގެ ޒައާމަތާއި ހަވާލުވެވަޑައިގެން ޑރ. މުހައްމަދު މުޢިއްޒު ޢާންމުގޮތެއްގައި އެ މިސްކިތަށް ޖަމާއަތަށް ފަތިސް ނަމާދަށް ވަޑައިގަންނަވާތީއެވެ. ފަތިސް ނަމާދުގެ އިތުރުން ވެސް އިތުރު ނަމާދުތަކަށް ވެސް މުޢިއްޒު އެ މިސްކިތަށް ވަޑައިގަންނަވައެވެ. ޚާއްޞަކަމެއް ގޮތުގައި މީހުން މީސްމީޑިއާގައި މިކަން ފާހަގަކުރަމުން އަންނަނީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރައީސްކަމަ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަވަށްޓެރި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައިފިއެވެ. ރޭ ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ދިޔަ މި ބައްދަލުވުމާގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމުން އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. ސްރީލަންކާގެ ރައީސް ރާއްޖެއަށް...
ޔުމްނާ ޢަލީ