ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް އެފްގައި ރޭ ބެލްޖިއަމްއާއި އަޒަރުބައިޖާން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބެލްޖިއަމުން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ގައުމުގައި ކުޅުނު މި މެޗުގައި ބެލްޖިއަމުން ކާމިޔާބު ކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމުން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މި ހަތަރު ލަނޑުވެސް ޖަހައިދިނީ މިވަގުތު ފޯމްގައި ހުރި ފޯވާޑް ލުކަކޫއެވެ. މި ލަނޑުތަކާއިއެކު ކޮލިފައިންގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 14 އަށް […]
އިބްރާހިމް ޚަލީލް
ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ މަގާމުދަށްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ. ޖޭއެސްސީން ވިދާޅުވީ، ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ކަމާބެހޭ މަޢުލޫމާތު ސާފުނުކޮށް، މައްސަލަ އެކަށީގެންވާ މިންވަރަށް ދިރާސާކޮށްފައި ނުވާތީ، ދާއިރާ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް މައްސަލަ ބެލުމުގައި ފަރުވާކުޑަކޮށްފައިވާކަން އެ ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވެފައިވާ ކަމަށެވެ. އެހެންވެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ގެވެށި އަނިޔ...
ޔުމްނާ ޢަލީ
އައު ސަރުކާރުގެ ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް މިއަދު ފޮނުވައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި 22 ވަޒީރަކު ތިއްބަވައެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ވަޒީރުންނަށް ރުހުން ހޯދަން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. މި ސަރުކާރުގެ ވަޒީރުންގެ މަޖިލިސް ޢައްޔަނުކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރެއެވެ.
ޔުމްނާ ޢަލީ
ހއ. ވަށަފަރު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން، ޗީފް އޮފް ސްޓާފް އެޓް ދަ ވައިސް ޕްރެސިޑެންޓްސް ރެޒިޑެންސްގެ މަގާމަށް ރޭ ޢައްޔަނުކޮށްފިއެވެ. މުޙައްމަދު މަގާމަށް ޢައްޔަނުކޮށް މަގާމުގެ ލިޔުން ހަވާލުކުރީ ރޭ ރައީސް އޮފީހުގައޮ އޮތް ރަސްމިއްޔާތެއްގަ އެވެ. މުޙައްމަދާއި ލިޔުން ހަވާލުކޮށް ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މުޙައްމަދަކީ ކައުންސިލްތަކުގެ ނިމުނު ދައުރުގެ ވަށަފަރު ކައުންސިލްގެ ރައީސް އެވެ. އޭނާ އެ މަގާމު ފުރުއްވީ ޕްރޮގްރެސިވް ޕާޓީ އޮފް […]
ޔުމްނާ ޢަލީ
ޔުއެފާ ޔޫރޯ 2024، ކޮލިފައިންގައި ކުޅުނު އަށް މެޗުވެސް ކާމިޔާބުކޮށް ސައްތައިން ސައްތަ ރެކޯޑާއި އެކު ޕޯޗުގަލް އިން ކޮލިފައިން ނިންމާލައިފިއެވެ. ރޭ ގްރޫޕްގެ ފަހު މެޗުގައި ޕޯޗުގަލް އަމިއްލަ ގައުމުގައި ނުކުތީ އައިސްލެންޑާއި ދެކޮޅަށެވެ. އެ މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޕޯޗުގަލް އެވެ. ކޮލިފައިންގައި ޕޯޗުގަލް އޮތީ ގްރޫޕް ޖޭގައެވެ. 10 މެޗުން 30 ޕޮއިންޓް ހޯދައިގެން އެއްވަނަ ޓީމް ގޮތުގައި ޕޯޗުގަލް ކޮލިފައިވީއިރު، ދެވަނަ ހޯދީ ސްލޮވާކިއާއެވެ. ރޭ ޕޯޗުގަލް […]
އިބްރާހިމް ޚަލީލް
ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް އޭގެ ފަހު މެޗުގައި ސްޕެއިންއާއި ޖޯޖިއާ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ސްޕެއިނުން ކާމިޔާބުކުރިއިރު، އެ ޓީމްގެ ޒުވާން މިޑްފީލްޑަރ ގަވީއަށް އަނިޔާވެއްޖެއެވެ. ރޭ މެޗަށް ނުކުތްއިރު ވެސް ސްޕެއިން އޮތީ ޔޫރޯއިން ޖާގަ ކަށަވަރު ކޮށްފައެވެ. މި މެޗުގައި ސްޕެއިނުން ވަނީ ހަތަރުވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ފެރާން ޓޯރޭސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ލެ ނޯމަންޑްއެވެ. ސްޕެއިނުން ލަނޑުޖެހިތާ ހަ […]
އިބްރާހިމް ޚަލީލް
ފަލަސްތީނުގެ ޣައްޒާގެ ޝިފާ ހޮސްޕިޓަލްގައި ތިބި ދުވަސްނުފުރާ ކުޑަކުދިން ސަލާމަތްތެރިކަމާއެކުގައި ޣައްޒާގެ ދެކުނަށް ގެންގޮސްފިއެވެ. އިސްރާއީލް ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް އެއްގަމު މަގުން އަރައި ކުރަމުން އަންނަ ހަނގުރާމައިގައި ޝިފާ ހޮސްޕިޓަލް ވަނީ ހިސޯރުކޮށްފައެވެ. އެ ހޮސްޕިޓަލްގައި ކަރަންޓު ނެތް އިރު، ހިދުމަތްތައް ދެވޭނެ އެއްވެސް ގޮތެއް ނެތެވެ. އިސްރާއީލް ސިފައިން ޓޭންކާއި އެ ނޫން ވެސް އުޅަނދުތަކުގައި ޝިފާ ހޮސްޕިޓަލް ކައިރި އަށް އައިއިރު، އިންކިއުބޭޓަރުގައި ފަރުވާ ދެމުން އައި ދުވަސްނުފުރާ ވި...
މުޙައްމަދު
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް މުޙައްމަދު ޝަމްޢާން ވަޙީދު މިރޭ ޢައްޔަނުކުރައްވައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޝަމްޢާން މި މަޤާމަށް ޢައްޔަނުކުރައްވައި، މަޤާމުގެ ލިޔުން ހަވާލުކުރެއްވީ މިރޭ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. ޝައްމާން ވަނީ މީގެ ކުރިން އިމިގްރޭޝަންގައި 14 އަހަރު ޚިދުމަތްކުރައްވައިފައެވެ. ނަމަވެސް ކުރީ ސަރުކާރުން އޭނާ ވަނީ ވަޒީފާއިން އެކަހެރިކޮށްފައެވެ. މީގެ ކުރީން އިމިގްރޭޝަންގެ ކޮންޓްރޯލާ ކަމަށް ހުންނެވީ، މުޙައްމަދު އަޙްމަދު ހުސައިން (ހަނަފީ)...
ޔުމްނާ ޢަލީ
ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އެއިން ހޯދި ފައިސާ އިން އެ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގަތް ކަމަށް ތުހުމަތުވާ އަގު ބޮޑު މުދާ އެއް އަހަރު ދުވަހަށް ހިފަހައްޓައިފިއެވެ. ފުލުހުން މި މައްސަލައިގައި ހަމައެކަނި ބުނީ ކޭޕާކް މައްސަލައިގައި ތުހުމަތު ކުރެވޭ މަންޑޭ ދިރިއުޅޭ ގެ ކޮޓު އަމުރެއްގެ ދަށުން އިއްޔެ ބަލައި ފާސްކޮށް، މައްސަލައާ ގުޅުން ހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. […]
މުޙައްމަދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާރޖްގެ މަގާމަށް، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިރޭ ޢައްޔަނު ކުރައްވައިފިއެވެ. މުންދު މީގެ ކުރިން ވަނީ ސްޕޯޓްސް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރު ކަމާއި އަދި ސަރުކާރުގެ ތަރުޖަމާންގެ މަގާމުވެސް އަދާކުރައްވާފަ އެވެ. މުންދުއަށް މަގާމުގެ ފަތްކޮޅު އަރުވާފައި ވަނީ މިރޭ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. މީގެ ކުރިން ރައީސް މުޢިއްޒު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ […]
ޔުމްނާ ޢަލީ
އިސްރާއީލް ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުތަކާ ހެދި ޔަމަންގެ ހޫތީން މުދާ އުފުލާ ބޯޓެއް ހައިޖެކްކޮށްފިއެވެ. ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ ރަތް ކަނޑުގައި ދުއްވަމުން ދަނިކޮށް އިރާންގެ މަދަދު ލިބެމުން އަންނަ ހޫތީން އެ ބޯޓު ހައިޖެކް ކުރުމަކީ ދުނިޔޭގައި ފެންވަރުގައި ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އެ ބޯޓު ދަތުރު ކުރަމުން ދިޔައީ ތުރުކީން އިންޑިއާ އަށް ކަމަށާއި އޭގައި އިސްރާއީލްގެ ބަޔަކު ނެތް ކަމަށާއި އެއީ އިސްރާއީލްގެ ބޯޓެއް […]
މުޙައްމަދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރގެ މަގާމަށް، ޑޮކްޓަރ މަޙްމޫދު ޝައުޤީ މިރޭ ޢައްޔަނު ކުރައްވައިފިއެވެ. ޝައުޤީ އެމަޤާމަށް ޢައްޔަނު ކުރައްވައި މަޤާމްގެ ފަތްކޮޅު އެރުވީ މިރޭ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. ޑރ. ޝައުގީ އަކީ ރާއްޖޭގެ ތައުލީމާބެހޭ ވަޒީރު ކަމާއި، ފަތުރުވެރިކަމާބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފޫޅެކެވެ. ޝައުޤީ މީގެ ކުރިން ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ. ޝައުޤީ ޖޭޕީއަށް ރަސްމީކޮށް ސޮއި ކުރެއްވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތ...
ޔުމްނާ ޢަލީ
ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބު ލީޑަރު، އިޤްބާލް އާދަމް ރައީސް އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް މިރޭ ޢައްޔަނުކޮށްފިއެވެ. އިޤްބާލް އެ މަޤާމަށް ޢައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު އެރުވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިރޭ ރައީސް އޮފީހުގައެވެ. އިޤްބާލަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޢާއިލީ ބޭފުޅެކެވެ. އޭނާ ކުރިން ހުންނެވި ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބު ލީޑަރުކަމުން އުސްތިއުފާދެއްވައި އެ ޕާޓީން ވަކިވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ރައީސް ޑރ. […]
ޔުމްނާ ޢަލީ
ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް، ސަރުކާރުގެ އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރުމަށް ތިން ކައުންސިލެއް މިއަދު އެކުލަވާލައިފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި ސަރުކާރުން މިއަދު އެކުލަވާލި ވަޒީރުންގެ މަޖިލީހުގެ ތިން ކައުންސިލަކީ، ސޯޝަލް ކައުންސިލާއި، އިކޮނޮމިކް ކައުންސިލާއި، ވިޒިޓަރ އިކޮނޮމިކް ކައުންސިލެވެ. މިކައުންސިލުތަކުގެ ތެރެއިން މުޅިން އަލަށް އެކުލަވާލެއްވި ވިޒިޓަރ އިކޮނޮމިކް ކައުންސިލު ޗެއާ ކުރައްވާނީ ސީދާ ރައީސް، ޑރ. މުޙައްމަދު މުޢިއްޒެވެ. ސޯޝަލް ކައުންސިލް ޗެއާ ކުރައްވަނީ ނައިބ...
ޔުމްނާ ޢަލީ
އިންޑިއާގެ 77 ސިފައިން ރާއްޖޭގައި އެބަތިބި ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ޢަބުދުﷲ ޚަލީލް ވިދާޅުވީ، އިންޑިއާގެ 77 ސިފައިން ރާއްޖޭގައި އެބަތިބި ކަމަށެވެ. ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ތަފުސީލު ހާމަކުރައްވަމުން އޭނާ ވިދާޅުވީ، އެ ގައުމުން ރާއްޖެއަށް ހަދިޔާކުރި ފުރަތަމަ ހެލިކޮޕްތަރު ބަލަހައްޓަނ...
ޔުމްނާ ޢަލީ
ނިމިދިޔަ ސަރުކާރުން އެހެން ޤައުމުތަކާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުމަށް އެ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާސަތަށް ނުރައްކާވާގޮތައް ހުރި މާއްދާތައް ދިރާސާކުރަމުން އަންނަ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. މިފަދަ އެއްބަސްވުންތައް ހާމަކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ކެމްޕޭންގައި ވެވަޑައިގެންފާ ވަޢުދުފުޅެކެވެ. މި ފަދަ އެއްބަސްވުންތައް ހާމަކުރާނީ ކޮން އިރަކުންތޯ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއ...
ޔުމްނާ ޢަލީ
ފޭސްބުކް އެކައުންޓްތައް ހެކްކޮށްގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުން ދާތީ ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފިއެވެ. އެ ބޭންކުން ބުނީ ހެކް ކޮށްފައިވާ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ‘ފްރެންޑްސް ލިސްޓް’ގައި ހުންނަ އެކި ފަރާތްތަކުން ފައިސާ ހޯދުމަށް މެސެޖްކޮށް، ފައިސާ ހޯދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮނ...
އަޙްމަދު ވަހީދު
އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތައް ހަދަން މަޖިލީހަށް ދިވެހިރާއްޖޭގެ އިމިގްރޭޝަންއާ ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. ދިވެހިރާއްޖޭގެ އިމިގްރޭޝަންއާ ބެހޭ ޤާނު (ޤާނޫނު ނަންބަރު 1/2007) އަށް އިސްލާޙް ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) އެވެ. މޮސްޓާގެ މި ބިލުގައި ހިމަނުއްވާފައި ވަނީ ދިވެހިރާއްޖޭގެ އިމިގްރޭޝަންއާ ބެހޭ ޤާނޫގެ 8 ވަނަ މާއް...
ޔުމްނާ ޢަލީ