އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާ ސަރުކާރުގެ މަންދޫބެއްގެ ގޮތުގައި ފޮނުވުމަށް ހަމަޖެހިފައި ވަނީ އެ ގައުމުގެ އާތު އެންޑް ސައިންސް މިނިސްޓަރު ކިރެން ރިޖިޖޫ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފިއެވެ. އަންނަ ހުކުރު ދުވަހު ހަވީރު އޮންނަ މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެކުވެރި ހުރިހާ ގައުމުތަކަށް ދައުވަތު ދީފައިވާނެ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ބުނެފައެވެ. އެ އޮފީހުން ބުނި ގޮތުގައި ޖަލްސާ އަށް 3،000 އަށް […]
މުޙައްމަދު
ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް މިއަދު ޢައްޔަނުކުރައްވައިފިއެވެ. އަސްލަމް މި މަޤާމަށް ޢައްޔަނު ކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޖޭއެސްސީގެ މެންބަރުކަމަށް އަސްލަމް ޢައްޔަނުކުރެއްވުމާ ގުޅިގެން، އެމަނިކުފާނު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ. އަސްލަމަށް ހުވައި...
ޔުމްނާ ޢަލީ
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ކަސްޓަމަރުންނަށް ހާއްސަ ރިފަންޑް ޕޯޓަލެއް ތައާރަފު ކޮށްފިއެވެ. މޯލްޑިވިއަނުން ބުނީ މި ތައާރަފު ކުރެވުނު ޕޯޓަލާއެކު އެ ކުންފުނިން ރީފަންޑަށް އެދޭ ކަސްޓަމަރުންނަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. މިއީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަ ޕޯޓަލެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ. މި ޕޯޓަލް މެދުވެރިކޮށް ރީފަންޑުގެ އިތުރުން ކޮމްޕެންސޭޝަނާއި އެކްސެސް ބޭންކް ޓްރާންސްފާ އަދި އެ ނޫންވެސް ގިނަ ހިދުމަތްތަކަކަށް އެދެވޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. Intro...
އަޙްމަދު ވަހީދު
ރައްޔިތުންގެ މަޖިލީހުގެ ނިޒާމު ނުގެއްލި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތައް ކަންކަން އިންތިޒާމުކުމަށް ބައެއް ފިޔަވަޅުތައް އަޅަން ނިންމަވާފައިވާ ކަމަށް މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަސްލަމް މިހެން ވިދާޅުވީ، މިއަދުގެ މަޖިލީހުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން، އެޖެންޑާގައި ހިމެނޭ ރިޔާސަތުން އަންގާ އެންގެވުމުގެ ނަންބަރަށް ވާހަކަ ދައްކަވަމުންނެވެ. އަސްލަމް ވިދާޅުވީ، މަޖިލީހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ވަރަށް...
ޙުސައިން ޝަހުދީ
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޒަކާތާބެހޭ ބިލާއި އިތުރު ދެ ބިލެއް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ. އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވާފައި ވަނީ ޒަކާތާބެހޭ ބިލުގެ އިތުރުން މެރިން ސްޕޭޝަލް ޕްލޭނިންގއާބެހޭ ބިލާއި އަދި މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެކެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، ޒަކާތާބެހ...
ޔުމްނާ ޢަލީ
ށ.އަތޮޅު ނަރުދޫގައި ގްރީންހައުސްގައި ގަސްއިންދާ ހައްދާނެ ގޮތް ދަސްކޮށްދިނުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިގެން ކާމިޔާބު ކަމާއިއެކު ކުރިއަށް އެބަގެންދެއެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ފަރާތުން ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ޕްރޮޖެކްޓެކެވެ. ޖުމްލަ 16 ބައިވެރިންނާއިއެކު މި ޕްރޮގްރާމް އެ ރަށުގައި ފަށާފައި ވަނީ ފާއިތުވި އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން ނަރުދޫ ކައު...
އިބްރާހިމް ޚަލީލް
ނަޕޯލީގެ ކޯޗުގެ މަގާމުގައި ހުރި ރުޑި ގާސިއާ އެ މަގާމުން ވަކިކޮށް އައު ކޯޗަކަށް ވޯލްޓާ މަޒާރީ ހަމަޖައްސައިފިއެވެ. ނިމިދިޔަ ސީޒަންގައި ނަޕޯލީގެ ކޯޗުގެ މަގާމުގައި ހުރީ ލޫސިއާނޯ ސްޕަލެޓީއެވެ. އޭނާގެ އިރުޝާދުގެ ދަށުން ނަޕޯލީން ވަނީ 33 އަހަރުތެރޭ ފުރަތަމަ ފަހަރަށް އިޓާލިއަން ލީގު ކާމިޔާބު ކޮށްފައެވެ. ނަމަވެސް ސީޒަން ނިމުމާއިއެކު ސްޕަލެޓީ ވަނީ އެ މަގާމުން ވަކިވެފައެވެ. އޭނާ ވަކިވުމުން ނަޕޯލީގެ އައު ކޯޗަކަށް ގާސިއާ ހަމަޖެއްސީ މިދިޔަ ޖޫން މަހުއެވެ. ގާސިއާގެ އިރުޝާދުގެ […]
އިބްރާހިމް ޚަލީލް
ފ. މަގޫދޫގައި ހަދަމުން އަންނަ އެއާޕޯޓު ހިންގުމަށް ރީޖަނަލް އެއާޕޯޓްސް އާ ހަވާލުކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ރީޖަނަލް އެއާޕޯޓްސްއާ ހަވާލުކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެ އެއާޕޯޓް ހިންގުމުގެ ހުރިހާ ބާރެއް އެ ކުންފުންޏަށް މިހާރު ވަނީ ދީފައެވެ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 230 މިލިއަން ރުފިޔާއަަށެވެ. މި އެއާޕޯޓް ތަރައްގީކުރ...
އަޙްމަދު ވަހީދު
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު މާލެ ސަރަހައްދުގައި ހަދާ ސެންޓަރެއް ގޮތުގައި ޕޮލިޓެކްނިކް ހަމަޖައްސައިފިއެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މިއަދު ވިދާޅުވީ، އެ މިނިސްޓްރީން ރައްޔިތުންނަށް ފޯރޮކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު، މޯލްޑިވްސް ޕޮލިޓެކްނިކްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެތަނުން މި އިމްތިހާނު ހަދަން ފަށާނީ 15 ނޮވެމްބަރ 2023 ވަނަ ދުވަހު މާދަމާ) އިން ފެށިގެން ކ...
ޔުމްނާ ޢަލީ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތާ ގުޅިގެން ހުކުމް ތަންފީޒު ކުރަމުންދިޔަ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބުދުލް ޣަފޫރާއި، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިމް ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މަޢާފު ދެއްވުމުން މިނިވަންވެފައިވާއިރު އެކަން ބަލައި ނުގަންނަ ކަމަށް އަދާލަތު ޕާޓީ (އޭޕީ) އިން މިރޭ ބުނެފިއެވެ. އަދީބާއި، ޒިޔަތަށް ރައީސް ދެއްވި މާފާއެކު އިއްޔެ އެ ދެ މީހުން ވަނީ މިނިވަން […]
ޔުމްނާ ޢަލީ
މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި، އަދި ދެމެހެއްޓެނިވިގޮތުގައި ބޭނުން ކުރުމަށް އެކުވެރި ދައުލަތްތައް (އދ) އިން އެކުލަވާލާފައިވާ މުއާހަދާގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ. މި މުއާހަދާ އަކީ “އެގްރީމަންޓް އަންޑަރ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރ...
ޔުމްނާ ޢަލީ
މިނިސްޓްރީ އޮފް ފިނޭންސްގެ ފުރަތަމަ ފަންގިފިލާ އެ މިނިސްޓްރީގެކުރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް އަލްމަރްޙޫމް އަޙްމަދު މުޖުތަބާގެ ހަނދާނަށް ޙާއްޞަ ކޮށްފިއެވެ. މުޖުތަބާ ކުއްލި ގޮތަކަށް ނިޔާވީ 29 ޖުލައި 2022 ގައެވެ. އޭނާ ނިޔާވީ އޭނާގެ އުފަން ރަށް ގއ. ދެއްވަދޫގައި ޗުއްޓީ ހޭދަކުރެއްވުމަށް ހުންނަވަނިކޮށް ކުއްލި ގޮތަކަށް ބަލިވެ، ހާލު ދެރަވުމާގުޅިގެން ފަރުވާއަށް މާލެގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ. ފިނޭންސް މިނިސްޓްރީން މިއަދު ވިދާޅުވީ، އަލްމަރުޙޫމް އަޙްމަދު މުޖުތަބާ އެ މިނިސްޓްރ...
ޙުސައިން ޝަހުދީ
ށ. ފުނަދޫ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް އެހީވުމަށް 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. ފަލަސްޠީނަށް އެހީވުމަށްޓަކައި ފަންޑު ހޯދުމަށް ފުނަދޫ ކައުންސިލުން އިސްނަގައިގެން އެރަށުގެ މުއައްސަސާތަކާއި ކުލަބު ޖަމްއިއްޔާތަކާއި އަދި ފުނަދޫ ރައްޔިތުންނާއި ގުޅިގެން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. 28 އޮކްޓޫބަރ އިންން ނޮވެމްބަރ 04 އަށް ހިންގި މި ހަރަކާތްތަކުން ޖުމްލަ 300،226.02 ލިބިފައިވާކަމަށް ފުނަދޫ ކައުންސިލުން ހާމަކުރައްވާފައިވެއެވެ. މި ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު ޢަދަދެއް ލިބި...
ޔުމްނާ ޢަލީ
އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރާލި މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާގެ ފައިގައި ޓެގް އެޅުވުމަށްފަހު ބަންދުން ދޫކޮށްދޭން އޭނާގެ ފަރާތުން ކްރިމިނަލް ކޯޓުގައި މިއަދު އެދެފި އެވެ. އޮކްޓޫބަރު، 2021 ގައި އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ […]
ހުސައިން ހަބީބް
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލިހަށް ވަޑައިގެންނެވުމުން، އަމީރު ޝަރީއަތަށް ފޮނުވަން ޖެހޭނެ ކަމަށް ވިދާޅުވެ، މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމީރަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި އޮތީ ސަރުކާރުން މަޖިލިހަށް ފޮނުވި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކޮށް މަޖިލިހަށް ހުށަހެޅި 49.5 ބިލިއަން ރުފިޔާގެ ބަޖެ...
މުޙައްމަދު
އާ ސަރުކާރުގެ އަށް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުންނަށް ތިއްބަވާނީ އަންހެނުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. “ނޫސްވެރިންގެ ގުންޒަރު” ނަމުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގެންނެވި އެއް ކަމަކީ ސަރުކާރުގެ ތެރޭގައި އަންހެނުންގެ ހިއްސާ ބޮޑު ކުރާނެ ވާހަކަ ކަމަށެވެ. އެގޮތުން މިފަހަރު ދައުލަތު މީޑިއާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރަކަށް ވަޑައިގަންނަވާނީ އަންހެ...
މުޙައްމަދު
ގެއްލިގެން ހޯދަމުން ދާ ހދ. ކުޅުދުއްފުށި ސިޓީ / ލަންދޫގެ، އަބްދުﷲ އިބްރާހިމް، އަދި ވެސް ނުފެންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އުމުރުން 39 އަހަރުގެ އަބުދުﷲ އިބްރާހިމް އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަ ރިޕޯޓުކޮށްފައި ވަނީ މި ނޮވެމްބަރު 3 ވަނަ ދުވަހު އެވެ. އެދުވަހުން ފެށިގެން ފުލުހުން ގެންދަވަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި އެދުވަހު ފުލުހުން ވަނީ އެކަމުގައި އާންމުންގެ އެހީތެރިކަމަށް ވެސް އެދިލައްވާފަ ވެއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު […]
ޔުމްނާ ޢަލީ
2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ. މި ދެ ބަޖެޓު ހުށަހެޅުމުގެ ޖަލްސާ އެޖެންޑާކޮށްފައި އޮތީ މިއަދު ހެނދުނު 9:00 އަށެވެ. ރިޔާސަތުން މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ޖަލްސާ ފެއްޓެވުމަށްފަހު ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރަށް ފުރަތަމަ ފުރުސަތު އެރުވީ މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހަށް ހުށަހަޅާށެވެ. މި ފުރުސަތާއެކު މަޖިލީހުގެ ޑިމޮކްރެޓިކްސްގެ މެންބަރުން ކަމަށްވާ މެދު ހެ...
ޙުސައިން ޝަހުދީ