މި 2023 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ދައުލަތުގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ 6.5 ބިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު މި ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައި ދެއްވީ މަމަހުގެ 14 ވަނަ ދުވަހުއެވެ.
މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި މަޖިލީހަށް 6.5 ބިލިއަން ރުފިޔާ ހުށަހަޅާފައިވާއިރު، މި އަދަދަކީ މި އަހަރަށް ފާސްކުރި 42.8 ބިލިއަން ރުފިޔާގެ ޖުމްލަ ބަޖެޓަށް އިތުރު ކުރަން ހުށަހަޅާފައިވާ ފައިސާ އެވެ. ސަޕްލެމްޓަރީ ބަޖެޓާއެކު މި ހިނގަމުންދާ އަހަރުގެ ޖުމުލަ ބަޖެޓު 49.3 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފައެވެ.
ހަމައެދުވަހު މަޖިލީހުން ވަނީ ސަޕްލިމެންޓަރީ ބަޖެޓު ނިންމަން އަމާޒު ހިފައި ބަޖެޓު ކޮމެޓީއާ އެކަން މަތިކޮށްފައެވެ.
ސަޕްލިމެންޓްރީ ބަޖެޓް މިއަދު ކޮމިޓީން ފާސްކުރަން ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ހިމެނޭ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެވެ. މި ހުށަހެޅުމަށް ޕީޕީއެމްގެ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމު ތާއީދުކުރެއްވުމާ ގުޅިގެން މިހުށަހެޅުން ފާސްވީ ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.
ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްފައިވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ހުށަހެޅުއްވި 200 މިލިއަން ރުފިޔާ ވެސް ބަޖެޓްގައި ހިމަނައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!