ކުރިއަށް އޮތް މަޖިލިސް އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ޕާޓީ ބަދަލުނުކުރާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓުން މާތް ﷲ ގަންދީ ހުވާ ކުރައްވައިފިއެވެ. އެ ކެންޑިޑޭޓުން ހުވާ ކުރެއްވީ އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ފެށުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި “މިސްރާބު ހަމަމަގަށް” ޖަލްސާގައެވެ. އެ ކެންޑިޑޭޓުންނާ ހުވާލައި ދެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލެވެ. މަޖިލިހުގެ އިންތިހާބުގައި މިފަހަރު އެމްޑީޕީގެ ފަރާތުން 89 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ޕާޓީން ވާދަ ނުކުރާ ހަތަރު ދާއިރާއަކީ […]
މުޙައްމަދު
ހދ. މަކުނުދޫ އެއާޕޯޓު މި އަހަރު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ރައީސްގެ ޖަވާބު” ޕްރޮގްރާމްގައި މަކުނުދޫ، ލިބަޓީ، އިފާސާ އަހުމަދު ކުރި ސުވާލުގައި ބުނީ މަކުނުދޫއަކީ ވަރަށް ދުރުގައި، އެކަހެރިކޮށް އޮންނަ ރަށެއް ކަމަށާއި އެކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވަރަށް އުނދަގޫވާ ކަމަށެވެ. މިހާރު ކުރިއަށްދާ އެއާޕޯޓުގެ މަޝްރޫއު ނިމި، ދަތުރު ކުރަން ފެށޭނީ ކޮން ދުވަހެއްގައިތޯ އޭނާ ސުވާލު ކުރިއެވެ. ރައީސް ޑރ. މުއިއްޒު […]
މުޙައްމަދު
ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރި ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ނުކުރައްވަން ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މަޖިލީހުން ފާސްކޮށްފައިވާ އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން ރައީސް މިއަދު ވަނީ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފިއެވެ. މި ބިލަކީ، 11 ފެބްރުއަރީ 2024 ވީ އާދީއްތަދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިނ...
ޔުމްނާ ޢަލީ
އުތުރުގެ ހަތަރު އަތޮޅު ( ހއ، ހދ، ށ އަދި ނ އަތޮޅު) ތަރައްޤީކުރެވިގެންދާނީ ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުގައި މިއަދު ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުވާނެ ގޮތަކީ ރާއްޖޭގެ އެކި ސަރަހައްދުތައް ޕްލޭންކޮށް، […]
ޔުމްނާ ޢަލީ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ފަށާފައި ވަނީ އެންމެ ބޭނުންވާ ފުޅާ ދާއިރާއެއްގައެއް ނޫން ކަމަށާއި، އެ އެއާޕޯޓުގެ ރަންވޭ މިހާރަށްވުރެ ދިގުރަން މަޝްވަރާކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުގައި މިއަދު ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި އުތުރުގެ 4 އަތޮޅު […]
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލާއި އެކްސީޑް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ހޯރަފުށީ އޮފީސް އެކްސީޑް ނައިން އަ ސައިޑް ފުޓްބޯޅަ ލީގްގެ ޗެމްޕިއަންކަން ހޯރަފުށީ ޕޮލިހުން ހޯދައިފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ބައްދަލުކުރީ ހޯރަފުށީ ޕޮލިހާއި ހޯރަފުށީ އެއާޕޯޓެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލާލީ ޕޮލިސް ޓީމެވެ. މި މެޗުގައި ޕޮލިސް ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ އެ ޓީމްގެ ޖޯޒީ ނަމްބަރު […]
އިބްރާހިމް ޚަލީލް
ރަނގަޅު ފެންވަރުގެ ހައުސިން މަޝްރޫޢެއް ހދ. ނޮޅިވަރަންފަރުގައި ހިންގަވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެންމެ އުތުރުގެ ހަތަރު އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ނޮޅިވަރަށް ފަރަށް ވަޑައިގެން ރޭ އެރަށުގެ ރައްޔިތުންނާ އްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މި ފަސް އަހަރުދުވަހަށް ބަހާލައިގެން ރާއްޖޭގެ އެކި ރަށްތަކުގައި 40،000 ހައުސިން ޔުނިޓް ގާއިމުކުރާއިރު،...
ޔުމްނާ ޢަލީ
ހއ. ބާރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އިކޯ ޓޫރިޒަމްގެ މަޝްރޫޢު ހަޤީޤަތަކަށް ހަދައިދެއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުގައި އިއްޔެ ބާރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަޝްރޫޢު އަކީ ރައީސްގެ ރިޔާސީ ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅާއި އެއްގޮތައް އިންޓަރނޭޝަނަލް ބިޑަށް ހުޅުވާލައިގެން ބާރަށުގައި އިކޯ ޓޫރިޒަމްގެ މަޝްރޫޢ...
ޔުމްނާ ޢަލީ
ކުޑައިރު އާއިލާއިން ޤުރުއާން އުނގައްނައިދޭން ކުރި މަސައްކަތުގެ ސަބަބުން ޤުރުއާން އުނގެނުމަށް ލޯބި ޖެހި އެކަމުގެ ތެރެއަށް ވަދެވުނު ހއ.ދިއްދޫ ވިގޯރަސް، މަރިޔަމް ހިބާ ހުސެއިންއަކީ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ކުއްޖެކެވެ. ހިބާއަކީ އަބަދުވެސް ޤުރުއާން މުބާރާތްތަކުގައި ބައިވެރިވާން ޝައުގު ހުންނަ ކުއްޖެކެވެ. އާންމު ޤުރުއާން މުބާރާތްތަކާއި އަލިގަދަތަރި މުބާރާތް ތަފާތުވުމަކީ އޭނާގެ ހިތުގައި މި މުބާރާތާއިމެދު ޝައުގުވެރިކަން އިތުރުވެގެން ދިޔަ ސަބަބެކެވެ. ހިބާ ވަނީ މިހާތަނ...
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ސެވިއްޔާ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ލަނޑުޖަހާނެ ފުރުސަތުތައް ހޯދުމުގައި ރެއާލަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ރެއާލްގެ ފުލްބެކް ލޫކަސް ވަޒްކޭޒް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް އެ ފުރުސަތު ތަނަވަސް ވުމުގައި ރެއާލްގެ ނަޗޯ ސެވިއްޔާގެ އެން ނެސޭރީއަށް ކުރި ފައުލާއި ގުޅިގެން ވީއޭއާރުން ބަލާފައި ލަނޑު […]
އިބްރާހިމް ޚަލީލް
ހއ. ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރުން ހަޤީޤަތަކަށް ހަދައިދެއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ އިއްޔެ ކެލާ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ކެލާ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ކެލާ ފަޅުތެރޭގައި ތަރައްޤީކުރެވޭ ރިސޯޓުގެ ފައިދާ ކެލާއާއި މުޅި އަތޮޅަށް ކުރާނެކަމުގައި ވިދާޅުވެފައެވެ. ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުވާވަރަށް ދަނޑުވެރިކަން ތަރައްޤީކުރަން ސަރުކާ...
ޔުމްނާ ޢަލީ
ހއ. ބާރަށު ނެރު އަދި ބަނދަރު ސަރަޙައްދު ފުންކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ، މަސައްކަތުގެ 84 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި ނެރު ފުންކުރުމާއި ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ، މަސައްކަތަށް ބޭނުންވާ ޖިއޯބޭގްގެ ޝިޕްމެންޓް މިހާރު ސައިޓަށް ގެންގޮސްފައިވާއިރު، ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 58 އިންސައްތަ ފުރިހަމަކުރެ...
އަޙްމަދު ވަހީދު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްކޭން ޓު ޕޭ ބޭނުންކޮށްގެން ބޮޑެތި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. ބީއެމްއެލް ސްކޭން ޓު ޕޭ އަކީ އެ ބޭންކުގެ މޯބައިލް އެޕްލިކޭޝަނުގައި ހިމެނޭ ފީޗާއެކެވެ. މި ފީޗާ މެދުވެރިކޮށް ކިޔުއާރު ކޯޑު ސްކޭންކޮށްގެން ފައިސާ ދައްކާ ލެވެއެވެ. ބީއެމްއެލް އިން ބުނީ، ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތް ކުރާއިރު ޑައިނެމިކް އަދި ސްޓެޓިކް ކިއުރާރް ކޯޑު ބޭނުންކުރެވޭނެ ކަމަށެވެ. އަދި ޕްރޮމޯޝަންގެ މުއްދަތުގައި އަށް ހަފުތާއަށް ބަހާލައިގެން ކޮންމެ ހަފުތާއަކު […]
އަޙްމަދު ވަހީދު
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ރ. މީދޫއަށް ނިސްބަތްވާ އަނަސްޖުލައި 31، 2017 ގައި މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުގައި ދައުލަތުން ދައުވާކުރީ ލ. ގަން، ތުނޑި، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު […]
ހުސައިން ހަބީބް
ހއ. ވަށަފަރު ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މި އަހަރު ފަށާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަށަފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ކެމްޕެއިންގެ ތެރޭގައި ވައުދުވެވަޑައިގެންނެވި ކަންކަމާއި އިތުރު ކަންކަން ވެސް ރައްޔިތުންނަށްޓަކައި ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ވަށަފަރު ބިން ހިއްކުމުގެ މަޝްރޫއަކީ ވެސް ކެމްޕެއިންގެ ތެރޭގައި ވެ...
މުޙައްމަދު
ރާއްޖެއަކީ ހަމައެކަނި މާލެ ކަމަށް ބަލައިގެން ގާނޫނުތައް ހެދުން ހުއްޓާލަން ޖެހޭ ކަމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވައިކަރަދޫ ދާއިރާ އަށް ވާދަކުރައްވާ ޙުސައިން ޘަޤީފް މިއަދު ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ 17 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށް ޕީއެސްއެމް ނިއުސް އިން ގެނެސްދޭ “މަޖިލިސް ބަހުސް 2024” ގައި ވާހަކަ ދައްކަވަމުން ޘަޤީފް ވިދާޅުވީ ވައިކަރަދޫ ދާއިރާ އަށް އެންމެ ބޮޑަށް ބޭނުން ވަނީ […]
މުޙައްމަދު
ހއ. ދިއްދޫ ބިން ހިއްކައިގެން އެއާޕޯޓު އެޅުމުގެ މަޝްރޫއު ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ބޮޑުތިލަދުންމައްޗަށް ރައީސް މުއިއްޒު ފެއްޓެވި ދަތުރުފުޅުގައި ހއ. ދިއްދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި ދިއްދު އަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި ދެއްވާނެ ކަމަށެވެ. ދިއްދޫގައި ކުރަން އޮތް އެންމެ މުހިންމު އެއް ކަމަކީ ސިއްހީ ނިޒާމު ވ...
މުޙައްމަދު
ވަރަށް ހަގު އުމުރުގައި ޤުރުއާން އުނގެނެން ފެށި ހއ.ދިއްދޫ ޝެހެނާއީ، ޢަބްދުالله ޒައިން ބިން މުޙައްމަދަކީ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމީ ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ. ގިނަ ޤުރުއާން މުބާރާތްތަކެއްގައި މިހާތަނަށް ވާދަކޮށްފައިވާ ޒައިން މި މުބާރާތުގައި ބައިވެރިވާން ހިތުގައި ބޮޑު ޝައުގެއް އުފެދުނީ މި މުބާރާތަކީ އާންމުކޮށް ބޭއްވޭ މުބާރާތްތަކާއި ތަފާތު މުބާރާތަކަށްވެފައި، މި މުބާރާތުން ޤުރުއާނުގެ އިލްމު އިތުރަށް އުނގެނުމުގެ ފުރުސަތު ލިބިގެންދާތީއެވެ. ފާއިތުވި މުއްދަތުގައި ޒައިން ވަނީ ބައި...
އިބްރާހިމް ޚަލީލް