ހއ.ދިއްދޫ ޒުރިޔާނުގެ، ޔޫލީ މުހައްމަދު ލަތީފްއަކީ އެ އާއިލާގެ ހަތަރުވަނަ ކުއްޖާއެވެ. އާއިލާގައި ތިބި ބޭބެމެންނާއި ދައްތަމެން ޤުރުއާން މުބާރާތްތަކުގައި ވާދަކުރާތަން ފެނުމާއި، މަންމައާއި ބައްޕަ އެ އިލްމު އޭނާއަށް އުނގައްނައި ދިނުމަށް ބާރުއަޅައި ކޮށްދިން މަސައްކަތުން އޭނާ ހިތުގައި ޤުރުއާން އުނގެނި ދަސްކުރުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދިގެން ދިޔައެވެ. ޔޫލީއަކީ ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ. ޤުރުއާންގެ އިލްމު އިތުރަށް އުނގެނި ދަސްކުރުމަށް ހިތުގައ...
އިބްރާހިމް ޚަލީލް
މި އަހަރުގެ ރޯދަމަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނަ ގަޑިތައް އިއުލާންކޮށްފިއެވެ. އެ ބޭންކުން ބުނި ގޮތުގައި ބޭންކް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 އަށެވެ. ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު ވެސް ބޭންކް ހުޅުވާފައި ހުންނާނީ އެ ގަޑީގައެވެ. ބީއެމްއެލް އިން ބުނީ، ރޯދަމަހުގެ ފަހު ދިހައެއްގައިވެސް އެ ބޭންކުން ހިދުމަތް ދޭނެ ކަމަށެވެ. އެ 10 ދުވަހު ހިދުމަތް ދޭނީ ހެނދުނު […]
އަޙްމަދު ވަހީދު
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމް ”އަހާ”ގެ ދެވަނަ ފޯރަމް މިރޭ ބާއްވަން ނިންމައިފިއެވެ. މިރޭގެ ފޯރަމް ހާއްސަ ކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށެވެ. މިރޭގެ ޕްރޮގްރާމް ވެސް އޮންނާނީ ފުރަތަމަ ޕްރޮގްރާމެކޭ އެއްގޮތައް މާލޭގެ ސަލްޓަންޕާކުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. މިރޭގެ ފޯރަމް ފަށަން ނިންމާފައި ވަނީ 20:45 ގައެވެ. ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ފަށާފައިވާ މި ފޯރަމް ބާއްވަން ނި...
ޔުމްނާ ޢަލީ
މަސައްކަތުގެ މާޙައުލުގައި އެކަކު އަނެކަކަށް އިތުބާރު ނުކުރާނަމަ ފޯރު ކޮށްދެވޭނެ ޚިދުމަތެއް ނޯންނާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ މިހެން ވިދާޅުވީ ސްޓެލްކޯއިން ޚިދުމަތްދޭ އިންޖީނުގެތަކުގެ ވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހިންގުމާއި ހުނަރު ތަރައްޤީ ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަހުމީ ވިދާޅުވީ، މަސައްކަތުގެ މާޙައުލުގައި ވެރިޔަކަށް އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް އިތުބާރު ނުކުރެވ...
އަޙްމަދު ވަހީދު
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގެންފިއެވެ. ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ނައިބެއްގެ ގޮތުގައި ދައުރު ފުރިހަމަކުރެއްވި ފައިސަލް އެމްޑީޕީއާއި ގުޅިވަޑައިގެން، ޕާޓީގެ މެންބަރޝިޕް ފޯމު އަރުވާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަތްޕުޅަށެވެ. ފައިސަލް އެމްޑީޕީ އަށް ސޮއިކުރެއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ރައީސް ކުރީގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު އާއި ޗެއާޕާ...
ޔުމްނާ ޢަލީ
ށ.މިލަންދޫ ސްކޫލުގައި ތަރައްގީކުރި “އަލިމަސް ރީޑިން ޕާކް” ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފަށައިފިއެވެ. މިލަންދޫ ސްޕޯޓްސް ކްލަބުން ބީއެމްއެލް ކޮމިއުނިޓީ ފަންޑްގެ ދަށުން ތަރައްގީކުރަން ފެށި މި ޕާކްގެ މަސައްކަތް ނިމި މިދިޔަ ބުދަ ދުވަހު ހުޅުވާފައިވާއިރު، މި ޕާކް ފުރިހަމަ ތަނަކަށް ހެދުމަށް މާލީ ގޮތުންނާއި އަމަލީގޮތުން ގިނަ ބަޔަކު ވަނީ ގުޅިގެން މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން މި ޕާކް ތަރައްގީ ކުރުމަށް މިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ މާލީގޮތުން […]
އިބްރާހިމް ޚަލީލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ކ. ގުޅި އަދި ވ. ކެޔޮދޫގައި ސެލްފް ސާވިސް އޭޓީއެމް ބަހައްޓައިފިއެވެ. އެ ބޭންކުން މި އޭޓީއެމްތައް ބަހައްޓައި ހިދުމަތް ދޭން ފެށީ ރާއްޖެއަށް ބޭކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. ބީއެމްއެލް އިން ބުނީ، އެ ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. ގުޅީގައި […]
އަޙްމަދު ވަހީދު
ރާއްޖޭގައި ވަރަށް ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ބޭސް، ޕެނަޑޯލްގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދި އެ ބޭސް ކެއުމާއި ވިއްކުން މަނާކޮށްފައި އޮތުމަށްފަހު އަލުން އެ ބޭސް ބޭނުންކުރުމުގެ ހުއްދަ އިއްޔެ ދީފިއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ޕެނަޑޯލްގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދި އެ ބޭސް ނުކެއުމަށާއި ނުވިއްކަން އެންގީ 30 ޖެނުއަރީ 2024 ގައެވެ. އެމްއެފްޑީއޭ އިން މިގޮތައް އެންގީ ރާއްޖެ އެތެރެކޮށް ވިއްކާ ކޮންމެ […]
ޔުމްނާ ޢަލީ
ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު 22 ފެބްރުއަރީ 2024 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދާއި އެމްޓީސީސީގެ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު، އަޙުމަދު ލަތީފެވެ. މި މަޝްރޫއުގެ ދަށުން، 19,780 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، 65...
އަޙްމަދު ވަހީދު
އުރީދޫ މޯލްޑިވްސް އިން ބާއްވާ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފިއެވެ. އުރީދޫން ކުރި އިއުލާނެއްގައި ބުނީ، އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ރޭ 8:30ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ޖަލްސާގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަނަށް ގޮސް ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނީ ހުލުމާލޭ […]
އަޙްމަދު ވަހީދު
2021 ވަނަ އަހަރު ޖުލައި މަހު ޖަރުމަނުގެ ގައުމީ ޓީމުން ރިޓަޔަރ ކުރި ޓޯނީ ކްރޫސް އަލުން ގައުމީ ޓީމަށް ކުޅެން ނިންމައިފިއެވެ. އުމުރުން 34 އަހަރުގެ ކްރޫސް އަކީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް އޭނާ އަންނަނީ ހުރިހާ ސީޒަނެއްގައި ވެސް ރެއާލްގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިވަގުތު ރެއާލްގެ މިޑްފީލްޑްގައި ހުރި އެންމެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާއެވެ. ރެއާލާއިއެކު ކްރޫސް ހަދާފައިވާ […]
އިބްރާހިމް ޚަލީލް
ދިވެހި ރެޑް ކްރެސެންޓުގެ “ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް”ގައި ބައިވެރިވެ ބީއެމްއެލުން އެ ޖަމިއްޔާއަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ދިވެހި ރެޑް ކްރެސެންޓުން ބުނީ، ބީއެމްއެލްގެ އެހީ ލިބުމުން، ކާރިސާތަކާއި އާންމު ހާލަތްތަކުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް އެހީވުމަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ. ދިވެހިރެޑް ކްރެސެންޓުން ކުރިއަށްގެންދާ އެކި ހަރަކާތްތަކުގެ ތެރޭގައި ފުރަތަމަ އެހީ، ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައި...
އަޙްމަދު ވަހީދު
ދިވެހި ފޮންޓްސް އަށް ޚާއްސަ ޕްރިމިއާ އޮންލައިން މާކެޓްޕްލޭސްގެ ގޮތުގައި ‘އަކުރު ޓައިޕް’ މިއަދު ލޯންޗުކޮށް, އާންމުކޮށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލައިފި އެވެ. ދިވެހި ބަހުގެ ތަފާތު ތަޖުރިބާއަކަށް, ތާނަ އަކުރުގެ މުޅިން ތަފާތު ފަރުމާތަކެއް އިހްތިޔާރުކުރުމަށް www.akurutype.com އަށް ޒިޔާރަތް ކުރައްވާށެވެ. ދިވެހި ބަހާއި ސަގާފަތް އަދި ތަރިކަ މިނިސްޓްރީގެ އިއްޒަތްތެރި މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް މިއަދު ލޯންޗުކޮށް ދެއްވި އަކުރު ޓައިޕްގެ މަގުސަދަކީ ދިވެހި އަކުރުގެ އަގު ނުހަނު ބޮޑަށް ވަޒަން […]
އަލީ އާދިލް
ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ވޯޓާ ސްޕޯޓްސް އާއި ދިމާ ކަނޑު މަތީގައި ކަމަށެވެ. މި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެ، އެ މީހުންނަށް ވިލިމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ޔުމްނާ ޢަލީ
ގއ. ވިލިނގިލީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ، ރައީސް ޑރ. މުޢިއްޒު، މިއަދު ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ބެލްޖިއަމްގެ އެން.ވީ.ބެސިކްސް އެސް.އޭ ކުންފުންޏާއެވެ. މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ބެލްޖިއަމް ކުން...
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ އެއްގަމު ލައިސަންސް ޓްރެކްގެ ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ. އެ ޓްރެކް ރަސްމީކޮށް ހުޅުވާފައި ވަނީ މި މަހު 20 ވަނަ ދުވަހުގެ ރޭ ޓްރެކް ސަރަހައްދުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ބުނީ އެ ރަށަކީ ވަރަށް ގިނަ ހަރު އުމުރުފުރާގެ މީހުންނާއި ދެ ޖިންސްގެ ޒުވާނުން އެއްގަމު އުޅަނދު ދުއްވާ ރަށެއް ކަމަށާއި، ވުމާއިއެކު އެ […]
އިބްރާހިމް ޚަލީލް
ކ. މާފުށީގައި ގެނބުނު މީހަކު ފަރުވާދެނިކޮށް ނިޔާވެއްޖެއެވެ. ފުލުހުން ބުނީ މާފުށީ އެކްޓިވް ވޯޓާ ސްޕޯޓްސް އާއި ދިމާ ނެރުކައިރިން މީހަކު ގެނބިގެން އެ މައުލޫމާތު މިއަދު 10:25 ހާއިރު އެ އިދާރާއަށް ލިބުނު ކަމަށެވެ. އެމީހާ އަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް ޑޮކްޓަރާއި ހަވާލާދީ ފުލުހުން ބުނެއެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 30 އަހަރުގެ ޗައިނާ އަށް ނިސްބަތްވާ […]
ޔުމްނާ ޢަލީ
ހއ.ދިއްދޫ، ޝެހެނާވިލާ އައިމިނަތު ޝިޢުރާ އިބްރާހީމްއަކީ އެންމެ ކުޑައިރުއްސުރެ ވެސް ޤުރުއާން ކިޔެވުމަށް ލޯބިކުރަމުން އައި ކުއްޖެކެވެ. މުބާރާތްތަކުގައި ވާދަކޮށް ލިބެންފެށި ކާމިޔާބީތަކާއިއެކު ޤުރުއާނުގެ އިލްމު އިތުރަށް އުނގެނި ދަސްކުރުމުގެ ޝައުގު އޭނާގެ ހިތުގައި ވަނީ އިތުރުވެގެން ގޮސްފައެވެ. ޝިޢުރާ މި މުބާރާތާއި ކުރިމަތިލާއިރު، ރަނގަޅު ވަނައެއް ހޯދައި އޭނާ އުފަން ރަށަށް ރީތި ނަން ހޯދައިދިނުމަކީ މުބާރާތުގައި ވާދަކުރުމުގެ އެއް މަގުސަދެވެ. ޝިޢުރާ ވަނީ މިހާތަނަށް އޭނާ ބައިވެރިވި ގިނަ މުބާރާތްތަކުން ފާހަ...
އިބްރާހިމް ޚަލީލް