ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ގެނައި ފިޔާ، ބިސް އަދި އަލުވި ވިއްކަން ފަށައިފިއެވެ. އެސްޓީއޯއިން ބުނީ، މިއަހަރުގެ ރޯދަޔަށް ގެނައި ފިޔާ، ބިސް އަދި އަލުވީގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ ގެނެސް މާކެޓަށް ނެރެފައިވާ ކަމަށެވެ. އަދި މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖުން ވިއްކަން ފަށާފައިވާ ކަމަށެވެ. ހޯލްސޭލްކޮށް މުދާ ދޫކުރާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖުން ކަމަށް ވެސް އެ ކުންފުނިން […]
އަޙްމަދު ވަހީދު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްމޯލް ގްރާންޓް ފަންޑުގެ އެހީއާއެކު ބ. ކިހާދޫގައި ގްރީންހައުސް ހައިޑްރޯޕޯނިކްސް ސިސްޓަމް، ގާއިމުކޮށްފިއެވެ. މި ސިސްޓަމް ގާއިމުކޮށްފައިވަނީ އެ ރަށުގެ “ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް)” އެހީގައެވެ. ބީއެމްއެލުން ބުނީ، އެ ޕްރޮޖެކްޓުގެ ދަށުން ކިއުކަމްބާ އަދި ލެޓިއުސް ހެއްދުމަށް ހަތަރު ހައިޑްރޯޕޯނިކްސް ސިސްޓަމް ގާއިމުކުރެވުނު ކަމަށެވެ. އެއިން ކޮންމެ ސިސްޓަމެއްގައި 180 ސްލޮޓް ހިމެނޭ ކަމަށާއި އެއްފަހަރާ 700 އަށްވުރެ ގިނަ ގަސް ހެއްދޭނެ ކަމަށްވެސް ބުންޏެވެ. އެ...
އަޙްމަދު ވަހީދު
ޓެސްޓޯސްޓެރޯން ހިމެނޭ ބޭހެއް ބޭނުން ކޮށްފައިވާކަން ސާބިތުވެ ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު، ޕައުލް ޕޮގްބާ ހަތަރު އަހަރަށް ފުޓްބޯޅައިން ސަސްޕެންޑް ކޮށްފިއެވެ. އުމުރުން 30 އަހަރުގެ ޕޮގްބާ މަނާ ބޭހަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އިޓަލީގައި ހެދި ޓެސްޓްތަކުންނެވެ. އެއަށްފަހު އޭނާ ހުރީ މިދިޔަ ސެޕްޓެމްބަރ މަހުން ފެށިގެން ފުޓްބޯޅައިން އެކަހެރިކޮށްފައެވެ. ހަތަރު އަހަރަށް ސަސްޕެންޑް ކުރަން ނިންމުމާއި ގުޅިގެން ޕޮގްބާބުނީ އޭނާ ދިރިއުޅުން ބިނާކުރީ ފުޓްބޯޅައިން ކަމަށާއި، އެކަމުން އެކ...
އިބްރާހިމް ޚަލީލް
ހއ.ކެލާގައި ހުންނަ ޝައިހް އިބްރާހީމް ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު އިތާ، ޢަލީ ޒައުލް ޒިޔާއުއަކީ އުމުރުން ވަރަށް ހަގުއިރު ޤުރުއާން ކުލާހަށް ގޮސް، ޤުރުއާނުގެ އިލްމު އުނގެނެން ފެށި ކުއްޖެކެވެ. މި މުބާރާތަކީ މުޅި ހއ.އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތަކަށް ވުމީ، އޭނާގެ ހިތުގައި މި މުބާރާތުގައި ބައިވެރިވެ ރަނގަޅު ކާމިޔާބެއް ހޯދުމަށް ޝައުގުވެރިވި ސަބަބެކެވެ. ޒައުލް ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ފަދަ ގިނަ ކާމިޔާބީތަކެއް […]
އިބްރާހިމް ޚަލީލް
ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ގެ ސެމީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، އެތުލެޓިކް ބިލްބާއޯ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި ދެ ޓީމް ވާދަކުރި ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ބިލްބާއޯ އެވެ. ފުރަތަމަ ލެގު ކުޅެފައި ވަނީ އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައެވެ. ރޭ ދެވަނަ ލެގުގެ މެޗު ބިލްބާއޯގެ ދަނޑުގައި ކުޅުނުއިރު، މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. […]
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު ހިފަހައްޓަން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފިއެވެ. މި ބިލް މަޖިލިހަށް ފޮނުއްވީ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އާޒިމް އެފަދަ އިސްލާހެއް ހުށަހެޅުއްވި އިރު، މެމްބަރުންގެ އަދަދު ހިފަހައްޓަން ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިލްޔާސް ލަބީބް ވެސް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހެޅުއްވިއެވެ. އެކަމަކު، އެ އިސްލާހު މަޖިލިހުން ފާސް...
މުޙައްމަދު
ރައްޔިތުންގެ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ އަދަދުގެ ތެރެއިން %33 އަންހެނުންނަށް ހާއްސަ ކުރަން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލިހަށް ފޮނުވައިފިއެވެ. އެ ބިލް މަޖިލިހަށް ފޮނުއްވީ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމެވެ. ރޮޒެއިނާ ވިދާޅުވި ގޮތުގައި މި ބިލް ހުށަހެޅުއްވުމުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ މެމްބަރުންގެ ތެރޭގައި އަންހެނުންގެ ހިއްސާ ކަށަވަރު ކުރުމަށާއި ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގައި އަންހެނުންގެ ދައުރު އ...
މުޙައްމަދު
ރޯދަމަހުގެ ފަހުން އިންތިޚާބުތައް ބޭއްވުމަށް ޤާނޫނަށް ގެނައި އިސްލާހްގެ ބިލު ރައީސް މިއަދު ތަސްދީގުކުރެއްވުމާއެކު އިންތިޚާބުގެ އައު ތާރީޚް މިރޭ ޢިއުލާން ކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މި އިންތިޚާބު ބާއްވަން ކުރިން ނިންމާފައި އޮތީ އަންނަ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސް މިއަދު ތަޞްދީޤުކުރެއްވުމާއެކު އީސީން މިރޭ ބުނިގޮތުގައި ދެން 20 ވަނަ މަޖިލީހުގެ […]
ޙުސައިން ޝަހުދީ
ރޯދައިގެ ފަހުން އިންތިޚާބު ބާއްވާ ބިލު ރައީސް މިއަދު ތަސްދީގު ކުރައްވައިފި އެވެ. އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސް ތަޞްދީޤުކުރެއްވީ ދައުލަތުގެ ބަންޑާރަ ނާއިބު ލަފާދެއްވުމާއި ގުޅިގެން ނެވެ. ރައީސް މި ބިލު މިއަދު ތަސްދީގުކުރައްވާފައިވާއިރު، ރޯދަމަހު މި އިންތިޚާބު ބޭއްވުމަކީ ބޭނުންފުޅުވެވަޑައިގަންނަވާކަމެއް ނޫންކަމަށާ، އިންތިޚާބު ރޯދައިގެކުރީން ބޭއްވުމަށް މީގެކުރީންވެސް އެދިވަޑައިގެންފައިވާނެކަމުގައި މިއަދު ކެނދިކުޅުދޫގައި ވާހަކަފުޅު ދައްކަވަމުން ވަނީ ވިދާޅު...
ޙުސައިން ޝަހުދީ
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނަމުން އައި ގޮތާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން ގަވައިދަށް ބަދަލު ގެނައި ފަހުން މަޖިލިހުން ފާސްކުރި ކަންކަމާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދެއްވާނީ ގައުމީ މަސްލަހަތު އިސްކުރައްވައިގެން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ. އުޝާމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އެންމެ […]
މުޙައްމަދު
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ 22 ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވާ ހޭންޑްބޯލް ކޯޗިން ކޭމްޕް މާދަމާ ފަށަން ތައްޔާރު ވެއްޖެއެވެ. މި ކޭމްޕް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޯޗިން ކޭމްޕް ހާއްސަ ކޮށްފައި ވަނީ އަންހެނުންނަށެވެ. މި ކޭމްޕްގައި 45 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ކޭމްޕު ކުރިއަށް ގެންދަނީ 22 ސްޕޯޓްސް ކުލަބާއި ހއ. […]
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް ނުހިމަނާ މަޖިލީހުގެ ޖުމުލަ އަދަދުތައް ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ. ސަރުކާރުން މި މައްސަލަ ކޯޓަށް ހުށަހެޅީ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނާ އަދަދު 87 އިން 80 އަށް ތިރިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ އެވެ. ގާނޫނު އަސާސީގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ […]
ޙުސައިން ޝަހުދީ
ހއ.ކެލާގައި ހުންނަ ޝައިހް އިބްރާހީމް ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު ނަޔާއަންދާޒުގެ، ފާޠިމަތު ރިފްޢާ ރުޝްދީއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން އުނގެނެން މަސައްކަތް ކުރަމުން އައި ކުއްޖެކެވެ. ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ ލިބެންފެށި ކާމިޔާބީތަކާއިއެކު އޭނާގެ ހިތުގައި ޤުރުއާން ކިޔަވައި ދަސްކުރުމަށް އޮތް ލޯބި އިތުރުވެގެން ދިޔައެވެ. ޤުރުއާނުގެ އިލްމުގައި އިތުރަށް ކުރިއަށް ދިޔުމަކީ މި މުބާރާތުގައި ރިފްޢާ ބައިވެރިވާން ބޭނުންވި އެއް ސަބަބެވެ. މީގެއިތުރުން ޤުރްއާނާއި ބެހޭގޮތުން...
އިބްރާހިމް ޚަލީލް
ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ށ. ދިގުވެލިދޫގައި އެއާޕޯޓެއް ތަރައްޤީކޮށްދެއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިއްޔެ ށ. ކޮމަންޑޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިގުވެލިދޫގައި އެއާޕޯޓެއް ތަރައްޤީކޮށްދެއްވުމަކީ ކޮމަންޑޫ ރައްޔިތުންނަށް ރައީސް ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ. ކޮމަންޑޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެ ރަށުގެ ބިން ފުރިފައި...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއިގުޅޭ، “ކީއްވެ ތިހެން ތިބުނީ؟” ޒާރާ ސުވާލު ކުރިއެވެ. އެއާއެކު ޖުމާ ހިނިތުންވެލަމުން ލޯތްބާއެކު ޒާރާގެ މޫނަށް ބަލައިލިއެވެ. ” އަހަންނަކީ ނުވިސްނޭ ވަރުގެ ކުޑަ ކުއްޖެއް ނޫނޭ! އަހަންނަށްޓަކައި ދޮންތަގެ ދިރިއުޅުން ހަލާކުވެ ހިނގައިދާނެތީ އަހަރެންވެސް ވިސްނަމޭ! ” ” އަހަރެން ޖުމާއާ ދިމާލަށް އެހެން ބުނީ އެއްވެސް އެއްޗެއް ހިތުގައި އޮވެގެންނެއް ނޫން! އަނެއްކާވެސް ފިރެހެނެއްގެ މަޅީޣައި ޖެހިދާނެތީ އަހަރެން ބިރުގަތީ.. އެކަމަކު ޖުމާ ތިއުޅެނީ އެކަންތައް ބޮޑު ކަމަކަށް ހަދައިގެންތަ؟” ޒާރާ […]
ސަލާމާ ޢަބްދުލް ޢަލީމް
ފުރަތަމަ ފަހަރަށް އެއް މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް 2 ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ ރިޕޯޓުތައް ދައްކާގޮތުން މިމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް 200،004 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 166،762 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 19.9 އިންސައްތަ އިތުރު އަދަދެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 392،389 ފަތުރުވެރިން ވަނީ...
އަޙްމަދު ވަހީދު
ކައުންސިލަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މަޖިލީހުން މުސާރައާއި އިނާޔަތްތައް މުރާޖައާކުރިއިރު މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސްގެ އިތުރުން ވަޒީރުންގެ މުސާރަ ބޮޑުކުރުމަށްވެސް މަޝްވަރާތައް ކުރިއެވެ. ނަމަވެސް ކޮމިޓީން ހުށަހެޅި ރިޕޯޓުގައި އެ ބޭފުޅުންގެ މުސާރަ ބޮޑުކުރާކަށް ހިމަނުއްވާފައި ނުވެއެވެ. މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މަޖިލީހުން މުސާރަތަކަށް...
އަޙްމަދު ވަހީދު
ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރި ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާލައްވާފައި ވަނިކޮށް، މަޖިލީހުން މިއަދު އަނެއްކާ ވެސް އެ ބިލު ފާސްކޮށްފިއެވެ. މަޖިލީހުން ފާސްކޮށްފައިވާ އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން ރައީސް ތަސްދީގުނުރައްވާ އަނބުރާ ފޮނުވައިލެއްވީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެ ބިލް ދެ ވަނަ ފަހަރަށް ފާސްކުރީ މިއަދު މަޖިލީހުގައި ނެގި ވޯޓ...
ޙުސައިން ޝަހުދީ