ކުރީގެ އަދަދާގުޅޭ: ” އެ އަންހެން ކުއްޖަކަށްޓަކައި ތިހާ ވަފާތެރިވެވޭނީ މަދު ދުވަސްކޮޅަކަށް… އޭނާގެ އަތުން އަހަރެން މުއާ ޖަހައިގަންނާނަން” ޒޯޔާއަށް ހިތާހިތާ ބުނެވުނެވެ. އޭރު މުއާޒްވެސް އޭނާގެ ފަހަތުން އާދެއެވެ. *** ލަމްހާގެ ކޮޓަރިއަށް ޖުމާ ގޮސް ވަތް އިރު ލަމްހާ ހުރީ ޑްރެސިންގޓޭބަލް ކުރިމަތީގައެވެ. އޭރު އޭނާ ހީވަނީ ފޮޅެމުންދާ ފިނިފެން މަލެއް ހެންނެވެ. އެނދުގައި އިށީނދެލަމުން ޖުމާ ހިނިތުންވެފައި ލަމްހާއަށް ބަލަން ފެށިއެވެ. ” ޖުމާ މިހާރު މާ ގިނައިން ކަނީތަ؟ އަހަންނަށް […]
ސަލާމާ ޢަބްދުލް ޢަލީމް
އިސްރާއީލުން ލާއިންސާނީ އަމަލުތަކެއް ހިންގަމުން ގެންދާ ކަމަށާއި ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ގޮވާލައްވައިފިއެވެ. ކަމާލާ ހެރިސް ވިދާޅުވެފައިވާ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާލައި އެއަށް އަމަލުކުރުމުގެ ހުރިހާ ބާރެއް އޮތީ އިސްރާއީލާއި ހަމާސް ޖަމާއަތުގެ އަތްމަތީގައި ކަމަށެވެ. ދެ ފަރާތުންވެސް އެކަމަށް އެއްބާރުލުން ދޭންޖެހޭ ކަމަށް އޭނާ ވިދާލުވިއެވެ....
މުޙައްމަދު
އުރީދޫ ޕްރޮމޯޝަނުގެ ދަށުން ޕީއެސްޖީގެ މެޗު ބަލާލަން ފުރުސަތު ލިބޭ ނަސީބުވެރިޔާ ހޮވައިފިއެވެ. މުއީ އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ގުޅިގެން ބޭއްވުނު ހާއްސަ ލަކީޑްރޯއެއްގެ ދަށުން ހޮވާފައިވާ ފަރާތެކެވެ. މި ލަކީޑްރޯއަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު 18، އިން ފެށިގެން ޑިސެމްބަރު 31، ގެ ނިޔަލަށް އުރީދޫގެ މޯބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި، އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހުޅުވާލި ލަކީޑްރޯއެކެވެ. ހުކުރު ދުވަހު […]
އަޙްމަދު ވަހީދު
ކުރިއަށް އޮތް ރަމަޟާން މަހަށް ބޭނުންވާ ތަކެތި ގަތުމަށް އެއްދުވަހާއި އުތީމްގެ ވަރަށް ގިނަބަޔަކު ދިއްދޫއަށް ދަތުރުކޮށްފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ދޯނި ފެރީގައި އުތީމްގެ 160 މީހަކު ވަނީ ރޯދަމަހަށް ބޭނުންވާ ސާމާނު ގަތުމަށް ދިއްދޫއަށް ދަތުރު ކޮށްފައެވެ. މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ބުނީ އާންމު ދިރިއުޅުމުގައި ބޭނުންވާ ގިނަ ސާމާނު ގަތުމަށް އަބަދުވެސް އުތީމްގެ ގިނަބަޔަކު ދިއްދޫއަށް ގޮސް އުޅޭކަމަށާއި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހަކީ […]
އިބްރާހިމް ޚަލީލް
ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ ވައްޓަރު، ޢާއިޝަތު ރީޝް ނަސީމްއަކީ އެންމެ ކުޑައިރުއްސުރެ ގޭގައި ޤުރުއާން ކިޔަވައި، ކުލާސްތަކަށް ގޮސް ޤުރުއާން އުނގެނެން މަސައްކަތް ކުރަމުން އައި ކުއްޖެކެވެ. އޭނާ ހިތުގައި އަބަދުވެސް ޤުރުއާނަށް ހާއްސަ މަގާމެއް ދެވިފައި އޮތެވެ. ނަމަވެސް ޤުރުއާން ހިތުދަސްކުރަން މަސައްކަތް ފެށި ހިސާބުން އޭނާގެ ހިތުގައި ޤުރުއާނާއިމެދު އޮތް ޝައުގުވެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދިޔައެވެ. ރީޝް މި މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވި ސަބަބުތ...
އިބްރާހިމް ޚަލީލް
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނޮޅިވަރަމް ދާއިރާ އަށް ވާދަކުރާ އެދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)ގެ ކެމްޕޭންގައި ޖަމިއްޔަތުއް ސަލަފްގެ ރައީސް ބައިވެރިވެއްޖެއެވެ. ސަލަފްގެ ރައީސް ޢަބުދުﷲ މުޙައްމަދު (ޢަބުދުﷲ ބިން ޖަނާބު) ނަޝީދުގެ ކެމްޕޭންގައި ބައިވެރިވެ، ނޮޅިވަރަމް ދާއިރާ އަށް ދަތުރެއްކޮށްފައިވާއިރު، ނަޝީދަކީ ސަލަފްގެ ތާއީދު އޮތް ބޭފުޅެއްކަމަށް ކުރިން ވެސް އޮތީ އަޑު ފެތުރިފައެވެ. ނަޝީދާއި އެކު އިތުރު ހަތަރު ކެންޑިޑޭޓުން އެ ދާއިރާއަށް ވާދަކުރައްވާއިރު ނަޝީދު މ...
އަލީ އާދިލް
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުފެއްދިދާނެ ހުރިހާ ކާބޯތަކެއްޗެއް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް، ރާއްޖޭގައި އުފެއްދުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ، އެމަނިކުފާނު އިއްޔެ ރ. އަދި ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އިއްޔެ ރ. އަތޮޅުގެ ހަތަރު ވަނަ މަންޒިލްގެ ގޮތުގައި އެ އަތޮޅު އިނގުރައިދޫ ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ”ފުޑް ސެކިއުރިޓީ” ޤާއިމުކުރުމަށް މި ސަރުކާރުން ކުރަމ...
ޔުމްނާ ޢަލީ
ރޯދަ މަހު ކަރަންޓާއި ފެނުގެ ބިލް ބޮޑު ނުވާނެ ގޮތަށް “ކެޕް” ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، ކަމާބެހޭ ފަރާތްތަކަށް އެކަން އަންގަވައިފިއެވެ. ރައީސް ޑރ. މުއިއްޒު، ރ. އަތޮޅަަށާއި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ. އޭދަފުއްޓަށް ވަޑައިގެން ރޭ ބޭއްވެވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކާ އެކީގައި ރައްޔިތުންނަށް ފަސޭހަވެ، ލުއި ވާނެ ކަންތައްތަކެއް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރަމަޟާން މަހަކީ އާންމުކޮށް […]
މުޙައްމަދު
ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީގައި ޕާކުކޮށްފައި އޮތް އެތަނުގެ ވޭނެއްގައި ސައިކަލެއް ޖެހި މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ ހުޅުމާލޭ ގުލްއަލާމާ ހިންގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލު ގޮސް ވޭނުގައި ޖެހުމުން، ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެ، ސައިކަލް ބޭނުން ނުކުރެވޭ ވަރުވެފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓު ވެފައި ވަނިކޮށް ފެނުނީ ފުލުހުންނަށެވެ. އެއީ ރޭ ދަންވަރު 2:30 ހާއިރު ކަމަށް ފުލުހުން […]
މުޙައްމަދު
ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް އޮންލައިންކޮށް ހުށަހެޅުމުން ނަގުދު ފައިސާ ލިބޭ ގޮތަށް ވަގުތުން އެޕްރޫވަލް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. ބީއެމްއެލް އިން ބުނީ މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބީއެމްއެލް އިސްލާމިކްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގެނެވުނު ބަދަލެއް ކަމަށެވެ. އެގޮތުން، ކަސްޓަމަރުންނަށް އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކްރެޑިޓް ލިމިޓުގެ ގޮތުގައި ފެންނަ ޖުމްލަ އަދަދާ ހަމަޔަށް ޕާސަ...
އަޙްމަދު ވަހީދު
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި ޑާބީ މެޗު، ޔުނައިޓެޑުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން (3-1) ސިޓީން މެޗު ކާމިޔާބު ކޮށްފިއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޔުނައިޓެޑުންނެވެ. މި ލަނޑު 8 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ސިޓީގެ އޭރިއާ ބޭރުގައި ހުރެ ގޯލުގެ މަތީކަނަށް ފޮނުވާލި ބާރު […]
އިބްރާހިމް ޚަލީލް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު ޓަރމިނަލްގެ އޮޕަރޭޝަންސް ފެށުމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލާނެ ކަމަށް ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ. ޝަރީފު މިގެން ވިދާޅުވީ އައު ޓާމިނަލްގެ އޮޕަރޭޝަން ފެށުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ ކަންކަން ދެނެގަނެ އެކުގައި މަސައްކަތް ކުރުމަށް ބާއްވާ މަޝްވަރާ ބައްދަލުވުންތައް ފެށުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިއްޔެ...
އަޙްމަދު ވަހީދު
ގަވާއިދާއި ހިލާފަށް ޕާކް ކުރާ މައްސަލަ ބޮޑުވެފައިވާތީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަަރަހައްދުގައި ގަވައިދާ ހިލާފަށް ޕާކް ކުރާ ނަމަ، ފިޔަވަޅު އަޅަން ފަށާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުމަތި ބޭނުން ކުރާ ފަރާތްތަކަށް ރައްކާތެރިތަނަކަށް މަގުމަތި ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކެއް ކުރަމުންދާ ކަަމަށެވެ. އެގޮތުން މަގުމަތީގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި މަގުމަތީގައި އުޅަނދު ދުއްވާ ފަރާތްތަކަށް ހާއްސަ ޕ...
މުޙައްމަދު
ޗައިނާ އިން 12 ގްރީން އެމްބިއުލާންސް މިއަދު ހަދިޔާކޮށްފި އެވެ. ސިއްހަތާބެހޭ ވުޒާރާއިން ބުނިގޮތުގައި މިއީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި 12 ގްރީން އެމްބިއުލާންސެވެ. މި އެމްބިއުލާންސްތައް ޞިއްޙީ ވުޒާރާއަށް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ޗައިނާ އެމްބަސީގެ ފަރާތުން ގްރީން އެމްބިއުލާންސްތައް ރާއްޖެއާއި ހަވާލ...
ޔުމްނާ ޢަލީ
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާދިންކަމަށް ތުހުމަތުގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ޕީޖީ ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ހެނދުނުގެ ހެނދުނުގެ ވަގުތެއްގައެވެ. މި މައްސަލާގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނިއިރު އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ. މި އެންމެންނަކީ ވެސް ކޯޓު އަމުރުގެ ދަށުން އެކި ދުވަސްމަތިން ހައްޔަރުކޮށްފައިވާ މީހުނ...
ޔުމްނާ ޢަލީ
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމު ކޮށްފިއެވެ. އެ ރަށު ކަންސިލުން ބުނީ ދާއިމީ ލިސްޓް އާންމުކޮށްފައި އެވަނީ “ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާ ކޮމެޓީ” އިން ވިލަރެސް ކުރުމަށްފަހު ވަގުތީ ލިސްޓް ޢާއްމު ކުރެވި، ހުށައެޅި ޝަކުވާތައް ބެލުމަށްފަހު ކަމަށެވެ. އެ ރަށުން ދޫކުރުމަށް ހަމަޖެހިފައިވާ 2400 (ދެހާސް ހަތަރު ސަތޭކަ) އަކަފޫޓުގެ 215 ގެވަޅަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ […]
އިބްރާހިމް ޚަލީލް
އަންނަ މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާތީ އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުމަށް އީސީން އެންމެ ފުރަތަމަ ނިންމީ މި މަހުގެ 17 ގައެވެ. އެއީ ރޯދަ މަހުގެ ފުރަތަމަ ހަފްތާއެވެ. އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ތާރީހު ކަނޑައަޅާފައި ވަނިކޮށް އިންތިހާބުތައް ރޯދަ މަހާ ދިމާވާ ނަމަ، […]
މުޙައްމަދު
ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) އަށް ވަދެ މަސްވެރިކަން ކުރަމުން ދިޔަ އިންޑިއާގެ މަސް ބޯޓެއް ރޭ އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ބުނީ މި ބޯޓު އަތުލައިގަތީ ހއ. ކެލާގެ އިރުއިތުރުން ގާތްގަނޑަކަށް 10 ވަރަކަށް މޭލު ބޭރުން ކަމަށެވެ. މަސް ބޯޓު އަތުލައިގަތީ ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށުން މި ބޯޓު މާލެ ގެނައުމުގެ މަސައްކަތް މިހާރު […]
މުޙައްމަދު