މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 796 ވަނަ ޞަފްޙާ

ޑްރަގު ޓްރެފިކިން ހުއްޓުވަން ކަނޑު އުޅަނދުފަހަރުގައި ޓްރެކިން ޑިވައިސް ހަރުކޮށް މޮނިޓާކުރަން ފަށަނީ

ޑްރަގު ޓްރެފިކިން ހުއްޓުވަން ކަނޑު އުޅަނދުފަހަރުގައި ޓްރެކިން ޑިވައިސް ހަރުކޮށް މޮނިޓާކުރަން ފަށަނީ

މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި “ވެސެލްސް ޓްރެކިންގ ޑިވައިސް” ހަރުކޮށް މޮނިޓާ ކުރަން ފަށަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާތީ އެކަންކަން ހުއްޓުމުގެ ގޮތުން ރައީސް މި ނިންމެވުން ނިންމެވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިކަމާއިބެހޭ ގޮތުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަކާމެދެ މަޝްވަރ...

ޔުމްނާ ޢަލީ
އެމްޓީސީސީގެ އަންހެން މުވައްޒަފުންނަށް ހާއްސަ ލުއިތަކެއް

އެމްޓީސީސީގެ އަންހެން މުވައްޒަފުންނަށް ހާއްސަ ލުއިތަކެއް

އެމްޓީސީސީގައި މަސައްކަތް ކުރާ މައިންނާއި މާބަނޑު އަންހެނުންނަށް ހާއްސަ ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ. މިކަން އެ ކުންފުނިން އިއުލާނުކުރީ އިއްޔެ ފާހަގަކުރި އަންހެނުންގެ ދުވަހާ ގުޅުވައިގެން ބޭއްވި ހާއްސަ ހަފްލާގައެވެ. އެމްޓީސީސީން ބުނީ އެ ކުންފުނިން ދޭން ނިންމި ލުއިތަކުގެ ދަށުން އެ ކުންފުނީގައި މަސައްކަތްކުރާ މާބަނޑު އަންހެނުންނާއި އެއް އަހަރުން ދަށުގެ ދަރިން ތިބި މައިންނަށް މަސައްކަތް ކުރުމުގައި ލުއިތަކެއް ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މާބަނޑު އަންހެން މުވައްޒަފުން އަދި ދެ...

އަޙްމަދު ވަހީދު
ކަނޑުމަގުން އެތެރެކުރާ މުދާ އެމްޕީއެލުން ރީ-އެކްސްޕޯޓް ކުރަނީ

ކަނޑުމަގުން އެތެރެކުރާ މުދާ އެމްޕީއެލުން ރީ-އެކްސްޕޯޓް ކުރަނީ

ރާއްޖެއަށް ކަނޑު މަގުން އެތެރެކުރާ މުދާ ރާއްޖެއިން ބޭރަށް ރީ-އެކްސްޕޯޓް ކުރަން ފަށަން އެމްޕީއެލުން ނިންމައިފިއެވެ. އެމްޕީއެލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން ކުންފުނިތައް ބާރުވެރި ކުރުވައި ރާއްޖެއަށް އިތުރު އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މި މަސައްކަތުގެ ދަށުން ރާއްޖެއަށް ކަނޑުގެ މަގުން އެތެރެކުރާ މުދާ ރާއްޖެއިން ބޭރަށް ރ...

އަޙްމަދު ވަހީދު
އަގު ކޮންޓްރޯލް ކުރަން އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަނީ

އަގު ކޮންޓްރޯލް ކުރަން އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަނީ

ބާޒާރުގައި ލުނބޯ އަގުބޮޑުވެފައިވާތީ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން އެސްޓީއޯއިން ލުނބޯ އެތެރެކޮށް، އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ. އެސްޓީއޯއިން ބުނީ، ލުނބޯ އަގުހެޔޮކޮށް ވިއްކަން ފެށީ ރާއްޖޭގެ ބާޒާރުގައި ލުނބޯ ގަންނަން ލިބޭ އަގު ވަރަށް ބޮޑަށް އުފުލިފައިވާތީ ކަމަށެވެ. އެގޮތުން، އެސްޓީއޯއިން ލުނބޯ ކިލޯއެއް 50 ރުފިޔާއަށް ލިބޭއިރު، 25 ކިލޯގެ ބަސްތާއެއް 1،175 ރުފިޔާއަށް ލިބޭނެއެވެ. ލުނބޯ ވިއްކާ އަގު ހެޔޮކުރީ ރޯދަ މަހާ ދިމާކޮށް އެ ކުންފުނިން ވިއްކާ ބައެއް ތަކެތި އަގުހެޔޮ […]

އަޙްމަދު ވަހީދު
މާލެ ސަރަހައްދުން 281 ވެހިކަލް ނައްތާލައިފި

މާލެ ސަރަހައްދުން 281 ވެހިކަލް ނައްތާލައިފި

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރި 281 ވެހިކަލް ނައްތާލައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން މި ހަފްތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ކުރެވުނު މަސައްކަތުން ގިނަ ދުވަސްވަންދެން ބޭނުންނުކޮށް މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި އުޅަނދު ތަކުގެ ތެރެއިން ޖުމްލަ 123 އުޅަނދު ނައްތާލެވިފައިވާ ކަމަށެވެ. ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން މި ހ...

މުޙައްމަދު
ކާބޯތަކެތީގެ އަގު އިތުރަށް ހެޔޮ ކުރެވޭތޯ މަސައްކަތް ކުރާނަން: ރައީސް

ކާބޯތަކެތީގެ އަގު އިތުރަށް ހެޔޮ ކުރެވޭތޯ މަސައްކަތް ކުރާނަން: ރައީސް

ކުރިއަށް އޮތް ރަމަޟާން މަހަށް ތަކެތީގެ އަގު ހެޔޮ ކުރަން އިތުރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ރައީސްގެ ޖަވާބު”ގެ މިއަދުގެ ސެގްމަންޓްގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ ކާބޯތަކެތީގެ އަގު ހެޔޮކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ކުރިއަށް ރޯދަ މަސް އޮތުމާ އެކު އެންމެ އަސާސީ ހުރިހާ ބާވަތެއްގެ ތަކެތި އެސްޓީއޯ މެދުވެރިކޮށް ރާއްޖެ ގެނެސް، […]

މުޙައްމަދު
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: އައިމިނަތު އިޝާދާ އަހްމަދު

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: އައިމިނަތު އިޝާދާ އަހްމަދު

ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ އަސްރަފީގެ، އައިމިނަތު އިޝާދާ އަހްމަދު، ޤުރުއާނަށް ލޯބި އުފެދުނީ އޭނާގެ އުމުރުން ވަރަށް ހަގުއިރު، އޭނާގެ ދައްތަ (އަޝްވާ) ގޭތެރޭގައި ޤުރުއާން ކިޔަވާތަން ތަކުރާރުކޮށް ފެންނަން ފެށުމާއި ގުޅިގެންނެވެ. ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން އިޝާދާ އެންމެ ބޮޑަށް ޝައުގުވެރިވި ސަބަބަކީ މި މުބާރާތަކީ އާންމުކޮށް ބާއްވާ މުބާރާތްތަކާއި ތަފާތު ގޮތަކަށް ކުރިއަށް ގެންދާ މުބާރާތަކަށް ވުމެވެ. އިޝާދާ ވަނީ މިހާތަނަ...

އިބްރާހިމް ޚަލީލް
ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (43)

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (43)

ކުރީގެ ޢަދަދާ ގުޅޭ: ” ދެން ދޭ އަވަހަށް ބަތްގަނޑު ހަދަން! ލަމްގެ ބޯއީ އަންނަން ވާއިރަށް އަހަރެމެންވެސް ޖެހޭނެ މަރުހަބާ ކިޔަން ރެޑީ ވާން” މަޑުމަޑުން ތެދުވަމުން ޖުމާ ބުނެލިއެވެ. އެއާއެކު ލަމްހާއަށްވެސް ހެވުނެވެ. *** މުއާޒް ގެއަށް އައިސް ވަނުމާއެކު އެންމެ ފުރަތަމަވެސް ބައްދަލްވީ އޭނާގެ މަންމަ ކަފީލާއާއެވެ. ކަފީލާގެ މޫނުމަތީގައިވާ ހިތްހަމަ ނުޖެހުމުގެ އަސަރުތަކުން ރޭގައި ކަންތައް ވީ ގޮތް އޭނާއަށް އެނގިއްޖެކަން މުއާޒަށް ޔަޤީން ކުރެވުނެވެ. އެހެންކަމުން މަންމަގެ ކުރިމަތީގައި މަޑުކުރާކަށް […]

ސަލާމާ ޢަބްދުލް ޢަލީމް
އަޅުގަނޑާ ދިމާލަށް އެއްޗެއް ބުނެގެން ފިޔަވަޅު އަޅަން ބޭނުމެއް ނޫން: ރައީސް

އަޅުގަނޑާ ދިމާލަށް އެއްޗެއް ބުނެގެން ފިޔަވަޅު އަޅަން ބޭނުމެއް ނޫން: ރައީސް

އެމަނިކުފާނާ ދިމާލަށް އެއްޗެއް ބުނެގެން ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ އެއްވެސް މުވައްޒަފަކަށް ފިޔަވަޅު އަޅަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޅ. ކުރެންދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނާ ގުޅޭ ގޮތުން ސަރުކާރުގެ ކުންފުންޏެއްގެ މުވައްޒަފަކު ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކާ ގުޅިގެން އެ މުވައްޒަފުގެ މަގާމު ދަށްކުރި ކަމުގެ ވާހަކަ ބައެއް ނޫސްތަކުން ފެނިވަޑައިގެންފ...

މުޙައްމަދު
އައްޑޫގައި ހަށި ވިއްކާ ކަމުގެ ތުހުމަތުގައި 10 މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހަށި ވިއްކާ ކަމުގެ ތުހުމަތުގައި 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ހަށި ވިއްކާ ކަމުގެ ތުހުމަތުގައި 10 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު އައްޑޫގައި ހިންގި އޮޕަރޭޝަންގައި 10 މީހުން ހައްޔަރުކޮށްފައިވަނީ ހިތަދޫ އަދި މަރަދޫން ކަމަށެވެ. ކޮންމެ ރަށަކުން ވެސް ހައްޔަރު ކުރީ ފަސް މީހުންނެވެ. އެ މީހުން ހައްޔަރުކުރީ ސްޕާއެއްގެ ގޮތަށް ހިންގަމުން ދިޔަ ތަނެއް ބަލައި ފާސް ކުރުމަށް ފަހުގައެވެ. ފުލުހުން ބުނި ގޮތުގައި ހިތަދޫން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ދިވެހި ދެ ފިރިހެނުންނާއި […]

މުޙައްމަދު
މާފުށީގައި ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

މާފުށީގައި ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ކ. މާފުށީގައި ހިންގި މާރާމާރީގައި އާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މާރާމާރީއާ ގުޅިގެން ޒަހަމްވެފައި ވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާ އަށް މާފުށީ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހުގައި އިތުރު ފަރުވާ އަށް މާލެ ގެނެސް ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށްވެއެވެ. އަނިޔާ ލިބުނު މީހާއަށް ލިބުނު ޒަހަމްތަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ. ފުލުހުން ބުނީ މިއަދު މާފުށީގައި އިތުރު މާރާމާރީއެއް ވެސް ހިންގާފައިވާ […]

މުޙައްމަދު
ސަރުކާރުން ހަދިޔާ ކުރާ ކާޑު ގޭބިސީތަކަށް ބަހަން ފަށައިފި

ސަރުކާރުން ހަދިޔާ ކުރާ ކާޑު ގޭބިސީތަކަށް ބަހަން ފަށައިފި

ސަރުކާރުން ހަދިޔާ ކުރުމަށް ނިންމާފައިވާ ކާޑުގެ ބާވަތްތައް މާލޭގައި މިއަދު ބަހަން ފަށައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ރަމަޟާން މަހާ ދިމާކޮށް ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑޫ އަދި 10 ކިލޯ ފުށް ބަސްތާއެއް ހަދިޔާ ކުރަން ނިންމައިފައެވެ. މާލެ ސަރަހައްދުގައި ކާޑު ބަހާނީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. ކާޑު ދޫކުރާނީ ކަރަންޓު މީޓަރު ނަންބަރަކަށެވެ. ކާޑު ބަލާ ދާއިރުގައި އައިޑީ ކާޑް ނުވަތަ ޕާސްޕޯޓް ގެންދިއުމަކީ ވެސް […]

މުޙައްމަދު
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ޔައިޝާ ޔާސިރު އިބްރާހިމް

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ޔައިޝާ ޔާސިރު އިބްރާހިމް

ހއ.އިހަވަންދޫގައި ހުންނަ، އިހަވަންދޫ ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު ދޭލިޔާގެ، ޔައިޝާ ޔާސިރު އިބްރާހިމްގެ އުމުރުން ވަރަށް ހަގުއިރު އޭނާގެ މަންމަ ޤުރުއާން އުނގެނުމަށް ބާރުއަޅައި ކޮށްދިން މަސައްކަތުން ޤުރުއާން ކިޔަވަންފެށިއެވެ. އަދި އެއަށްފަހު މުބާރާތްތަކުގައި ބައިވެރިވި ލިބުނު ކާމިޔާބީތަކާއިއެކު ޤުރުއާނުގެ އިލްމުގައި އިތުރަށް ކުރިއަށް ދިއުމަށް ޝައުގުވެރިކަން އިތުރުވެގެން ދިޔައެވެ. އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން ޔައިޝާ ބޭނުންވި އެންމެ ބޮޑު ސަބަބަކީ މި މ...

އިބްރާހިމް ޚަލީލް
ރައީސް ފާދިއްޕޮޅަށް

ރައީސް ފާދިއްޕޮޅަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފާދިއްޕޮޅު (ޅ. އަތޮޅު) އަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައިނ ރައީސްގެ މި ދަތުރުފުޅުގައި ފާދިއްޕޮޅުގެ ތިން ރަށަކަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ. މިގޮތުން ރައީސް ފުރަތަމަ ވަޑައިގެންފައި ވަނީ ޅ. ކުރެންދޫ އަށެވެ. ރައީސްގެ މި ދަތުރުފުޅުގައި އެ ރަށްތަކަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އ.ތ.މ. ކޮމިޓީ) ތަކާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް...

ޔުމްނާ ޢަލީ
ސަރުކާރުން ދޭ ރޯދަ ހަދިޔާ މާދަމާ ދޫކުރަން ފަށާނެ

ސަރުކާރުން ދޭ ރޯދަ ހަދިޔާ މާދަމާ ދޫކުރަން ފަށާނެ

ސަރުކާރުން ދޭން ނިންމާފައިވާ ރޯދަ ހަދިޔާ މާދަމާއިން ފެށިގެން ދޫކުރާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.   މި ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ހަދިޔާ ކުރުމަށް ނިންމާފައެވެ. އެސްޓީއޯ އިން ބުނީ އެތަކެތި ބެހުމުގެ މަސައްކަތް ކުރާނީ މިނިސްޓްރީތަކާއި، ކައުންސިލުތަކާއި އަދި ބައެއް އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން ކަމަށެވެ. މާލޭ ސަރަހައްދުގައި މިތަކެތި ދޫކުރަން ފަށާނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން މާދަމާއިން […]

އަޙްމަދު ވަހީދު
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: އައިމިނަތު ޝާޔާ މުޙައްމަދު ޝާހިދު

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: އައިމިނަތު ޝާޔާ މުޙައްމަދު ޝާހިދު

ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ މާގަލަ، އައިމިނަތު ޝާޔާ މުޙައްމަދު ޝާހިދުއަކީ ވަރަށް ކުޑައިރުން ފަށައިގެން ޤުރުއާން އަޑުއަހަން ލޯބިކުރި ކުއްޖެކެވެ. އެ ހިސާބުން ފަށައިގެން އޭނާ ވަނީ ޤުރުއާން ދަސްކުރަން މަސައްކަތް ފަށާފައެވެ. އެންމެ އަލިގަދަ ތަރި މުބާރާތަކީ ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ބޭއްވޭ އެންމެ ބޮޑު އެއް މުބާރާތަށް ވެފައި މި މުބާރާތުގައި ޤުރްއާން ޢިލްމާއި ތަޖުވީދުގެ އިތުރުން ދިގުރާގަށް ކިޔެވުމުގެ ފުރުސަތު ލިބުމާއި، މުބާރާތުގެ […]

އިބްރާހިމް ޚަލީލް
"ރަހުމަތުގެ މޫސުން" ނަމުގައި ފޯކައިދޫގައި ބާއްވާ ބޮޑުދަރުސް މިރޭ

"ރަހުމަތުގެ މޫސުން" ނަމުގައި ފޯކައިދޫގައި ބާއްވާ ބޮޑުދަރުސް މިރޭ

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން “ރަހުމަތުގެ މޫސުން” މި މައުލޫއަށް ށ.ފޯކައިދޫގައި ބާއްވާ ބޮޑުދަރުސް މިރޭ އޮންނާނެއެވެ. މި ދަރުސް އަކީ ފޯކައިދޫ ޕޮލިސް ސްޓޭޝަނާއި އެ ރަށު ކައުންސިލާއި މުއައްސަސާތަކާއި ޖަމިއްޔާތަކާއި، އެ އަތޮޅު ކައުންސިލާއި ޑަބްލިޔު.ޑީ.ސީއާއި އާއްމު ބައެއް ފަރާތްތައް ގުޅިގެން ފޯކައިދޫގައި ބާއްވާ ދަރުސެކެވެ. މިރޭ 20:45 ގައި ފޯކައިދޫ ބޯޅަދަނޑު ހުޅަނގުފަރާތު ހުސްބިމުގައި ބާއްވާ މި ދަރުސަށް އަވައްޓެރި ރަށްރަށުން ބައިވެރިވާން ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފޯކައިދޫ ކައުންސިލުން ވަ...

އިބްރާހިމް ޚަލީލް
ރޯދައަށް ތައްޔާރުވުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް ހުޅުވައިފި

ރޯދައަށް ތައްޔާރުވުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް ހުޅުވައިފި

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އެޗްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ހުޅުވައިފިއެވެ. އެޗްޑީސީން ބުނީ މަސްޖިދުން ޝާކިރީން ނަމުގައި އިމާރާތްކުރެވުނު މިސްކިތް ގާއިމުކުރެވިފައިވަނީ ފޭސް 2 ގެ ހިޔާ ޕާކު ސަރަހައްދުގައިކަމަށެވެ. މި މިސްކިތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަ ކުރުމުގެ ގޮތުން ހުޅުވި މިސްކިތެކެވެ. އެގޮތުން މިހާރު މިސްކިތަށް ދިޔުމަށް ދުރަށް ދާންޖެހުމުން ގިނަ ބަޔަކަށް ދަތިތަކާ ދިމާވެއެވެ. މި މިސްކިތުގައި އެއްފަހ...

އަޙްމަދު ވަހީދު