މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,451 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 795 ވަނަ ޞަފްޙާ

ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލްގެ މައްޗަށް އަށް ލައްކަ ރުފިޔާގެ ދަރަންޏެއް ސާބިތުވެއްޖެ

ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލްގެ މައްޗަށް އަށް ލައްކަ ރުފިޔާގެ ދަރަންޏެއް ސާބިތުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދުގެ މައްޗަށް އަށް ލައްކަ ރުފިޔާގެ ދަރަންޏެއް ސާބިތުވެ، 15 ދުވަސް ތެރޭގައި އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. މެންބަރުގެ މައްޗަށް ސާބިތުވީ ތ. ކަނޑޫދޫ ސްކޫލްގެ ތިން ކްލާސްރޫމެއް އެޅުމުގެ މަޝްރޫއުގެ ސަބް-ކޮންޓްރެކްޓަރަށް އޭނާ ދޭން ޖެހޭ ފައިސާ ނުދީ އޮތުމުން އަރާފައިވާ ދަރަންޏެވެ. އެއީ 856،830 ރުފިޔާ އެވެ. މި މަޝްރޫއުއަކީ އިސްމާއިލްގެ ކުންފުންޏާ 2018 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން […]

ހުސައިން ހަބީބް
ގްރައުންޑް ކޮށްފައި އޮންނަތާ އެތައް ދުވަހެއްފަހުން މަހާ ޖައްރާފު އޮޕަރޭޝަނަށް

ގްރައުންޑް ކޮށްފައި އޮންނަތާ އެތައް ދުވަހެއްފަހުން މަހާ ޖައްރާފު އޮޕަރޭޝަނަށް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބޮޑު ޑްރެޖަރު “މަހާ ޖައްރާފު” ހަލާކުވެ އަހަރަކަށް ވުރެ ގިނަ ދުވަހު ގްރައުންޑުވެފައި އޮތުމަށް ފަހު މަރާމާތުކޮށް އޮޕަރޭޝަނަށް ނެރެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް، މަހާ ޖައްރާފު ގްރައުންޑު ކުރިތާ 20 މަސް ދުވަސްވެފައިވާ ކަމަށެވެ. މީގެ ސަބަބުން، އެމްޓީސީސީން ކުރިއަށްގެންދިޔަ ބިންހިއްކުމުގެ މަޝްރޫއުތަކަށް ވަރަށް ބޮޑަށް ހުރަސްއެޅުނު ކަމަށް އެ ކުންފުނިން ބުންޏެވެ. މަހާ ޖައްރާފު ގްރައުންޑްވާން ދ...

އަޙްމަދު ވަހީދު
ހިލާލީ ގެއިން ނިކުމެވަޑައިގެންނެވި ކަމަށް ފެތުރި ވާހަކަ ދޮގުކުރައްވައިފި

ހިލާލީ ގެއިން ނިކުމެވަޑައިގެންނެވި ކަމަށް ފެތުރި ވާހަކަ ދޮގުކުރައްވައިފި

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އެމަނިކުފާނަށް ދައުލަތުން ހާއްސަކޮށްފައިވާ ގެކޮޅު، ހިލާލީގެއިން ނިކުމެވަޑައިގެންނެވި ކަމަށް ނޫހަކުން ފެތުރި ޚަބަރު އެމަނިކުފާނު ދޮގު ކުރައްވައިފި އެވެ. އެވާހަކަ ދޮގުކުރައްވައި ނައިބު ރައީސް ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. އަދި ދޮގު ފަތުރައި، މުޖުތަމައު ފަސާދަ ނުކުރުމަށް ގޮވައިލައްވާ ކަމަށް ވެސް ވިދާޅުވެފަވެއެވެ. ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަށް ތާއީދުކޮށް އާންމުގޮތެއްގައި ލިޔުން...

ޔުމްނާ ޢަލީ
ފިތުރު ޒަކާތް ބަަލައިގަންނަން ފަށައިފި

ފިތުރު ޒަކާތް ބަަލައިގަންނަން ފަށައިފި

މިއަހަރުގެ ފިތުރު ޒަކާތް މިއަދު ބަލައިގަންނަން ފަށައިފިއެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނި ގޮތުގައި 1445 ވަނަ އަހަރުގެ ފިތުރު ޒަކާތް 12 މާރިޗުން ފެށިގެން 9 އޭޕްރިލްގެ ނިޔަލަށް ބަލައި ބަލައި ގަންނާނެއެވެ. ފިތުރު ޒަކާތް އޮންލައިންކޮށް ބަނޑޭރިޕޭ، ފަހިޕޭ، ބީއެމްއެލް، އެމްއައިބީ، ދިރާގު އަދި އޫރިދޫ މެދުވެރިކޮށް ވެސް ދެއްކޭނެއެވެ. އަތޮޅުތެރޭގައި ނަމަ ޒަކާތް ބަލައިގަންނަން ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލުން ކަނޑައަޅާތަނެއްގައެވެ. އަދި އަތޮޅުތަކުގައި އުޅޭ ރައްޔިތުން ނަށް ވެސް އޮންލައިންކޮށް ޒ...

ޔުމްނާ ޢަލީ
މިއަހަރުވެސް އުރީދޫގެ ''ހަދިޔާ ފޮށި'' ޕްރޮމޯޝަން ކުރިއަށްދާނެ

މިއަހަރުވެސް އުރީދޫގެ ''ހަދިޔާ ފޮށި'' ޕްރޮމޯޝަން ކުރިއަށްދާނެ

މިދިޔަ އަހަރުގެ ރޯދަ މަހު ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބުނު އުރީދޫ “ހަދިޔާ ފޮށި” ޕްރޮމޯޝަން މި އަހަރު ވެސް ފަށައިފިއެވެ. ހަދިޔާ ފޮށްޓަކީ އުރީދޫގެ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ 24 ގަޑިއިރަކުން ހުޅުވައި އިނާމު ހޯދޭ ގޮތަށް ތައްޔާރުކޮށްފައިވާ ފޮށްޓެކެވެ. މި ފޮށީގައި ހަދިޔާއެއްގެ ގޮތުގައި ބޯނަސް ޑޭޓާ އާއި ގިފްޓް ވައުޗަރާއި ފޯނު، އެޕަލް ވިޝަން ޕްރޯ އަދި ޕީއެސް 5 ފަދަ އަގުހުރި އެތައް އިނާމެއް ވަނީ ހިމަނައިފައެވެ. ހަދިޔާ ފޮށީގެ […]

އަޙްމަދު ވަހީދު
ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (44)

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (44)

ކުރީގެ ޢަދަދާ ގުޅޭ: ” އެހާ ރައްޓެއްސެއް ނުވާނެ” ޖުމާ އެހެން ބުނެލުމުން މާހިލް ޖުމާގެ މޫނަށް ބަލައިލީ އަސަރާއެކުގައެވެ. އެ މޫނުމަތީގައި ކޮންމެވެސް އުނދަގޫ ޝުއޫރުތަކެއް ހުރިކަން ޖުމާއަށް ފާހަގަ ކުރެވުނެވެ. ” އެހެންވިޔަސް ދެން ގައިމުވެސް އެންމެން މިވީ އެއް އާއިލާއަކަށްނު” ލަމްހާ އަވަސް އަވަހަށް ބުންޏެވެ. ތަފާތު ވާހަކަ ތަކުގައި ލަމްހާ މަޖާކުރަމުން ދިޔައިރުގައިވެސް ޖުމާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. މާހިލްވެސް އިނީ އެފަދަ ޙާލަތެއްގައިކަން ޖުމާއަށް އިޙްސާސް ކުރެވުނެވެ. ” އަހަރެން […]

ސަލާމާ ޢަބްދުލް ޢަލީމް
ރޯދަމަހަށް ހުޅުމާލެ ފޭސް 2ގައި މަސް މާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ހުޅުވައިފި

ރޯދަމަހަށް ހުޅުމާލެ ފޭސް 2ގައި މަސް މާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ހުޅުވައިފި

ރޯދަ މަހަށް ހާއްސަކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަސް މާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ހުޅުވައިފިއެވެ. ފަރުމަސް ބާނާ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުވި މަސް މާރުކޭޓް ހަދާފައިވަނީ ޑިންގީ ހާބަރު ސަރަހައްދުގައެވެ. ލޯކަލް މާރުކޭޓް ހަދާފައިވަނީ ހިޔާ ފްލެޓް އެކެއް، ދޭއް އަދި ވިނަރެސް 9 އަދި 10 ދެމެދުގައެވެ. ލޯކަލް މާރުކޭޓުގެ ގޮޅިތައް ހިންގަން ބޭނުންވާ މީހުންނާ އެތަންތަން މިހާރު ވަނީ ހަވާލުކޮށްފައެވެ. މި ރޯދަ މަހުން ފެށިގެން ދެ […]

އަޙްމަދު ވަހީދު
ފެނަކަ ކޮމިއުނިޓީ ޕާކާއި އުތީމް އިސް ރައްވެހިންގެ ހިޔާ ހުޅުވައިފި

ފެނަކަ ކޮމިއުނިޓީ ޕާކާއި އުތީމް އިސް ރައްވެހިންގެ ހިޔާ ހުޅުވައިފި

ފެނަކަ އުތީމް ބްރާންޗްގެ ފަރާތުން އިސްނަގައިގެން އެ ރަށުގައި ތަރައްގީކުރި ކޮމިއުނިޓީ ޕާކާއި، އިސް ރަށްވެހިންގެ ހިޔާ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ. އެ ރަށުގެ އިރުދެކުނު ފަރާތު އަތިރިމަތީގައި ތަރައްގީކުރި މި ޕާކް ހުޅުވުމުގެ ގޮތުން އާދީއްތަ ދުވަހުގެ ހަވީރު އެތަނުގައި ވަނީ ކުޑަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެ ޕާކް ރަސްމީކޮށް ހުޅުވައި ދެއްވީ ހއ.އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީޤެވެ. މި ތަނާއި ގުޅޭގޮތުން މައުލޫމާތު ދެމުން އުތީމް ކައުންސިލްގެ ރައީސް […]

އިބްރާހިމް ޚަލީލް
އެޗްވައިއެމް ފުޓްސަލް ޗެލެންޖް މާދަމާރޭ ހުޅުމާލޭގައި ފަށަނީ

އެޗްވައިއެމް ފުޓްސަލް ޗެލެންޖް މާދަމާރޭ ހުޅުމާލޭގައި ފަށަނީ

ކޮންމެ ރަމަޟާން މަހަކު، ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް މާދަމާރޭ ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.   “ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445” މުބާރާތުގައި މިފަހަރު 8 ޓީމު ބައިވެރިވާ އިރު، އެ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. މި މުބާރާތުގައި ބައިވެރިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި ޓީމް އެފްއެފާއި އެޗްވައިއެމް ވެޓަރަންސް އާއި އެޗްވައިއެމް ބްލެކް ފްލޭޝް އާއި އެޗްވައިއެމް ބުލްކް ޝާކްސް އާއި […]

މުޙައްމަދު
ދީނީއިލްމުވެރިންނަށް ފޯކައިދޫއިން ކީ ރަތްދޫލައިގެ މަރުހަބާ، ގިނަބައެއްގެ ސަމާލުކަމަށް

ދީނީއިލްމުވެރިންނަށް ފޯކައިދޫއިން ކީ ރަތްދޫލައިގެ މަރުހަބާ، ގިނަބައެއްގެ ސަމާލުކަމަށް

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ށ.ފޯކައިދޫގައި ދަރުސް ދެއްވުމަށް މިދިޔަ ބުރާސްފަތި ދުވަހު އެ ރަށަށް ވަޑައިގެން ދީނީ އިލްމުވެރިންނަށް، އެ ރަށުގެ ވަރަށް ގިނަބަޔަކު ނުކުމެ ކީ ރަތްދޫލައިގެ މަރުހަބާ ގިނަބައެއްގެ ސަމާލުކަމަށް އަތުވެއްޖެއެވެ. ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ދަރުސް ދެއްވުމަށް އެ ރަށަށް ވަޑައިގެންފައި ވަނީ ދެ އިލްމުވެރިއެކެވެ. އެ އިލްމުވެރިންނަކީ ފޯކައިދުއަށް ނިސްބަތްވެ ވަޑައިގަންނަވާ ދީނީ އިލްމުވެރިޔާ ޝެއިހް އަހުމަދު ސަމީރާއި ލެންޓާން ޖަމިއްޔާގެ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ރާފ...

އިބްރާހިމް ޚަލީލް
މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމައިފި

މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމައިފި

މަސްވެރިން މިފްކޯ އަށް މަސް ކިރުމުން މިދިޔަ ހުކުރު ދުވަހާ ހަމައަށް މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ދެވުނު ހުރިހާ ފައިސާއާ އެކުގައި މަސްވެރިންގެ ބެކްލޮގް ކްލިއާ ކުރެވިފައިވާ ކަމަށެވެ. Miadhu dhevunu faisaa aaeku, masverin mi dhiya hukuru dhuvahaahisaabah beyni hurihaa mahah faisaa dhee […]

މުޙައްމަދު
ބޯޓުފަހަރުން ނަގާ ފީ ޑޮލަރުން ނުނަގަން އެމްޓީއޭ އިން ގޮވާލައިފި

ބޯޓުފަހަރުން ނަގާ ފީ ޑޮލަރުން ނުނަގަން އެމްޓީއޭ އިން ގޮވާލައިފި

އަންނަ މަހުން ފެށިގެން ބޯޓު ފަހަރުން ނަގާ ފީ ޑޮލަރުން ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމުމާ ގުޅިގެން އެކަން ނުކުރަން މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ގޮވާލައިފިއެވެ. އެމްޓީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމާ އެކު، މުދާ އެތެރެ ކުރާ އެންމެހާ ފަރާތްތަކަކީ ވެސް ޑޮލަރުން ކުރަން ޖެހޭ އެންމެހާ ހަރަދުތަކަށް ވެސް ބޭނުންވާ ޑޮލަރު ބޮޑު އަގުގައި ގަންނަން ޖެހޭ ފަރާތްތަކެއް ކަމަށެވެ. […]

މުޙައްމަދު
މާލޭގެ މަގުމަތިން 59.6 ޓަނުގެ ކުނި ނަގައިފި

މާލޭގެ މަގުމަތިން 59.6 ޓަނުގެ ކުނި ނަގައިފި

މާލޭގެ މަގުމަތިން އިއްޔެ އެކަނި ވެސް 59.6 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. މާލެ ސިޓީ ކައުންސިލުން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ އެކަނި ވެސް މާލޭގެ މަގުމަތިން ނުވަ ޓަނަށް ވުރެ ގިނަ ކުނި ނަގާފައިވާ ކަމަށެވެ. މާލޭގެ މަގުމަތިން ކުނި ނެގި އަދަދު: 1.5 ޓަނުގެ 16 ޕިކަޕް 2 ޓަނުގެ 1 ޕިކަޕް 350 ޓަނުގެ 26 ޕިކަޕް 3 ޓަނުގެ 7 ޕިކަޕް […]

މުޙައްމަދު
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: އާއިޝަތު އަސްވާ އަޙްމަދު

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: އާއިޝަތު އަސްވާ އަޙްމަދު

ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ އަސްރަފީގެ، އާއިޝަތު އަސްވާ އަޙްމަދަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވަން ހިތްޖެހި، ޤުރުއާނުގެ އިލްމު ހޯދަން މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ. ކުޑައިރު ގޭތެރޭ ކުޅެން އުޅޭއިރު ޓީވީން ޤުރުއާން ކިޔަވާތަންފެނި، އަދި ރޭޑިއޮލުން ޤުރުއާން ކިޔަވާ އަޑުއިވި، އޭނާގެ ޝައުގުވެރިކަން ޤުރުއާނާއިމެދު އިތުރުވެގެން ދިޔައެވެ. އަބަދުވެސް ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ބޮޑު ޝައުގުވެރިކަމެއް އޮންނަ އަސްވާ، ހއ.އަތޮޅު އެންމެ...

އިބްރާހިމް ޚަލީލް
ރައީސް، ރޯދަ މަހުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފި

ރައީސް، ރޯދަ މަހުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފި

މި އަހަރުގެ ރޯދަ (ރަމަޟާން) މަހުގެ ތަހުނިޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ. އިސްލާމީ ގިނަ ޤައުމަތަކަށް ހިޖުރައިން 1445 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުނީ މިއަދު އެވެ. މި މުނާސަބަތުގައި ‏ރައީސް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސްގެ އަމިއްލަ ނަންފުޅުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އިސްލާމީ ޤައުމުތަކުގެ އެންމެހައި އަޚުންނާއި އުޚުތުންނަށް މި ބަރަކާތްތެރި މައްސަރުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ....

ޔުމްނާ ޢަލީ
ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ފަނޑިޔާރު ނިޔާޒް ހަމަޖައްސައިފި

ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ފަނޑިޔާރު ނިޔާޒް ހަމަޖައްސައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސަކަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ހަމަޖައްސައިފި އެވެ. ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ސުޕްރީމް ކޯޓުން އެ ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. އޭނާ އެ މަގާމުން ވަކި ކުރެއްވުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ދާދިފަހުން ވަނީ އެ ކޮމިޝަނަށް އައްޔަންކޮށްފަ އެވެ. ޖޭއެސްސީން މިއަދު ބުނިގޮތުގައި އެ ކޮމިޝަންގެ ނައިބު ރައީސަކަށް […]

ހުސައިން ހަބީބް
ރަމަޟާން މުބާރިކް! މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް

ރަމަޟާން މުބާރިކް! މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް

މާދަމާ އަކީ ރާއްޖޭގައި ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައި، އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން މިރޭ އެކަން ޢިއުލާންކޮށްފިއެވެ. އެ ވުޒާރާއިން  މިކަން އިޢުލާން ކުރީ، ރޯދަ މަހަށް ހަނދު ސާބިތު ކުރުމަށް ޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށް ފަހު އެވެ. މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ ރާއްޖޭގެ ބައެއް ރަށްރަށަށާއި އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވާތީ ކަމަށް މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސްކަން […]

ޔުމްނާ ޢަލީ
ޑްރަގު ޓްރެފިކިން ހުއްޓުވަން ކަނޑު އުޅަނދުފަހަރުގައި ޓްރެކިން ޑިވައިސް ހަރުކޮށް މޮނިޓާކުރަން ފަށަނީ

ޑްރަގު ޓްރެފިކިން ހުއްޓުވަން ކަނޑު އުޅަނދުފަހަރުގައި ޓްރެކިން ޑިވައިސް ހަރުކޮށް މޮނިޓާކުރަން ފަށަނީ

މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި “ވެސެލްސް ޓްރެކިންގ ޑިވައިސް” ހަރުކޮށް މޮނިޓާ ކުރަން ފަށަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާތީ އެކަންކަން ހުއްޓުމުގެ ގޮތުން ރައީސް މި ނިންމެވުން ނިންމެވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިކަމާއިބެހޭ ގޮތުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަކާމެދެ މަޝްވަރ...

ޔުމްނާ ޢަލީ