އިންސްޓަންޓް ޕޭމަންޓް ސިސްޓަމް “ފަވަަރަ” މެދުވެރިކޮށް ޓްރާންސްފާ ކުރެވޭ ފައިސާގެ ލިމިޓު 200،000 ރުފިޔާއަށް ބޮޑުކޮށްފިއެވެ. މީގެ ކުރިން ފަވަރަ މެދުވެރިކޮށް އެންމެ ބޮޑުކޮށް ޓްރާންސްފާކުރެވެނީ 50،000 ރުފިޔާއެވެ. އަދި، ރިކުއެސްޓް ފޮނުވޭނެ އެންމެ މަތީ އަދަދަކީ 5،000 ރުފިޔާއެވެ. ފަވަރައަށް ގެނައި ބަދަލާ އެކު މިހާރު ފަވަރަ މެދުވެރިކޮށް އެއް ބޭންކުން އަނެއް ބޭންކަށް 200،000 ރުފިޔާއާ ހަމައަށް ޓްރާންސްފާ ކުރެވޭނެއެވެ. އަދި، 10،000 ރުފިޔާއާ ހަމައަށް ރިކުއެސްޓް ކުރެވޭނެއެވެ. “ފަވަރަ”އަކީ ފަސޭހަ، އަވަސް އަދި...
އަޙްމަދު ވަހީދު
ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލާއި އެރަށުގެ ޖަމިއްޔާއެއްކަމަށްވާ ވިންގާރސް ގުޅިގެން ކުރިއަށް ގެންދާ “އުތީމް އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތް 1445” އަންނަ އަންގާރަ ދުވަހު (19 މާޗް 2024) ފަށާނެއެވެ. ހުރިހާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި މި މުބާރާތުގައި އުތީމް ސްކޫލާއި ޕްރީސްކޫލުން 55 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި މަދަރުސީ ތައުލީމް ނިންމާފައިވާ 5 ފަރާތަކުން ވެސް ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ގެންދަނީ އެންމެ އަލިގަދަތަރިއަށް ވާދަކުރާ ބައިގައި ޕްރީސްކޫ...
އިބްރާހިމް ޚަލީލް
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލި ދެވަނަ ފުރުސަތުގައި 10،000 މީހުން ރީ ރަޖިސްޓްރީ ކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އަންނަ މަހު 21 ވަނަ ދުވަހު އޮންނަ މަޖިލީސް އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައި އޮތް ތަން ނޫން އެހެން ތަނަކަށް ރީރަޖިސްޓާކުރަން ހުޅުވައިލި ހަ ދުވަހުގެ މުއްދަތުގެ ހަމަވީ އިއްތެ މެންދުރު ފަހު 3:00 އަށެވެ. އީސީން ބުނި ގޮތުގައި ވޯޓުލާން 10،028 މީހުން ވަނީ ރީރެޖިސްޓާވެފައިވެއެވެ. އީސީން […]
އަޙްމަދު ވަހީދު
ކުރީގެ އަދަދާ ގުޅޭ: ” ކިހިނެއްވީ؟ އަހަރެންގެ އަތުން ކާލަބަ” ނުހަނު ލޯތްބާއެކު ޒޯޔާ ބުންޏެވެ. ވަގުތަކީ ޒާރާ އައިސް ދޮރު ހުޅުވާލި ވަގުތެވެ. ސިހިފައި ޒޯޔާގެ އިތުރުން މުއާޒަށްވެސް ބަލައިލެވުނީ ޒާރާގެ މޫނަށެވެ. މުއާޒްއާ ދާދި ގާތުގައި ހުރި ޒޯޔާއަށް ބަލަމުން ޒާރާ އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ. “ޒާ؟” ސުވާލުން ފުރިގެންވާފަދަ ގޮތަކަށް މުއާޒް ޒާރާއަށް ގޮވާލިއެވެ. “ކިހިނެއްވީ؟ އަހަރެން ފެނުނީމަ އުފަލެއް ނުވޭތަ؟ މިހުރީ ކާކު؟” ގަދަކަމުން ހިނިތުންވެލަމުން ޒާރާ ވާހަކަ ދެއްކިއެވެ. […]
ސަލާމާ ޢަބްދުލް ޢަލީމް
ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ “އެޗްވައިއެމް ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445” ގައި އެޗްވައިއެމް ބްލެކް ފްލޭޝް އާއި ޓީމް އެފްއެފް ރޭ މޮޅުވެއްޖެއެވެ. ހުޅުމާލެ ރެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި ބްލެކް ފްލޭޝް މޮޅުވީ 5-2 އިން ހުޅުމާލެ ހޮސްޕިޓަލް ބަލިކޮށްގެންނެވެ. ބްލެކް ފްލޭޝްގެ ލަނޑުތަކުގެ ތެރެއިން ރަމީޒް މުސްތަފާ (ރަންޓެ) އާއި މުހައްމަދު އިހުސާން ސައީދު (ލިއުބީ) ވަނީ ދެ ލަނޑު ޖަހައިފައެވެ. ބްލެކް […]
މުޙައްމަދު
ދިވެހިރާއްޖޭގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ރޭ ޝުކުރު އަދާކުރައްވައިފިއެވެ. ތުރުކީވިލާތުގެ ރައީސަށް، ރައީސް މުޢިއްޒު ޝުކުރު އަދާކުރެއްވީ މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ރޭ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރ އަދި އަންމޭންޑް އޭރިއަލް ވެހިކަލްސް އިފުތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކ...
ޔުމްނާ ޢަލީ
ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ ދެވަނަ ބުރަށް ބައިވެރިން ހިވައިފިއެވެ. މުބާރާތުގެ ފުރަތަމަ ބުރުގެ ދެވަނަ ކިޔުން ރޭ ބާއްވާފައިވާއިރު، ރޭ ކުރިއަށް ގެންގޮސްފައި ވަނީ ހިތުން ކިޔުމުގެ ބައެވެ. ހުރިހާ ބައިވެރިން ކިޔަވާ ނިމުމުން ރޭ ޝޯގައި ވަނީ ފުރަތަމަ ބުރުގެ ނަތީޖާ ފާޅުކޮށް ދެވަނަ ބުރަށް ބައިވެރިން ހޮވާފައެވެ. މުބާރާތުގެ ދެވަނަ ބުރަށް ހޮވޭނީ […]
އިބްރާހިމް ޚަލީލް
މަސްވެރިންނާއި ދަތުރުވެރީންނަށް ޚާއްޞަކޮށް އުފައްދާފައިވާ މޯބައިލް އެޕްލިކޭޝަން “ރަސް އައިނު” ރޭ އިފުތިތާޙުކޮށްފިއެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކަށް އެހީއެއްގެ ގޮތުގައާއި، ދިވެހި ކަނޑުތައް ރައްކާތެރިކަމާއެކު ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތަށް ފަސޭހަކުރުމުގެ ގޮތުން “ރަސް އައިން” ނަމުގައި ފަރުމާކޮށްފައިވާ މި އެޕް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ސިފައިންގެ ވައިގެ ބާރާއި، ޔޫއޭވީ ސިފައިންގެ ޚިދުމަތް ތައާރުފު ކުރުމަށް، މާފަރު ބައިނަލްއަޤްވާ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގައި އަންމޭންޑް އޭރިޔަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތް ތަޢާރުފުކޮށްފިއެވެ. ދިވެހިރާއްޖޭގައި ޔޫއޭވީ ސިފައިންގެ ޚިދުމަތް ތަޢާރުފުކޮށްދެއްވީ، މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފުން ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަން ފެށްޓެވުމުގެ ޤަރާރުގައި ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސް ޑރ. މުޢިއްޒު ވަނީ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޮމްބެޓް އެންޑް މެނޫވަރ ފޯސްތަކުގެ ތެރޭގައި ވައިގެ ދިފާޢުއަށް ޒިންމާވާ ބާރެއްގެ ގޮތުގައި އެމްއެންޑީއެފް އެއަރ ކޯރ (ދިވެހި ސިފައިންގެ ވައިގެ ބާރު) އުފައްދަވައި، ރޭ އިފުތިތާހުކޮށްފިއެވެ. ދިވެހި ސިފައިންގެ ވައިގެ ބާރު، އެމްއެންޑީއެފް އެއަރ ކޯރ އިފުތިތާހުކޮށްދެއްވާފައި ވަނީ، މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާ...
ޔުމްނާ ޢަލީ
ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ޑީޕޯޓުކޮށްލަން ނިންމާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ. އެކަން ހާމަކޮށްފައި ވަނީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޙައްމަދު ޝަމްޢާން ވަޙީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ޝަމްޢާން ވިދާޅުވެފައިވާ ގޮތުގައި ކަޅު ބާޒާރުގައި ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރި ކުރަމުންގެންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ، ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަނުން ވަނީ ޚާއްސަ އޮޕަރޭޝަނެއ...
ޔުމްނާ ޢަލީ
ގައުމީ، އެއާލައިން މޯލްޑިވިއަނުން ހާއްސަ ފެއާތަކަކާއެކު އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮކޮށްފިއެވެ. މޯލްޑިވިއަން އިން ކުރި އިއުލާނެއްގައި ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އާ ފެއާތަކަށް ދަތުރު ކުރެވޭނެ ކަމަށެވެ. އަދި މޯލްޑިވިއަނުން މިހާރު ދަތުރު ކުރާ 14 މަންޒިލަކަށް ޝެޑިއުލްގެ ތެރެއިން ވަކި ފްލައިޓުތަކުން އަގުހެޔޮކޮށް ޓިކެޓް ލިބޭނެ ކަމަށް ބުންޏެވެ. ހާއްސަ ފެއާތަކަކުން މޯލްޑިވިއަންގެ ޓިކެޓް އަގު ހެޔޮކުރި މަންޒިލްތައް: * މާލެ-ކޫއްޑޫ: 1،111 ރުފިޔާ * މާލެ-ކުޅުފުއްފުށި: 1،111 ރުފިޔާ […...
އަޙްމަދު ވަހީދު
ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ފުރަތަމަ ބުރުގެ ދެވަނަ ކިޔެވުމާއި ދެވަނަބުރަށް ބައިވެރިން ހޮވުން މިރޭ އޮންނާނެއެވެ. މި މުބާރާތުގައި ވާދަކުރާނީ ހއ.އަތޮޅުގެ ހުރިހާ ރަށަކަށް، މުބާރާތުގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގެ ދަށުން އެކަމަށް އެދި ފޯމް ހުށހެޅި ފަރާތްތަކުގެ މެދުގައި ބޭއްވި އޮޑިޝަނުން އެންމެ ރަނގަޅު ނަތީޖާ ހޯދި 20 ބައިވެރިންނެވެ. މި މުބާރާތުގެ ފުރަތަމަ ބުރުގެ […]
އިބްރާހިމް ޚަލީލް
ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ “އެޗްވައިއެމް ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445” ގައި އެޗްވައިއެމް ވެޓަރަންސް އަދި ބުލް ޝާކްސް ރޭ ކުޅުނު މެޗުން މޮޅުވެއްޖެއެވެ. ހުޅުމާލެ ރެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގައި ވެޓަރަންސް މޮޅުވީ 6-5 އިން ޓްރީ ޓޮޕް ހޮސްޕިޓަލް ބަލިކޮށްގެންނެވެ. ވެޓަރަންސްގެ ލަނޑުތަކުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަބްދުﷲ ޝުޖާއު (ޝުޖާ) އެވެ. އަދި […]
މުޙައްމަދު
ރޯދަ ފަރުޟު ކުރައްވާފައިވަނީ ތަޤްވާވެރިކަން ހާސިލުކުރުމަށްޓަކައި ކަމަށާއި ރޯދައިގެ ހިކުމަތްތައް ގުޅިފައިވަނީ އެކަން ހާސިލުވާނެގޮތުގެ މަތީންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ‘’ރޯދައިގެ ޙިކުމަތް’’ އެވެ. މިއަދުގެ ހުކުރު ނަމާދު ބައެއް މިސްކިތްތަކުގައި ކޮށްފައި ވަނީ ދާދިފަހުން ސަރުކާރުން ހުކުރު ކުރުމަށް ތަމްރީނުކޮށްފައިވާ ޒުވާން ޚަތީބުންނެވެ. މިއަދުގެ ޚުޠުބާގެ ބައެއް ބައިތައް ތިރީގައި ހިމަނާލާފައި އެވަނީ އެވެ. ރޯދަ ފަރުޟުކުރެއްވި ޙިކުމަތް ޞަރީޙަކޮށް ބަޔާން ކުރ...
ޔުމްނާ ޢަލީ
އެކިއެކި ކުށްތަކުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ނުވަތަ “ވާނުވާ” ބަންދުގައި ތިބި މީހުންގެ މައްސަލަ ހައްލު ކުރުމަށް ގާނޫނީ މަސައްކަތްތައް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވީ ރައީސް އޮފީހުން ސިލްސިލާކޮށް ކޮންމެ ދުވަހަކު ހެން ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި މ. މުލަކު، އޯޝަންލެޑް، ނަޝީދާ ހަސަން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ނަޝީދާ ބުނި ގޮތުގައި އޭނާގެ […]
މުޙައްމަދު
ދިވެހި ދައުލަތަށް 49 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ހަސަން ޝުކުރީ މިއަދު އަވަހާރަވެއްޖެއެވެ. ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ހަސަން ޝުކުރީ 79، އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. ހަސަން ޝުކުރީގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިރޭގެ ތަރާވީސް ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައެވެ. ހަސަން ޝުކުރީ ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ ސެޕްޓެމްބަރު 24، […]
މުޙައްމަދު
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރި ބޭރުގެ އުޅަނދެއް ދައުލަތަށް ނަގައި އަދިހަތަރު ލައްކަ ރުފިޔާގެ ޖޫރިމަނާއެއް ދައުލަތަށް ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. އޭޕްރީލް 2018 ގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް ސިފައިން އަތުލައިގަތީ ސްރީ ލަންކާގެ މަސް ބޯޓެކެވެ. އެ އުޅަނދުން ރާއްޖޭގެ ކަނޑުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްފައި ވާތީ އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރުމަށާއި އެ އުޅަނދު ދައުލަތަށް ނަގަން ކޯޓަށް ހުށަހެޅީ ދައުލަތުންނެވ...
ހުސައިން ހަބީބް