ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރި ބޭރުގެ އުޅަނދެއް ދައުލަތަށް ނަގައި އަދިހަތަރު ލައްކަ ރުފިޔާގެ ޖޫރިމަނާއެއް ދައުލަތަށް ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. އޭޕްރީލް 2018 ގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް ސިފައިން އަތުލައިގަތީ ސްރީ ލަންކާގެ މަސް ބޯޓެކެވެ. އެ އުޅަނދުން ރާއްޖޭގެ ކަނޑުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްފައި ވާތީ އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރުމަށާއި އެ އުޅަނދު ދައުލަތަށް ނަގަން ކޯޓަށް ހުށަހެޅީ ދައުލަތުންނެވ...
ހުސައިން ހަބީބް
ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ދ-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” މިރޭ ފަށާނެއެވެ. މި މުބާރާތުގެ ފުރަތަމަ ބުރުގެ ފުރަތަމަ ރޭގެ ކިޔެވުން މިރޭ 21:20 ގައި، ދިއްދޫގައި ހުންނަ ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ ތިލައުތުރު މާލަމުގައި އޮންނާނެއެވެ. ކިޔެވުން އަޑުއައްސަވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ. މި މުބާރާތުގައި ވާދަކުރާނީ ހއ.އަތޮޅުގެ ހުރިހާ ރަށަކަށް، މުބާރާތުގައި ބައިވެރިވާން ހުޅ...
އިބްރާހިމް ޚަލީލް
މާލޭގެ މަގެއް މައްޗަށް ކުނި އެޅި މީހަކު ސީސީޓީވީ ފުޓޭޖުތައް ބަލައިގެން ހޯދައި އެ މީހާ ޖޫރިމަނާކޮށްފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ މާލޭ މަގުމަތީގައި ކުނި ބެހެއްޓި މީހަކު މާފަންނު ޕޮލިސް ސްޓޭޝަނާއި ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖުމެންޓް ޔުނިޓާ ގުޅިގެން ހޯދައި، އެ މީހާ ފުލުހަށް ހާޒިރުކޮށް މިހާރު ޖޫރިމާނާކޮށްފައިވާ ކަމަށެވެ. ޖޫރިމަނާ ކުރީ 500ރ. އިންނެވެ. މާލެ ސަރަހައްދުގެ މަގުތަކާއި ޕާކުތަކާއި އާންމުތަންތަނާއި ބަނދަރުތަކާއި ވިޔަފާރި ސަރަހައްދުތަކަށް ކުނި އެޅުމަކީ މަނާކަމެކެވެ. އެ ތަންތަނަށް […]
މުޙައްމަދު
ކުރީގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ފަށާފައިވަނީ ފައިސާ ނެތި ސިޔާސީ ބޭނުމަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސިއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެއެވެ. ޒިޔާދު މިފަދައިން ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ރައްދު ދެއްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. ކުރީގެ ސަރުކާރުން ހާއްސަކޮށް އަތޮޅު ތެރޭގައި ފަށާފައިވާ ހުރިހާ މަޝްރޫއުތަކެއް ހެން މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް މިދިޔަ ހޮނިހިރު ދުވަހު ށ. މާއުނގޫދޫގައި އޮތް އެމް...
އަޙްމަދު ވަހީދު
އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ. އަބްދުއްރަހީމް ރިޓަޔާ ކުރައްވަން ނިންމެވީ އަންނަ މަހު އޭނާގެ އުމުރުން 60 އަހަރު ފުރޭތީއެވެ. ސިފައިންގެ ގާނޫނު ބުނާ ގޮތުން ސިފައިންގެ ވަޒީފާގައި ގިނަވެގެން ދެމިހުރެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ. އެއާ އެކީގައި ޝަރަފްވެރިކަމާ އެކުގައި ރަޓަޔާ ކުރުމުގެ ފުރުސަތު އެމީހަކަށް ދޭނެއެވެ. އަބްދުއްރަހީމް ވެސް ޝަރަފްވެރިކަމާ އެކުގައި ރިޓަޔާ ކުރައްވާނެ ކ...
މުޙައްމަދު
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ނެއްލައިދޫ އެންމެ އަލިގަދަތަރި” ޤުރުއާން މުބާރާތް މި މަހު 21 ގައި ފަށާނެއެވެ. މި މުބާރާތަށް ބައިވެރިން ހޮވުމަށް އޮޑިޝަން ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ. މުބާރާތަށް 20 ބައިވެރިން ހޮވަން ނިންމާފައި ވީނަމަވެސް، މުބާރާތަށް ހޮވާފައި ވަނީ 15 ބައިވެރިންނެވެ. ބައިވެރިން މަދުވުމާއިއެކު އިންތިޒާމް ކުރާ ފަރާތުން ވަނީ މުބާރާތުގެ ފުރަތަމަ ބުރު ނުބާއްވަން ނިންމާފައެވެ. މުބާރާތް […]
އިބްރާހިމް ޚަލީލް
އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ ފިއުލް ސްޓޯރެޖެއް ހަދަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ. ސައީދު މިކަން އިއުލާން ކުރެއްވީ އެސްޓީއޯ އިން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއު ހިންގުމަށް ވިޓޯލް ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ފިއުލް ސްޓޯރެޖް އެ ސަރަހައްދުގައި ގާއިމް ކުރަނީ ބަންކަރިން ޕްރޮޖެކްޓަށް އިތުރު ސަޕޯޓެއް ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. ސައީދު...
އަޙްމަދު ވަހީދު
ކުރީގެ ޢަދަދާ ގުޅޭ: ނަމަވެސް ކަންތައް ކުރަންވީ ގޮތް އޮޅި، ހަދާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. ޒާރާގެ ވާހަކަތަކަށް ދޭނެ ރައްދެއް ނޭނގުނެވެ. ދުލުން ބޭރުކޮށްލާނެ އެއްވެސް ލަފްޒެއް ހިތަކަށް ނައެވެ. ” ދޮންތާ! ދެން އެއްޗެއް ކިޔާނެ ކަމެއް. އަހަރެމެންނަށް އޮތީ މިގޮތް. ޝުކުރުވެރިވެލުން ނޫން ގޮތެއް ނެތް. ހުރިހާވެސް ބޭޒާރެއްވާނީ ހަމަ އަހަންނެއްނު” ދެރަވެލާފައި ޖުމާ ބުންޏެވެ. މާޔޫސީ ނަޒަރަކުން ޒާރާގެ މޫނަށް އޭނާ ބަލައިލިތަން ފެނި މާހިލްގެ ހިތަށް ވަރަށް އަސަރުކުރުވިއެވެ. ކުއްވެރިއެއްކަން […]
ސަލާމާ ޢަބްދުލް ޢަލީމް
ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ “އެޗްވައިއެމް ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް” ގައި ހުޅުމާލެ ހޮސްޕިޓަލް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ރޭ މޮޅުވެއްޖެއެވެ. ހުޅުމާލެ ރެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގައި ހުޅުމާލެ ހޮސްޕިޓަލް ވަނީ 2-1 އިން އެޗްވައިއެމް ފެނޮމިނަލްސް ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ހުޅުމާލެ ހޮސްޕިޓަލަށް ލީޑު ނަގައި ދިނީ އަލީ ޝާޒް ހިލްމީ ޖެހި […]
މުޙައްމަދު
އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން ފެސިލިޓީއެއް ގާއިމު ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫޢުއަކީ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގާ މަޝްރޫޢު އެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން މިއަދު ސޮއިކޮށްފައި ވަނީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލްއާ އެކު އެވެ. މިކަމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝ...
ޔުމްނާ ޢަލީ
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަންގެ މެމްބަރު އަލީ ނަޝާތު މިއަދު އައްޔަން ކުރައްވައިފިއެވެ. އީސީގެ ނައިބު ރައީސަކު ހޮވާފައި މިވަނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބް މެމްބަރު ކަމުގެ ދެ ދައުރު ފުރިހަމަކުރައްވައި ރިޓަޔާ ކުރައްވާފައިވާތީއެވެ. އެހެންވެ، އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އާންމު ޖަލްސާއެއް ބާއްވައި ނައިބު ރައީސަކު ކަނޑައަޅައިފައެވެ. އަލީ ނަޝާތު މިހާރު ފުރުއްވަމުން ގެންދަވަނީ އީސީގެ މެމްބަރުކަމުގެ ދެވަނަ […]
މުޙައްމަދު
ސަރުކާރުން ހަދިޔާ ކުރާ ކާޑުގެ ބާވަތްތައް ދެން ދޫކުރާނީ ރޭގަނޑު އެކަނި ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ. ކައުންސިލުން ބުނީ ކާޑުގެ ބާވަތްތައް ދެން ދޫކުރާނީ ރޭގަނޑު 09:00 އިން 12:00 އަށް ކަމަށެވެ. ރޯދަ މަހަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ބަހަމުންދަނީ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށެވެ. ކާޑު ދޫކުރަނީ ކޮންމެ ގޭބިސީއެއްގެ ކަރަންޓު މީޓަރަށް ބަލައިގެންނެވެ. ކާޑު ބަލާ އަންނަ އިރުގައި އައިޑީ […]
މުޙައްމަދު
އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ދިގު މުއްދަތެއް ވަންދެން މަސައްކަތް ކުރެއްވުމަށް ފަހުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކޮމިޝަނުން ވަކިވެވަޑައިގެންފިއެވެ. ހަބީބް ވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ އިތުރުން ކޮމިޝަންގެ މުވައްޒަފެއްގެ ގޮތުގައި 21 އަހަރު ހިދުމަތް ކުރައްވައިފައެވެ. ހަބީބު އީސީގެ މެމްބަރެއްގެ ގޮތުގައި ފުރަތަމަ އައްޔަން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާޗް 13، 2014 ގައެވެ.ދެވަނަ ދައުރަކަށް މެމްބަރެއްގެ ގޮތުގައި ހަބީބް ކޮމިޝަނަށް އައްޔަންކުރެއްވ...
މުޙައްމަދު
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ “ބިލެއްކަމަނަ” އެވޯޑް މި އަހަރު ވެސް ހަ ފަރާތަކަށް އަރުވައިފިއެވެ. މި އެވޯޑަކީ ކޮންމެ އަހަރެއްގެ އަންހެނުންގެ ދުވަހާއި ގުޅުވައިގެން އެކި ދާއިރާތަކުން އެ ރަށުގެ ކަނބަލުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، އެ ކަނބަލުންގެ މަސައްކަތުގެ މާހައުލުގައި ބާރުވެރިކުރުވުމުގެ ގޮތުން ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުންދޭ ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް މިދިޔަ އަހަރު ވެސް ހަ ބޭފުޅ...
އިބްރާހިމް ޚަލީލް
މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހިމެނޭ “ހަފްތާ 14” ގެ ހުރިހާ ވައުދެއް ހެން ފުއްދިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ކޮންމެ ދުވަހަކު ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ގެ ސެގްމަންޓްގައި އާންމުންގެ މީހަކު ކުރި ރައީސްއާ ސުވާލުކުރީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ކިހާ ވަރެއް ފުއްދުނުތޯއެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 161 […]
މުޙައްމަދު
މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް “ތިލަދުން” ހަމަޖައްސައިފިއެވެ. މިފަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުންނަކީ “ތިލަދުން” ގެ އިތުރުން “ވަގުތު” އޮންލައިނާއި “ހަބަރު އޮންލައިން”އެވެ. އެޗްވައިއެމްގެ ފުޓްސަލް މުބާރާތުގައި ކުޅޭ ހުރިހާ މެޗުތަކުގެ މައުލޫމާތު “ތިލަދުން” އިން ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ “ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445″ މ...
މުޙައްމަދު
މާލޭގެ މަގުތަކަށް ކުނި އަޅައި މަގުތައް ހަޑިކުރި މައްސަލައިގައި މިހާތަނަށް 100 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ. ރަމަޟާން މަސް ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށް މާލޭގެ ގިނަ އަދަދެއްގެ ގޭބިސީތައް ސާފުކޮށް މަގުތަކުގެ މައްޗަށް ވަނީ ކުނިތައް ޖަމާކޮށް، މަގުތައް ފުރާލައިފައެވެ. ގެތަކުން ނެރުނު ތަކެތީގެ ތެރޭގައި ފަރުނީޗަރާއި ގޭގޭގައި ހިފައި ގެންގުޅޭ ސާމާނު ހިމެނެއެވެ. މާލޭގެ އެކި ސަރަހައްދުތައް ވަރަށް ބޮޑަށް ގޮނޑުވުމާ އެކު ސިޓީ ކައުންސިލާއި […]
މުޙައްމަދު
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއް ރިޕޯޓްނުކޮށް ސީން ދޫކޮށް ދިޔަ މައްސަލައަކާ ގުޅިގެން ބަޔަކު ހޯދުމުގެ މައްސަކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ބުނެފައިވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، އެކްސިޑެންޓް މައްސަލައަކާ ގުޅިގެން އެކްސިޑެންޓް ވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ބަޔަކު ހޯދަމުންދާކަމަށެވެ. ފުލުހުން ވަނީ އެކްސިޑެންޓާ ގުޅޭ ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ. ފުލުހުން ބުނެފައިވަނީ އެ މީހުންނަކީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައި...
މުޙައްމަދު