މިދިޔަ އަހަރުގެ ރޯދަ މަހު ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބުނު އުރީދޫ "ހަދިޔާ ފޮށި" ޕްރޮމޯޝަން މި އަހަރު ވެސް ފަށައިފިއެވެ.
ހަދިޔާ ފޮށްޓަކީ އުރީދޫގެ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ 24 ގަޑިއިރަކުން ހުޅުވައި އިނާމު ހޯދޭ ގޮތަށް ތައްޔާރުކޮށްފައިވާ ފޮށްޓެކެވެ. މި ފޮށީގައި ހަދިޔާއެއްގެ ގޮތުގައި ބޯނަސް ޑޭޓާ އާއި ގިފްޓް ވައުޗަރާއި ފޯނު، އެޕަލް ވިޝަން ޕްރޯ އަދި ޕީއެސް 5 ފަދަ އަގުހުރި އެތައް އިނާމެއް ވަނީ ހިމަނައިފައެވެ.
ހަދިޔާ ފޮށީގެ އިތުރުން މި އަހަރުގެ ރޯދައަށް އުރީދޫން ވަނީ ގިނަ އޮފާތަކެއް ތައާރަފްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ:
- ރޯދަ ހަދިޔާ އޮފާ: މި އޮފާގެ ދަށުން 500ރ އިން މަތީ ޑޭޓާ ޕެކް ނެގުމުން 60 ޕަސެންޓާއި ހަމައަށް ބޯނަސް ޑޭޓާ ލިބޭނެއެވެ. މިއީ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ބޯނަސް ޑޭޓާ ލިބޭ އޮފާއެކެވެ.
އުރީދޫ ހަދިޔާ ފޮށި - ކޮންމެ ދުވަހަކު ކޮންމެ މީހަކަށް ހަދިޔާއެއް!
އުރީދޫ އެޕް އަޕްޑޭޓް ކޮށްލުމަށްފަހު ހަދިޔާ ފޮށި ކުޅެލައިގެން، 1 ޓީބީ އާއި ހަމައަށް ޑޭޓާ، އެޕަލް ވިޝަން ޕްރޯ، އައިޕެޑް އަދި އައިފޯން 15 ޕްރޯ ފަދަ އަގުހުރި ހަދިޔާތައް އަވަހަށް ޓެޕް ޓެޕް ކޮށްލައިގެން ހޯދުމުގެ… pic.twitter.com/MUL9XbqDBT
— Ooredoo Maldives (@OoredooMaldives) March 12, 2024
- ސުޕަރނެޓު އެކްޓިވޭޓް އެންޑް ވިން: މި އޮފާގެ ދަށުން އަލަށް ސުޕާނެޓު ނަގާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފްތާއަކު ވެސް ލަކީޑްރޯއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ހަފްތާއަކު ވެސް ގްރޭޓާ މާލެ އޭރިއާ، ސެންޓްރަލް، ނޯތު އަދި ސައުތު ރީޖަން އިން ނަސީބުވެރިން ހޮވާ އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
- ގިފްޓް އަ ޕެކް: މިއީ ރޯދަ މަހު އެއް ކަސްޓަމަރުގެ ފަރާތުން އަނެއް ކަސްޓަމަރަށް ޑޭޓާ ޕެކް ހަދިޔާ ކުރެވޭ އޮފާއެކެވެ.
މި އޮފާތަކުގެ އިތުރުން އުރީދޫން މި އަހަރުގެ ރޯދަ މަހަށް ވެސް ވަނީ އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެން އިފްތާރު ޕެކެއް ހަދިޔާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފައެވެ. ބުރުޒު ކޭޓަރިންއާ ގުޅިގެން ތައްޔާރުކުރާ މި ޕެކުތައް ބަހާނީ މިސްކިތްތަކުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށާއި ނަމާދު ވަގުތުގެ 15 މިނިޓު ކުރިން އެލާޓު ކުރާ ޕްރެޔާ އެލާޓު މިހާރު ކަސްޓަމަރުންނަށް އެކްޓިވޭޓުކުރެވޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ. އަދި މި ރޯދަ މަހު ސޯޝަލް މީޑިއާ މެދުވެރިކޮށް ރޯދަ ކުއިޒެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ކުއިޒްގެ ބައިވެރިންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ވަނީ އުމްރާ ދަތުރެއް ހުށަހަޅާފައެވެ.
މީގެ އިތުރުން އުރީދޫގެ އަތޮޅު ދުވުން ގޭމުގެ ލީޑާބޯޑުގެ އެއްވަނަ އަށް ދާ ކުޅުންތެރިއަށް ދެމީހުންގެ އުމްރާ ދަތުރެއް ވެސް ވަނީ ހުށަހަޅައިފައެވެ. މިއީ ގިބްލަ އެންޑް ހައްޖު އެންޑު އުމްރާ ގުރޫޕް އާއި އުރީދޫ ގުޅިގެން ދޭ ހަދިޔާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!