މާދަމާ އަކީ ރާއްޖޭގައި ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައި، އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން މިރޭ އެކަން ޢިއުލާންކޮށްފިއެވެ.

އެ ވުޒާރާއިން މިކަން އިޢުލާން ކުރީ، ރޯދަ މަހަށް ހަނދު ސާބިތު ކުރުމަށް ޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށް ފަހު އެވެ.

Ad
rt

މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ ރާއްޖޭގެ ބައެއް ރަށްރަށަށާއި އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވާތީ ކަމަށް މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސްކަން ކަނޑައަޅައި އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން މިރޭ އިއްވި ހަނދު ސާބިތުކުރުމުގެ ބަޔާނުގައި ބުނެފަވެއެވެ.

މާދަމާ އަކީ ރާއްޖޭގައި ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައަޅާފައިވާއިރު ސައުދީ އަރަބިއްޔާ އާއި، އެކުވެރި އަރަބި އިމާރާތާއި، ކުވޭތާއި އަދި ޤަތަރު ފަދަ އިސްލާމީ ގިނަ ޤައުމުތަކަށް ވެސް މާދަމާ އަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމަށް ވަނީ ނިންމާފައެވެ.