ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އެޗްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ހުޅުވައިފިއެވެ.

އެޗްޑީސީން ބުނީ މަސްޖިދުން ޝާކިރީން ނަމުގައި އިމާރާތްކުރެވުނު މިސްކިތް ގާއިމުކުރެވިފައިވަނީ ފޭސް 2 ގެ ހިޔާ ޕާކު ސަރަހައްދުގައިކަމަށެވެ.

Ad
rt

މި މިސްކިތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަ ކުރުމުގެ ގޮތުން ހުޅުވި މިސްކިތެކެވެ. އެގޮތުން މިހާރު މިސްކިތަށް ދިޔުމަށް ދުރަށް ދާންޖެހުމުން ގިނަ ބަޔަކަށް ދަތިތަކާ ދިމާވެއެވެ.

މި މިސްކިތުގައި އެއްފަހަރާ 100 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މި މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.