ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްކޭން ޓު ޕޭ ބޭނުންކޮށްގެން ބޮޑެތި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލް ސްކޭން ޓު ޕޭ އަކީ އެ ބޭންކުގެ މޯބައިލް އެޕްލިކޭޝަނުގައި ހިމެނޭ ފީޗާއެކެވެ. މި ފީޗާ މެދުވެރިކޮށް ކިޔުއާރު ކޯޑު ސްކޭންކޮށްގެން ފައިސާ ދައްކާ ލެވެއެވެ.
ބީއެމްއެލް އިން ބުނީ، ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތް ކުރާއިރު ޑައިނެމިކް އަދި ސްޓެޓިކް ކިއުރާރް ކޯޑު ބޭނުންކުރެވޭނެ ކަމަށެވެ. އަދި ޕްރޮމޯޝަންގެ މުއްދަތުގައި އަށް ހަފުތާއަށް ބަހާލައިގެން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް އަގުހުރި އިނާމެއް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
މި ޕްރޮމޯޝަންގައި ލިބޭ އިނާމުތަކުގެ ތެރޭގައި:
* ފިލިޕްސް އެލްއީޑީ 75 އިންޗީގެ ޓީވީ
* ހިޓާޗީ އައިސްއަލަމާރި
* ޕްލޭސްޓޭޝަން 5
* މައިކްރޯވޭވް އަވަން އަދި އެއާ ފްރައިއާ
މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!