އީރާނާއެކު އެއްބަސްވުމަކަށް އާދެވޭނީ އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު ކަމަށް ބެލެވޭ: ޓްރަމްޕް
އެމެރިކާގައި ބާއްވާ މިޑްޓާމް އިންތިޚާބަށްފަހު އީރާނާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ބެލެވޭ ކަމަށާއި، ނަމަވެސް އެ ގައުމާއެކު އެއްބަސްވުމަކަށް ދިއުމާ މެދު ނުވަތަ އެ ގައުމު އެކޮށް ނައްތާލުމާ މެދު ބޮޑު ނިންމުމެއް ނިންމަވަން ޖެހިވަޑައިގެންފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ ނިއުޔޯކްގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގައި އަންގާރަ ދުވަހު ތަގުރީރު ކުރައްވަމުންނެވެ. އދ. ގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުން އަލުން ގައުމު ބިނ...