އޮފީސްތަކުގެ ޤުރުއާން މުބާރާތް 94 ބައިވެރިންނާއެކު ކުރިއަށް
ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ބާއްވާ އޮފީސްތަކުގެ ޤުރުއާން މުބާރާތް އިއްޔެ ފަށައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މި މުބާރާތުގައި މިއަހަރު 24 އޮފީހަކުން ޖުމްލަ 94 ބައިވެރިން ވާދަކުރާ ކަމަށެވެ. ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މުބާރާތުގެ ކިޔެވުންތައް ކުރިއަށްދަނީ މާލޭގެ ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައެވެ. މުބާރާތުގެ ކިޔެވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށްކަމަށް އިސްލާމީ ކަން...