ވިއްސާރަ އާއި ގުޅިގެން މިއަދު ސަރުކާރު ބަންދު
މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. އެކަން ހާމަކުރެއްވީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ހީނާ ވިދާޅުވިގޮތުގައި ރައީސް މިހެން ހަމަޖެއްސެވީ މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށްގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީއެވެ. ވެރިރަށް މާލެ އަށް އިއްޔެ އިރު އޮއްސެނިކޮށް ވެހެން ފެށި ވާރޭ އަދި ވެސް ނުހުއްޓައެވެ. ބޯ ކެރީގެ [...