މާލެ ސަރަހައްދުގައި މި އަހަރު ތަރާވީހް ނަމާދު ހިފްޡުކޮށް ކުރާނީ 24 މިސްކިތުގައި
މި އަހަރުގެ ރަމަޟާން މަހު މާލެ ސަރަހައްދުގައި ހިފްޡުކޮށް ތަރާވީހް ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ 24 މިސްކިތެއްގައި ކަމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އޭގެތެރޭގައި ހިމެނެނީ މާލޭގެ 16 މިސްކިތަކާއި، ހުޅުމާލޭގެ 7 މިސްކިތެއްގެ އިތުރުން ވިލިމާލޭގެ 1 މިސްކިތެވެ. މާލޭގައި ހިފުޡްކޮށް ތަރާވީހް ނަމާދުކުރާ މިސްކިތްތައް: މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) މަސްޖިދު މަލިކި ސަލްމާން މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ (ވިޔަފާރިވެރިންގ...