ގޯލްޑަން ފުޓްސަލް ޓޯނަމަންޓްގެ މި އަހަރުގެ މުބާރާތުގެ ފައިނަލް މިރޭ 20:00 ގައި ފެށެން ކުޑަތަންވަމުން އަންނައިރު، މިރޭގެ މެޗަށް އެ ޓީމުގެ ސަޕޯޓަރުން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މިރޭ ނައިވާދޫ ނުކުންނާނީ މުބާރާތުގައި އަލަށް ފައިނަލުގައި ކުޅޭ ކާށިދޫއާއި ދެކޮޅަށެވެ. މި މުބާރާތުގައި ނައިވާދޫއިން ދައްކަމުންދާ މޮޅު ކުޅުމާއި، އެ ޓީމުގެ ކާމިޔާބީގައި ސަޕޯޓަރުންގެ ދައުރު ފާހަގަކޮށްލެވެއެވެ. މި އަހަރުގެ މުބާރާތް ފެށުނީއްސުރެ ނައިވާދޫއިން ވަނީ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކާފައެވެ. އަތޮޅު ފައިނަލުން...
ޔުމްނާ ޢަލީ
ދ. ހުޅުދެލީގެ ބިންހިއްކުމުގެ މަސައްކަތް މިއަހަރުގެ ޖުލައި މަހު ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނުކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިޢުލާނުކުރެއްވީ ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހުޅުދެއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި، ހުޅުދެލީގެ ފަޅުތެރެއިން ހިއްކެން އޮތް އެންމެ ބޮޑު މިނެއްގައި ބިންހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަވާނެއެވެ. އަދި މި މަސ...
ޔުމްނާ ޢަލީ
4000 ފްލެޓްގެ ލިސްޓު އަންނަ ބުރާސްފަތި ދުވަހު (މާދަމާ) އާންމުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހުޅުދެލީގައި އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ލިސްޓް ރޯދައިގެ ކުރިން އާންމުކުރަށްވާނެކަމަށް ރައީސް ވަނީ މީގެ ކުރީން ވެސް ވިދާޅުވެފައެވެ. ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ރޯދަ މަހުގެ ކުރިން އިއުލާންކުރެވޭނެ: ރައީސް ހުޅުދެލީގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވި...
ޔުމްނާ ޢަލީ
ތިލަދުންމަތީ ދެކުނުބުރިއަށް ނިސްބަތްވާ ނައިވާދޫއަކީ ބޮޑުތިލަދުންމަތީގެ ފުޓްސަލްގައި އެންމެ ކާމިޔާބު ރަށެވެ. އެއީ ބޮޑުތިލަދުންމަތީގެ “ފުޓްސަލް ކިންގް” އެވެ. ނައިވާދޫއިން ގޯލްޑަން ފުޓްސަލް ޓޯނަމަންޓްގައި ހޯދާފައިވާ ކާމިޔާބީތަކުން އެ ޓީމައކީ ފުޓްސަލްގައި ކިހާ ހުނަރުވެރި ޓީމެއްކަން ބުނެދެއެވެ. ގޯލްޑަން ފުޓްސަލް މުބާރާތުގައި ހދ.އަތޮޅު ޗެމްޕިއަންކަން 7 ފަހަރު އަދި ޒޯން ޗެމްޕިއަންކަން ތިންފަހަރު މިހާތަނަށް އެ ޓީމުން ވަނީ ހޯދާފައެވެ. މިއީ ތިލަދުންމަތީގެ އެއްވެސް ޓީމަކަށް މިހާތަނަށް ހޯދިފައިނުވާވަރުގެ ކާ...
އިބްރާހިމް ޚަލީލް
ށ. އަތޮޅު ފޭދޫ ކައުންސިލުން މި އަހަރުގެ ރަމަޟާން މަހާއި ދިމާކޮށް، އެރަށުގެ މީހުން ދިރިއުޅޭ ކޮންމެ ގޭބީސީ އަކުން ކުނި މެނޭޖް ކުރުމުގެ ޚިދުމަތުގެ ފީ މާފުކޮށްދީފިއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިޝަމް ‘’ތިލަދުން’’ އަށް ވިދާޅުވީ، މި ނިންމުން ނިންމާފައި ވަނީ ރަމަޟާން މަހުގެ ބަރަކާތާއި ރަޙްމަތުގެ ތެރެއިން ރައްޔިތުންގެ މަންފާ އަށްޓަކައި ލުޔެއް ހޯދައި ދިނުމަށް ކަމަށެވެ. މިގޮތަށް ނިންމާފައި ވަނީ ފޭދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 211 ވަނަ ޖަލްސާގައެވެ. […]
އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ސިޓީ ކައުުންސިލުން ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، މުވައްޒަފުންގެ މަސައްކަތުގެ ހުނަރުތައް އިތުރަށް ތަރައްގީކޮށް ފުޅާ ކުރުމަށް ތަމްރީން ސެޝަން އެއް ބާއްވައިފިއެވެ. މި ސެޝަންގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުން ބައިވެރިވެފައި ވާއިރު، މައިގަނޑު ކަމަކަށް ޖީޕީޓީ މޮޑެލް ތަކާއި، އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ ” އޭއައި ” އަދި އަދުގެ ވަސީލަތްތައް ބޭނުން ކޮށްގެން މަސައްކަތް ކުރުމަށް ދަސްކޮށްދީފައިވެއެވެ. އޮކްސިކާގެ ގަވަރމެންޓް އެންޑް އިންޓަ...
އައިޝަތު އައިނީ އާމިރު
ދުނިޔޭގެ އެންމެ ބޮޑު ‘ބަޔޯހައިބްރިޑް’ ރޮބޮޓް އަތް ޖަޕާނުން ތަރައްޤީކޮށްފިއެވެ. ޖަޕާނުގެ ދިރާސާކުރާ ޓީމަކުން ދުނިޔޭގެ އެންމެ ބޮޑު ‘ބަޔޯހައިބްރިޑް’ ރޮބޮޓް އަތް ތަރައްޤީކޮށްފައިވާއިރު، މި ރޮބޮޓް އަތަކީ އިންސާނުންގެ މަސްތަކުގެ ޓިޝޫ ބޭނުންކޮށްގެން ހަރަކާތްކުރުވާ އަތެކެވެ. ޓޯކިޔޯގެ ކިޔޯޑޯ ނިއުސްއިން ރިޕޯޓުކުރި ގޮތުގައި، މި ރޮބޮޓް އަތުގައި ފަސް އިނގިލި ހުރެއެވެ. އަދި މި އަތް ބޭނުންކޮށްގެން މަސްނޫއީ އަތްތައް ތަރައްޤީކުރެވިދާނެކަމަށް ދިރާސާކުރާ ފަރާތްތަކުން އުންމީދުކުރެއެވެ. މި ރޮބޮޓް އަތުގެ ދިގުމިނަކީ އ...
އަޙްމަދު ދާއޫދު
ދިރާސީ އާ އަހަރު، މި އަހަރުގެ އޭޕްރީލްމަހުގެ 7 ވަނަ ދުވަހު ފަށާ ގޮތަށް ދިރާސީ އަހަރުގެ އެކަޑަމިކް ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާންމުކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާންމު ކުރި 2026-2025 ގެ އެކަޑެމިކް ކަލަންޑަރ އިން ދައްކާ ގޮތުގައި ފުރަތަމަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަ ޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. ފުރަތަމަ ޓާމުުގައި ޖުމްލަ 81 ދުވަހު ކިޔަވައިދޭ ގޮތަށް ހަމަ ޖެހިފައިވާއިރު ދެވަނަ ޓާމުގައި ކިޔަވައީދޭނީ 99 […]
އައިޝަތު އައިނީ އާމިރު
ކުރީގެ އަދަދާއިގުޅޭ: ” ކޮންކަމަކާ ތިހާ ރުޅިއެއް ތި އައީ؟ އަހަރެން މި ބުނީ އެތާ މީހުން ތިބިއްޔާ ނަދީމް ކޮންމެހެން މިހާރުން މިހާރަށް ދާން ޖެހޭ ހޭ؟ އަހަރެންގެ ބައްޕަގެ ޕްރޮޖެކްޓް ނުނިންމާ ނަދީމްއަކަށް ނުދެވޭނެ. ބައްޕައަށް ލިބޭނެ ގެއްލުން ނަދީމްއަށް ހަމަ ރަނގަޅަށް ވެސް އެނގޭނެ.” އެންމެ ފަހުން ޒައިނާ، އޭނާގެ ކަންބޮޑުވުން ހާމަ ކޮށްފިއެވެ. ” ޒައިނާއަށް ޒައިނާގެ ބައްޕަގެ ޕްރޮޖެކްޓް މުހިއްމު ވިޔަސް އަހަންނަށް، އެއަށް ވުރެ އަހަރެންގެ ކޮއްކޮ މާ […]
ސަލާމާ ޢަބްދުލް ޢަލީމް
މި އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުރިހާ ބާވަތެއްގެ ބޭސް ހެޔޮ އަގުގައި އެސްޓީއޯ ބޭސްފިހާރަތަކުން ލިބެން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ދ. އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މީދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މިދާދި ފަހުން ބޭސް ލިބުން ދަތިވެފައިވަނީ ބޭހުގެ އަގު ދަށްކުރުމުން، ސަރުކާރަށް ދަތިކުރުމުގެ ބޭނުމުގައި...
ޔުމްނާ ޢަލީ
ރަމަޟާންމަހު ޢުމްރާއަށްދާ ފަރާތްތައް މެނިންޖައިޓިސް ވެކްސިން ޖެހުމަށް ސަޢޫދީން އިލްތިމާސްކޮށްފިއެވެ. ރަމަޟާން މަހު ޢުމްރާއަށް ދިއުމަށް ގަސްތުކުރާ ފަރާތްތަކުން މެނިންޖައިޓިސް ވެކްސިން ޖެހުމުގެ މުހިންމުކަން ސަޢޫދީ ޢަރަބިއްޔާގެ ޞިއްޙަތާބެހޭ މިނިސްޓްރީން ފާހަގަ ކޮށްފައިވާއިރު، މިއީ ބަލިތަކުން ރައްކާތެރިވުމަށާއި ގައިން ގަޔަށް އަރާ ބަލިތައް ފެތުރުން ހުއްޓުވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ސަޢޫދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ހޯމަ ދުވަހު ރިޕޯޓުކޮށްފައިވެއެވެ. ސަޢޫދީ ޢަރަބިއްޔާއަށް ދިއުމުގެ މަދުވެގެން...
އަޙްމަދު ދާއޫދު
ޚަަރަދު ކުޑަކުރުމަށް އަޅާފިޔަވަޅެއްގެ ގޮތުގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ މަސައްކަތް އަވަސްކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔތު ކޮމެޓީން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް ލަފާދީފިއެވެ. މި ލަފާ ހިމެނޭ މާލިއްޔަތު ކޮމެޓީގެ ރިޕޯޓު އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. މި ރިޕޯޓުގައި ކޮމެޓީން ރައީސަށް އަރުވާ ލަފައެއްގެ ގޮތުގައި މިނިވަން މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ މޯލްޑިވްސް މިޑިއާ ކައުންސިލާއި، ބްރޯޑްކޮމް އެއްކޮށްލައިފި...
ޔުމްނާ ޢަލީ
ރަޝިޔާގެ ރައީސް ޕުޓިންއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ދެބޭފުޅުން ފޯނުން ގުޅުއްވާ ގުޅުންތައް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހޯމަ ދުވަހު ދެ ލީޑަރުން ދިގު ފޯން ކޯލެއް ކުރެއްވި އިރު، ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރިކަމާއި ޑިޕްލޮމެޓިކް ގުޅުން އިތުރަށް ކުރިއެރުވުމާ ބެހޭގޮތުން ފުޅާ މަޝްވަރާއެއް ކުރެއްވިއެވެ. އިޤްތިޞާދު، ވިޔަފާރި، އިންވެސްޓްމަންޓް، ޘަޤާފަތް، ތަޢުލީމް އަދި ކުޅިވަރުގެ ދާއިރާތަކުގައި ދެފަރާތަށް ފައިދާ ހުރި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަ...
އަޙްމަދު ދާއޫދު
މަސްވެރިންނަށް ރޯދަ އިނާޔަތް ލިބޭގޮތް ހަދަން ބޭނުންފުޅުވާކަމަށާއި، ހަމައެޔާއެކު އެހެން ފަންނުތަކުގެ މީހުންނަށް ވެސް ރޯދަ އިނާޔަތް ލިބޭނެގޮތަށް ކަންކަން ތަރުތީބުކުރެއްވުމަކީ ވިސްނުންފުޅެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދ.އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮ...
ޙުސައިން ޝަހުދީ
ހޯމްލޭންޑު އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. މާދަމާ ހެނދުނު 09:00 ގައި ފަށާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އިހުސާންގެ މައްސަލަ އޮތީ ފުރަތަމަ އައިޓަމެއްގެ ގޮތުގައެވެ. އިހުސާނުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާއިއެކުއެވެ. ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ އިހުސާނުގ މަގާމާއި ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރާއި ދެ މަސް ދުވަ...
އިބްރާހިމް ޚަލީލް
ށ. އަތޮޅު މާއުނގޫދޫ ކައުންސިލުން މިއަހަރުވެސް ރަމަޟާން މަހާ ގުޅިގެން ރަށުގެ ގޭބިސީތަކުގެ އެއް މަސްދުވަހުގެ ކުނި މެނޭޖްކުރުމުގެ ޚިދުމަތުގެ ފީ މާފުކޮށްދީފިއެވެ. މިއީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި ކައުންސިލުން ނިންމާފައިވާ ނިންމުމެކެވެ. މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް ވިދާޅުވި ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ރަމަޟާން މަހުގެ ބަރަކާތާއި ރަޙްމަތުގެ ތެރެއިން ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ. އަދި މިކަމަކީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަ...
ޔުމްނާ ޢަލީ
ދ. މާއެނބޫދޫ ބިންހިއްކައި، އެ ރަށަށް ވަކި ރަށެއް ވެސް ހިއްކައި ދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދ.އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މާއެނބޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވާހަކަފުޅުގައި، އެ މަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ކުރައްވަން ކަމުގައި ވިދާޅުވިއެވެ. އެގޮތުން މާއެނބޫދޫއަށް ވަޑައިގެންނެ...
ޔުމްނާ ޢަލީ
މިނިވަން މުވައްސަސާތަކާއި، މުސްތަގީލް މަގާމްތަކުގެ މުސާރައިން 10 އިންސައްތަ ކުޑަކުރަން ނުފެންނަކަމަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓަކުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާފައިވާ އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި، ކުރިއަށް އޮތް 2 އަހަރުދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް ފޮނުއްވާފަ...
ޔުމްނާ ޢަލީ