މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,422 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 549 ވަނަ ޞަފްޙާ

މަކުނުދޫގައި އުސޫލާއެއްގޮތަށް ދޫނި ގެންގުޅުމަށް ކައުންސިލުން އަންގައިފި

މަކުނުދޫގައި އުސޫލާއެއްގޮތަށް ދޫނި ގެންގުޅުމަށް ކައުންސިލުން އަންގައިފި

ހދ. މަކުނުދޫގައި މި ފަހަކަށް އައިސް ދޫނި ސޫފާސޫފީގެ ނަޖިހުގެ އުނދަގޫ ބޮޑުވާކަމަށް ބުނެ ރައްޔިތުންގެ ޝަކުވާލިބޭތީ ހެދިފައިވާ އުސޫލާއެއްގޮތަށް ދޫނި ގެންގުޅުމަށް ކައުންސިލުން އެދިއްޖެއެވެ. މަކުނުދޫ ކައުންސިލުން ނެރުނު އެނގުމެއްގައި ވާ ގޮތުން ރަށުގައި ގެންގުޅޭ ދޫނިތައް، ހާއްސަކޮށް ކޮތަރުގެ ނަޖިހުގެ ސަބަބުން އިމާރާތް ތަކާއި މީހުން ދިރިއުޅޭ ސަރަހައްދު ހަޑިވަމުން ދާތީ ސަމާލުވާން ވަނީ އެދިފައެވެ. އެގޮތުން މަކުނުދޫގައި ދޫނި ގެންގުޅޭ ފަރާތްތަކުން މި މަައްސަލައަށް ސަމާލުވެ، އާންމުންނަށް އުނދަގޫ ނުވާނެހެން...

އައިޝަތު އައިނީ އާމިރު
ސްޓެލްކޯގެ އިސްވެރިންނާއެކު 350 މުވައްޒަފުން ރީޑިން ނަގަން ނުކުންނަނީ

ސްޓެލްކޯގެ އިސްވެރިންނާއެކު 350 މުވައްޒަފުން ރީޑިން ނަގަން ނުކުންނަނީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މާދަމާ ރީޑިން ނެގުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގަން ނިންމައިފިއެވެ. މި އޮޕަރޭޝަންގައި ކުންފުނީގެ އިސްވެރިންނާއެކު 350 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެ، މާލޭ ސަރަހައްދުގެ ކަރަންޓު މީޓަރުތަކުގެ ރީޑިން ނަގަން ނުކުންނާނެއެވެ. ސްޓެލްކޯއިން މިއަދު ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަންގެ މަޤްޞަދަކީ ރޯދަމަހުގެ ކުރިން މިހާރު ބިލް ނުކުރެވި ހުރި ދުވަސްތަކަށް ބިލް ކުރުމެވެ. މުޅި މާލޭ ސަރަހައްދުގެ ރީޑިން ނެގުމަށް 12 ވަރަކަށް ދުވަސް ހޭދަވާނެ ކަމަށް […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި

ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ހދ. ކުޅުދުއްފުށީ ސިޓީގައި ޔޫއެސް ޑޮލަރު އޭޓީއެމެއް ބަހައްޓައި ޚިދުމަތް ފަށައިފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މި އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އަދި ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ވެސް ބައިވެރިވެލެއްވިއެވެ. މިކަމާއި ގުޅިގެން ބީއެމްއެލް އިން ބުނީ އެ ބޭންކްގެ ޚިދުމަތް ކުޅުދުއްފުށީ ސިޓީގައި ފުޅާ...

ޔުމްނާ ޢަލީ
ފަނޑިޔާރުން ވަކިކުރާ އިސްލާހު ގާނޫނުއަސާސީއާ ހިލާފް: ބާ ކައުންސިލް

ފަނޑިޔާރުން ވަކިކުރާ އިސްލާހު ގާނޫނުއަސާސީއާ ހިލާފް: ބާ ކައުންސިލް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފް އިސްލާހެއް ކަމަށް ބާ ކައުންސިލުން ވެސް މިއަދު ބުނެފި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ދަށްކުރަން ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނިކޮށް ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތަށް ގާނޫނަށް ގެންނަ ބަދަލަކުން ފަނޑިޔާރުން ވަކިކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ފަނޑިޔާރުންގެ މަސައްކަތާ އެއްވެސް ފަރާ...

ހުސައިން ހަބީބް
ހުޅުމާލޭގައި ވަޅިން ބިރުދައްކައި މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ވަޅިން ބިރުދައްކައި މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި ވަޅިން ބިރުދައްކައި މާރާމާރީ ހިންގަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ 22:54 ހާއިރުއެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ / ފިޔަތޮށިގޭ މުޙައްމަދު ލުބާން ޣައްފާރު (26 އަހަރު) އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެެދު […]

ޔުމްނާ ޢަލީ
ފޭދޫގައި މަދިރިން ރައްކާތެރިވުމަށް ފޮގް ކުރުމުގެ މަސައްކަތް ފަށައިފި

ފޭދޫގައި މަދިރިން ރައްކާތެރިވުމަށް ފޮގް ކުރުމުގެ މަސައްކަތް ފަށައިފި

ށ. ފޭދޫ ކައުންސިލްގެ ފަރާތުން ރަމަޟާން މަހާ ދިމާކޮށް ރަށުތެރެ ފޮގް ކުރުމުގެ މަސައްކަތް އިއްޔެ ހަވީރު ފަށައިފިއެވެ. ށ ފޭދޫ އަކީ އާދައިގެ ވަރަކަށް ގަސް ބޯ ރަށެއް ކަމުން މަދިރީގެ އުނދަގޫ ރައްޔިތުންނަށް ވަރަށް ބޮޑަށް ޖެހެއެވެ. އެހެންކަމުން މަދިރި ކޮންޓްރޯލް ކުރުމަށް އިއްޔެ ކައުންސިލުން މި ފެށި މަސައްކަތް، ފެބުރުވަރީ 27 ވާ ބުރާސްފަތި ދުވަހާ ހަމަ އަށް ކުރިއަށް ގެންދާނެ ކަމަށް ކައުންސިލް ގެ ރައީސް އަހުމަދު ރައިޝަމް މައުލޫމާތުދެއްވިއެވެ. އިއްޔެ […]

އައިޝަތު އައިނީ އާމިރު
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފި

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަގުތީގޮތުން ސަސްޕެންޑުކޮށްފިއެވެ. ޖޭއެސްސީން ބުނީ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކޮމިޝަނަށް އަންގާފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރާ ގުޅޭގޮތުން ޖިނާއީ ތަޙްޤީޤެޤީޤެއް ކުރަމުންދާ ކަމަށެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގައިވާ ގޮތުން، ތަޙްޤީޤު އިދާރާއަކުން ފަނޑިޔާރެއްގެ މައްސ...

ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުން މިއަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް ހުށަހެޅުނު ބިލު ފާސްކޮށްފިއެވެ. މި ބިލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލެއްގެ ގޮތުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ. މި އިޞްލާހުގައި ސުޕްރީމް ކޯޓުގައި މިހާރުތިބި ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ވަނީ ހުށަހަޅާފައެވެ. މަޖިލީހުގެ ޖަލްސާގައި 68 މެންބަރުން ވަނީ މި ބިލު ފާސްކުރަން ވޯޓުދެއްވ...

ޔުމްނާ ޢަލީ
އަށް ގޯލު ފެނިގެންދިޔަ މެޗުން ބާސާއާއި އެތުލެޓިކޯ އެއްވަރު

އަށް ގޯލު ފެނިގެންދިޔަ މެޗުން ބާސާއާއި އެތުލެޓިކޯ އެއްވަރު

ސްޕެނިޝް ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު 4-4 ގެ ނަތީޖާއިން އެއްވަރުވެއްޖެއެވެ. ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ހަ މިނެޓްގެ ތެރޭ އެތުލެޓިކޯއިން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދާފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު ފުރަތަމަ މިނެޓުގައި ޖަހައިދިނީ ހޫލިއަން އަލްވަރޭޒްއެވެ. ދެވަނަ ލަނޑު ހަވަނަ މިނެޓުގައި ޖަހައިދިނީ ކުރީން ބާސާއަށް ވެސް ކުޅެފައިވާ ގްރީޒްމަންއެވެ. އެތުލެޓިކޯއިން ދެ ލަނޑުގެ ލީޑެއް ނެގުމާއިއެކު […]

އިބްރާހިމް ޚަލީލް
އައިއޯއެސް 18.4 އަޕްޑޭޓް: ޕްރައޮރިޓީ ނޯޓިފިކޭޝަން ތަޢާރަފުކޮށްފި

އައިއޯއެސް 18.4 އަޕްޑޭޓް: ޕްރައޮރިޓީ ނޯޓިފިކޭޝަން ތަޢާރަފުކޮށްފި

އެޕަލްއިން ހުކުރު ދުވަހު އައިފޯނަށް އައި.އޯ.އެސް 18.4 ބީޓާ 1 އަޕްޑޭޓް ތަޢާރަފުކޮށް ޕްރައޮރިޓީ ނޯޓިފިކޭޝަންގެ ނަމުގައި ވަރަށް މުހިންމު އައު ފީޗާއެއް ތަޢާރަފުކޮށްފިއެވެ. މި ފީޗާގެ އިތުރުންވެސް މި އަޕްޑޭޓާއެކު އެޕަލްގެ އާޓިފިޝަލް އިންޓެލިޖެންސް ޕެކޭޖް އިން ހަކަތަ ލިބޭ އައު ފީޗަރތަކެއް ގެނެސްދީފައިވެއެވެ. މި އަޕްޑޭޓުގައި ހިމެނޭ “ޕްރައޮރިޓީ ނޯޓިފިކޭޝަން” އަކީ އެޕަލްއިން 2024 ޖޫން މަހު ބޭއްވި ޑަބްލިޔު.ޑަބްލިޔު.ޑީ.ސީ ގައި އައި.އޯ.އެސް 18 ތަޢާރަފުކުރުމުގެ ތެރޭގައި ދައްކާލި ނަމަވެސް މިހާތަނަށް ނުލިބުނު ފ...

އަޙްމަދު ދާއޫދު
ށ.އަތޮޅުގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

ށ.އަތޮޅުގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތްވާގޮތުގެ މަތީން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނު މޯލްޑިވްސް އިމިގްރޭޝަނުން ކަނޑައަޅާފައިވާ އަމާޒުގެ ތެރެއިން ށ.އަތޮޅުގައި ޕާސްޕޯޓްގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. ޕާސްޕޯޓްގެ ހިދުމަތް އެ އަތޮޅުގައި ފައްޓަވައިދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދެވެ. އިމިގްރޭޝަނުން ވިދާޅުވީ ށ.އަތޮޅުގައި ހިދުމަތް ފެށުމާއެކު އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓްތައް އެ އަތޮޅުން...

އިބްރާހިމް ޚަލީލް
ޗައިނާގެ އާބާދީ ދަށަށް ދިއުމާއެކު ކައިވެނިކުރާ އުމުރު ދަށްކުރަނީ

ޗައިނާގެ އާބާދީ ދަށަށް ދިއުމާއެކު ކައިވެނިކުރާ އުމުރު ދަށްކުރަނީ

ޗައިނާގެ އާބާދީ ދަށަށް ދިއުމާއެކު އެގައުމުގައި ކައިވެނިކުރެވޭ އުމުރު ދަށްކުރުމަށް ހުށަހަޅައިފިއެވެ. ޗައިނާގެ އާބާދީ ދަށަށްދާން ފެށުމާއި ގުޅިގެން، އެ ޤައުމުގެ ސިޔާސީ ލަފާދޭ ކޮމިޓީގެ މެންބަރެއް ވަނީ ކައިވެނީގެ ޤާނޫނީ އުމުރު 18 އަހަރަށް ދަށްކުރުމަށް ހުށަހަޅާފައެވެ. މި ހުށަހެޅުމުގެ މަޤްޞަދަކީ އާބާދީ އިތުރުކުރުމަށް މަގުފަހިކޮށް، “އުފަންވާ ކުދިންގެ އަދަދު އިތުރުކުރުމުގެ ފުރުޞަތު” ހޯދުމެވެ. ޗައިނާގެ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީޕީޕީސީސީ) ގެ ނެޝަނަލް ކޮމިޓީގެ މެންބަރު ޗެން ސޮންގްޝީ...

އަޙްމަދު ދާއޫދު
ހދ.އޭއީސީގެ ސެން ކުލާހުގެ ދަރިވަރުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތެއް

ހދ.އޭއީސީގެ ސެން ކުލާހުގެ ދަރިވަރުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތެއް

ހދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެން ކުލާހުގެ ދަރިވަރުން އެ އަތޮޅު ހަނިމާދޫގައި ހުންނަ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރާތްކޮށް މައުލޫމާތު ހޯދައިފިއެވެ. އަދި ދަރިވަރުންނާ އެކީ 13 މުދައްރިއްސުންވެސް ވަނީ ބައިވެރިވެފައެވެ. މި ޒިޔާރަތުގެ މައިގަނޑު މަގުސަދަކީ އެގްރިކަލް ސެންޓަރުގައި ހުރި ތަފާތު ގަސްގަހާގެއްސާއި ގުޅޭ މަޢުލޫމާތު ހޯދައި، ގަސް ހައްދާނެ ގޮތް ގޮތާއި ގަހަށް ދޭން ޖެހޭނެ އަޅާލުން ފަދަ ކަންކަން ދިރާސާ ކުރުމެވެ. އެގްރިކަލްޗަރ ސެންޓަރުގެ އިތުރުން ދަރިވަރުން ވަނީ ހަނިމާދޫ ސްކޫލަށް އަދި […]

އައިޝަތު އައިނީ އާމިރު
ޒެލެންސްކީ ރައީސްކަމުގައި ދެމިހުންނާނެކަން ކަށަވަރުކޮށްދީފި

ޒެލެންސްކީ ރައީސްކަމުގައި ދެމިހުންނާނެކަން ކަށަވަރުކޮށްދީފި

ޒެލެންސްކީ ރައީސްކަމުގައި ދެމިހުންނާނެކަން ޔުކްރެއިނުގެ ރައްޔިތުންގެ މަޖިލީހުން ކަށަވަރުކޮށްދީފިއެވެ. ޔުކްރެއިނުގެ ރައްޔިތުންގެ މަޖިލީހުން އަންގާރަ ދުވަހު ވޯޓެއް ނަގައި، ވޮލޮޑިމިރް ޒެލެންސްކީ އެ ޤައުމުގެ ރައީސްކަމުގައި ހަނގުރާމައިގެ މުއްދަތުގައި ދެމިހުންނާނެކަން ކަށަވަރުކޮށްދީފައި މިވަނީ އޭނާގެ ރައީސްކަމުގެ މަޤާމްގެ ޞައްޙަކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ. ވެރްޚޯވްނާ ރާޑާ (ޔުކްރެއިނުގެ ރައްޔިތުންގެ މަޖިލިސް) އިން މި ޤަރާރު ފާސްކުރީ 268 މެންބަރުންގެ ތާއީދާއެކުއެ...

އަޙްމަދު ދާއޫދު
މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ވަގުތީ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގައި މާދަމާ އަޑުއެހުމެއް

މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ވަގުތީ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގައި މާދަމާ އަޑުއެހުމެއް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ ދަށުން އެއްވެސް މެންބަރަކާ މެދު ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިފައިވާ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން މާދަމާއަށް ތާވަލްކޮށްފި އެވެ. ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި އޭނާގެ ފަރ...

ހުސައިން ހަބީބް
އެމްއެމްއޭ އިން ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް އިފްތިތާހުކޮށްފި

އެމްއެމްއޭ އިން ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް އިފްތިތާހުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް، މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ޚާއްސަކޮށްގެން ފަށާފައިވާ ‘ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް’ މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި އިނިޝިއޭޓިވް އިފްތިތާހުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. އިފްތިތާހީ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އިސްލާމީ މާލީ ނިޒާމު ކުރިއެރުވުމުގައި އެންމެ މުހިންމު ދައުރެއް...

ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި ބިލު ކޮމެޓީން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި ބިލު ކޮމެޓީން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި ބިލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލެއްގެ ގޮތުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ބަލައިގަތުމަށްފަހު، މެންދުރުފަހު އެ ބިލު ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުނެވެ. އޭގެ ދެތިން ގަޑ...

ޔުމްނާ ޢަލީ
އިހްސާންގެ އިތުބާރުނެތް ކަމަށް ދައްކަން އުޅެނީ ހަމަނުޖެނުން ނަގާލަން: ނައިބު ރައީސް

އިހްސާންގެ އިތުބާރުނެތް ކަމަށް ދައްކަން އުޅެނީ ހަމަނުޖެނުން ނަގާލަން: ނައިބު ރައީސް

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމަށް ދެއްކުމަށް މަސައްކަތްކުރަނީ ޤައުމުގެ ހަމަޖެހުން ނަގާލުމަށް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅި ދާޚިލީ ވަޒީރު އިހްސާންގެ އިތުބާރުގެ މައްސަލަ މިއަދު މަޖިލީހުގައި ކުރިއަށް ގެންގޮސްފައި ވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ނައިބު ރައީސްގެ ޕޯސްޓްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގެ ތެރެއިން ޖ...

ޔުމްނާ ޢަލީ