މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,422 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 551 ވަނަ ޞަފްޙާ

މުޖުތަމަޢު އިޞްލާޙު ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމަށް ރައީސްގެ އިލްތިމާސެއް

މުޖުތަމަޢު އިޞްލާޙު ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމަށް ރައީސްގެ އިލްތިމާސެއް

ދިވެހި މުޖުތަމަޢު އިޞްލާޙު ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ އިލްތިމާސްކުރައްވައިފިއެވެ. ރައީސް މި އިލްތިމާސް ކުރެއްވީ ދ.އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެއަތޮޅު ކުޑަހުވަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދޮގު ވާހަކަތަކަށް ފަތުރަމުންދާކަން ފާހަގަކުރަށްވ...

ޔުމްނާ ޢަލީ
އޮސްޓްރޭލިއާއިން ޓެލެގްރާމް 640،000 ޑޮލަރުން ޖޫރިމަނާކޮށްފި

އޮސްޓްރޭލިއާއިން ޓެލެގްރާމް 640،000 ޑޮލަރުން ޖޫރިމަނާކޮށްފި

އޮސްޓްރޭލިއާގެ އޮންލައިން ސޭފްޓީ ކޮމިޝަނުން، މެސެޖިންގ ޕްލެޓްފޯމް ޓެލެގްރާމް 640،000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 1 މިލިއަން އޮސްޓްރޭލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފިއެވެ. މި ޖޫރިމަނާ ކުރީ ކުޑަކުދިންނަށް ކުރާ އަނިޔާއާއި ހަރުކަށި ފިކުރުގެ މައްސަލަތައް ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ސުވާލުތަކަށް ޖަވާބުދިނުން ލަސްކުރުމުންނެވެ. އޮސްޓްރޭލިއާގެ އީ-ސޭފްޓީ ކޮމިޝަނުން 2024 ގެ މާރިޗު މަހު ޔޫޓިއުބް، އެކްސް (ކުރީގެ ޓްވިޓަރ)، ފޭސްބުކް، ޓެލެގްރާމް އަދި ރެޑިޓްއަށް ސުވާލުތަކެއް ހުށަހެޅިއެވެ. މި ސު...

އަޙްމަދު ދާއޫދު
ތިން މެޗަށް ފަހު ރެއާލަށް މޮޅެއް

ތިން މެޗަށް ފަހު ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ޖިރޯނާ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކޮށްފިއެވެ. އެ ޓީމުން މެޗު ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިންނެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ރެއާލަށް މޮޅެއް ނުހޯދުނެވެ. ދެ މެޗުން އެއްވަރުވެ އެއް މެޗުން ބަލިވެ ގެއްލުނު ޕޮއިންޓް ތަކާއިއެކު އެ ޓީމަށް އެއްވަނަ ވެސް އޮތީ ގެއްލިފައެވެ. ނަމަވެސް ރޭ މެޗުގައި ރެއާލުން ވަނީ ރަނގަޅު ކުޅުމެއްދައްކައި މެޗު ކާމިޔާބު ކޮށްފައެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ […]

އިބްރާހިމް ޚަލީލް
ރޯދަމަހުގެ ފެނާއި ކަރަންޓު ބިލުން މިއަހަރުވެސް ޑިސްކައުންޓު

ރޯދަމަހުގެ ފެނާއި ކަރަންޓު ބިލުން މިއަހަރުވެސް ޑިސްކައުންޓު

ކުރިއަށް އޮތް މި އަހަރުގެ ރޯދަމަހުގައިވެސް ފެނާއި ކަރަންޓު ބިލުން ސަރުކާރުން ޑިސްކައުންޓް ދޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ އިއުލާންކުރައްވައިފިއެވެ. ރައީސް މުޢިއްޒު މި ކަން އިއުލާންކުރެއްވީ، އެމަނިކުފާނު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫއަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ސަރުކާރުން ވަނީ މިދިޔަ އަހަރު ވެސް ރޯދަ ހަދިޔާއެއްގެ ގޮތުގައި ރޯދަ މަހުގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދީފައެވެ. “ކުރީ ރޯ...

ޔުމްނާ ޢަލީ
ކުޑަހުވަދޫގައި ހިންގާ ހައުސިން މަޝްރޫޢުގެ ތެރެއިން އަމިއްލަ ގޯތީގައި ގެ އަޅައިދެނީ

ކުޑަހުވަދޫގައި ހިންގާ ހައުސިން މަޝްރޫޢުގެ ތެރެއިން އަމިއްލަ ގޯތީގައި ގެ އަޅައިދެނީ

ކުޑަހުވަދޫގައި ސަރުކާރުން ހިންގަން ނިންމާފައިވާ ހައުސިން މަޝްރޫޢުގެ ތެރެއިން އަމިއްލަ ގޯތީގައި ގެ އެޅޭނެމަގު ތަނަވަސްކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ދ.އަތޮޅުގެ ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫއަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާއި ބައްދަލުކުރަަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. މިގޮތުން ރައީސް މުޢިއްޒު ވަނީ ކުޑަހުވަދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގެދޮރުގެ މައްސަލައަށް އައު ޙައްލެއް ހުށ...

ޔުމްނާ ޢަލީ
ސިޓީ ބަލިކޮށް ލިވަޕޫލުން އެއްވަނާގައި ހަމަޖެހިލައިފި

ސިޓީ ބަލިކޮށް ލިވަޕޫލުން އެއްވަނާގައި ހަމަޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ކަމަށްވާ މެންޗެސްޓާ ސިޓީ ބަލިކޮށް ލިވަޕޫލުން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަމަޖެހިލައިފިއެވެ. ރޭ ސިޓީ ދަނޑުގައި ލިވަޕޫލުން ވަނީ 2-0 ގެ ނަތީޖާއން ސިޓީ ބަލިކޮށްފައެވެ. މި މޮޅާއިއެކު ލިވަޕޫލަށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ވަނީ 11 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ލިވަޕޫލަށް 27 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް އާސެނަލަށް ލިބިފައިވަނީ 26 މެޗުން 53 ޕޮއިންޓެވެ. ސިޓީ މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނާގައެވެ. […]

އިބްރާހިމް ޚަލީލް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. މި އިސްލާހް ގެނައުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހްގެނައުމުގެ ބިލެއް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. މި ބިލަކީ އޭނާ އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ. ސައްތާރު ހުށަހެޅުއްވި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ރައްޔިތުން ކުރާ އެންމެ ފޮނި އުންމ...

ޔުމްނާ ޢަލީ
ޓްރަމްޕްގެ އައު އެޖެންޑާތަކަށް އެމެރިކާ ގިނަ ރައްޔިތުން ގަޔާއެއްނުވޭ

ޓްރަމްޕްގެ އައު އެޖެންޑާތަކަށް އެމެރިކާ ގިނަ ރައްޔިތުން ގަޔާއެއްނުވޭ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެޖެންޑާގައި ހިމެނޭ މައިގަނޑު ހުށަހެޅުންތަކަށް އެމެރިކާގެ ގިނަ ރައްޔިތުން ދެކޮޅުހަދާކަން އައު ސަރވޭއަކުން ދައްކައިފިއެވެ. ޓްރަމްޕްގެ އެޖެންޑާއާ ގުޅޭގޮތުން ފެބްރުއަރީ 13 އިން 18 އަށް ރޮއިޓާސް ނިއުސް އެޖެންސީން ކުރި މި ސަރވޭގައި 4،145 އެމެރިކާ ރައްޔިތުން ބައިވެރިވިއެވެ. ސަރވޭގެ ނަތީޖާއިން ދައްކާގޮތުގައި އެމެރިކާގައި ދިރިއުޅޭ އިލީގަލް އިމިގްރަންޓުން (ގަވައިދާ ޚިލާފަށް އެމެރިކާއަށް އެތެރެވާ މީހުން) ޑިޕޯޓްކުރުން އިތުރުކުރުމަށް 55 އިންސައްތަ މީހުން ތާއީދުކުރިއެވެ....

އަޙްމަދު ދާއޫދު
ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރަން ހަވާލުކޮށްފި

ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރަން ހަވާލުކޮށްފި

ދ. ކުޑަހުވަދޫގައި ކޮމާޝަލް ޕޯޓެއް ނުވަތަ ވިޔަފާރި ބަނދަރެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ރޭ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދ.އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވުޒާރާއިން މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރ...

ޔުމްނާ ޢަލީ
ނަޞްރުﷲގެ ޖަނާޒާގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ

ނަޞްރުﷲގެ ޖަނާޒާގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ

ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި އާދިއްތަ ދުވަހު ބޭއްވުނު، ޙިޒްބުﷲގެ ކުރީގެ އިސްވެރިޔާ ޙަސަން ނަޞްރުﷲގެ ޖަނާޒާގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެއެވެ. ލުބްނާންގެ ސަރުކާރުގެ ނޫސް އެޖެންސީ އެން.އެން.އޭ އިން ބުނާ ގޮތުގައި، ނަޞްރުﷲ އާއި ޙިޒްބުﷲގެ އިސް މެންބަރު ހާޝިމް ސަފީއުއްދީނުގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި ބޭއްވުނީ ކަމީލް ޝަމޫން ސްޕޯޓްސް ސިޓީގައި ހަރުދަނާ ސަލާމަތީ ފިޔަވަޅުތަކެއްގެ ދަށުންނެވެ. ޖަނާޒާގައި ވާހަކަދައްކަވަމުން، ޙިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ނައީމް ޤާސިމް ވިދާޅުވީ އިސްރާއީލުން ހުޅަނގު...

އަޙްމަދު ދާއޫދު
ޖޭއެސްސީ އަށް ޔަޒްމީދު ޢައްޔަނުކުރައްވައިފި

ޖޭއެސްސީ އަށް ޔަޒްމީދު ޢައްޔަނުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް އ. ވިލިނގިލި، ވައިޖެހޭގެ އަލްފާޟިލް ޔަޒްމީދު މުޙައްމަދު މިއަދު ޢައްޔަނުކުރައްވައިފިއެވެ. ޖޭއެސްސީ އަށް ޔަޒްމީދު ޢައްޔަނުކޮށްފައި ވަނީ، ޖޭއެސްސީގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައެވެ. ޔަޒްމީދު އެ މަގާމަށް ޢައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޔަޒްމީދު އެ މަގާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން، ރައީސް ވަނީ މުޙައްމަދު ސ...

ޔުމްނާ ޢަލީ
ދ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް އަޅަން ހަވާލުކޮށްފި

ދ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް އަޅަން ހަވާލުކޮށްފި

ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް، ހެލްތް މިނިސްޓްރީގެ ފަރާތުން ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ. ހެލްތް މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި މި މަޝްރޫޢުގެ އަގަކީ 181 މިލިއަން ރުފިޔާ އެވެ. އަދި މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. 50 އެނދުގެ މި ހޮސްޕިޓަލުގައި މެމޮގްރަފީ ޚިދުމަތް ލިބޭނެ ފެސިލިޓީއާއި، ޑެންޓަލް އޯޕީޖީ، ކަށީގެ ފަރުވާތަކަށް ޚާއްސަ އޯތޯ-ތިއޭޓަރ ޤާއިމްކުރަން ނިންމާފައިވާއިރ...

ޔުމްނާ ޢަލީ
ރައީސް ދ.އަތޮޅަށް، ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ

ރައީސް ދ.އަތޮޅަށް، ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު ދެކުނުބުރީގެ (ދ. އަތޮޅު) މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއް މިއަދު މެންދުރުފަހު ފައްޓަވައިފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އެ އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަދި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ގާތަށް ވަޑައިގެން އެ ރަށްރަށުގެ ހާލަތު...

ޔުމްނާ ޢަލީ
ރ.އަތޮޅު ކައުންސިލަށް ސިހުރު ހެދި ދެ މީހަކު ހައްޔަރުކޮށްފި

ރ.އަތޮޅު ކައުންސިލަށް ސިހުރު ހެދި ދެ މީހަކު ހައްޔަރުކޮށްފި

މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް (ރ.އަތޮޅު ކައުންސިލް) އިދާރާއަށް ސިހުރުހާހޫރަ އާއި ފަންޑިތަ ހަދާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލާގައި، 21 ފެބްރުއަރީ 2025 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ރ. އުނގޫފާރު / ރިވެލި، މުޙައްމަދު އަމްޖަދު (61 އަހަރު) އާއި ރ. އުނގޫފާރު / ނަސީމީހިޔާ، މުޙައްމަދު ވަޙީދު (67 އަހަރު) އެވެ. މި ދެ މީހުންގެ ބަންދާމެދު […]

ޔުމްނާ ޢަލީ
ކާރެއް ކޮންޓްރޯލްނުވެ އެކްސިޑެންޓެއް ހިނގައި ވެހިކަލްތަކަކަށް ގެއްލުންވެއްޖެ

ކާރެއް ކޮންޓްރޯލްނުވެ އެކްސިޑެންޓެއް ހިނގައި ވެހިކަލްތަކަކަށް ގެއްލުންވެއްޖެ

މާލޭގައި ކާރެއް ކޮންޓްރޯލްނުވެ އެކްސިޑެންޓެއް ހިނގައި އެއްގަމު އުޅަނދުތަކަކަށް މިއަދު ގެއްލުންވެއްޖެއެވެ، ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:50 ހާއިރު އަމީނީމަގުގެ ގާކޮށި ކުރިމަތީގައެވެ. މި ހާދިސާގައި ދުއްވާފައިދިޔަ ކާރު ކޮންޓްރޯލްނުވެ އެސަރަހައްދުގައި ޕާކުކޮށްފައި ހުރި 6 ސައިކަލަކަށާއި ކާރަކަށް ޖެހި، އެތަކެއްޗަށް ގެއްލުންވެފައިވާކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓްގެ މައްސަލަ ބަލަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓްގ...

ޔުމްނާ ޢަލީ
ފައިނު އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

ފައިނު އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

ރ. ފައިނުގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިންނެވެ. މިއަދު ހެނދުނު ބޭއްވުނު ހާއްސަ ހަފްލާއެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ދެ ކުންފުނީގެ އިސްވެރިން ސޮއިކުރެއްވިއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއް...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ލޯބިވިޔަސް (52)

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (52)

ކުރީގެ އަދަދާއި ގުޅޭ: “އަލިފާނާ، މޫދާވެސް އޭނަ ކައިރި ކޮށްގެން ނުވާނެ. އެއްވެސް ދުއްވާ އެއްޗަކަށް ވެސް އެކަނި އަރައިގެން ނުވާނެ. އަދި މި ނޫނަސް، އޭނައަށް ނުރައްކަލެއް ދިމާވެދާނެ ފަދަ އެއްވެސް ކަމަކާ ކައިރިކޮށްގެން ނުވާނެ. ފިޓް ޖެހިދާނެ ކޮންމެ ފަދަ ތަނަކު، ހުއްޓަސް. މި ކަންކަމަށް ވިސްނައިގެން، ނޯމަލް ލައިފެއް އޭނައަށް އުޅެވޭނެ. ދާއިމީ ގޮތެއްގައި ބޭސްކާން ޖެހޭނީ.” ޑޮކްޓަރގެ ވާހަކަތައް އަރޫޝާގެ ކަންފަތުގައި އޭރު ވެސް ގުގުމަމުން ދެއެވެ. ދާއިން ރޫމަށް ގެނައި […]

ސަލާމާ ޢަބްދުލް ޢަލީމް
ޢާއްމު ނޫން ބަލިތައް ދެނެގަތުމަށް ޗައިނާއިން އޭއައި މޮޑެލްއެއް ތައާރަފްކޮށްފި

ޢާއްމު ނޫން ބަލިތައް ދެނެގަތުމަށް ޗައިނާއިން އޭއައި މޮޑެލްއެއް ތައާރަފްކޮށްފި

ޢާއްމު ނޫން ބަލިތައް ދެނެގަތުމަށް ޗައިނާއިން އޭއައި މޮޑެލްއެއް ތައާރަފްކޮށްފިއެވެ. ޢާއްމުކޮށް ނުފެންނަ ބަލިތައް ދެނެގަތުމަށް އެހީތެރިވާނެ އައު އޭއައި މޮޑެލްއެއް ޗައިނާއިން ތަޢާރަފްކޮށްފައިވާއިރު، ޕަމްޗް-ޖެނެސިސްގެ ނަމުގައި ތަޢާރަފްކޮށްފައިވާ މި އައު ޓެކްނޮލޮޖީގެ މައިގަނޑު މަޤްޞަދަކީ ނާދިރު ބަލިތަކަށް އަވަސް އަދި ސައްހަ ޑައިގްނޯސިސްއެއް ހޯދުމަށް މަގުފަހިކުރުމެވެ. މި އޭއައި މޮޑެލް އެކުލަވާލުމުގައި ޗައިނާގެ އާބާދީގެ މައްޗަށް ބިނާކޮށް ޚާއްޞަ ސަމާލުކަމެއް ދީފައިވާކަމަށް ޒިންހުއާ ނިއުސް އޭޖެންސީން މަޢ...

އަޙްމަދު ދާއޫދު