މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,422 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 546 ވަނަ ޞަފްޙާ

ފުލަމް އަތުން ބަލިވެ ޔުނައިޓެޑް އެފްއޭ ކަޕުން ކަޓައިފި

ފުލަމް އަތުން ބަލިވެ ޔުނައިޓެޑް އެފްއޭ ކަޕުން ކަޓައިފި

އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުލަމް ޖާގަ ހޯދައިފިއެވެ. ރޭ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ދެ ހާފު ކުޅެ ނިމުނު އިރުވެސް ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ފުލަމް ކުރި ހޯދީ 4-3 ގެ ނަތީޖާއިންނެވެ. މި މެޗުގައި […]

އިބްރާހިމް ޚަލީލް
މާލިއްޔަތު އަދި 241 ކޮމިޓީން އަޒާން ވަކިކޮށް އިމްތިޔާޒް އަދި ޕެޓިޝަން ކޮމެޓީއަށް

މާލިއްޔަތު އަދި 241 ކޮމިޓީން އަޒާން ވަކިކޮށް އިމްތިޔާޒް އަދި ޕެޓިޝަން ކޮމެޓީއަށް

ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު ކޮމިޓީތަކުގެ ތެރޭ ހިމެނޭ މާލިއްޔަތު ކޮމިޓީ އަދި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގް ވަކިކޮށް، އިމްތިޔާޒް އަދި ޕެޓިޝަން ކޮމިޓީއަށް ހަމަޖައްސައިފިއެވެ. މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާ ފައްޓަވަމުން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މި ބަދަލުތައް އިއުލާނުކުރެއްވިއެވެ. ރިޔާސަތުން ޢިއުލާން ކުރެއްވި ބަދަލުތަކުގެ ތެރޭގައި ހި...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (ފުރަތަަމަ ބައި)

ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (ފުރަތަަމަ ބައި)

ސްކޫލްގެ ދޮރާށިން ކުދިންތައް ނިކުންނަމުން ދަނީ އެއްފަހަރާ، ތޮއްޖެހެމުންނެވެ. އެއް ކުއްޖަކަށްވުރެން އަވަހަށް އަނެއްކުއްޖަކު ނިކުތުމަށް މަސައްކަތްކުރަމުންދަނީ އެހާމެ އަވަސް ހަރަކާތްތަކާއެކުއެވެ. ދޮރުން ނިކުމެވުމާއެކު އެކި ކުދިން، އެކި ދިމާލަށް މިސްރާބުޖަހަންފަށައިފިއެވެ. ދުވަމުންނާއި ހިނގަމުންނެވެ. ބައިސްކަލްތަކުގައްޔާއި، ސައިކަލްތަކުގެ ފަހަތު ސީޓުގައެވެ. ހުރިހާ ކުދިންގެ މޫނުމަތިން ވެސް ފެންނަމުންދަނީ އުފާވެރިކަމުގެ ޖަޒްބާތުތަކެވެ. އަދި ހިނިތުންވުމާއި ހިތްހަމަ ޖެހުމުގެ ކުލަވަރެވެ. ކުދިންތަކުގެ ތެރ...

ސަލާމާ ޢަބްދުލް ޢަލީމް
ގޫގުލް ސާޗުން އަމިއްލަ މަޢުލޫމާތު ނައްތާލުމުގެ ޚިދުމަތް ތަޢާރަފުކޮށްފި

ގޫގުލް ސާޗުން އަމިއްލަ މަޢުލޫމާތު ނައްތާލުމުގެ ޚިދުމަތް ތަޢާރަފުކޮށްފި

ގޫގުލްއިން އިންޓަރނެޓް ސާޗް ނަތީޖާތަކުން އަމިއްލަ މަޢުލޫމާތު ނައްތާލުމަށް “ރިޒަލްޓްސް އަބައުޓް ޔޫ” މި ނަމުގައި 2022 ވަނަ އަހަރު ތަޢާރަފުކުރި ފީޗާ އިތުރަށް ތަރައްޤީކޮށް، ފަސޭހަ ބަދަލުތަކަކާއެކު އާންމުންނަށް ފޯރުކޮށްދީފިއެވެ. މި އައު އަޕްޑޭޓާއެކު، މިހާރު ސާޗް ނަތީޖާތަކުގެ ސަފްހާގައި ސީދާ “ރިޒަލްޓްސް އަބައުޓް ޔޫ” ގެ މައިގަނޑު ޚިދުމަތްތައް ހިމަނާފައިވެއެވެ. ސާޗް ނަތީޖާތަކުގައި ފެންނަ ކޮންމެ ލިންކެއްގެ ކައިރީގައިވާ ތިން ޑޮޓްގެ މެނޫގެ ތެރެއިން މި ޚިދުމަތްތަކަށް ވަދެވޭނެއެވެ. މި ޚިދުމަތް ބޭނުންކުރުމަށް...

އަޙްމަދު ދާއޫދު
އިންޑިޔާގައި ސުނޯ ފޭބި ހާދިސާގައި މަރުވި މީހުންގެ އަދަދު އަށަކަށް

އިންޑިޔާގައި ސުނޯ ފޭބި ހާދިސާގައި މަރުވި މީހުންގެ އަދަދު އަށަކަށް

އިންޑިއާގެ އުއްތަރާކަންޑު ސްޓޭޓުގައި ހުކުރު ދުވަހު ހިނގި ސްނޯ ފޭބުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 8 އަށް އިތުރުވެއްޖެއެވެ. މި ހާދިސާގައި ހާލުގައި ޖެހުނު މަސައްކަތްތެރިން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށް އިންޑިއާގެ އިސް ފަރާތްތަކުން އާދީއްތަ ދުވަހު ވަނީ ހާމަކޮށްފައެވެ. އިންޑިޔާގެ އަސްކަރިއްޔާއިން ބުނީ، ފަރުމަދަމަތިން ކުއްލިއަކަށް ފޭބި ސުނޯއާއި އައިސްތަކުގެ ދަށުވެ 55 މީހުން ތާށިވި ކަމުގައެވެ. އޭގެ ތެރެއިން 50 މީހުން ސަލާމަތް ކޮށްފައިވާއިރު، 8 މީހަކު މަރުވެފަ...

އަޙްމަދު ދާއޫދު
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވައިފި

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވައިފި

ޣައްޒާގެ ހަނގުރާމައިގެ ފުރަތަމަ ފިޔަވަހީގެ އެއްބަސްވުން ނިމުމަކަށް އައުމާއެކު، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިސްރާއީލުން މުޅިން ހުއްޓުވައިފިއެވެ. މިއީ ދެވަނަ ފިޔަވައްސަށް ދިއުމަށް އެއްބަސްވުމަކަށް ނާދެވުމާ ގުޅިގެން ނަތަންޔާހޫ އަމުރުކޮށްގެން އިސްރާއީލުން އަޅާފައިވާ ފިޔަވަޅެކެވެ. މީގެ ކުރިން، އެމެރިކާގެ އެހީތެރިކަމާއެކު ހުށަހެޅުނު ހުށަހެޅުމަކަށް އިސްރާއީލުން ތާއީދުކޮށްފައިވެއެވެ. މި ހުށަހެޅުމުގައި ވަނީ ރަމަޟާން މަހާއި ޕާސްއޯވަރ (ޔަހޫދީންގެ އީދު) ދުވަސްވަރު މުއްދަތު އިތުރުކުރުމަށެވެ. މިގ...

އަޙްމަދު ދާއޫދު
ސޮސިއެޑާޑް ބަލިކޮށް ބާސާ އެއްވަނައަށް

ސޮސިއެޑާޑް ބަލިކޮށް ބާސާ އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ބާސާ ޖެހިލައިފިއެވެ. މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. ސޮސިއެޑާޑުން މެޗުގެ ބޮޑުބައި ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމްގެ ޑިފެންޑަރ އަރިޓްޒް އެލުސްޓޮންޑޯ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. މިއީ، ބާސެލޯނާގެ ޑެނީ އޮލްމޯ ހުސްކޮށް އަރައި ކުރަން އުޅުނު […]

އިބްރާހިމް ޚަލީލް
ލޯންޗު އަޑިޔަށްދިޔުން: އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ސީޕީގެ ތައުރީފް

ލޯންޗު އަޑިޔަށްދިޔުން: އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ސީޕީގެ ތައުރީފް

މިއަދު ހެނދުނު އއ. މަހިބަދޫ އާއި އއ. ދިގުރަށާ ދެމެދު “ހުވަން” ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށްދިއުމާ ގުޅިގެން މީހުން ސަލާމަތްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ގުޅުއްވައި ތަޢުރީފް ކުރަށްވައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ދެއްވިގޮތުގައި، ދިގުރަށުން މާލެއަށް ދަތުރުކުރަމުންދިޔަ މި އުޅަނދުގައި 45 ފަސިންޖަރުންނާއި 3 ފަޅުވެރިން ދަތުރު ކުރިއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 07:5...

ޔުމްނާ ޢަލީ
އުރީދޫ އާއި ގަތަރު ޗެރިޓީ ގުޅިގެން ހުޅުމާލޭ ބޮޑު މިސްކިތް އޭސީކޮށް އާބާތުރަ ފިލުވައިފި

އުރީދޫ އާއި ގަތަރު ޗެރިޓީ ގުޅިގެން ހުޅުމާލޭ ބޮޑު މިސްކިތް އޭސީކޮށް އާބާތުރަ ފިލުވައިފި

މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް) ފުލް އެއަރކޮންޑިޝަން ސިސްޓަމާއެކު އަޕްގްރޭޑް ކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް އުރީދޫ މޯލްޑިވްސް އިން “ގަތަރު ޗެރިޓީ” އާއި ގުޅިގެން ކުރުމަށްފަހު ރޯދަމަހުގެ ކުރިން 27 ފެބުރުއަރީ ވަނަ ދުވަހު ހުޅުވައިފިއެވެ. މިސްކިތް އަލުން ހުޅުވުމަށްޓަކައި 27 ފެބުރުއަރީގައި މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީގައި ރަސްމިއްޔާތެއް ވަނީ ބޭއްވިފައެވެ. މި ރަސްމިއްޔާތުގައި ޤަތަރު ޗެރިޓީ ގެ ސީއީއޯ އެސިސްޓަންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ […]

އިބްރާހިމް އަސްވާޤް
ބެޓިސް އަތުން ބަލިވުމަކީ ބޮޑު ވެއްޓުމެއް: އަންޗެލޮޓީ

ބެޓިސް އަތުން ބަލިވުމަކީ ބޮޑު ވެއްޓުމެއް: އަންޗެލޮޓީ

ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސް އަތުން ރެއާލް ބަލިވުމަކީ ބޮޑު ވެއްޓުމެއް ކަމުގައި ރެއާލްގެ ކޯޗް ކާލޯ އަންޗެލޮޓީ ބުނެފިއެވެ. ރޭ ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ރެއާލުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް އަންޗެލޮޓީ ބުނީ މިވަގުތު ލީގަށް ވާދަކުރާ ހުރިހާ ޓީމެއް ވެސް ވަރަށް ފޯމުގައި އޮއްވައި ރޭ ބެޓިސް އަތުން […]

އިބްރާހިމް ޚަލީލް
ދަތުރުކުރަމުން ދަނިކޮށް ފަޅައިގެން ގޮސް ދިޔަވަމުން ދިޔަ ލޯންޗެއް ސަލާމަތްކޮށްފި

ދަތުރުކުރަމުން ދަނިކޮށް ފަޅައިގެން ގޮސް ދިޔަވަމުން ދިޔަ ލޯންޗެއް ސަލާމަތްކޮށްފި

ދަތުރުކުރަމުން ދަނިކޮށް ފަޅައިގެން ގޮސް ދިޔަވަމުން ދިޔަ ލޯންޗެއް ސިފައިންގެ މަސައްކަތުން ސަލާމަތްކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ، “ސުވެނިއަރ 34” ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާތީ އެ އިދާރާއަށް މައުލޫމާތު ލިބުމުން އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މި ހާދިސާ ހިނގިއިރު ލޯންޗް އޮތީ ތިލަފުށްޓާ ދިމާ ބޭރުގައެވެ. މި ލޯންޗަށް އެމްއެންޑީއެފްގެ މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އެ އުޅަނދުގައި 38 މީހުން ދިޔައީ ދަތުރު ކުރަމުންނ...

ޔުމްނާ ޢަލީ
48 މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް

48 މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް

އދ. ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް އަޑިއަށް ހިނގައްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ މިއަދު ހެނދުނު 07:57 ހާއިރު، ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ “ހުވަން” ނަމަކަށް ކިޔާ ލޯންޗެއް އަޑިއަށްދާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނު ކަމަށެވެ. އެއިރު އެ ލޯންޗުގައި 45 ފަސިންޖަރުންނާއި، ތިން ކްރޫންނާއެކު ޖުމްލަ 48 މީހަކު ދަތުރުކުރަމުން ދިޔަކަމަށް ފުލުހުން ބުންޏެވެ. މި މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުންގެ އިމަރޖެންސީ ރެސްޕޮންސް ޓީމު ވަގުތުން […]

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ލޯބިވިޔަސް (ފަހުބައި)

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (ފަހުބައި)

ކުރީގެ އަދަދާއި ގުޅޭ: މިއަދު ޒައިނާގެ އެ ހާލަތަށް ބެލުން ނޫން ގޮތެއް އެ ދެމަފިރިންނަށް ނެތް ކަހަލައެވެ. މަހަކު އެއްފަހަރު ޒައިނާ ދެކިލަން އާދެއެވެ. ބައެއް ދުވަސް ދުވަހު، އެ މީހުން ފައްސާ ބޭރު ކުރެއެވެ. އަނެއްބައި ދުވަސް ދުވަހު، އެ މީހުންނަށް އަނިޔާ ކުރަން މަސައްކަތް ކުރެއެވެ. އަރޫޝާއަށް ލޯ ހުޅުވާލެވުމާއެކު އޭނާ ސިއްސައިގެން ދިޔައީ އެނދުގައި ދާއިން ނެތުމުންނެވެ. ފުންމައިގެން ތެދުވެ އޭނާ ފުރަތަމަ ވެސް ބަލައިލީ ފާހާނާ ބޮކި ދިއްލާފައި ހުރިތޯއެވެ. […]

ސަލާމާ ޢަބްދުލް ޢަލީމް
ރަޝިޔާއިން އައިއެސްއެސްއަށް ފުރަތަމަ ފަހަރަށް މުދާ އުފުލާ ސްޕޭސްކްރާފްޓް ފޮނުވައިފި

ރަޝިޔާއިން އައިއެސްއެސްއަށް ފުރަތަމަ ފަހަރަށް މުދާ އުފުލާ ސްޕޭސްކްރާފްޓް ފޮނުވައިފި

ރަޝިޔާއިން 2025 ވަނަ އަހަރުގެ ފުރަތަމަ ސްޕޭސްކްރާފްޓް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް (އައިއެސްއެސް) ހުކުރު ދުވަހު ފޮނުވައިފިއެވެ. މިއީ 2025 ވަނަ އަހަރު ޕްރޮގްރެސް އެމްއެސް-30 ސްޕޭސްކްރާފްޓް ފުރަތަމަ ފަހަރަށް ދަތުރުކުރުމާއި، އަދި މި އަހަރު ބައިކޮނޫރު ކޮސްމޮޑްރޯމްއިން ފުރަތަމަ ފަހަރަށް ރޮކެޓެއް ދޫކޮށްލުން ވެސް މެއެވެ، ރޮސްކޮސްމޮސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މި ސްޕޭސްކްރާފްޓުން އައިއެސްއެސްއަށް 2,599 ކިލޯގްރާމް (5,729 ޕައުންޑް) ގެ މުދާ ގެންދާނެއެވެ. މީގެ ތެރޭގައި އިކުއިޕްމަންޓާއި، އަ...

އަޙްމަދު ދާއޫދު
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން، ދެވަނަ މަރުޙަލާއަށް ނުދެވި ނިމުމަކަށް

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން، ދެވަނަ މަރުޙަލާއަށް ނުދެވި ނިމުމަކަށް

އިސްރާއީލާއި ހަމާސްގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ކުރެވުނު މަސައްކަތުގެ ފުރަތަމަ މަރުހަލާ އިތުރު އެއްބަސްވުމަކާ ނުލައި ނިމުމަކަށް އައިސްފިއެވެ. ހަމާސްއިން ބުނެފައިވަނީ އިސްރާއީލުން ހުށަހަޅާފައިވާ ގޮތަށް ފުރަތަމަ މަރުހަލާ އިތުރުކުރުމަށް އެ ޖަމާއަތުން ދެކޮޅު ހަދާ ކަމަށާއި، ދެވަނަ މަރުހަލާއަކާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ނުހިނގާ ކަމަށެވެ. މި ދަނޑިވަޅުގައި އިސްރާއީލުގެ މަޝްވަރާ ކުރާ ވަފުދު މިސުރުގެ ވެރިރަށް ގާހިރާއިން އެނބުރި ރަށަށް ދަތުރުކޮށްފައިވާ ކަމަށާއި، ބޮޑުވަޒީރު ބެންޖ...

އަޙްމަދު ދާއޫދު
އައިޖީއެމްއެޗް، ދަރުމަވަންތަ އަދި ވިލިމާލެ ހޮސްޕިޓަލްގެ އޯޕީޑީ މިއަދު ބަންދު

އައިޖީއެމްއެޗް، ދަރުމަވަންތަ އަދި ވިލިމާލެ ހޮސްޕިޓަލްގެ އޯޕީޑީ މިއަދު ބަންދު

މާލެ އަށް ކުރި ގަދަ ވިއްސާރާގައި ފެންބޮޑުވެ ދަތިތައް ކުރިމަތިވުމުން މާލެ ސަރަހައްދުގެ ސަރުކާރުގެ މައި ތިން ހޮސްޕިޓަލެއްގެ އައުޓް ޕޭޝަންޓުގެ ހިދުމަތް ނުވަތަ އޯޕީޑީ މިއަދަށް ބަންދުކޮށްފި އެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދާރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނީ މިއަދު އެ ހޮސްޕިޓަލާއި، ދަރުމަވަންތަ ހޮސްޕިޓަލާއި އަދި ވިލިމާލޭ ހޮސްޕިޓަލްގެ އޯޕީޑީ ބަންދުވާނެކަމަށެވެ.. މިގޮތަށް ނިންމީ މާލެ އަށް މެދުނުކެނޑި ވާރޭ ވެހި ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެ، އެކަމުގެ […]

ޔުމްނާ ޢަލީ
އިނގިރޭސި ބޮޑުވަޒީރާއި ޒެލެންސްކީ ބައްދަލުކުރައްވައިފި

އިނގިރޭސި ބޮޑުވަޒީރާއި ޒެލެންސްކީ ބައްދަލުކުރައްވައިފި

އިނގިރޭސި ބޮޑުވަޒީރާއި ބޮޑުވަޒީރު ކީރ ސްޓާމަރ އާއި ޔޫކްރެއިނުގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީ މިއަދު ލަންޑަނުގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ޔޫކްރެއިނާއާ ބެހޭ ގޮތުން ބޭއްވޭ މުހިންމު ސަމިޓެއްގެ ކުރިންނެވެ. ބޮޑުވަޒީރުގެ އޮފީސް ކަމުގައިވާ 10 ޑައުނިންގ ސްޓްރީޓުގައި ބޭއްވުނު މި ބައްދަލުވުމުގައި، އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ސަމިޓުގައި ޔޫރަޕުގެ ގިނަ ލީޑަރުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ. ތުރު...

އަޙްމަދު ދާއޫދު
ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެ، ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅަށް ރީނދޫ ސަމާލު!

ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެ، ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅަށް ރީނދޫ ސަމާލު!

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ ފަތިހު 5:30 އިން ފެށިގެން ހެނދުނު 9:30 އާއި […]

ޔުމްނާ ޢަލީ